ފަލަސްތީނުގެ ހައްގުގައި މީގެކުރިން ބޭއްވި އެއްވުމެއް - ފޮޓޯ: މިހާރު
14 އޯގަސްޓް 2025 - 21:47
އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލްއާންމާއި އަނިޔާވެރިކަމާ ދެކޮޅަށް "ގައުމީ ބޮޑު އެއްވުން"ގެ ނަމުގައި އެއްވުމެއް ބާއްވަން ނިންމައިފި އެވެ.
އެ އެއްވުން އިންތިޒާމްކުރާ ކޮމިޓީން ބުނިގޮތުގައި މާދަމާ ހަވީރު 4:30ގައި އެއްވުން ފަށާނީ މާލޭގެ މާފަންނު ސްޓޭޑިއަމްގަ އެވެ. އެއްވުމުގައި ބައިވެރިވާން ބޭނުންވާ މީހުން ހަވީރު 4:00 އަށް އެ ސަރަހައްދަށް ޖަމާވުމަށް އެ ކޮމިޓީން އިލްތިމާސްކުރި އެވެ.
ފަލަސްތީނަށްޓަކައި ބާއްވާ އެއްވުމުގައި ގާނޫނާ ހިލާފު އެއްވެސް ކަމެއް ނުކުރުމަށް ކޮމިޓީން އިލްތިމާސްކުރެ އެވެ. އަދި އެ ކޮމިޓީން ހަމަޖައްސާފައިވާ އިންތިޒާމްތަކަށް ހުރިހާ މީހުންނަށް ވެސް ކަމޭހިތުމަށް އެދިފައިވެ އެވެ. އެއްވުމުގައި ބޭނުން ކުރާނެ ސާމާނު ވެސް ފޯރުކޮށްދޭނީ ކޮމިޓީންނެވެ.
އެއްވުމުގެ ތެރޭގައި ރާއްޖޭގައި އުޅޭ ބޭރުގެ އެއްވެސް ޑިޕްލޮމެޓުންނަށް އުނދަގޫވާނެ ކަމެއް ނޫނީ އަނިޔާއެއްވެދާނެ ކަމެއް ނުކުރުމަށް ވެސް ކޮމިޓީން ވަނީ އިލްތިމާސްކޮށްފަ އެވެ. އެ ސަރަހައްދުގައި އަލިފާން ފަދަ ތަކެތި ބޭނުން ނުކުރުމަށާއި އެމްބިއުލާންސް ފަދަ އުޅަނދުތަކަށް އުނދަގޫ ނުވާނެ ގޮތަށް ސައިކަލް ޕާކްކުރަން ވެސް އެދިފައިވެ އެވެ.
އެއްވުން އިންތިޒާމްކޮށްފައިވަނީ އަންހެންނާއި ފިރިހެނުން ވަކިން ތިބޭ ގޮތަށެވެ.
ރާއްޖޭގައި ފަލަސްތީނުގެ ހައްގުގައި އެއްވުމެއް ބާއްވަން ނިންމާފައިމިވަނީ، އިޒްރޭލުގެ އިސްތިއުމާރު މުޅި ޣައްޒާއަށް ފުޅާކުރުމާ ދެކޮޅަށް، ގައުމީ ފެންވަރުގައި މާދަމާ ތެދުވުމަށް ހަމާސް ޖަމާއަތުން ކަނޑައަޅައި، އިއުލާނުކުރުމާ ގުޅުވައިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ށސ11
15 August 2025
ޑިޕްލޮމުލެޓުންނަށް (ހާއްސަކޮށް އެމެރިކާގެ ސަފީރަށް) ގެއްލުންވާނެތަ ގައްޒާގެ ނަސްލުުނައްތާލަނީ އެމެރިކާ އާ އިޒްރޭލާ ގުޅިގެނޭ ބުނެފިއްޔާ!!
ޠަނާ
15 August 2025
މިއީ ކާކު ހިންގާ ކޮމިޓީއެއްކަމެއް ނޭނގޭ. ހަބަރެއް ޖަހަން ވަރަށް ލޯ ބާއެއްދޯ މިއޮންނަނީ
ސާފެއް ނުވޭ
15 August 2025
ތިކަން އިންތިޒާމު ކުރާ ބައެއްގެ ނަމެއް ނުފެނުނު ލިޔުމަކުން. މީގެ ކުރިން ފަލަސްތީނު ނަމުގައި ބޭއްވި ބައެއް އެއްވުންތަކުގައި ފަލަސްތީނު ދިދަވެސް ނެތް. ގޮވީ އެހެން ވާހަކަތަކެއް. އެހެންވީމަ ތި އެއްވުމުގެ މަގުސަދު ވަރަށް ސާފުވާން އެބަޖެހޭ!
ހައްގުބަސް.
15 August 2025
ވީހާވެސް ގިނަ މީހުން ބައިވެރި ވާތި. މަވެސް ދާނަން.
ލަސް
15 August 2025
ފަލަސްތީނުގެ ނަމަުގަ ވަކި ބަޔަކު ބޭނުންވާގޮތަށް ރައްޔިތުން ލަންބުވަން ކުރާކަމެއް. ނުވިސްނާތިއްބަ ދިވެހިން ބޮނޑި ބޯނެ.
ބަޖާރީސް
14 August 2025
އެއްވުމުގައި އަންހެނުންނާއި ފިރިހެނުން ވަކިން ތިބެންޖެހޭތަ؟ ތިޔައީ ފަލަސްތީނުގެ ނަމުގައި ބޭއްވިޔަސް މިގައުމުގައި އަފްގާނިސްތާނުގައި ކަންތައް ކުރާގޮތް ފަތުރަން ބޭނުންކުރާ އުކުޅެއް.
މުޢާ
14 August 2025
ދެން ކަޑަ ވިޔަސް ހަމަ އެހެން އެކަން ކުރާނީ. ކަލޭ އަންހުންނާ މަސްހުނި ވާން ބޭނުންނަމަ އެހެން ތަނަކަށް ދޭ.