އިޒްރޭލުގެ ޖަރީމާތަކާ ދެކޮޅަށް މިއަދު އެއްވި ބައެއް މިނިސްޓަރުން.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
15 އޯގަސްޓް 2025 - 18:31
ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ގަތުލްއާންމު ކުށްވެރިކޮށް ރާއްޖޭގައި އެތައް ހާސް ބަޔަކު ނުކުމެ މިއަދު އަޑު އުފުލައިފި އެވެ.
މިއަދު ހަވީރު މާފަންނު ސްޓޭޑިއަމްގައި "ގައުމީ ބޮޑު ހަރަކާތް" ގެ ނަމުގައި ބޭއްވި އެ ހަރަކާތުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެ އިޒްރޭލުގެ ލާއިންސާނީ ޖަރީމާތަކާ ދެކޮޅަށް އަޑު އުފުލި އެވެ.
އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނުން އިސް ނެގުމަށް ބޭއްވި މި އެއްވުމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލާއި އެހެން މިނިސްޓަރުންނާއި ސިޔާސީ އެކި ފިކުރުގެ އިސް ބައެއް ބޭފުޅުންނާއި ވަރަށް ގިނަ އަދަދެއްގެ އާންމު ޖަމާވި އެވެ. އަދި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވެސް އެއްވުމުގައި ބައިވެރިވެވަޑައިގަތެވެ.
އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނުން ބުނީ، އެ ހަރަކާތުގެ އެންމެ ބޮޑު ބޭނުމަކީ، އިޒްރޭލުން ފަލަސްތީނު ހިސާރު ކުރުން ނައްތާލުމަށް އަޑު އުފުލައި ސަރުކާރުތަކަށް ބާރު އެޅުން ކަމަށެވެ.
އިޒްރޭލުގެ ޖަރީމާތަކާ ދެކޮޅަށް މިއަދު އެއްވި ބައެއް މިނިސްޓަރުން.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
"އެހީދޭ ވަރަށް ގިނަ ފަރާތްތަކުގެ އެހީތައް ރަފާ ބޯޑަރުގައި އަދި މިސްރާއި ޖޯޑަން ފަޅީގައި ވެސް ޓްރަކްތައް ތައްޔާރަށް ވަންނަން އެބަހުރި. އެހެން ނަމަވެސް ބޯޑަރުތައް ހުޅުވައި ނުލުމުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ނުލިބި، ކާބޯތަކެތި ނުލިބި، ޝަހީދުވަމުން މިދަނީ،" އެއިޑް ކެމްޕެއިނުން ޕީއެސްއެމަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.
އެ އެއްވުމުގައި އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވީ، މިއީ ފަލަސްތީނަށްޓަކައި އެ ގައުމުގެ ރައްޔިތުންނާއި ގާޒާއަށްޓަކައި ބޭއްވި އެއްވުމެއް ކަމަށެވެ. އޭނާ ވިދާޅުވީ، ގާޒާފައި އޮތް ހިސާރު މިހާރުން މިހާރަށް ނައްތާލަން ޖެހޭ ކަމަށެވެ.
އިޒްރޭލުގެ ޖަރީމާތަކާ ދެކޮޅަށް މިއަދު މާލޭގައި އަޑު އުފުލަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
"އަޅުގަނޑުމެން މި ބުނަނީ ބޯޑަރުތައް ހުޅުވައިލާށޭ. އަޅުގަނޑުމެން ކުށްވެރި ކުރަން އިޒްރޭލުން ގައްޒާގެ އަހުލުވެރިންނާ މެދު ހިންގާ އަނިޔާވެރި އުދުވާން. އަދި އަޅުގަނޑުމެން ކުށްވެރިކުރަން ބައިނަލްއަގްވާމީ ބޮޑެތި ބާރުތަކުން، އިޒްރޭލަށް ދެމުންގެންދާ އެހީތެރިކަން،" މިނިސްޓަރު ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ، ކުޑަކުދިންނާއި އާންމުންނަށް އެހީތެރިކަން ފޯރުކޮށްދޭން ތިބި ފަރާތްތަކުން އެ ސަރަހައްދަށް ވަދެވޭނެ ގޮތްތައް ފަހިކޮށްދޭން ގޮވާލާ ކަމަށެވެ. އޭނާ ވިދާޅުވީ، މިކަމުގައި ދިވެހި ހުރިހާ ރައްޔިތުން ވެސް ސާބިތުކޮށް ތިބެންޖެހޭ ކަމަށާއި ފަލަސްތީނުގައި މިނިވަން މުސްތަގިއްލު ދައުލަތެއް ގާއިމްވެއްޖެއުމަށް ދާންދެން ސާބިތުވެ ތިބެން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހވޖފތ
16 August 2025
ގަތުލުއާނމު ހުއްޓުވާ ނުލެވުނަސް ދިވެހީންގެ ވިސްނުން ހުރިގޮތް ދުނިޔެއްށް ފެނިގެން ދިޔަ. ހައްގަށް ނަސްރު ދެއްވާނެ. ފިރުއައުނުވެސް އުޅުނު މިބިންމަތީ ޖައްބާރުކަންމަތީ. އޭނަ ކޮބާ
ޙުސީނު
16 August 2025
ގިނަ ރައްޔިތުން (ކުޑަކުދިން ނާއި ދުވަސްވީ މީހުން)ގެ ހައްގު ނިގުޅައިގަނެ ރައްޔިތުން ބިކަ ހާލުގައި ޖެއްސި ސިޔާސީ ބަޔަކު މިކަމުގައި އުޅުމަކީ، މިކަމުގެ މަގުސަދުވެސް އޮޅޭ ކަމެއް.
raajje
15 August 2025
އަޑުއުފުލައިގެން ކުށްވެރިކޮށްގެން ވާކަމެއްއެބައޮތްތަ؟ ނެރެވޭނަތީޖާއެއްކޮބާ؟ އިޒުރޭލުމައްސަލައިގައި މުސްލިމުންކުރަން މިިހާރުޖެހޭކަމަކީ ސީދާ "ހަނގުރާމަ" އިއުލާނުކުރުން، މިކަންކުރެވެނީ ގައުމުތަކުގެވެރިންނަށް، އާންމުރައްޔިތުންނަކަށްނޫން، ކަނޑިބަޑީގެހަނގުރާމަނުކުރެވޭ ގައުމުތަކުން އިޒުރޭލުގެ އުފެއްދުންތަށް ބޭނުންކުރުން ހުށްޓާލެވޭނެތާ، އެވަރުވެސްނުވޭ، މިރާއްޖޭގައިވެސް އިޒުރޭލުގެއުފެއްދުންތައް މިހާރުވެސްބޭނުންކުރޭ ދެންކޮންއެއްވުމެއް؟؟؟
ކަރުމާން
15 August 2025
އެމްޑީޕީ ވެރިކަމުގައި އޮތް ނަމަ މިހާ ސުލްހަ ވެރިކަމާއެކު މިފަދަ އެއްވުންތައް ބޭއްވިޔަކަ ނުދޭނެ
ހުއްޓާލީ
15 August 2025
މި އެއްވުމާގުޅިގެން، އިޒުރޭލުން ތިޔަ ހިންގާ ގަތުލުއާންމާ ހުއްޓިއްޖެތޯ؟
ކުދިކުދިފިޔަވަޅު
16 August 2025
ބޮޑެތި ކަންތައްތައް ހާސިލުކުރެވޭނީ އެކަމައް ކުދިކުދި ފިޔަވަޅުތަކެއްއަޅައިގެން. އެތަކެއް ބައިވަރު ކުދިފިޔަވަޅުގެ އާހިރު ނަތީޖާއަކައްވާނީ ހާސިލުކުރަންބޭނުންވާކަންތައް ހާސިލުވުން. ނުވާނެއޭ ބުނެ އެކުދި ފިޔަވަޅުތައް ނާޅާނަމަ އެކަމެއް ދުވަހަކުވެސް ހާސިލެއްނުވާނެ އަދި އެކަންތައް އެންމެންގެ ސަމާލުކަމުން ގެއްލިދާނެ. މިކަމުގަ ޔިހޫދީން ބޭނުންވަނީ މިގޮތް.
ސަރީރާ
15 August 2025
ގަތުލު އާންމު ހިންގާތާ 2 އަހަރު ފަހުން، ޔޫރަޕާ މުޅި ދުނިޔެވެސް އިޒްރޭލާ ދެކޮޅު އަޑުއުފުލުން މަނާކުރަން ލަދުގަންނަވަރުވުމުން ސަރުކާރުގެ އިސް ވެރިން ނަށް ވެސް ކެރިއްޖެ އެކަމާ ދެކޮޅަށް އަޑުއުފުލަން.
ސޮބީހާ
15 August 2025
އަފީފުދީދީ އަކީ ވަރައްތޫނުފިލި، އެވަގުތަކައް މުޖުތަމައުއައް މުހިއްމު މައުލޫމާތު ހިމަނާ ކޮމެންޓު ކުރަމުން އަންނަފަރާތެއް، ހާއްސަކޮށް ރާއްޖޭގެ މުއްސަނދިކަން ހަމަހަމަކޮށް އަތޮޅުތެރެއައް ހައްގުވާމިންވަރުހޯދަދޭން ވަކާލާތުކުރުން، ކީޕްއިޓްއަޕު އަފީފުދީދީ،
ބަލީފު
15 August 2025
އަފީފު ދީދީގެ ނުގުޅޭ ކޮމެންޓެއް ނެތްތަ މިކަމަށް؟