މަޖިލީހުން ކަރަންޓު ކެނޑިފައި.
18 އޯގަސްޓް 2025 - 10:09
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރިއަށް ދަނިކޮށް، އެތަނުން ކަރަންޓު ކެނޑިގެން ޖަލްސާ މެދުކަނޑާލަން ޖެހިއްޖެ އެވެ.
މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރު އިތުރު އެއް ހަފްތާއަށް ދަންމާލަން މިދިޔަ ހަފްތާގައި ފާސްކުރުމަށް ފަހު މިއަދު ފެށި ޖަލްސާ މެދުކަނޑާލަން ޖެހުނީ ޖަލްސާ ފެށިތާ މާގިނައިރުތަކެއް ނުވެ އެވެ.
ޖަލްސާ ފެށުމަށް ފަހު، ސިވިލް ސާވިސް ކޮމިޝަނަށް މެމްބަރުން އައްޔަންކުރަން ރައީސް ފޮނުއްވި ނަންތައް ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވުމަށް ނިންމި އެވެ. ދެން ފެށީ އިންޝުއަރެންސް ބިލުގެ ބަހުސް އެވެ.
އެކަމަކު ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވާހަކަ ނިންމަވައި ހުރާ ދާއިރާގެ މެމްބަރު އަނާރާ ނައީމް ބަހުސް ފެއްޓެވިތަނާ މަޖިލީހުން ކަރަންޓު ކެނޑިގެން ޖަލްސާ ހުއްޓާލަން ޖެހުނީ އެވެ. ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ކަރަންޓު ކެނޑުނު ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. ޖަލްސާ މެދުކަނޑާލިކަން އިއުލާނު ކުރައްވަމުން ވިދާޅުވީ ކަރަންޓު ލިބިއްޖެ ނަމަ 9:45 ގައި އަލުން ފަށާނެ ކަމަށެވެ. އެކަމަކު އެ ވަގުތު ފަހަނަޅައި ދިޔައިރު ވެސް މައްސަލަ ހައްލެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެންމެން ހެޕީ
18 August 2025
މަޖިލިސް ކުރާ ގެއާއި ޖެހިގެން ކުޑަ އިންޖީނު ގެއެއް ހަދަން މާދަމާ ބިލެއް މަޖިލީހައް ހުށަހަޅާ.
ހަބީބު
18 August 2025
ދިވެހިންމީ ވަރައް ފޮނިބައެއް ފިނިކޮޓަރީގަ ނޫނީ ނުވޭ ނޭވާލެވޭ ކަމައްވެސް ދިވެހިން އެބަޖެހޭ ކާބަފައިން ދެއްކި ރީތިއާދަކާދަ ތަކާދިމާލައްދާން ފަޓުލޫނާ ގަމިސް ބާލާފަ ގަނގިޔަލާ ބޮކްސާވެސް ޑޮލަރު ހަރަދު ކޮއްގެން ރާއްޖެ އެތެރެކުރުން މަނާކޮއް ފޮތިގަނޑެއް އޮޅަން މުންޑުވެސް ދެބުރިޔައް މެދުންފަޅާފަ އެއްބުރި މުންޑު އަންނަން ގަނޖިފަރާސް ލާން ހުސްފައިގަ އުޅެން މީކިހާރީތި ހަރަދުކުޑަ ދައުލަތް ހިންގަން ފަސޭހަ ގޮތެއްތޯ ގަރުދިޔަ ތެއްޔާ ހަމަޔައް ދިވެހިން ތިރިވާން ޖެހ
ބޯގަޅި
18 August 2025
މިކަހަލަ ބޯގަޅިންވެސް ކޮމެންޓުއެބަކުރޭވިއްޔަ!!.
ދޮން
18 August 2025
ކުދި މެދުފަންތީގެ ވިޔަފާރިތަކަށް ފިނޭސް އިން ފައިސާ ނުދެވޭ . ފުލެޓް ނުދެވޭ . ހުޅުމާލެ ގޯތިތައް ހެދޭނެ ހުއްދަ ނުދެވޭ . ސުލޫލުތަކަށް ބަޖެޓް ނުދެވޭ . ކެޕިޓަލް ޚަރަދު ނުކުރެވޭ . ޑޮލަރު 20 ރ ދަށެއްނުވޭ ، އެތެރޭގެ ވައިގެ ދަތުރުތައް ހެވެއްނުވޭ . އޭލެވެލް ޕްރައިވެޓް ސުކޫލުތަކަށް ފައިސާ ނުދެވި ރައްޔިތުން އެޚަރަދު ކުރަންޖެހޭ . ހިލޭ އެހީ ނުހޯދޭ . ކަރަންޓް ކެނޑުން 2 އިރުކާ ބޭހަކަށްވެފައި . ކާރު ރަޖިސްޓުރީ ކުރެވޭނެ ގޮތެއް ހަދައި ނުދެވޭ . ރައްޔިތުން ހަނާ
އަލިބެ
18 August 2025
އެއްކޮށް ބަންދުކުރަންވީ ތިތަން. ބޭކާރު ބައެއް
ކަނބުރުގެ
18 August 2025
އަސްތާ! ތިއީ މާބޮޑު ކަމެއްނޫން. ތިތިއްބެވީ މަޖިލީހުގެ އިއްޒަތްތެރި މެންބަރުން. މަޖިލީހުގެ ތަޅުމަށް ގަރާރެއް ހުށަހަޅަނިކޮށް ތިކަން ހައްލުވީ.
ކޮރަލް
18 August 2025
ދެބައި ކޮށްފަ އެއްބައި މެމްބަރުން ހާޒިރެއް ނުވެ އެވެ. އެއްޗެއް ބަލައިގެން ވެސް ފަރިކޮށް ކިޔާ ކަށް ނޭނގެ އެވެ. ގާނޫނު އެނގޭ މީހަކު ނެތެވެ. ރައްޔިތުން ވޯޓް ދޭ އިރު ވިސްނާލަ ބަލާށެވެ. މަޖްލީހަށް މަސްވެރިން ކޮޅަކާއި ދަނޑުވެރީން ކޮޅެއްވެސް ހޮވާލަ ބަލާށެވެ. މިހާރު ހުރި މެމްބަރުންނާ އަޅާ ބަލާއިރު ގޯހެއް ނުވާނެ އެވެ.
ގަރުދިޔަކެވިއްޖެ
18 August 2025
އަޅުގަޑުގެ ހިޔާލަކީ ރައީސް ނޫސްވެރިންނާއި ބައްދަލުކޮށް، ދިވެހިރާއްޖެ އަކީ ގުދުރަތީ ވަސީލަތްތަށް ގިނަ ތިމާވެށި ހިމާޔަތް ކުރުމުގެ ނަމޫނާ ދައްކާ، ޖައްވަށް ކާބަން ބޭރުކުރުން މަދު ޤައުމަކަށް ހަދަން ރައީސްފަޅީގެ ބޭފުޅުން ބޭނުންވާތީވެ މިއަދުންފެށިގެން ރާއްޖޭގެ ހުރިހާ ރަށެއްގައި ކަރަންޓް ދޫކުރާނީ ހަވީރު 6 އިން ހެދުނު 6 ޖަހަންދެން ކަމަށް ނިންމަވާ އިއުލާނުކުރެއްވުން. ކަރަންޓާއި ނުލާ އުޅެން ދިވެހިން މިހާރު ދަސްކުރާންވެއްޖެ
ކޮއްކޮބެ
18 August 2025
އައްދެ. ތީކީ މާބޮޑު މައްސަލައެއް ނޫން. 1.2 ބިލިޔަން ރުފިޔާއައް މަޖިލިސް ކޮންމެސް މެންބަރެއްގެ ކުންފުންޏަކާ ހަވާލުކޮއްލައިގެން، އަވައްޓެރި ގައުމަކުން ސެކަންޑު ހޭންޑު ޖަނަރޭޓަރެއް ގެނައިމަ ހުންނާނީ ރަގަޅައް.
އޮނަރަބްލް އަފީފު ދީދީ
18 August 2025
މިދިޔަ ރޯދަމަހުގެ ގިނަ ރޭތަކާއި އެކު ވޭތުވެދިޔަ 2 އަހަރު ދުވަހު އައްޑޫސިޓީ ރައްޔިތުން އުޅެން ޖެހުނީ ކަރަންޓް ނެތުމުގެ ސަބަބުން މުޅިން ކަނު އަނދިރީގައި. އައްޑޫ ރައްޔިތުންނަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ މާލޭސަރުކާރުގެ ސަމާލުކަމަށްނައި ކަމުގައިވިޔަސް މިދޭތެރެއަކުން މާލެއިން ވަގުތުކޮޅަކަށް ކަރަންޓް ދިއުމާއިއެކު މާލޭސަރުކާރު ހިންގަން ހުންނެވިމީހާ ވަނީ އެކަން ދިމާވިގޮތް ތަޚްޤީގު ކުރަން ފުލުހުންގެ މައްޗަށް ވެސް އަމުރުކޮށް އެކަން ބަލަން އަންގަވާފަ.
ބަރުބަރު
18 August 2025
މެގާ ޕޮރޮޖެކްޓްސް: އައްޑޫ އަތޮޅު އޮފީހުގެ ނަންބޯޑު ބަދަލުކުރުން ނުވަތަ 1 ދުވަސް ތެރޭ 60 ރުއް އިންދުންކަހަލަ ވޯޑު ރެކޯޑް ޕޮރޮޖެކްޓްތަށް އައްޑޫގައި ކުރިޔަށް ނުދަނީ އައްޑު އަތޮޅުން ރާއްޖެ އިގްތިސޯދަށް ވަންނަ މިންވަރަކީ 0.5 ޕަސަންޓަށްވެސް ނާރާތީ ކަމަށް ވެދާނެ... ފުވަމުލަކު، މާފުށި ކަހަލަ އަތޮޅަކަށް އައްޑޫ ވަމާ ބަހީ.
އޮނަރަބްލް އަފީފު ދީދީ
18 August 2025
އައްޑޫސިޓީ އަށް 40 މެގަވޮޓް ކަރަންޓް މިހާރުވެސް ބޭނުންވާއިރު އެއަދަދަށް ކަރަންޓް ނުއުފެއްދޭތީ ދިމާވާމައްސަލަ ހައްލުކޮށްނުދީ 2 އަހަރު ވުމަށްފަހު މިހާރު މާލެއަށާއި މަޖިލީހަށް ކުރިމަތިވާކަމަށް ދައްކަންމިއުޅޭ ކަރަންޓްގެ މައްސަލަތަކުގެ ބޭނުމަކީ ބޭރުގެފަރާތަކުން ބޮޑު ލޯނެއް ނަގައިގެން ހުޅުމާލެ ފޭސް ތިނެއް، ގުޅިފަޅު، ތިލަފުށި އަދި ރަސް މާލެއޭ ކިޔާފައި ކުލީއަޅުން ޖަމާކުރަން ހިއްކާތަންތަނަށް ބޭނުންވާ ކަރަންޓް އުފެއްދޭނެގޮތް ހަދަން ކުރާ ކަމަކަށް ވެދާނެ.
ކަލްދޯ ބަޖޭ
18 August 2025
މީގާ އެންމެ ރަންގަޅު ގޮތަކީ ދީދީ މެން ގޯތި، ވެލާ ނުވަތަ ދޫނި ބިސް އަޅަން ކުއްޔަދިނުން. އޭރުން މާލޭ ބޭފުޅުން ހެން ދެފައި ދަމާފަ ގޭގަ އޮވެގެން އާސަންދަ އިން އިނޑިޔާ ކޮޗިން އަށް ދާން ދެ ކޮޅު ޓިކެޓު ލިބޭނެ.