ޝައިހު އާޒިމް ހާލިދު: އޭނާ ވަނީ އުމްރާގެ އަޅުކަމަށް މީހުން ގެންދިއުމުގެ މަސައްކަތުގެ ތެރެއަށް މިހާރު ވަދެވަޑައިގެންފައި.---ފޮޓޯ: ނިޝާން އަލީ| މިހާރު
10 އޯގަސްޓް 2025 - 12:04
ރާއްޖޭގައި ފަހަކަށް އައިސް ގިނަ ބައެއްގެ ސަމާލުކަން ލިބުނު ޝައިހް އާޒިމް ޚާލިދު އުމްރާ ގުރޫޕެއް ހައްދަވައި، އުމްރާގެ އަޅުކަމަށް މީހުން ގެންދިއުމުގެ މަސައްކަތްތަކުގައި އަމަލީ ގޮތުން ހަރަކާތްތެރިވާން ފައްޓަވައިފި އެވެ.
އިސްލާމިކް މިނިސްޓްރީގެ ފަރާތުން މާލެ އާއި އެހެނިހެން ރަށްރަށުގައި ދީނީ ދަރުސްތައް ދެއްވަމުން ގެންދަވާ އުމުރުން 32 އަހަރުގެ ޒުވާން ޝައިހުގެ އުމްރާ ގުރޫޕް "އަލްވާދީ" އަށް ސަރުކާރުން ހުއްދަ ދިނީ މިދިޔަ ޖޫން މަހު އެވެ.
ބ. ހިތާދު އަށް އުފަން އާޒިމްގެ އަލްވާދީ ހައްޖު އެންޑް އުމްރާ ގުރޫޕުގެ ފުރަތަމަ ދަތުރު ރާވާފައި ވަނީ ސްކޫލްތަކުގެ ބޮޑު ޗުއްޓީއާ ދިމާކޮށް މި އަހަރުގެ ޑިސެމްބަރު 24 ގަ އެވެ. ދަތުރު ކުރާނީ އެމިރޭޓްސް ފްލައިޓުންނެވެ.
އަލްވާދީ ގުރޫޕުން ބުނީ، އުމްރާގެ އަޅުކަމަށް ދާން ބޭނުންވާ މީހުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ.
ސީއީއޯ އަބްދުލް ހާފިޒް ވިދާޅުވީ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ލިބުނު ތަރުހީބުން ވަރަށް ބޮޑު އުފަލެއް ލިބުނު ކަމަށެވެ. އަދި މައްކާ އާއި މަދީނާގެ އެންމެހައި އިންތިޒާމުތައް ވެސް އެ ގްރޫޕުން ވަރަށް އިސްކަމެއް ދީގެން މިހާރު ހަމަޖައްސަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އިރާދުކުރެއްވިޔާ މި ދަތުރުވެގެން ދާނީ ހުރިހާ ގޮތަކުން ވެސް ވަރަށް ކާމިޔާބު ދަތުރަކަށް،" ހަފީޒް ވިދާޅުވި އެވެ.
އުމްރާ ގްރޫޕުން ބުނީ، މަދު ދުވަސްކޮޅެއްގެ ތެރޭގައި އެ ގުރޫޕަށް މި ލިބުނު ތަރުހީބުން ދައްކުވައިދެނީ ރައްޔިތުން، އެ ގްރޫޕަށް ކުރާ އިތުބާރު ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ވާނީ އިތުބާރު ހިފަހައްޓައި، ހިތްހަމަޖެހިގެން އުމްރާގެ އަޅުކަން އަދާކުރުމުގެ މަގުފަހިވާނެ ކަމެއް ކަމަށް އެ ގުރޫޕުން ނެރުނު ބަޔާނުގައި ބުންޏެވެ.
ޑިސެމްބަރުގައި އެ ގްރޫޕުން ކުރާ ފުރަތަމަ ދަތުރުގެ ޝައިހެއްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާނީ އާޒިމް އެވެ.
މަދީނާ ޔުނިވާސިޓީން ގްރެޖުއޭޓު ވެފައިވާ އާޒިމް ގެންދަވަނީ ދީނީ ކަންކަމަށް ޒުވާނުން ވެއްދުމަށްޓަކައި ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި ވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ހާއްސަކޮށް މިދިޔަ ރޯދަމަހު ވަރަށް ގިނަ ރަށްރަށަށް ވަޑައިގެން ދަރުސްތައް ދެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ތައްހާނު...
11 August 2025
މިހާރު މިއުޅޭ "ޢިލްމުވެރިން" އެންމެ ކުރާހިތްވާ ވިޔަފާރިއަށް އުމްރާ ޓުއަރިޒަމް ވާހެންހީވޭ މިހާރު. މީހުންގެ ބޯތަކަށް މިވައްދަނީ އުމްރާ ގުރޫޕަކުން ނޫންގޮތަކަށް އުމްރާއެއް ނުކުރެވޭނެއޭ. ދެން ބޮޑެތި އަގުތައް ޖަހާފަ އިސްތިހާރު މިކުރަނީ ދީނީ މަސައްކަތެއްގެ ގޮތުގަ. ހަގީގަތަކީ ކޮންމެ މީހަކަށްވެސް އަމިއްލައަށް ޓިކެޓް ނަގައިގެން އުމްރާއަށް ދާންވީ. އަތުންދާ ހަރަދު ކުޑަވާނެ.
ހޔވޔ
11 August 2025
މީހުން ވަރަށް ފައިދާ ނަގާ ކަމެއް
އަލީ90
10 August 2025
އަޅުގަނޑުގެ ބައްޕަ ކުރިން އުމްރާ އައް ދިޔަ ގުރޫޕެއްގެ ޝެއިޚްއަކައް ހުރީ އާޒިމް. ބައްޕަ ބުނުއްވީ އުމްރާގެ ކަންކަމާ ތަންތަން ކިޔާދިނުމާ ކަން ކަން ވ ރަނގަޅު ކަމައް.
ސަލީމާމަ
10 August 2025
މިހާރަށް ވުރެ ހަރުދަނާކޮށް އުމްރާ ގުރޫޕުތައް މޮނިޓާ ކުރަން އެބަޖރހޭ...
ހެޔޮ އެދޭ ޒުވާނެއް ޝައިހް އާ ދުވަހަކު ބައްދަލު ނުވިޔަސް
10 August 2025
ޝައިހް އާޒިމް ގެ ގްރޫޕަކީ މިހާތަނަށް ފެނުނު އެންމެ ސަޅި ޕެކޭޖް. އެންމެ އަގު ހެޔޮ އަދި އެންމެ ގިނަ އުމްރާ އިތުުރު އަގެއް ނުނަގާ ކުރެވޭ ގްރޫޕް. ޝައިހަށް ކާމިޔާބަށް އެދެން
ގްރޫޕް ގްރޫޕް
10 August 2025
އުމުރާ ގްރޫޕް ހެދުން މެކުހަށް. ހާދަ ގްރޫޕެކޭ އެ ހަދަނީ. މިކަން ބުނެދެނީ އެންމެ ވާހަކައެއް. މިފަދަ ގްރޫޕް ހަދައި ހިންގުމަކީ ލައްކަ ފައިސާ ލިބޭ ލައްކަ ފައިދާ ބޮޑު ވިޔަފާރިއެއްކަން. ކޮންމެ ޝޭހެއް އުމުރާ ގްރޫޕެއް.
ކިރަނަން
11 August 2025
ވިޔަފާރި. ފައިދާވާކަމެއްގަ ޑިމާންޑް ބޮޑުވަނެ
ޢަބްދުﷲ މ
11 August 2025
ދެން ކަލޭވެސް ޖޭ ނުވެ އުމުރާ ޤުރޫޕް އެތް ހަދަންވީނުން
ފާތުން އ
10 August 2025
އުމްރާ ގްރޫޕް މީ ހީވޭ ވަރަށް ފައިދާވާ ވިޔަފާރިހެން. للهً އަށް ޓަކާ މި މަތިވެރި އަޅުކަމުގެ ޚިދުމަތް ބޮޑު ފައިދާ އެއް ނުނަގާ ހެޔޮ ނިޔަތުގަ ކޮށްދޭ ގްރޫޕެއް އުޅޭބާ!!
އައިމިނަތ
10 August 2025
ދަތުރުވެރިޔާ އުމްރާ ގުރޫޕް
އެދުރު ޢުމަރު
11 August 2025
އަގު ހެޔޮވާނެ އަމިއްލައަށް ރާވާލައިގެން ދަތުރު ހަމަޖައްސަން އުޅުނިއްޔާ. 4 މީހަކު ރޫމް ޝެއަރ ކުރާ ގޮތަށް ބޮލަކަށް ޖުމްލަ ހަރަދު، ވިސާ،ދެކޮޅުޓިކެޓް،ހޮޓާ،ދަތުރުތަށް އަދި ކެއުމާއި އެކު ބޮލަކަށް ގިނަވެގެން ހަރަދުވާނީ 13000 ދިވެހި ރުފިޔާ. އެއީ 12 ދުވަހުގެ ޖުމްލަ ހަރަދު
ޖުހޖ8
11 August 2025
އުޅޭނެހެން ހީވޭތަ؟؟
އެއްފަހަރު ޢުމްރާވި މީހެއް
10 August 2025
ޢުމްރާއަށް ކޮންމެހެން ޝެއިޚަކުހަދާ ގްރޫޕަކުން ދާންޖެހޭބާ؟ ގައުމުތަކަށް ވައިގެމަގުން ދަތުރުކުރަން އެގެންޏާ، ޢުމްރާއަށް އަމިއްލައަށް ދެވިދާނެ! މައްކާ މަދީނާ ހައިސްޕީޑް ޓްރޭންގައި ދިޔަސް ވިއްސަކަށް ޕަސެންޓް އަގުވެސް ހެޔޮވާނެ! ބުކިންޑޮޓްކޮމް އިން ހަމަ ޙަރަމްފުޅު ބުޑުން ހޮޓާ، ސަރވިސް އެޕާޓްމަންޓް ނަގަންވީ! ކޮންމެ ރޫޓަކުން ވެސް ޖިއްދާއަށް ދަތުރުކުރަންޏާ މީޤާތަކާ ކައިރިވާއިރު ގޮވާނެ! އެހިސާބުން ފެންވަރާތާހިރުވެގެން އިހުރާމުހެދުމުގައި އިނދެ ނިޔަތްގަންނަންވީ! މައްކާއަށް ދެވުމުން ގެފުޅު ވަށައިގެން ތަވާފުކޮށް، ދެރަކުޢަތް ނަމާދެއް މަޤާމު އިބްރާހީމް ދިމާލުގައި ކޮށްފައި، ޒަމްޒަމް ބުއިމަށްފަހު، ސަފާ މަރުވާ އާދެމެދު ސަޢުޔު ކުރުމަށް ފަހު، ބޯކޮށުން! އެ ޢުމްރާއެއް ވެވުނީ! މަދީނާއަށް ގޮސް ރައުޟާއަށް ވަންނަން ނުސުކްއެޕުް އެކަން ވާނެ! މިކަންކުރާނެ ގޮތް ގްރޫޕްތަކުގެ އަތްމަތީ ފޮތްތަކުގައި ހުންނާނެ!
އަބްޑޫޅް +
10 August 2025
ސޭކަކު ނެތިއްޔާ ފަޅުފިލުމެއް ނޯންނާނެ.
އެދުރު ބެ
10 August 2025
ދެން ދޭބަލަ އަމިއްލަ އަށް. އަހަރަމެން ދާނީ އަހަރަމެން ދާން ބޭނުންވާ ގްރޫޕަކުން. ތަޖުރިބާކާރު ޢިލްމުވެރިއެއްވެސް ހުންނަ ގްރޫޕަކުން. ހަސަދަވެރި ނުވޭ.
އެހެން
11 August 2025
ތިބޭނެ ދޯ ގްރޫޕްކޮށް ދާން ބޭނުންވާ މީހުން
ކިރުސައި 2.0
10 August 2025
މިއީ ވިޔަފާރިވެރިއެއްގެ ވިޔަފާރި ޕްރޮމޯޓްކުރަން ލިޔެފައިވާ ވިޔަފާރި ލިޔުމެއް.
އަފުނޯސް
10 August 2025
އެއީ މައްސަލައެއް ނޫން. ތިބޭފުޅާ އަމިއްލަ ޚަރަދުގަ މީހުން އުމްރާއަށް ގެންދަވާ.
އަސްލީ
10 August 2025
ޒުވާން ޝައިޚުންނާއި މުސްކުޅި ޝައިޚުން އުމްރާ ގްރޫޕް ހަދައިގެން މިލިޔަނުން ފައިދާ ނަގަނީ. ނަސޭހަތުގައި ވެސް އިސްކަންދެނީ އުމްރާވާ މީހުންގެ މާތްކަމާއި މަތިވެރިކަމުގެ މައްޗައް.
ވޯލް
10 August 2025
ތިީވަރަށް ރަގަޅު ވާހަކައެއް،ގައުމުގައި ހުރި ހަސްހާސް ކަންކަމާ މެދު ވާހަކަ ނުދައްކާ، ބުނެދޭން އުޅޭކަހަލަ، ވައްކަން ކޮށްފަވެސް ތިމާގެ އެއްބަނޑު އެއްބަފާ މީހުންގެ މުދާ ކާފަވެސް އަދި މީހުންނަށް އަނިޔާވެރިވެފަވެސް އުމްރާކުރީމާ އެފާފަތައް ފޮހެވޭނެއޭ. އިސްލާމް ދީނުގައި އެންމެ މުހިންމު ކަމަކީ އަދުލުވެރިކަމާއި އޯގާތެރިކަން މުޖުތަމުއެއްގެ ގޮތުގައި އުފާވެރި މަޖުތަމައުއެއް ނުލުބޭނެ. އުމުރާ ނޫނަސް ދަރުމަލިބޭ ގިނަކުނަ ކަންކަން އެބަހުރި.