މާފަންނު ސްޓޭޑިއަމްގެ ހަދާފައިވާ އެފްއޭއެމްގެ އިމާރާތް: ފުޓްބޯޅައިގެ މަޝްރޫއެއް ހިންގުމަށް ހަދަން ފެށި މި އިމާރާތް ބޭނުން ކުރަނީ ގުދަންތަކެއްގެ ގޮތުގައި --- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު
10 އޯގަސްޓް 2025 - 20:20
ރާއްޖޭގެ ފުޓުބޯޅައާ ގުޅޭ އެކިއެކި ހަރަކާތްތަކަށް ހާއްސަ ކޮށްފައިވާ ދެ ބިމެއް އެ އިދާރާގެ ކުރީގެ ވެރިން އަމިއްލަ ބަޔަކަށް ވިޔަފާރީގެ އުސޫލުން ދޫކޮށްފައިވާ މައްސަލަ ފެންމަތިވެފައި ވަނިކޮށް، އެ ބިންތަކުގައި އިތުރު އެއްވެސް މަސައްކަތެއް ނުކުރަން އެފްއޭއެމުން އަންގައިފި އެވެ.
އެފްއޭއެމުން މިއަދު ނެރެނު ދެ އިއުލާނެއްގައި ބުނީ، ފުޓްބޯޅަ ސްކޫލެއް ހިންގުމަށް ހުޅުމާލެ 1 އިން އެ އެސޯސިއޭޝަނަށް ދޫކޮށްފައިވާ ބިމާއި މާފަންނު ސްޓޭޑިއަމްގެ ހުޅަނގު އުތުރުން މިހާރު ގުދަންބަރި ހަދާފައިވާ ބިމުގައި އިމާރާތް ކުރުމުގެ އެއްވެސް މަސައްކަތެއް ނުކުރަން އަންގާ ކަމަށެވެ.
"[މި ދެ ބިން] ބޭނުންކުރާ ފަރާތްތަކުން [މި ދެ ބިމުގައި] މިހާރު ހުރި އެއްވެސް އިމާރާތަކަށް އެއްވެސް ބަދަލެއް ނުގެނައުމަށާއި އަދި އިމާރާތް ހުރި [ދެ ބިމާއި] އަދި ވަށައިގެންވާ ބިންތަކުގައި އެއްވެސް އިތުރު އިމާރާތް ކުރުމުގެ މަސައްކަތެއް ނުކުރުމަށް އަންގަމެވެ،" ސަރުކާރުގެ ގެޒެޓްގައި ވެސް އާންމު ކުރި އިއުލާނުގައި އެފްއޭއެމުން ބުންޏެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު އެއްވެސް ކުއްޔަށް ދައްކަން ނުޖެހޭ ގޮތަށް އެފްއޭއެމަށް ހުޅުމާލެ 1 އިން ބިމެއް ދިނީ ހިލޭ ސާބަހަށް އިޖުތިމާއީ މަޝްރޫއެއް ހިންގާތީ އެވެ.
އެކަމަކު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު އެ ބިން މެދުވެރިކޮށް ވިޔަފާރި ކުރަން އެފްއޭއެމް ބޭނުންވުމުން، ބިމުގެ ކުލި ދައްކަންޖެހޭ ގޮތަށް ވިޔަފާރި އުސޫލުން ބިން ބޭނުން ކުރުމުގެ ހުއްދަ ދީ، އެޗްޑީސީން ބިމުގެ އެއްބަސްވުން ބަދަލުކޮށް ދިނެވެ. ނަމަވެސް އެފްއޭއެމުން ކުލި ނުދައްކާތީ އެޗްޑީސީން މިދިޔަ އަހަރު އެ ބިން އަތުލީ އެވެ.
ފުޓްބޯޅައާ ގުޅުން ހުރި އެ ދެ ބިމުގެ ބައެއް ސަރަހައްދުތައް ވިޔާފާރީގެ ގޮތުގައި އެކި ފަރާތްތަކަށް ކުއްޔަށް ދީފައި ވަނީ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލު ޖަލީލުގެ ދައުރުގަ އެވެ.
ފުޓްބޯޅަ ސްކޫލްގެ ބިމުގައި އެފްއޭއެމްގެ ކުރީގެ ލީޑާޝިޕުން ހަދާފައިވާ އެކޮމެޑޭޝަން ބްލޮކް: އެ ބިމުގައި އިމރާތް ކުރުމުގެ އެއްވެސް މަސައްކަތެއް ނުކުރަން އެފްއޭއެމުން ވަނީ އަންގާފައި
މިދިޔަ އެއް އަހަރު އެފްއޭއެމް ހިންގި ނޯމަލައިޒޭޝަން ކޮމިޓީން މިދިޔަ މަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހުޅުމާލޭގެ ބިމުން އަމިއްލަ ކުންފުނިތަކަށާއި ވިޔާފާރިތަކަށް ކުއްޔަށް ދީފައި ވަނީ ވިޔާފާރީގެ ގޮތުގައި އެކި ފަރާތްތަކަށް ކުއްޔަށް ދީފައި ވަނީ އަކަފޫޓަކަށް ޖެހޭ ވަރަށް ވުރެ ވެސް ކުޑަ އަގަކަށް ކަމަށެވެ.
ބައެއް ކުންފުނިތަކަށް ދޫކޮށްފައިވާ ބިންތަކުން ދިގު މުއްދަތަކަށް ޖެހޭ ކުލީގެ ފައިސާ އެޑްވާންސްކޮށް ވެސް ބައްސާމްގެ ދައުރުގައި ނަގާފައިވާ ކަމަށް ނޯމަލައިޒޭޝަން ކޮމިޓީން ނެރުނު ބަޔާނުގައި ބުނެފައި ވެ އެވެ. އެކަމަކު އެ ފައިސާ އެފްއޭއެމަށް ވަދެފައި ނުވާ ކަމަށް ވެސް އެ ކޮމިޓީން ފާހަގަކޮށްފައި ވެ އެވެ.
އެފްއޭއެމުން މިއަދު ނެރުނު އިއުލާންތަކުގައި ވަނީ އެ ދެ ބިން ކުއްޔަށް ނަގާފައިވާ ފަރާތްތަކަށާއި ސަބްލީސްކޮށް ކުއްޔަށް ނަގާފައިވާ ފަރާތްތަކުން ވެސް އެ އެއްބަސްވުމުގެ ކޮޕީ އެފްއޭއެމަށް ފޮނުވައި ދިނުމަށް އެދިފަ އެވެ.
އެއްބަސްވުންތަކުގެ ކޮޕީ ފޮނުވަންޖެހޭ ސުންގަޑިއަކީ މި މަހުގެ 24 ވަނަ ދުވަހުގެ މެންދުރު ފަހު 2:30 ގެ ކުރިންނެވެ.
އެއްބަސްވުމުގެ ކަރުދާސް ކޮޕީ ނުވަތަ ޑިޖިޓަލް ކޮޕީ ވެސް ބަލައިގަންނަ ގޮތަށް އެފްއޭއެމުން ވަނީ އިންތިޒާމު ހަމަޖައްސައިފަ އެވެ. ސޮފްޓް ކޮޕީ ފޮނުވާ ނަމަ ފޮނުވާނީ [email protected] އަށެވެ. ކަރުދާސް ކޮޕީ ރަސްމީ ދުވަސްތަކުގައި އެފްއޭއެމްގެ ވަގުތީ އޮފީސް ގާއިމުކޮށްފައިވާ ގަލޮޅު ދަނޑުގެ ވީއައިޕީ ހުންނަ އިމާރާތުން ބަލައިގަންނާނެ ކަމަށް ވެސް އެފްއޭއެމުން ބުންޏެވެ.
އެފްއޭއެމުން ބުނީ އެއްބަސްވުންތަކުގެ ކޮޕީ ނުވަތަ އެއާ ގުޅިގެން ހުށަހަޅާ އެހެން ލިޔުމެއްގެ ސައްހަ ކަމާ މެދު އެއްވެސް ޝައްކެއް އުފެދޭ ނަމަ ކަމާބެހޭ އިދާރާތަކަށް ހުށަހަޅައިގެން އޭގެ ސައްހަކަން ކަށަވަރު ކުރާނެ ކަމަށެވެ.
އެ ދެ ބިން ވެސް އެފްއޭއެމާ ހަވާލު ކުރި މަގްސަދު ހާސިލުވާ ގޮތަށް އެއްވެސް ކަމެއް ކޮށްފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފުޓުބޯޅަ
11 August 2025
ގޯލްޑް ކައްޕި އައްސަދު، އަލީ އުމަރު، ޑޮކްޓަރު ހެދިގެން އުޅޭ ޝަކީބު.. މިހިން ގޮސް ވަރަށް ގިނަ މީހުން މިކަންކަމުގެ ޒިންމާ ނަގަން ޖެހޭ. ބައްސާމުއަށް ބައިއަތު ހިފި މީހުން
އަބޫ
11 August 2025
ދާއިމީކޮށް އެއްވެސް ބަޔަކަށް ނުދީ ކޮންމެ 24 ގަޑިއަކުން ބުކްކުރެވޭގޮތަށް ބަދަލުކޮށްލާ... .
ހުތްއާދަނު
11 August 2025
މިއީކުރީގައި މާލެގައި އެންމެ ހެޕެނިންގތަން .ކުޅެލަން ޖާގަ ނުލިބިގެން ކިޔުގައިވެސް ތިބިން. ބޯޅަކުޅެން ބަޔަކަށް ލާރިއެއް ދައްކާކަށް ނުޖެހޭ. ސިޔާސީމީހުން އައިސް މުޅި މިތަން ހަލާކުކޮށްލީ.
ހުސެންކޮ2025
10 August 2025
ހުޅުމާލެ އެފްއޭއެމް ހަދަން ދިން ސަރަހައްދު ފޮތިފޮތި ޖަހާ ކޮންމެވެސް އިންޑިއާ ބަޔަކު އިންޑަސްޓްރިއަލް މަސައްކަތްވެސް އެބަ ކުރޭ. މީގެ ތެރޭގައި ކާޕެންޓްރީ، ބާ ދަގަނޑު އެއްކޮށް ގުދަންކޮށްގެން އެކްސްޕޯޓްކުރުން. މިސަރަހައްދުގައި ސިނާއީ މަސައްކަތްކުރިޔަސް ހަމަ ތިޔަ އެޗްޑީސީއިން އަޅާވެސް ނުލާ. މިސަރަހައްދުގަ މިލިއަނުން ދީގެން އަގު ބޮޑު އެޕާޓް،މަންޓް ގަނެގެން އުޅޭ ފަރާތްތަކަށް އުނދަގުލަކަށް ވެފަ އޮންނަނީ މިކަމާ ހެދި!
ކައުންސެލަރު....
10 August 2025
ކޮރަޕްޝަނުގައި މިއަށްވުރެ ކުރީގައިއުޅޭ ގައުމެއް މިދުނިޔޭގައިވެސް ނޯންނާނެކަން ކަށަވަރު
ބުރުގާ
10 August 2025
ނަމުގެ ކުރިއައް "ފުޓްބޯޅަ" ލައިގެން ވައްކަން ކުރާ ކުންފުންޏެއް ތީ.
ކޮރަލް
10 August 2025
ގޭންގް ތަކަށް ދީފަ ހުރި ޓާފް ދަނޑޫތައް ނަގާ ބަލާށެވެ. ގަޑީ އަކަށް 500 ދޭން އެބަ ޖެހެ އެވެ. އެދަނީ ހަކުރާ ދިމާ އަށެވެ.
ސަމާހު
10 August 2025
ދަނޑުތަށް ހަވާލު ކުރަން ވީ ސަރުކާރު ކުންފުނި ތަކާ!.ހުރިހާ ތަނެއް ގަ އެބައޮވޭ ކުލަބެއް..މާ ރަނގަޅުވާނެ މެނޭޖް ކުރާލެއް ވެސް!
ޝަނީފް
11 August 2025
ގޭންގުތަކުގެ އަތުން ދަނޑުތައް އަތުލެވޭކަށް ނޯވޭ! ކޮންމެ ބަޔަކު ވެރިކަމަށް އަޔަސް، އަންނަނީ ގޭންގުތައް ބޭނުންކޮށްގެން.
ނޯ ގޭންގްސް
19 August 2025
މި %100 މުސްލިމް ގައުމުގަ ގޭންގުތަކެއް ނޫޅޭނެ. މީ ކޮލަމްބިއާ އެއް ނޫން.
ތާޔާ
10 August 2025
އެކަމަކު މިއަދު ވެސް ފެނޭ އެތަނުގަ ވެލްޑިން ކުރާތަން، ހަމަ ހިޔެއް ނުވޭ ތި ތިންތަނުގަ އަތް ލެވޭނެ ހެނެއް . މާލޭ ބޮޑެތި ވިޔަފާރީ ވެރިންގެ ތަންތަން ހުސް. މިހާރު ކުލި ލިބޭ ތަންތަނުގެ ވެސް އެގްރީމަންޓް ރިވިއު ކޮށް ހަމަ އަގު ނަގާ!. ދެން ރަނގަޅު އަނެއްކާވެސް ޑީލެއް ނަހަދައި ފިޔާ!
ޓެރަތި
10 August 2025
ކުއްޔަށްހިފުމަށް އެޑުވާންސްގެ ގޮތުގަ ދެއްކިފައިސާވީތަނެއް ބަލާލަންވެސް ނުޖެހޭތަ؟ ކުލި ދެއްކިކަމެއް ނުދައްކާކަމެއްވެސް ނޭނގޭ ބަޔަކަށް ހިލޭސާބަހަށް ފައިދާވާގޮތައް ހިންގާފަހުންނަ ޖަރީމާ ތިޔަފެންނަނީ.