ދެ އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަން ސާބިތުވެ 25 އަހަރަށް ޖަލަށް ލާފައި ހުރި އިބްރާހިމް ދީދީ: އޭނާ މަރުވީ ރޭ ދަންވަރު ހުޅުމާލޭ ޖަލުގައި
14 ފެބުރުއަރީ 2025 - 09:16
ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލާގައި އުމުރަށް ޖަލަށްލާފައިވާ ދެ ވަނަ ކާފަ ވެސް ހުޅުމާލޭ ޖަލުގައި ރޭ މަރުވެއްޖެ އެވެ.
ޖެނުއަރީ، 2020 ގައި ދެ އަހަރުގެ ކުއްޖަކަށް އެ ކުއްޖާގެ މުނިކާފަ ކަނޑުހުޅުދޫ އަންނާރުމާގޭ، ހަސަން މޫސާ ދީދީ، 85 އާއި ކާފަ އެ ރަށު ރިހިވެލި، އިބްރާހިމް ދީދީ، 67 ޖިންސީ ގޯނާކުރި މައްސަލާގައި އެ ދެ މީހުން އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ 2022 ގަ އެވެ.
އޭގެ ތެރެއިން އެ ކުއްޖާގެ މުނިކާފަ ހަސަން ދީދީ ވެސް ވަނީ ސެޕްޓެމްބަރު 2023 ގައި ޖަލުގައި މަރުވެފަ އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނީ، ޖިންސީ ގޯނާ ލިބުނު ކުއްޖާގެ ކާފަ އިބްރާހިމް ދީދީ މަރުވީ ރޭ ދަންވަރު ކަމަށެވެ.
ހުޅުމާލޭ ޖަލަށް ލާފައިވާ އިބްރާހިމް ދީދީ ހޭލާ އުޅެނިކޮށް ވެއްޓުމާ އެކު، ކަރެކްޝަންސްގެ މެޑިކަލް ޓީމުން ގޮސް އަވަސް ފަރުވާ ދިން ނަމަވެސް ހަރަކާތެއް ނެތުމުން ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ. އެކަމަކު، ހަށިގަނޑުގައި އެއްވެސް ހަރަކާތެއް ނެތުމުން އޭނާ މަރުވެފައިވާ ކަން ހުޅުމާލެ ހޮސްޕިޓަލުން ރޭ ދަންވަރު 2:40 ހާއިރު ނިންމި އެވެ.
"މީނާއަކީ ހައި ބްލަޑް ޕްރެޝަރު، ކޮލެސްޓްރޯލް އަދި ޓްރެމާސް ފަދަ ބަލިތަކަށް ބޭސްކުރަމުން އައި މީހެކެވެ،" ކަރެކްޝަންސް އިން ނެރުނު ބަޔާނުގައި ބުންޏެވެ.
އިބްރާހިމް ދީދީ މަރުވިކަން އޭނާގެ އާއިލާ އަަށާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް އާއި ފުލުހުންނާއި އެޗްއާރުސީއެމާއި އެންއައިސީ އަށް އަންގާފައިވާ ކަަމަށް ކަރެކްޝަނަލް ސާވިސް އިން ބުންޏެވެ.
ޖިންސީ ގޯނާގެ ޝިކާރައަކަށް ވި ދެ އަހަރުގެ ކުއްޖާގެ މުނިކާފަ ހަސަން ދީދީ ވެސް މަރުވީ އެތައް ބައްޔެއް ޖަލުގައި ހުރެ ތަހައްމަލު ކުރަމުން ދަނިކޮށެވެ.
ސެޕްޓެމްބަރު 9، 2023 ގައި ހަސަން ދީދީ ހުޅުމާލޭ ޖަލުގައި މަރުވީ ހިތް ހުއްޓިގެން ކަަމަށް ވާއިރު، އުމުރުން ދުވަސްވުމުގެ ސަބަބުން ޖަލުގައި ވެސް ހިނގައި ނޫޅެވޭތީ އޮތީ އެނދުމަތި ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޔޔަ
16 February 2025
ތިޔަ ގާނުން ބޭނުންކުރަނީ ހަތިޔާރަކަށް މިހާރަކަށް އައިސް. ނުރުހޭމީހަކު އަންހެން ދަރިފުޅުގާގަ ފިރުމާލިޔަސް ކުއްވެރިވީ. ހެޔޮ ކާފަދަރިއަކަށްވިޔަސް. އަހްރުންނަފެނޭ ޓީޗަރުންވެސް ކުދިންގޮވައިގެން މޫދުގަ އެއްޗެހި ދަސްކޮށްދޭން އުޅޭ ގޮތްވެސް. ހުރިހާތާކު އަތްއުނގުޅޭ އެންމެންގެ ކުރިމަތީ. އެކަން ވެސް ގޯހަކަށްވާނީ ކުދިން ނުރުހިއްޖާ. މިފދަ ކުއްތަކުގަ ޖަލުގަ ތިބޭމީހުންނަށް އެހެންކުއްވެރިންގެ ފަރާތުން ވަރަށް އަނިޔާ ދޭކަންވެސް އަޑުއިވޭ.
ސޭޑްލައިފް
15 February 2025
ކޮމެންޓުތަކުން އެނގެނީ ހަމްދަރުދީ ވަނީ ގިނަމީހުން ފާހިޝް އަމަލުކޮށް ލިބެންވާ އަދަބު ވެސް ނުލިބެނީސް މަރުވާ ކުއްވެރިޔާއަށް.. މާފުކުރުމާ، އެމީހުން މަރުވީމަ ފަލީހަނުކުރުމާ.ހަމަ ހުސް ސިމްޕަތީ. ކުޑަ ކުއްޖަކަށް ދިން އަނިޔާ. އެފާހިޝް އަމަލު ކުއްވެރިކޮށް އެވާހަކަ ދައްކާމީހުން ވަރަށްމަދު.ކުޑަ ކުއްޖަކަށް ނުބައި ނަޒަރަކުން ބަލާލާ މީހަކަށްވެސް މާފެއްނުކުރެވޭނެ.
އަންތަރީސް
15 February 2025
ކުޑަ ކުދިންނާ ބެހޭ މީހުންބާދޭތެރޭ ހާދަހާ ވާ ހަމްދަރުދީއެކޭ ބަޔަކު އެވަނީ.. ކުޑަކުދިންނާބެހޭމީހުން ނަށް މަރުގެ އަދަބުދޭންވީ. ފާހިޝް ވީޑިއޯ ތައްބަލައިގެން ހުރިހާ އަނިޔާއެއް މިދެނީ މައުސޫމް ކުދިންނަށް.
raajje
15 February 2025
އިތުރަށް ފާހަގަކޮށްލާނީ މިފަދަމައްސަލަތައް ތަހުގީގުކުރުމުގައާއި ކޯޓުތަކުން ހުކުމްކުރުމުގައިބޮޑަށް މިބުރަވަނީ ޖެންޑާގެ އެސެސްމަންޓަށް، އެނގިލައްވާތޯ، ތަޖުރިބާކޮށްފަމިބުނަނީ ޖެންޑާގަ ކޭސްވޯކަރުންނޭ ކިޔާފަމިތިބެނީ ދާއިރާއިން އެއްވެސް ތައުލީމެއްހުރިބައެއްނޫން، ވަރަށް ފެންވަރުދަށްބައެއް، ދެލިގަނޑުދަސްކޮށްގެން ކޯހެއްހެދިޔަސް އެޕުލައިކުރާކަށްނޭންގޭނެދޯ! ޖެންޑާތީ ސުމެއް، އެހެންވެ އުމުރުންދުވަސްވީކާފަމެނަށް ތިޔަދެވެނީ އިންސާފުންބޭރު އަނިޔާއެއްކަމަށްދެކެން
ރިއަލް ފުރެންޑު
15 February 2025
މީނާޔަށް އެހީތެރިވި ޢާއިލާ މީހުނާ ދައުލަތަށް ރަޙުމަތް ލައްވާށި. އެމީހެއްގެ ޢަމަލުތައް ނުބައިވި މީހާގެ ނުބައި ޢަމަލުތައް ހުއްޓުވަން މަސައްކަތް ކުރުމަކީ ޙަޤީޤަތުގައި އެމީހަކަށް އެހީތެރިވުމެވެ. ހެޔޮ މަގަށް ވާސިލުވުމަށް ވާގިވެރިވުމެވެ. ޖަލަށް ލައިގެން ވިޔަސް މެއެވެ. ނަމަވެސް ޖަލަށް ލިޔަނުދީ ދެކޮޅު ހަދައި އެ ޢަމަލެއް ހުއްޓުވުމަށް ބާރު ނާޅާ މީހާ އެއީ ޙަޤީޤަތުގައި ދެފުށްކެހެރި އަނިޔާވެރީންނެވެ.
ކަތްދައްތަ
15 February 2025
ކުޑަކުދިންނާ ތުއްތުކުދިންނާ ބެހުން މަދެއްވެސް ނުވި. ހަމަ އެއާއެކު ފާހަގަވާ އެއްކަމަކީ ތިޔަ ގާނޫނު ހަތިޔާރެއްގެ ގޮތުގަ ބޭނުން ކުރާކަށް. އަމާމީހާ ބަފާ ގާތުން ވަރިވާން ވެސް ބަފާ މީހާ އަމާ މިހާޔަށް ކެހިދޭންވެސް ތިޔަ ގާނޫނުގެ ދަށުން ޝަކުވާ ކުރޭ. ގާނޫނު އޮތްގޮތުން ޔޯލަވާހަކަތަކަށް ވަރަށް ބޮޑު ބުރައެއްދީގެން ކުށް ސާބިތުކުރަނީ. ހަގީގަތެއް ނޭގެ ފުލުހުންނާއި ޖެންޑަރުން އައިސް ކުޑަކުއްޖާ މޮއްޓަމޮއްޓައިގެން ވާހަކައެއް ހަދައިގެން ކިޔައިދެނީ.
ގަޅި ދިވެހިންނަށް
15 February 2025
އޭނާ ޖަލަށް ޙުކުމް ކޮށްފައިވަނީ 25 އަހަރަށެވެ. ޖަލަށްލިތާ އަދި 5 އަހަރު ނުވެއެވެ. އޭނާ ނިޔާވެފައިވަނީ ޝައުބާން މަހުގެ 15 ވަނަ ވިލޭރެއެއްގައެވެ. އެއީ މާތްވެގެންވާ ރެއެކެވެ. މާތް ރަސްކަލާނގެ އޭނާ ތަޙަމަލްކުރަމުންދިޔަ ބޭއިންސާފު ޙުކުމުން އޭނާ ސަލާމަތް ކުރެެއްވީކަމަށްވެސް ވެދާނެއެވެ. މާތް ރަސްކަލާނގެ މަރީޒްގެ ފާފަ ފުއްސަވައި ސުވަރުގެ މިންވަރުކުރައްވާށި
ގުންޑޮޅި މަގު
15 February 2025
ޝައުބާން މަހުގެ 15 ވިލޭރޭ ވަކިން މާތްކަމެއް ނޭނގެ. ނަމަވެސް ޝައުބާން މަހަކީ އެމީހެއްގެ ޢަމަލުތައް އުފުއްލަވާ މަހެއް ކަމުގައި ހުކުރު ޚުތުބާއިން އެނގުނު. މީހެއްގެ ފުރާނަ ގެންދަވާ ދުވަހެއްގެ ސަބަބުން އެމީހެއްގެ ފާފަ ފުއްސަވާކަމެއް މަށަކަށް ނޭނގެ. މީހަކު ރަނގަޅޭ ނޫނޭ ގޯހެކޭ ނޫން މި ބުނީ. ފާފަޔަކަށް ތައުބާވެ، އަނިޔާ ލިބުނު މީހާޔަށް ބަދަލު ލިބި އެ މީހާގެ މަޢާފު ހެޔޮހިތުން ލިބުނީމާ އެ ސާފުވީ.
ދިވެހީން ނުދަންނަ ވާހަކަ
14 February 2025
އޭނާ މަރުވީ ޝަޢުބާން މަހުގެ 15 ވަނަ ދުވަހުގެ ދަންވަރުގެ. ޝަޢުބާން މަހުގެ 15 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތަކީ ﷲ سُبْحَانَهُ وَ تَعَالَى މިދުނިޔޭގެ ބިމަށް ފައިބައިވޮޑިގެން އެންމެހާ މީސްތަކުންގެ ފާފަތައް ފުއްސަވާ ދެއްވާ ރޭ. ފާފަނުފުއްސަވަނީ ހަމަ އެކަނި 2 ވައްތަރެއްގެ ބަޔަކަށް އެއީ ﷲ ޝިރުކު ކުރާ މީހުންނާއި، ތިމާގެ އަޚާ ނުވަތަ އުޚްތަށް މާފުނުދީ ހިތުގައި ރުޅިވެރިކަން ބޮޑުވެފަވާ މީހުންނަށް އެކަނި. އަވަހަށް ހިތް ސާފުކޮށް މާފުކުރޭ އެންމެން.
ލިިފާްްޒް
14 February 2025
މިރާއްޖޭގައި މީހުން މަރާފަ ތިބޭ މީހުންވެސް އެމީހުންގެ ޙުކުމުގެ މުއްދަތު ހަމަވުމުގެ ކުރިން މިނިވަން ކޮށްފަ އެބަތިބި. މަރުޙޫމް އިބްރާހީމްދީދީގެ ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މާތްﷲ މިންވަރުކޮށް ދެއްވުން އެދި ދުޢާ ކުރަމެވެ.
އައިމާން
14 February 2025
އޭނާ ނިޔާވެފައިވަނީ ހުކުރު ދުވަހެއްގައެވެ. ރަސޫލާގެ ހަދީސް ފުޅެއްގައި، ހުކުރުދުވަހު މުސްލިމަކު ނިޔާވެއްޖެނަމަ ކައްވަޅުގެ އަޒާބުން އެ ފުރާނައެެއް ސަލާމަތް ވެގެންދާކަމަށް ރިވާވެގެން އައިސްފައިއެބަހުއްޓެވެ. މާތް ކަލާނގެ އެ މައްޔިތާވެ ފާފަ ފުއްސަވައު ސުވަރުގޭގެ މަތިވެރި ނިޔުމަތް ލައްވަވާށި
ތުނިޔަ
14 February 2025
ތިހަދީސް މިތާގަ ލިޔެދެއްވާ. ތިޔައީ ޝައީފު ހަދީސަކަށްވެސް ވެދާނެ.
ޣގގގސާ
14 February 2025
ސާބިތު ނޫން ހަދީސްއެއް
ލޮލްސް
14 February 2025
ހަމަކަށަވަރުން، اللَّه، އެކަލާނގެއަށް ޝަރީކަ ކުރުމުގެ ފާފައެއް ނުފުއްސަވާނެތެވެ. އެނޫން ފާފަތައް، އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފުއްސަވަތެވެ. اللَّه އަށް ޝަރީކަ ކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާ ދުރުވެގެންވާ މަގުފުރެދުމަކުން މަގުފުރެދިއްޖެކަން ކަށަވަރެވެ." [2-116]. މިވަރުން މުއުމިނުންނަށް ފުދޭންވާނެ ހަދީސްއެއް ނެތަސް