ޚަބަރު / ކަރެކްޝަނަލް ސާވިސް

ޖަލަށް މަނާތަކެތި ވެއްދި ކަމަށް ތުހުމަތުވާ އޮފިސަރުން ސަސްޕެންޝަންގައި ތިބޭތާ އެއް އަހަރު

މާފުށީ ޖަލަށް މަނާ ތަކެތި ވައްދާ ކަމަށް ތުހުމަތުވާ އޮފިސަރުންގެ ތެރެއިން ފުލުހުން މިއަދު ވަނަވަރު އާއްމުކުރި މީހުން. -- ފޮޓޯ | ޕޮލިސް

މާފުށީ ޖަލަށް ވަގަށް މަސްތުވާތަކެއްޗާއި ފޯނު ވައްދައިގެން އެތައް މިލިއަން ރުފިޔާއެއް ހޯދި ކަމަށް ތުހުމަތުވާ ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން އަދިވެސް ތިބީ ސަސްޕެންޝަންގައި ކަމަށް ކަރެކްޝަންސްއިން ބުނެފި އެވެ.

މިދިޔަ އަހަރުގެ ޖޫން މަހު މާފުށީ ޖަލުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވައްދައިގެން 73 މިލިއަނަށް ވުރެ ގިނަ ރުފިިޔާ އެކިފަހަރު މަތިން ހޯދި ކަމަށް ތުހުމަތުކޮށް ކަރެކްޝަންސްގެ 18 އޮފިސަރަކު ހައްޔަރުކުރި ނަމަވެސް އޭގެ ތެރެއިން ދައުވާކުރަން ފޮނުވީ 13 މީހެއްގެ މައްޗަށެވެ.

އެ މައްސަލާގައި ދައުލަތުން ދައުވާކުރަނީ އޭގެ ތެރެއިން ފަސް މީހެއްގެ މައްޗަށެވެ. އެއީ ރ. އުނގޫފާރު އައިވަރީހައުސް ޖިނާހް އަބްދުއްރަހީމާއި މ. ލަންދޫ ކާމިނީގޭ އަލީ އަސްފާގާއި ކ. މާފުށީ ބީޗްހައުސް އަލީ ޝަހީމާއި ގއ. ވިލިނގިލީ ކުއްޅަވައްގޭ މުހައްމަދު ފަތޫހު ފަތުހުﷲ އާއި ހދ. ނޭކުރެންދޫ ތަރާނާގޭ އަލީ ނާޒިމްގެ މައްޗަށެވެ.

އެ މައްސަލާގައި ސަސްޕެންޑްކުރި 13 މީހުންގެ ސަސްޕެންޝަނާ ގުޅޭގޮތުން "މިހާރު" އިން ސުވާލު ކުރުމުން ކަރެކްޝަންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާތީ އެ މީހުން އަދިވެސް ތިބީ ސަސްޕެންޝަނުގައި ކަމަށެވެ.

އެކަމާ ގުޅޭ އިތުރު ތަފްސީލެއް ކަރެކްޝަންސްއިން ނުދިން ނަމަވެސް އެނގިފައިވާ ގޮތުގައި އެ މީހުން ސަސްޕެންޝަންގައި ތިބީ މުސާރަ ނުލިބޭ ގޮތަށެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އޭގެ ތެރެއިން ބައެއް އޮފިސަރުން މިހާރު ވަނީ ވަޒީފާއިން ވަކިވާން ހުށަހަޅައިފަ އެވެ. އަދި ބައެއް އޮފިސަރުން އެހެން ތަންތަނުގައި ވަޒީފާ އަދާކުރަން ފަށާފައިވާ ކަމުގެ މައުލޫމާތު ވެސް ވަނީ ލިބިފަ އެވެ.

އެ މައްސަލާގައި ދައުލަތުން ދައުވާކުރާ ފަސް މީހުން ވެސް މިހާރު ތިބީ ބަންދުން ދޫކޮށްލައިފަ އެވެ.

އެ މައްސަލާގައި ފުލުހުން ކުރިން ބުނެފައިވަނީ އޭގެ ތެރެއިން އެއް އޮފިސަރެއްގެ އެކައުންޓަށް އެކި ފަހަރު މަތިން ޖުމްލަ 24 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށެވެ. އަދި އެ މީހުންގެ އެކައުންޓުތަކަށް އަހަރެއްހާ ދުވަހުގެ ތެރޭގައި 73.6 މިލިއަން ރުފިޔާ ޖަމާވެފައިވާ ކަމަށް ވެސް އޭރު ފުލުހުން ބުންޏެވެ.

19 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 20%
icon angry icon angry 20%
icon wow icon wow 20%
icon inlove icon inlove 20%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަބުނީ

12 August 2025

މުސާރަޔާއި އިނާޔަތް ހިނގާ ގޮތަށްތޯ؟

The name is already taken The name is available. Register?

ޖުލައި2021

11 August 2025

ހައްގުން ކަމަކާނުލާ ހޯމްލޭންޑު މިނސްޓަރު ޖަލުއޮފިސަރުން ތަކެއްގެ ބޮލުގަ ބަދުނާމު އަޅުވައިގެން ހިންގި މީޑިއާ ސުޓަންޓެއް. ސާބިތު ވާވަރުގެ ހެއްކެތް ނުލިބުނު. މީޑިޔާތަކުގަ ކަރެކްޝަންސްގެ އަގު ވެއްޓުނީ ހީތަކެއްގެ މައްޗަޢް. ސިޔާސީވެރިން މުއްސަސާތަކުގެ އިތުބާރު ގެއްލުވާލަނީ

The name is already taken The name is available. Register?

ހަމަދު ސަލީމް

11 August 2025

ތީ އެކަމު މި ސަރުކާރުން މީހުން ސަސްޕެންޑް ކުރާގޮތެއްނޫން، މި ސަރުކާރުން މީހުންސަސްޕެންޑްކުރަނީ މުސާރަ ލިބޭގޮތަށް.

The name is already taken The name is available. Register?

ތިމާވެށި

11 August 2025

ސަރުކާރު ތެރޭގަ ގޮތް ނޭނގޭ އަނދިރި ސަރުކާރެއް އޮތް ނަމަ އެހެން ވެދާނެ އެވެ.

The name is already taken The name is available. Register?

ކަތްދައިތަ

11 August 2025

އިހުސާންކޮބާ؟ ނުވާވަރު ކަންތަކާ ހަވާލުވެގެން ނުހުރެ އިސްތިއުފާދީ.

The name is already taken The name is available. Register?

އިސްމާލި

11 August 2025

އަނެއްކާ މި ރާއްޖޭގައި ސަޅި ތަންކޮޅަކީ ވަޒީފާގައި ހުރެގެން ކުރަން ނުވާ މިކަހަލަ ކަންކަން ކުރާ މީހުންވެސް، މާދަމާ ވެސް އެހެން ވަޒީފާއަކަށް ހަމަ ލާ އިރަށް ނަގައޭ. ވަޒީފާ ދޭ މީހުންވެސް، މި މީހުންވެސް ހަމަ ހަބޭސް.

The name is already taken The name is available. Register?

އުދުހޭ

11 August 2025

ޕެންޝަންވަންދެންތަ ބައިތިއްބާފަ އެތިބީ

The name is already taken The name is available. Register?

ކޮރަލް

10 August 2025

މިފަދަ ކަންކަން ހައްލު ނުކޮށް ވޯޓް ހޯދަން ނައައުން އެދެމެވެ.

The name is already taken The name is available. Register?

ޓިނު

10 August 2025

ތިކަން ހަދާންހުރި މީހަކުވެސް މިހާރު ހުރިހެނެއް ހީއެއްނުވޭ.

The name is already taken The name is available. Register?

ރހކރ ފޅގ އމާ

10 August 2025

ކޮބާތޯ ހޯމް މިނިސްޓަރާއި އޭނާގެ ރައީސް. މީތޯ ތިކިޔާ އިންސާފަކީ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454