ފާރިސް ތޯހާ: އޭނާގެ މައްޗަށް ތުހުމަތުތަކެއް އޮތުމުން މަޖިލީހުގެ ކޮމިޓީން ނިންމީ އެޗްއާރުސީއެމަށް އޭނާގެ ނަން ފާސްނުކުރުމަށް.
17 އޯގަސްޓް 2025 - 23:04
ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަށް އައްޔަންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވި މުހައްމަދު ފާރިސް ތޯހާ އަށް ކުރާ ގެވެށި އަނިޔާގެ ތުހުމަތު އޭނާގެ ކުރީގެ އަނބިމީހާ މިއަދު ދޮގުކޮށްފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެންސީއޭގެ ކުރީގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވި ފާރިސްއާ ގުޅޭ ގޮތުން އާއްމުން ފޮނުވި ޝަކުވާތަކަށް ރިއާޔަތްކޮށް، މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ރޭ ކުރި އިންޓަވިއުގެ ތެރެއިން ފާރިސްގެ ކުރީގެ އަނބިމީހާ އަށް ގެވެށި އަނިޔާ ކުރުމުގެ ތުހުމަތުތަކެއް ވަނީ ފެންމަތިވެފަ އެވެ.
ކޮމިޓީގެ އެ އިންޓަވިއުގައި ފާރިސް ވެސް އެކަން ދޮގު ކުރައްވާފައި ވަނިކޮށް، އޭނާގެ ކުރީގެ އަނބިމީހާ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިމިނަތު ހުސައިން ޝަރީފު ވެސް ވަނީ އެއީ ހަގީގަތެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.
"ތޯހާގެ ފަރާތުން އަޅުގަނޑަށް އަނިޔާއެއް ކުރިމައްޗެއް ނުވޭ،" އައިމިނަތު ވިދާޅުވި އެވެ.
އަދި އޭނާގެ ބަހެއް ނުހޯދައި، ގެވެށި އަނިޔާކުރި ކަމަށް މީޑިއާތަކުން ވެސް ރިޕޯޓް ކުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށާއި އެކަން ކުށްވެރި ކުރައްވާ ކަމަށް އައިންތު ވިދާޅުވި އެވެ.
އައިންތު ވިދާޅުވިގޮތުގައި ފާރިސްއާ ގުޅޭ އެއްވެސް މައްސަލައެއް ސަރުކާރުގެ ކަމާ ބެހޭ އެއްވެސް އިދާރާއަކަށް ވެސް ހުށަހަޅުއްވައިފައެއް ނުވާނެ އެވެ.
ގެވެށި އަނިޔާގެ ތުހުމަތުގެ އިތުރުން ލާއިންސާނީ އަމަލެއް ހިންގި ކަމުގެ ތުހުމަތު ވެސް ފާރިސްގެ މައްޗަށް ކޮށް ޝަކުވާ ހުށަހަޅާފައިވެ އެވެ. އެއީ، އޭނާ ސިފައިން ގޭގައި އުޅުއްވި ދުވަސްވަރު ކޮށްފައިވާ ކަމެއް ކަމާއި ސިފައިންގެ އިން ވަކިވެވަޑައިގަތީ ވެސް އެކަމާ ގުޅިގެން ކަމަށް އެ ޝަކުވާގައި އޮތެވެ. އާންމުންގެ މީހަކު ފޮނުވި އެ ޝަކުވާއާ ގުޅޭ ގޮތުން ރޭގެ އިންޓަވިއުގައި މެމްބަރަކު ސުވާލު ކުރެއްވި އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ވެސް ފާރިސް ވިދާޅުވީ އޭނާ ސިފައިންގެ އިން ވަކިވެވަޑައިގަތީ އެއްވެސް ކަމެއް ދިމާވެގެން ނޫން ކަމަށެވެ. އެ ފިޔަވަޅު އެޅުއްވީ އަމިއްލަ ކުންފުންޏަކުން ލިބިވަޑައިގެންނެވި ރަނގަޅު ފުރުސަތަކާ ގުޅިގެން ކަމަށާއި އެމްއެންޑީއެފްގައި އެއްވެސް ގޯހެއް ހިނގައިގެން ނޫން ކަމަށް ފާރިސް ވިދާޅުވި އެވެ.
އިންސާނީ ހައްގުތަކާ ގުޅޭ ގޮތުން ގާނޫނުތަކުގައި ހުރި އެކިއެކި ކަންކަމާ ގުޅޭ ގޮތުން ފާރިސްއާ ކުރި ސުވާލުތަކަށް ވެސް އޭނާ އަށް އެކަށީގެންވާ ޖަވާބެއް ނުދެއްވުނެވެ. އެ ކަންކަން ރަނގަޅަށް ބެލިފައި ނުވާ ކަމަށް ފާރިސްގެ ޖަވާބުތަކުގައި ވިދާޅުވި އެވެ.
އިންޓަވިއުއަށް ފަހު ދެ ނަމަށް ލިބުނު މާކްސް ވަނީ އިއުލާންކޮށްފަ އެވެ. އެގޮތުން އާންމު ކޮމިޓީން ކަނޑައަޅާފައިވާ މިންގަނޑަށް ވުރެ މަތި ކަމަށްވާ 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބިވަޑައިގަތީ އެލްޖީއޭގެ ކުރީގެ ސީއީއޯ މަހުމޫދު ޝަފީގަށް އެކަންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވާންޗޯ
18 August 2025
ލޮލް
މަރީ
18 August 2025
ތޯހާގެ ކުރިއަށް ފުރަތަމަ މިހާރު ތިބި މެންބަރުންގެ ފަސްބައި ނިއުޅާލާ މަޖުލިހުން… މާ ހަޑި ފެންނާނެ. ނުފޫޒާ ކޮރަޕްޝަނުން ފެށިގެން ސްޓާފުންނަށް ފުރައްސާރަކުރުމާ އެމީހުންގެ ގާތް މީހުންނަށް ވަޒީފާބެހުން،،،، ލިސްޓް ވަރަށް ދިގު.
ވޮޒުންޓު މީ
18 August 2025
ދެން ވަކިވީ ހަމަ ފޫހިވާވަރުން ދޯ! ކޮން ބޭނުމެއްގައިތަ ރާގު ބަދަލުވެގެން މި އުޅެނީ؟ އަނެއްހެން އިނގޭކަށް ބޭނުމެއްނޫން މަށަކަށް. މައްސަލަޔަކީ ދޮގު ހެދުން ބޮޑެތި މަގާމުތަކުގައި ބޮޑެތި މިސާރަނަގައިގެން މުހިންމު ޒިންމާތަކާ ހަވާލުވެ ތިބޭ މީހުން.
ފެކްޓް-ޗެކް
18 August 2025
ވަރިވާން ކޯޓަށް މައްސަލަ ލާން ޖެހޭ ދުވަސްކޮޅާއި، ކޯޓުގައި މައްސަލަ ހިނގަމުންދާ ދުވަސްކޮޅު، އެންމެ ގިނައިން، ރައްޓެހިން، އަވަށްޓެރިން، ދަންނަ މީހުން ކައިރީ، ދެރަވެފަ ދައްކާ އާންމު ވާހަކައަކީ، ޖިސްމާނީ އަނިޔާ ނުވަތަ ނަފްސާނީ އަނިޔާގެ ވާހަކަ އެވެ. ދެން ދައްކާނީ، ޚަރަދު ނުކުރާވާހަކަ، ލޯބި ނުލިބޭ ވާހަކަ، ނުވަތަ އަޅާ ނުލާވާހަކަ. މިއީ ރާއްޖޭގެ ހުރިހާ ކޯޓުތަކުގެ ވަރީގެ މައްސަލަތަކަށް ބެލިޔަސް ޓްރެންޑް އެކެވެ.
ފަސީލާ
18 August 2025
މަށަށް ހެޔޮ
ލަދުވެތި
18 August 2025
ފުރަތަމަވެސް ތިބުނީ "ކުރީ" އަނބިމީހާ އޭ. އަނިޔާ ނުކުރާނަމަ "ކުރީ" އަނބިމީހައެކޭ ނުކިޔާނެ. ދެން ލާރި އަށް ދަހިވެތިވިޔަސް ބޮޑުވަރު
ޖަހާލަތު
18 August 2025
ވަކި އާއިލާތަކެއް ސަރުކާރުގެ ތެރެއަށް. ޅިޔަން ފަހަރިން ފެށިގެން އަވަށްޓެރިންވެސް ހިމެނޭހެން.. އަސ ނސމ ކިޔާ އަންހެނަކަށް ފިރިމީހާ އަނިޔާ ކުރީޔޯ ކިޔާފަ ރޮއި ހޭރި ހަދާފަ، ފަހުން އެއީ ނުވެސް ވާކަމަކަށް ހަދަން ޖެހުނީ ފިރިމީހާގެ ވަޒީފާ (މަޖިލީސް މެމްބަރުކަން) ގެއްލިދާނެތީ.. މިއޮތީ މިއޮތީ އސްމާއްތަކިޔާ މީހަކަށްވެސް ހަމަ މިހާލަތު ޖެހިފަ.. މިއަނިޔާވެރިކަމުން ދިވެހިން ސަލާމަތްވާނީ ކޮން ދުވަހަކުންބާ؟
ކޮންއިރަކު
18 August 2025
ކަލެއާއި މަށާ ދެމީހުންގެ ވިސްނުމާއި، ކަންކަމާ ދޭތެރޭ ދެކޭގޮތް ބަދަލުވު ދުވަހަކުން
ސޮބުރީ
18 August 2025
އެއީ މި ގައުމުގެ ހާލަތަކީ. އަނގަ ހައްދު ޖަހަން ކެރޭ ވެރިޔަކު ގެނެސްގެންނޫނީ މިކަހަލަ އަނިޔާތަކެއް ނުހުއްޓުވޭނެ. މީސްތަކުންގެތެރެއިން ބަޔަކު ވެސް ހާދަ ތަރުހީބެއް ދެޔޭ މީހަކު އަޑިއަޅުވާލާ ނިކަމެތިކޮށްލާ ދަނޑިވަޅު. އެމީހުންގެ ހިތަށް މިދުނިޔޭގަ ފިނިކަމެއް މަދު ހިނދުކޮޅަކަށް ލިބުނަސް އާޚިރަތުގެ ގަދަ ހޫނުން ވޭން ނޫން އެއްޗެއް ނުލިބޭނެ މިކަންކަން ހިންގާ ފަތުރާ ނުބައިމީހުންނަކަށް.
ގާރލް
18 August 2025
ހޭންޑްސަމް އޭ ހާދަ ތޮހާ.
ޔެލޯ
18 August 2025
ބަޔަކު ނުބައި މަގުސަދެއްގައި ގުޅިގެން ހިންގި ޖަރީމާއެއް. ކޮންމެ ދޭތެރެއަކަށް ގެވެށިއަނިޔާ ވައްދައިން ހަގީގަތް ސާފުކުރުމެއްނެތި މީހުންގެ އަގު ވައްޓާލުމަކީ ބިރުވެރިކަމެއް.