މާރުކޭޓް ސަރަހައްދުން މީހަކު ފިޔާ ބަސްތާތަކެއް ކޮނޑަށް އަރުވައިގެން ދަނީ: ފިޔާ ޝިޕްމަންޓް ގެނެސް އެސްޓީއޯ އިން ވަނީ އަގު ހެޔޮކޮށް ވިއްކަން ފަށާފައި. --ފޮޓޯ: ފަޔާޒު މޫސާ | މިހާރު
07 އޯގަސްޓް 2025 - 13:25
ފިޔާގެ އަގުމަތިވެ، ފިޔާ ލިބުން ދަތިވެފައި ވަނިކޮށް އެސްޓީއޯއިން ފިޔާ ޝިޕްމަންޓެއް ގެނެސް ކިލޯއެއް 15ރ. އަށް ވިއްކަން ފަށައިފި އެވެ.
އެސްޓީއޯއިން މިއަދު ބުނީ މި ފިޔާ ޝިޕްމަންޓަކީ މޫސުމީ ލޮޅުންތަކުގެ ސަބަބުން ރާއްޖޭގެ ފިޔާ ސަޕްލައިއަށް ދިމާވި ދަތިތަކަކާ ގުޅިގެން ރާއްޖޭގެ ބާޒާރުގައި ފިޔާ ލިބެން ދަތިވުމުގެ ސަބަބުން މާކެޓް ސްޓޭބަލައިޒް ކުރުމަށް ގެނައި ޝިޕްމަންޓެއް ކަމަށެވެ.
އެ ކުންފުނިން ބުނި ގޮތުގައި، އެސްޓީއޯ ޕީޕަލްސް ޗޮއިސް އާއި އެސްޓީއޯ ހޯލްސޭލް ސެންޓަރުން މިހާރު ފިޔާ ލިބެން ހުންނާނެ އެެވެ.
ފިޔާ ލިބުން ދަތިވެ މިދިޔަ ހަފްތާގައި މާލޭގެ ބާޒާރުން ފިޔާ ބަސްތާއެއް އުޅުނީ 450ރ.- 500ރ. އާ ދެމެދުގެ އަގެއްގަ އެވެ. އަދި ފިޔާ ކިލޯއެއް ބާޒާރުން ލިބެން ހުރީ 20ރ.-30ރ. އާ ދެމެދުގެ އަގެއްގަ އެވެ. ނަމަވެސް، އެނެއްކާ ވެސް ވިޔަފާރިވެރިންނަށް ފިޔާ ގެނެވި، މުދާ ކްލިއާ ކުރެވި ބާޒާރަށް ނެރެން ފެށުމުން، ފިޔާ ވަނީ ލިބެން ފަށައިފަ އެވެ.
ރާއްޖެއަށް ފިޔާ ގެންނަނީ އިންޑިއާ އިން ހާއްސަ ރޭޓުތަކެއްގަ އެވެ. މި އަހަރަށް ކަނޑައަޅާފައިވާ ކޯޓާގެ އަދަދު އެ ގައުމުން މިހާރު ވަނީ 56 ޕަސެންޓަށް އިތުރު ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފޮނިޓައްޕު ހަސަނު
07 August 2025
އަހަރެން ހުޅުމާލޭގައި ހުންނަ އޮލިވް ޓްރީ ފިހާރައިން 20ރ އަށް ފިޔާ ކިލޯއެއް މިއަދު ގަތިން. އެސްޓީއޯއިން ކީއްވެ ފިޔާގެ އަގު 35ރ ގައ ހުރި އިރު ހެޔޮ އަގުގައި ފިޔާ ނުވިއްކައި މިއަދު ތި ވިއްކަން ފެށީ.
ފިޔާކިޔާ
07 August 2025
ޖަލުގެ ކުށްވެރިންލައްވާ ދަނޑުވެރިކަމުގެ މަސައްކަތް ކުރުވަންވީނުން.
ގުދުގުދާބެއްޔާ
07 August 2025
ފިޔާއަކީ ވަރަށް ފަސޭހައިން ހެއްދޭނެއެއްޗެއް! ކޮންމެހެން ނުޖެހޭ އިންޕޯރޓް ކުރާކަށް! ބޭނުންވަނީ ހީވާގި ދިވެހިން!
ޢެޑްމުންޑޯ
07 August 2025
މީގެ ދެދުވަސްކުރިންވެސް ބާޒާރުން 18 ރ އަށް ފިޔާގަތިން ، އަދި ލުބޯ ކިލޯއެއް 35 ށް ކެރެޓް ކިލޒޯއެއް 35 ށް ދޮންކެޔޮ ކިލޯއެއް 30ރ އަށް ލޮނުމެދު 40 ރ ކިލޯ އެއްވެސް ގަތިން
ރަދީފު ބިން ރަފައިދާ
07 August 2025
ފިޔައިކަލޯ 15 އަށް. ދެން ކޮބާ އާފަލުކަލޯއާ އޮރެންޖުކަލޯ؟ މި ދެކަލޯވެސް އެބަޖެހޭ ސައިޒަށް ތިރިކުރާން.
މަޖަން
07 August 2025
ރެޑުވޭވްގައި ހުރީ 15 ރުފިޔާއަށް
ބޯކަށިކެޔޮ
07 August 2025
ތިހަޔެން ލޮނުމެދާ ކާށްޓާވިއްކި މިދިޔަރޯދަމަހު. 5 ދުވަހު ދިޔައިން ހެދުނު 10ޖެހިއިރު. އެންމެ ފަހަރަކުވެސް ނުލިބުނު. ލޮނުމެދު ކާށި ބޯޑެއް ހަރުކޮށްފައިއޮތް ދެ ޓްރޮލީ އޮތް ބާއްވާފަ. އެތާއުޅޭ މީހުންކައިރި އެހީމާ ބުނީ ނޭގެޔޭ ގެންނާނެ އިރެއް އަދި ގެންނާނެކަމެއް.