ޚަބަރު / ލާމަރުކަޒީ ހިންގުން

ގާސިމްގެ ތާއީދު އިސްލާހުތަކަށް، ވިދާޅުވީ ގައުމު ހިންގަންވާނީ ޔުނިޓަރީ ދައުލަތުގެ ވިސްނުމަށް ކަމަށް

މަޖިލީހުގެ ކޮމިޓީއެއްގައި ގާސިމް ވާހަކަ ދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ލާމަރުކަޒީ ނިޒާމުގެ ހިންގުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނަ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކަކީ ރާއްޖޭގެ މިއަދުގެ ހާލަތަަށް ބަލާއިރު ވަރަށް މުހިންމު އަދި ގާނޫނުއަސާސީގައި ބަޔާންކުރާ ޔުނިޓަރީ ދައުލަތެއްގެ ނިޒާމުގެ ތެރެއަށް ފެތޭ އިސްލާހުތަކެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ބިލް މި މަހުގެ ހަ ވަނަ ދުވަހު ފާސްކޮށް މިދިޔަ ބުރާސްފަތި ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތަސްދީގު ކުރައްވައިފަ އެވެ.

ތަފާތު ހިޔާލުތައް އެ އިސްލާހުތަކާ މެދު އުޅޭއިރު، ގާސިމް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެއީ ވަރަށް މުހިންމު އިސާލާހުތަކެއް ކަމަށެވެ.

މާމިގިލި ދާއިރާގެ މެމްބަރު ގާސިމް ވިދާޅުވީ، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުން ރާއްޖޭގައި ހިންގަން ޖެހެނީ ޔުނިޓަރީ ދައުލަތެއް ކަމަށާއި މިއީ ފެޑަރަލް ދައުލަތެއް ނޫން ކަމަށެވެ. އެހެންވެ، ލާމަރުކަޒީ ގާނޫނު ވެސް އޮންނަން ވާނީ ޔުނިޓަރީ ދައުލަތަކުން ކަމެއް ފުޅާކުރެވޭނެ މިންވަރަކަށް އެ ހުދޫދުގެ ތެރޭގައި ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޔުނިޓަރީ ދައުލަތެއްގެ ވެރިކަން ހިންގުމުގެ ބާރުތަކާއި ފްރޭމްވޯކާއި ފުށުއަރާ ގޮތަށް އެއްވެސް ގާނޫނެއް ހެދިފައި އޮވެގެން ނުވާނެ އެވެ.

ގާސިމް ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް އަމަލުކުރަމުން އަންނަތާ 14 އަހަރުވެފައިވާއިރު އެ ގާނޫނާ އެކު ފެޑަރަލް ވިސްނުން ބައެއް ފަރާތްތުން ގެންގުޅޭ ކަމަށާއި އާންމުކޮށް ސަރުކާރާއި އިދިކޮޅަށް އޮންނަ ޕާޓީތަކުން ވެސް އެފަދަ ވާހަކަތައް ޕްރޮމޯޓްކުރާ ކަމަށެވެ.

"އަޅުގަނޑު ވެސް ގަބޫލުކުރަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިފަދައިން މި އިސްލާހުތަކަކީ އެ ނިޒާމު ހަރުދަނާކުރުމަށް ޗެމްޕިއަން ކުރުމަށް ގެންނަންޖެހޭ އިސްލާހުތަކެއް ކަމަށް،" ގާސިމް ވިދާޅުވި އެވެ.

މިސާލެއްގެ ގޮތުގައި ގާސިމް ވިދާޅުވީ ކުރިއަށް އޮންނަ ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ސިޔާސީ ބޭނުމަށް ރަށްރަށުގެ ބިންތައް ދޫކޮށް، ގިނަ އަދަދަކަށް މުވައްޒަފުން ނަގާނެ ފުރުސަތު އޮވެގެން ނުވާނެ ކަމަށެވެ. އެއީ ނާޖާއިޒު ފައިދާއެއް ނެގުން ކަމަށާއި އަންނަ ދައުރަށް ހޮވުމުގެ ބޭނުމުގައި ސަރުކާރުގެ މާލިއްޔަތު ތަން ނުދޭ މިންވަރަށް އިތުރު މަގާމުތައް އުފެއްދުމުގެ ބާރު ގާނޫނަކުން ކައުންސިލަރުންނަށް ދީފައި އޮވެގެން ނުވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާގެ ލަގަބު މިދިޔަ ޖުލައި 27 ވަނަ ދުވަހު އެރުވުމަށް ފަހު، އޭނާއާ ރައީސް މުއިއްޒު ސަލާން ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

ގާސިމް ވިދާޅުވީ އެ އިސްލާހުގެ ސަބަބުން ފައިދާވާނީ ސަރުކާރަށް ނޫން ކަމަށާއި އެއީ ރައްޔިތުންނަށް ލިބޭ ފައިދާއެއް ކަމަށެވެ. އަދި ރަށެއްގެ ތަރައްގީގެ ޕްލޭނަކީ ރައްޔިތުންގެ ހިޔާލާ އެކު ފާސްކޮށްފައިވާ އެއްޗެއް ކަމަށާއި އޭގައި ނުހިމެނޭ ކަންކަން އިންތިހާބާ ދިމާކޮށް ސިޔާސީ ބޭނުމަށް ކުއްލިއަކަަށް ފެށުމުގެ އިހްތިޔާރު އޮވެގެން ނުވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެކަމުގެ ސަބަބުން ގައުމަށް ނުހަނު ގެއްލުން ލިބެމުންދެ އެވެ.

"މިސާލަކަށް މިހާރު އޮތް ކައުންސިލްތަކުގެ ދައުރު އަންނަ 2026 މޭ މަހަށް ހަމަވާތީ ދައުރުގެ ބާކީ މިހާރު އޮތީ ގާތްގަނޑަކަށް 10 މަސް ކަމުގައި ވާތީ ކައުންސިލްތަކުގެ އިހުލާސްތެރިވާން ޖެހޭނީ ގާނޫނުއަސާސީގައި ބުނާ ޔުނިޓަރީ ދައުލަތުގެ ވިސްނުމަށް. މި އިސްލާހުގެ ސަބަބުން އަސްލުގައި ފައިދާ ވާނީ ރައްޔިތުންނަށް، ސަރުކާރަކަށް ނޫން،" ގާސިމް ވިދާޅުވި އެވެ.

އެ އިސްލާހުގައި 70 ވަނަ މާއްދާގެ ބ ގެ ފަހަތަށް ދެ އަކުރެއް އިތުރުކޮށް، ޅ. ގެ ގޮތުގައި ފާސްކޮށްފައިވާ މާއްދާގައި ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރީގެ މަސައްކަތްތަކަށް ތިން ޝަރުތެއް ކަނޑައަޅާފައިވާތީ އެކަމަށް އިޝާރާތް ކުރައްވަމުން ގާސިމް ވިދާޅުވީ އެފަދަ މަސައްކަތްތަކަކީ ލޯކަލް އޮތޯރިޓީ ކުންފުނި ނިސްބަތްވާ ރަށުގައި ނުވަތަ ރަށްތަކުގައި އަމިއްލަ ފަރާތަކުން ކުރަމުންދާ އިގްތިސާދީ މަސައްކަތެއް ނުވަތަ ވިޔަފާރިއެއް ކަމުގައި ވެގެން ނުވާނެ ކަމަށް ބަޔާންކުރުމުން އޭގެ ފައިދާ ވާނީ ވެސް ރައްޔިތުންނަށް ކަމަށެވެ.

އޭގެ ސަބަބުން ރަށުގެ ރައްޔިތުންނާއި އާންމު ވިޔަފާރިތަކަށް ފައިދާވާނެ ކަމަށާއި މިއީ ކޮންމެހެން ގެންނަން ޖެހޭ އިސްލާހުތަކެއް ކަމަށް ގާސިމް ތަކުރާރުކޮށް އެ ބަޔާނުގައި ވިދާޅުވި އެވެ.

ލާމަރުކަޒީ ގާނޫނަށް މި ފަހަރު ގެނައި އިސްލާހުތަކުގެ ތެރެއިން އެއް އިސްލާހުގައިވާ ގޮތުން ނަމަ ރަށްރަށުގެ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން 10 މިލިއަން ވުރެ ދަށުގެ ވިޔަފާރި ނުކުރެވޭނެ އެވެ. އަދި ގާނޫނަށް ގެނައި އިސްލާހުގެ މާއްދާއާ ތައާރަޒުވާ ނަމަ އެ މާއްދާ އަށް ނުވަތަ އިސްލާހަށް އަމަލުކުރަން ފަށާތާ 90 ދުވަހުގެ ތެރޭގައި އެފަދަ ވިޔަފާރީގެ ހަރަކާތްތައް ހުއްޓާލަން ވާނެ ކަމަށް ބަޔާންކޮށްފައި ވެ އެވެ.

މިސާލަކަށް މިހާރު އޮތް ކައުންސިލްތަކުގެ ދައުރު އަންނަ 2026 މޭ މަހަށް ހަމަވާތީ ދައުރުގެ ބާކީ މިހާރު އޮތީ ގާތްގަނޑަކަށް 10 މަސް ކަމުގައި ވާތީ ކައުންސިލްތަކުގެ އިހުލާސްތެރިވާން ޖެހޭނީ ގާނޫނުއަސާސީގައި ބުނާ ޔުނިޓަރީ ދައުލަތުގެ ވިސްނުމަށް. މި އިސްލާހުގެ ސަބަބުން އަސްލުގައި ފައިދާ ވާނީ ރައްޔިތުންނަށް، ސަރުކާރަކަށް ނޫން،"--- ގާސިމް

ލާމަރުކަޒީ ގާނޫނަށް ދެން ގެނައި އިސްލާހުތަކުގެ ތެރޭގައި ހިމެނެނީ ފެނާއި ކަރަންޓު ފަދަ އަސާސީ ބޭނުންތަކަށް ދޫކުރާ ބިންތަކާއި އިމާރާތްތަކުން ކައުންސިލްތަކަށް ކުލި ނުނެގުމާއި ކައުންސިލްތަކުން އާމްދަނީ ހޯދަން ކުރާ މަސައްކަތްތަކުން ސަރުކާރަށް ޓެކްސް ދެއްކުމާއި ކައުންސިލްތަކުގެ އެކައުންޓުތަކުގައި ހުންނަ ފައިސާގެ މައުލޫމާތު ފިނޭންސް މިނިސްޓްރީ އާއި އެލްޖީއޭ އިން އެދިއްޖެ ނަމަ ދޭން ލާޒިމް ކުރުމެވެ.

ކައުންސިލްތަކުގެ ފަހު އަހަރު ކައުންސިލްގެ އިދާރާތަކަށް މުވައްޒަފުން ނެގުމާއި ބިންތައް ދޫކުރުމުގައި ފިނޭންސް މިނިސްޓްރީ އާއި އެލްޖީއޭގެ ހުއްދަ ހޯދަން ޖެހޭ އިސްލާހެއް ވެސް ވެސް ގާނޫނަށް ވަނީ ގެނެސްފަ އެވެ. އެ ކަމަކު އެ ހުއްދަ ނަގަން ޖެހޭނީ ހިނގަމުން އަންނަ ކައުންސިލްތަކުގެ ދައުރު ހަމަވާން އެއް އަހަރު ގުނަން ފަށާ ހިސާބުންނެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތައް ދިފާއު ކުރައްވަމުން ރައީސް މުއިއްޒު ބ. ދަރަވަންދޫގައި މިދިޔަ ހަފުތާގައި ވިދާޅުވީ، އެއީ އެ ނިޒާމު "ހަރުދަނާކުރުމަށް، ޗެމްޕިއަން ކުރުމަށް" ގެންނަންޖެހޭ އިސްލާހުތަކެއް ކަމަށެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާ އިދިކޮޅު އެމްޑީޕީން ވަނީ ދެކޮޅު ހަދައިފަ އެވެ. އަދި އެ އިސްލާހުތަކުގެ ސަބަބުން ކައުންސިލްތަކުގެ މާލީ ބާރުވެރިކަން ގެއްލޭ ކަމަށް ބުނެ ސަތޭކައާ ގާތްކުރާ އަދަދަކަށް ކައުންސިލްތަކުން ބަޔާން ނެރެފައި ވެ އެވެ.

40 ކޮމެންޓް, 41 ރިއެކްޝަންސް

icon happy icon happy 2%
icon sad icon sad 0%
icon angry icon angry 44%
icon wow icon wow 0%
icon inlove icon inlove 54%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

70007

17 August 2025

މީނާގެ މުވައްޒަފުންނަށް ބަރާބަރަށް މުސާރަދުނީ މުޅި މިލްކިއްޔާތު ހުސްވަންދެން ސިޔާސީ މީހުންނަށް ޙަރަދުކުރިއިރުވެސް ރައްޔިތުންގެ ލޯބި ނުލިބުނު. އެތަށް ފަހަރަކު ރައީސްކަމަށް ކުރިމަތިލައިގެންވެސް ފަހަރަކަށް ވުރެ ފަހަރެއް ދަށްވަމުންގޮސް 2000 ވޯޓް މުޅި ރާއްޖެއިން ހަމަނުކުރެވުނު. މާމިގިލީ ދާއިރާއިންވެސް މިހާރު ނޫނެކޭ ބުނާ ވޯތް ގިނަވާން ފަށައިފި. އެކަމު އަދިވެސް މީނާއަށް ހީވާކަހަލަ މިޤައުމުގައި ފަހުބްސް ބުނާނީ މީނާހެން. ދަހިވެތިކަން ބޮޑުވެ ލަދުވެސް ނެތީ

The name is already taken The name is available. Register?

70007

17 August 2025

މިހާއަމިއްލައެދުން ބޮޑުމީހަކު އަހަރެން ދުވަހަކުވެސް ނުދެކެން. އަދި ލަދުހަޔާތްވެސް އެހާމެކުޑަ

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

17 August 2025

ސޭޓްއަކީ ކ.މާލޭގެ މާފަންނުވިލާ ގޭގައި ރެޖިސްޓްރީ ވެފާއިވާ ތިރަށު ރަށް ވެއްސެއް. އެހެންކަމުން ސޭޓްވެސް އެބަޖެހޭ ޤާނޫނުއަސާސީގައި ބުނެ އަމުރުކޮށްފައިވާގޮތަށް ރާއްޖެ އިދާރީދާއިރާ ތަކެއްގެމައްޗަށް ހިންގަން ފުރުސަތު ދިނުމަށްޓަކާ ޤާނޫނުއަސާސީގެ 71 އަދި 72 ގެ ނުގުތާތަކުގައި ބުނެފައިވާގޮތަށް މާމިގިލީދާއިރާގެ މެންބަރަކަށް އެދާއިރާގެ ރަށްވެއްސަކުހޮވަން ފުރުސަތުލިބޭގޮތަށް ސޭޓުގެ އަމަލުވެސް ބަހައްޓަން. ސޭޓްވެސް ދެން އަމިއްލަދާއިރާގެ ގޮނޑިއަށް ކުރިމަތިލައްވާ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

17 August 2025

މާމިގިއްޔަށް ސޭޓް އުފަންވުމަކީ މާމިގިލި ދާއިރާގެ ގޮނޑިއަށް ކުރިމަތިލުމަށް ފުރުސަތުލިބެންޖެހޭ ސަބަބެއްނޫން. ޤއ ގެ 71 ގެ ހ ގައި ވަނީ "ކޮންމެ އިދާރީދާއިރާ އަކުން" މެންބަރަކު އިންތިޙާބުކުރަން ވާނެކަމަށް. މާނައަކީ ދާއިރާއިން އިންތިޙާބުކުރަން ވާނީ އެދާއިރާގެ ރަށްވެހިންގެތެރެއިން މީހެއްކަމަށް. ލާމަރުކަޒީ ހަމަތަކަށް ބަލާއިރުވެސް މިކަން އޮންނަންވާނީ މިހެން. އެހެންނޫން ނަމަ އެމާއްދާގައި ލިޔާނީ "ކޮންމެ އިދާރީ ދާއިރާ އަކަށް" މެންބަރަކު އިންތިޙާބު ކުރަން.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

17 August 2025

ޤާނޫނުއަސާސީގައި ގަދައަމުރުން އަމުރުކޮށް އަންގާފައިވާގޮތަށް ލާމަރުކަޒުކޮށް އިދާރީ ދާއިރާ ހިންގުމަށްޓަކާ އިދާރީ ދާއިރާތަކުގެ ރަށްވެހިންގެ ތެރެއިން މަޖިލީހަށް މެންބަރުން އިންތިޙާބު ކުރަން ޖާގަ ލިބޭ ގޮތަށް މަތީގައި ދެންނެވި ފަދައިން ސޭޓް ވެސް މާމިގިލި ދާއިރާގެ ގޮނޑި އަށް ވާދަ ކުރުމުގެ ބަދަލުގައި ސޭޓް ރަށްވެހިވެ ސޭޓް ދިރިއުޅޭ ރަށުގެ ގޮނޑި އަކަށް 2026 ގައި ވާދަ ކުރުން ރަނގަޅު. ޤއ ބުނާގޮތަށް މާމިގިލީގެ ރަށްވެހިނަށް ސޭޓުވެސް ފުރުސަތު ދޫކޮށްލަންވީނު.

The name is already taken The name is available. Register?

ފައިސަލް ނަސީމް

17 August 2025

ތިޔަ ވިދާޅުވީ ހެޔޮ ވާހަކަފުޅެއް

The name is already taken The name is available. Register?

ކަލޯ އާދަނު

17 August 2025

ރަގަޅު އޮފަރ އެއް އުޅޭތޯ؟ ރައީސް ކަމުގެ މަގާމުގެ ދައުރު ހަމަވަން 1 އަހަރަށްވީމާވެސް ހަމަ ތިގޮތަށް ދައުލަތަށް މުވައްޒަފުން ނެގުމާއި ބިންތައް ކުއްޔަން ނުދެވޭގޮތަށް ގާނޫނު ހެދިނަމަ ތިކަމުގައި އިހުލާސްތެރިކަން ހުރިކަމަށް ގަބޫލު ކުރެވުނީހެވެ. މުއިއްޒު މޭޔަރު ކަމަުގެ މަގާމުގައި މަލޭ މަގުތަކަށް ދަންދެން ކުއްޔަށް ދީފައި ހުރި. އެންމެ ކުޑަވެގެން ގަސްވިއްކަންވެސް ފަށާފަވަނީ. މާލޭގައި ކިތައް މީހުން އެ ވިޔަފާރި ކުރޭތޯ

The name is already taken The name is available. Register?

ރާވެރިބެ

17 August 2025

ރައްޔިތުން ފަޅި ސަރުކާރުން ކުރާނީ ރައްޔިތުންނަށް ފައިދާވާ ކަންކަން. ކައުންސިލްތަކު ބާރުތަށް ހަނިކުރިޔަސް ގަބޫލް ކުރަންޖެހޭނޯ އެއީ ހަމަ ކައުންސިލްތަކަށް ރަގަޅަކަށޭ. އޯކޭ؟ ބީ ހެޕީ.

The name is already taken The name is available. Register?

މަަާންބެ

17 August 2025

ދިވެހި ބަހުން ލިޔަން ކިޔަން އެގުން ތައުލީމީ މިންގަޑަކީ އެއަށްވުރެ ބޮޑެތި ވަޒީފާގެ ސަރުތަކީވެސް އެއީ

The name is already taken The name is available. Register?

ސޭޓޭ

17 August 2025

ކިތައް ރިސޯރޓު މިސަރުކާރުން ޤާސިމަށް ދީގެންބާ މިއުޅެނީ؟ ހަމަ ޔަޤީނުންވެސް ދިން އެއްޗެއްގެ ބޮޑުކަމުން ނޫނީ ތި ޤާސިމްގެ ދުލުން އެއްވެސް ސަރުކާރަށް ތާއީދުކޮށް ހެޔޮބަހެއް ނުބުނާނެ، އެހާވެސް އަމިއްލަ އެދުންބޮޑު އެހެން މީހުން ކޮށްދޭ ހެޔޮކަންތައް ހަނދާން ނައްތާލާ މީހެއް ތިއީ، ބަލަންތިބޭތި އަދި މާގިނަދުވަހެއްނުވެ ތި ޤާސިމް މިސަރުކާރަށްވެސް ފާޑުކިޔާ ހަޅޭއްލަވަމުން އުޅޭތަން ފެންނިގެންދާނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454