ޝުޖާއު: އަތޮޅު ކައުންސިލް އުވާލަން ގާނޫނު އަސާސީއަށް ހުށަހެޅި އިސްލާހު ވަނީ ފާސްކޮށްފައި --- ފޮޓޯ/މަޖިލިސް
25 ނޮވެމްބަރ 2025 - 14:04
އަތޮޅު ކައުންސިލް އުވާލަން ގާނޫނު އަސާސީއަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ޝުޖާއު ހުށަހެޅުއްވި އެ ބިލްގައި އަތޮޅު ކައުންސިލްތައް އުވާލަން ހުށަހެޅި ބިލުގައި އޮތް ބަދަލަކީ ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ އިސްލާހުކޮށް، އަތޮޅު ކައުންސިލްގެ ބައި އެ މާއްދާއިން އުނި ކުރުމެވެ.
އެ ބިލް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 87 މެންބަރުންގެ ތެރެއިން 75 މެންބަރުންގެ ވޯޓުންނެވެ. އެ ބިލު ފާސް ކުރުމާ ދެކޮޅަށް ވޯޓް ދެއްވީ އިދިކޮޅު އެމްޑީޕީގެ 12 މެންބަރުންނެވެ.
އެހެން ނަމަވެސް އެ ބިލްގައިވާ ގޮތުން އެ ބިލް ތަސްދީގުކުރި ނަމަވެސް މިހާރު އިންތިހާބުވެފައި ހުރި އަތޮޅު ކައުންސިލްތަކުގެ ދައުރު ނިމެންދެން އެ ކައުންސިލްތައް ދެމި އޮންނާނެ އެވެ. އަދި އެ އިސްލާހަށް އަމަލުކުރަން ފަށާނީ އަންނަ ލޯކަލް ކައުންސިލް އިންތިހާބަށްފަހު ކަމަށް އެ އިސްލާހުގައިވެ އެވެ.
އަތޮޅު ކައުންސިލްތައް އުވާލަން ހުށަހެޅި އިސްލާހު ފާސް ކުރިއިރު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭނީ އެ ދާއިރާއެއްގެ ރައްޔިތުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ބަދަލުކުރަން ވެސް އެ އިސްލާހުގައި ހުށަހެޅި ނަމަވެސް އެ ބައި ކޮމެޓީން ވަނީ އުނިކޮށްފަ އެވެ.
އެ ބިލް ދިރާސާކުރަން އިއްޔެ ބޭއްވި މުޅި މަޖިލީހުގެ ކޮމެޓީގެ ބައްދަލުވުމުގައި އިދިކޮޅު ބައެއް މެމްބަރުން ވަނީ އަތޮޅު ކައުންސިލްތައް އުވާލަނީ ސަރުކާރުން ބޭނުންވާ ބަޔަކު އަތޮޅުތަކުގެ ވެރިންނަށް ހަދައިގެން، އަތޮޅުތައް ހިންގުމަށް ކަމަށެވެ.
"ހަމައެކަނި ނަން ބޯޑު ބަދަލު ކޮށްލާތަން މި ފެންނަނީ. އަތޮޅުކައުންސިލް ހިންގަން އެ އަތޮޅުން ހޮވާފައި ތިބޭ ބައެއްގެ ބަދަލުގައި އެޕޮއިންޓެޑް މީހަކު މި ކަނޑައެޅެނީ. ތަފާތަކަށް މި އަންނަނީ ހަމައެކަނި އެ ތަންކޮޅު އެކަނި، އަޅުގަނޑަށް ފެންނަ ފެނުމުގައި،" މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ ވިދާޅުވި އެވެ.
އަތޮޅު ކައުންސިލް އުވާލުމާ ދެކޮޅަށް އިދިކޮޅު އެހެން މެމްބަރުން ވެސް ކަންބޮޑުވުން ފާޅުކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަ ހެޔޮ ސޮރު
26 November 2025
ޤަޢުމިއްޔަތު ދިރިވިއްޖެ އަދި ދިރުވާލައިފި ފުދިއްޖެ އަދި ފުޑާލައިފި ، ބޮޑުތަކުރުފާނާއި އަލިރަސްގެފާނުންގެ ހަޔާތްޕުޅުއްވާރުތަވި ޖަޒީރާވަންތަ ރީތި ތާރީހު އޮޔާގޮސް ވެއްޔާ މޮޑެވި އޮޔާގޮސްފި، ނިކަގަސް އެކައްޏެއްނޫން ހުރިހާއެއްޗެއް މިހާރު ތިކަނޑާ ތިރިކޮށް ކަޑަޔަށް ހަދާނިމުނީ ! މަގޭ ނަސޭހަތަކީ ތިމާކުރާ ހުރިހާކަމަކަށް ރައްޔިތު މީހާ ބޯ ގުދުކުރިއަސް ގިބުލަ ބަދަލުނުކޮށްވޭތޯ ބަލާލަދެއްޗޭ ! .
މީހަ
25 November 2025
ބަރާބަރު ނިންމުމެއް. ރަށު ކައުންސިލްވެސް އުވާލާ ޤޢުމުގެ ވެރި އަކަށް ހުންނަ މީހަކު އެޕޮއިންޓް ކުރާ މީހެއް ކައުންސިލަށް އެޕޮއިންޓްކޮށްފަ ހުސް އިދާރީ މީހުން ތިބީމާ ކުޑަ ހަރަދަކުން ތިޔަ ލޯކަލް ކައުންސިލްތައް މާ މާ ރީޗަށް ހިނގާނެ. ކައުންސިލަރުން އެއީ ބޭކާރު ބައެއް. ހާއްސަކޮށް އަންހެނުންނަށް ގޮނޑި ހާއްސަކުރުން
ޱރ ސައުންޱް
25 November 2025
އުވާލާފަ ބަހައްޓާ އަހަރުމެނާ ޖެހުނީމަ އަނެއްކާ އަނބުރާލާނަން މީނޫންތޯ އަހަރުމެން ބޭނުންވެގެން މިގެނައި ޱިމޮކުރަސީއަކީ މިއެއްގެނައިފަހުން އާއިލީ ގުޅުންތައްވީ ގޯސް އެކުވެރިކަމެއްނެތް އޮތީ ހަމައެކަނި ފިތުނަފަސާދަ
ޔޫކޭ
26 November 2025
ޑިމޮކަރަސީ އަކީ ކޮރު ނިޒާމެއް، ހުޅަނގުން އަހަެމެން ބައިބައި ކުރަން ފަތުރާ ދެފުއް ދެގޮތް ކަމެއް. މިފަދަ ކަންކަމުގެ ބަލާ މުސީބާތާ އާފާތްތަށް އެބަޔަކަށް ކުރިމަތި ވަނީ ދުވަހުން
ސިމާ
25 November 2025
ރަށުކައުންސިލްތައްވެސް އުވާލަންފެނޭ އެއީ ވ ބޭކާރު ބައެއް
މަކުމާ
25 November 2025
އުވާލީމަ އެތަންތާ ތިބޭމިހުން މުއްސަދި ވަނީ ކިހިނެއް.
ޓިނު
25 November 2025
ޤާނޫނު އަސާސީވެސް އުވައިލާންވީނު
ކޮރަލް
25 November 2025
މެމްބަރުންގެ މުސާރަ އާ އެހެނިހެން އެއްޗެހި ލީމަ ލިބޭ ފައިސާ މާގިނަ އެވެ. ކުޑަކުރަން ވާހަކަ ދެއްކި މީހާ މިހާރު އެވާހަކަ ނުދައްކަ އެވެ. 100 ވަރަކަށް މެމްބަރުން އެބަ އުޅެ އެވެ. އާބާދީގަ 5 ލައްކަ އެވެ. އާބާދީގެ ނިސްބަތުން އެންމެ މަޖްލިސް މެމްބަރުންގިނަ އެންމެ ދަރަނި ބޮޑު ގައުމަށް ވާނެ ހެން ހީވެ އެވެ.
1828
25 November 2025
ހިތްވަރެއް ހުރިއްޔަ ޤާނޫނު އަސާސީގެ ފުރަތަމަ ބާބުގެ 14 ވަނަ މާއްދާވެސް އުވާލަބަލަ. ނުކެރޭނެ.