އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް
09 އޯގަސްޓް 2025 - 23:40
އައްޑޫން ގަންނަ މަސް ހުވަދުއަތޮޅަށް ގެންދިއުމުގެ ބަދަލުގައި ސީދާ އައްޑޫން މަސް ބޭރުކުރުމުގެ މަސައްކަތް ފަށަން މިފްކޯ އިން ތައްޔާރުވެއްޖެ އެވެ.
ދައުލަތުގެ މަސް ކުންފުނިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ސީދާ އައްޑޫން މަސް ބޭރުކުރުމުގެ މަސައްކަތް ކުރިއަށް އޮތް އެއް މަސް ދުވަހުގެ ތެރޭގައި ފަށާނެ ކަމަށެވެ.
"އަދި މީގެ އިތުރުން، އައްޑޫގައި މަހަށް ވެލިޔު އެޑް ކުރުމުގެ މަސައްކަތްތައް މި އަހަރުގެ ތެރޭގައި ފެށުމަށް މަސައްކަތްތަކެއް ކުރެވެމުންދެ އެވެ،" މިފްކޯ އިން ބުންޏެވެ.
މިފްކޯ އިން ބުނިގޮތުގައި ގދ. ތިނަދޫގައި މިހާރު ހަދަމުން އަންނަ މަސް ގަންނަ މަރުކަޒު އަންނަ އަހަރު ހުޅުވައި، އޮޕަރޭޝަން ފެށުމަށް ވެސް ތައްޔާރުވަމުން އެބަދެ އެވެ. އަދި އުތުރާއި ދެކުނުގެ ސަރަހައްދުގައި ބާނާ ބޮޑުކަންނެލި މިފްކޯ އިން ގަތުމުގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް މި އަހަރު ފަށާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މި ދުވަސްވަރު މަސްވެރިކަން ދަށްވެފައިވާއިރު، ކޫއްޑޫ މަސް ފެކްޓަރީގެ ހާލަތު ރަނގަޅު ކުރުމަށް ވެސް މަސައްކަތްތަކެއް ވަނީ ރާވައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
● ބަނދަރުމަތީގެ މަގުތައް މަރާމާތުކުރުން.
● ކޫއްޑޫގެ ލޯކަލް ޕްރޮޑަކްޝަން ފެކްޓަރީ އަޕްގްރޭޑް ކުރުން.
● ފެލިވަރު ކޭނަރީ އަވަސް މަރާމާތާއި މެއިންޓަނެންސްގެ މަސައްކަތް މި މަގު ފަށާނެ.
"މި މަސައްކަތްތަކަކީ މި ވަގުތަށް ކޮންމެހެން ކުރަންޖެހޭ މުހިންމު މަސައްކަތްތަކެއް ކަމުގައި ފާހަގަކުރެވެ އެވެ،" މިފްކޯގެ ބަޔާނުގައި ބުންޏެވެ.
ރާއްޖޭގައި އަމިއްލަ ފަރާތަކުން އިންވެސްޓް ކޮށްފައިވާ އެންސިސް މަސް ފެކްޓަރީއާ ވެސް މިފްކޯ އިން ހަވާލުވާން ނިންމާފައިވާކަން ރޭ އިއުލާންކުރި އެވެ. އެކަމަށް ބޭނުންވާ ދިރާސާތައް ނިންމައި އެންސިސްއާ އެކު މަޝްވަރާތައް ކުރަމުން އަންނަ ކަމަށް މިފްކޯ އިން ބުންޏެވެ.
އެކަމަކު، އެ "ޑީލް" އެއްވެސް ތަފުސީލެއް އަދި އެއްވެސް ފަރާތަކުން ހާމައެއް ނުކުރެ އެވެ.
މިފްކޯ އިން ބުނީ، އެ ކުންފުނީގެ އުފެއްދުންތެރިކަން އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖުހާޖުހާ
11 August 2025
ހާދަ ރީއްޗޭ އައްޑޫ ފިޮޝަރީޒް ކޮމްޕްލެކްސް. މިއީ ގްރޭޓަރ މާލޭގައި ހެދި ތަނެއް ނަމަ ގަނޑުވަރަކާ ވަކި ތަފާތެއް ނުހުންނާނެ. ރާއްޖެތެރެ (ޚާއްސަކޮށް އައްޑޫ) ވާނީ ހަމަ ރާއްޖެތެރެއަށް.
އައްޑޫމީހާގެ ދަރިފުޅު
10 August 2025
ދިވެހންނަކީ އެއްދީނެއްގެ އެއްބަހަކުން ވާހަކަދައްކާ ބައެއް. އައްޑޫއޭ ބުނީމަ ނަފުރަތުވެ ޙަސަދަވެރިވާ ބަޔަކު އުޅެމުންދާކަމީ ހަޤީޤަތެއް، ދުނިޔެއަކީ ވަގުތީ މަންޒިލެއް، ހިތް ސާފުކޮށް ރަނގަޅުމަގު އިޚްތިޔާރުކުރަންވީ ވަގުތު އަދި ނާދޭތަ؟
ރަނގަޅުވާހަކައެއް
10 August 2025
ތީ ރަނގަޅުވާހަކައެއް އެކަމަކު މިތާ ކޮމެންޓު ކުރާ އޮނަރަބަލް ކިޔާ ބޭފުޅެއްގެ ކޮމެންޓުތައް ވިދާޅުވާނަމަ ތިބޭފުޅާވެސް ތިހެންވިދާޅުނުވާނެ.
އޮނަރަބްލް އަފީފު ދީދީ
10 August 2025
މުޅި ޚަބަރުގައި އޮތީ ތައްޔާރު ވެއްޖެ، ފަށާނެ، ފެށުމަށް ތައްޔާރުވަމުން އެބަދޭ، ފެށުމަށް މަސައްކަތްތަކެއް ކުރެވެމުންދޭ، މަސައްކަތް ފެށުމުގެ ތައްޔާރީތައް މި އަހަރު ފަށާނެ ފަދަ ހުވަފެނީ ޚިޔާލީ ވާހަކަ ތަކެއް. ރައީސްގެ ލަފަ އާއި އިރުޝާދުގެ ދަށުން އައްޑޫގެ ކަރަންޓްގެ މައްސަލަ ހައްލުކުރަން ފެނަކައިން މަސައްކަތްކުރާތާ 2 އަހަރު ވީއިރުވެސް އިއްޔެވެސް އައްޑޫ ރައްޔިތުންނަށް ކަރަންޓް ނުލިބޭ. މީހުން އޮޅުވަން ކޮންމެހެން ޚިޔާލީ ފޮލާ ކައްކަން އުޅޭނެ ކަމެއްނެތް.
އޮނަރަބްލް އަފީފު ދީދީ
10 August 2025
އައްޑޫ މަގު ހެދުމުގެ 2 ވަނަ ފޭސް ފެއްޓުމާއި، ޝަންގްރިލާޒް ރިސޯޓް ހުޅުވުން އަވަސް ކުރުމާއި، ހަންކެޑެ ޓްއަރިޒަމް ޕްރޮޖެކްޓަށް ލޯނު ހަމަޖައްސާ ޗައިނާގެ ކުންފުންޏަކަށް މަސައްކަތް ޙަވާލު ކުރުމާއި ތިޔަ ފެކްޓަރީ ހުޅުވުމަކީ އެމްޑީޕީ ސަރުކާރުގައި ކަޑައަޅާ މަސައްކަތް ފައްޓާފައި ހުރި ކަންކަން. މިކަންކަން ބަހައްޓާފައި ކޮބަައިތޯ ރައީސް މުއިއްޒު އައްޑޫ ރައްޔިތުނަށް ވެވަޑައިގަތް ރިޔާސީ ވައުދު އައްޑޫ ހުޅުމީދޫ ހިތަދޫ ގުޅާލާ ކޯއްޓޭ ބުރިޖްގެ މަސައްކަތުގެ ވާހަކަ؟
އެއްކަލަމީހާގެ ދަރިފުޅު
10 August 2025
ކޮބާ 1 އަހަރުތެރޭގައި ޢަމަލީ މަސައްކަތް ފަށާނެކަމަށްބުނި އައްޑޫ ހުޅުމީދޫ ބްރިޖް؟؟؟؟
ލޯކަލް
10 August 2025
އިންތިހާބު އޮތީ ކިހާ ހިސާބެއްގައި؟ ބެރު ތާޅަފިލީގެ އަޑު މިހާރުވެސް އިވެންފަށައިފި. އަންނަ ހަފްތާ، އަންނަހު، މިއަހަރު ފަހުކޮޅު، ވަރަށް އަވަހަށް ހުޅުވޭނެ.
މައާޝް މުަހއްމަދު
10 August 2025
އައްޑޫ ރައްޔިތުންގެ އެތައް ދުވަސްވީ ކަމެއްގެ ކުލަ ޖެހެގެން މިދިޔައީ. މިއީ އެތައް ބަޔަކަށް ލިބޭ ވަޒީފާ
ސިއްބަތް އަޒީޒް
10 August 2025
މީ ރައީސްގެ ވައުދެެއް. ފުއްދަވާތީ ނިކަން އުފާވެއްޖެ.
ހށނ
10 August 2025
ސުރުހީ އައްޑޫއަށް. ހަބަރު ތަފުސީލަކީ މިފްކޯގެ ވިޔަފާރިތަށް ތަަރައްގީ ކުރާ ވާހަކަ.
އޮނަރަބްލް އަފީފު ދީދީ
10 August 2025
މުޅި ޚަބަރުގައި އޮތީ ތައްޔާރު ވެއްޖެ، ފަށާނެ، ފެށުމަށް ތައްޔާރުވަމުން އެބަދޭ، ފެށުމަށް މަސައްކަތްތަކެއް ކުރެވެމުންދޭ، މަސައްކަތް ފެށުމުގެ ތައްޔާރީތައް މި އަހަރު ފަށާނެ ފަދަ ހުވަފެނީ ޚިޔާލީ ވާހަކަ ތަކެއް. ރައީސްގެ ލަފަ އާއި އިރުޝާދުގެ ދަށުން އައްޑޫގެ ކަރަންޓްގެ މައްސަލަ ހައްލުކުރަން ފެނަކައިން މަސައްކަތްކުރާތާ 2 އަހަރު ވީއިރުވެސް އިއްޔެވެސް އައްޑޫ ރައްޔިތުންނަށް ކަރަންޓް ނުލިބޭ. މީހުން އޮޅުވަން ކޮންމެހެން ޚިޔާލީ ފޮލާ ކައްކަން އުޅޭނެ ކަމެއްނެތް.