ފުލުހުންގެ އިދާރާ: މީހަކު ކިޑްނެޕްކޮށް ބިރުދެއްކި ބަންގްލަދޭޝް ދެ މީހަކު ވަނީ ހައްޔަރުކޮށްފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
17 އޯގަސްޓް 2025 - 11:07
މާލޭގެ ގެއެއްގައި ބަންގްލަދޭޝްގެ މީހަކު ބަންދުކޮށް، އޭނާގެ އާއިލާއަށް ގުޅައި ފައިސާ ހޯދަން ޑިމާންޑްކުރި އެ ގައުމުގެ ދެ މީހަކު ހައްޔަރުކޮށް 15 ދުވަހަށް ބަންދުކޮށްފި އެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން މުހައްމަދު ޝަޖަހާން ކިޔާ ބަންގްލަދޭޝް މީހަކު ކިޑްނެޕް ކުރި މައްސަލާގައި ހައްޔަރުކުރީ އުމުރުން 37 އަހަރުގެ ސަދިގުލް މިއާ އާއި މުހައްމަދު އަޒީޒުލް އެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރު 12:40 ހާއިރު ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝަޖަހާން ކިޑްނެޕްކޮށް، އަނިޔާކުރަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޝަޖަހާންގެ ފޯނު ނަމްބަރުގެ ލޮކޭޝަން ބެލިއިރު އޭނާ އެ ވަގުތު ހުރީ މއ. ރަނައުރާ ގޯޅީގައި ހުރި ތަނެއްގައިކަން އެނގުނު ކަމަށެވެ.
ފުލުހުން އެ ސަރަހައްދުގައި ތިއްބައި، ފެނުނީ އެ ގޯޅިތެރޭގައި ހުންނަ އެސް.އައި ގެސްޓްހައުސް އިން ޝަޖަހާން ނުކުމެގެން އައި ތަނެވެ. އޭނާއާ ސުވާލުކުރުމުން، އަޒީޒުލް އާއި އިތުރު ބަޔަކު އޭނާ ކިޑްނެޕްކޮށް ބިރު ދައްކައި އަނިޔާކުރި ކަމަށް ފުލުހުންނަށް ކިޔައިދީފައިވާ ކަމަށް ކޯޓު އަމުރުގައިވެ އެވެ.
އޭނާ ބަންދުކޮށްގެން ގެންގުޅުނު ކަމަށް ބުނާ ކޮޓަރިއަށް ފުލުހުން ވަންއިރު، އަނިޔާކުރި ކަމަށް ބުނާ ދެ މީހުން އެ ވަގުތު އެތަނުގައި ތިއްބެވެ. ދެ މީހުން ހައްޔަރުކުރީ ކުށުގެ ވެށިންނެވެ.
ކޯޓު އަމުރުގައި ބުނީ ތިލަފުށީގައި މަސައްކަތްކުރާ ސަދިގުލްއަކީ ސައްހަ ވިސާއެއް ނެތި ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ މީހެއް ކަމަށެވެ. އެކަމަކު މީހަކު ކިޑްނެޕްކޮށް އަނިޔާކުރުމުގައި ބައިވެރިނުވާ ކަމަށް އޭނާ ބުނެފައިވާ ކަމަށް އަމުރުގައިވެ އެވެ.
އަޒީޒުލްގެ އަމުރުގައި ބުނީ އޭނާއަކީ ވެސް ސައްހަ ވިސާއެއް ނެތި އުޅެމުންދާ މީހެއް ކަމަށެވެ. އޭނާ ބުނެފައިވާ ގޮތުގައި އޭނާ ލައްވާ، ޝަޖަހާން މަސައްކަތްކުރުމަށް ފަހު އެ މަސައްކަތަށްވާ ފައިސާ ނުލިބި ތަކުރާރުކޮށް އޭނާއަށް ގުޅައި ފައިސާ ހޯދުމަށް ކުރި މަސައްކަތުން އެ ފައިސާ ލިބިފައިނުވާތީ އޭނާއަށް ގުޅައިގެން ކޮޓަރިއަށް ގެންދިޔަ ކަމަށާއި އޭނާގެ ގައިގައި ޖަހާފައިވާ ކަމަށް އަޒީޒުލް ބުނެފައިވާ ކަމަށެވެ.
އެ މީހުން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖެހީ އެއީ ބިދޭސީންނަށް ވެފައި ބަންދުން ދޫކޮށްލައިފި ނަމަ، ފިލައިގެން ބޭރަށް ދިއުމުގެ ފުރުސަތު އޮތުމުން ކަމަށް އަމުރުގައި ބުންޏެވެެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޓުންބިބީ
18 August 2025
ކޮންކަމެއް. Fonuvaala ރަށަށް
މަށަށްކީއް
17 August 2025
ދެން ދައުލަތުން ޓިކެޓް ދީފަ ޑީޕޯޓް ކޮށްލާ. އޭރުން ޖެހިގެން އަންނަ މަހު އެނބުރި އަންނާނެ އެމް.ޑީ. ޖޯންގިރި ޕާސްޕޯޓްގަ ޖަހައިގެން.
މުންސަރު
17 August 2025
އެ މީހުން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖެހީ އެއީ ބިދޭސީންނަށް ވެފައި ބަންދުން ދޫކޮށްލައިފި ނަމަ، ފިލައިގެން ބޭރަށް ދިއުމުގެ ފުރުސަތު އޮތުމުން ކަމަށް އަމުރުގައި ބުންޏެވެެ."
ބަންގްލަދޭޝް މީހުންވެސް ދެން
17 August 2025
ފުލުހުންގެ މަސައްކަތަށް ތަޢުރީފުކުރަން. އެކަމަކު މިބުނަނީ ކީކޭ، "ބަންދުން ދޫކޮށްލައިފި ނަމަ، ފިލައިގެން ބޭރަށް ދިއުމުގެ ފުރުސަތު އޮތުމުން ކަމަށް އަމުރުގައި ބުންޏެވެެ." ބަލަ ްާޚިރުގަ ހަމަ ތިމީހުން ޑިޕޯރޓްކޮށްލާނީނުން. ދެން އެހެން ނަމެއްގަ އަންނާނީނުން. އެމީހުން އަންނަނީ ދިވެހި ސަރުކާރުގެ ކޮރަޕްޓް އޮފިޝަލްއަކަށް ލައްކައެއްހާ ރުފިޔާ ގެ ރިޝްވަތު ދީގެން ކޯޓާ ހޯދައިގެްނ. ދެން މިތަނުގަ އުޅޭނީ އެހެން ދޯ
އަންދަލޫސިޔާ
17 August 2025
ބޮޑެތި ޓެރަރިޒަމުގެ ޢަމަލުކުރަނިކޮށް ރެޑް ހޭންޑްކޮށް އަތުލާ މީހުންގެ ފޮޓޯ ޖައްސަވާ. ނޫނީ ޢާންމުންނަށް ނޭނގޭނެ ތީގެ މީހަކު އެއް އެޕަރޓްމަންޓްއެއްގެ އެހެން ފްލޯއެއްގަައި އުޅުނަސް!