ރައީސް ޑރ. މުހައްމަދު މުއިއްޒު އއ. ތޮއްޑޫގައި.-- ފޮޓޯ: ރައިސް އޮފީސް
20 އޯގަސްޓް 2025 - 17:24
އއ. ތޮއްޑޫގައި މިހާރު އިމާރާތް ކުރަން ފަށާފައިވާ ސިއްހީ މަރުކަޒުގެ 30 އެނދުގެ އިމާރާތް، 30 އެނދުގެ ހޮސްޕިޓަލަކަށް ބަދަލުކޮށް، އެ ރަށުގައި ހޮސްޕިޓަލެއް އިމާރާތް ކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ތޮއްޑޫ ރައްޔިތުންނާ އެ މަނިކުފާނު ބައްދަލު ކުރެއްވީ މިއަދު މެންދުރު އެވެ.
އެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ތޮއްޑޫގައި މިހާރު ހުރި ސިއްހީ މަރުކަޒު އެންމެ މަތީ ގްރޭޑަށް ގެންދިއުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެއީ 30 އެނދުގެ ސިއްހީ މަރުކަޒެއްގެ މަޝްރޫއުކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ އެ ޕްރޮޖެކްޓުގައި އަމަލީ ގޮތުން މާ ގިނަ މަސައްކަތްތަކެއް ކޮށްފައި ނުވި ނަމަވެސް އެއީ ފައިސާ ދައްކައި ނިންމާފައިވާ ޕްރޮޖެކްޓެއް ކަމަށެވެ.
އަމަލީ މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވެފައިވާ ޕްރޮޖެކްޓުގެ މަސައްކަތް ދެން ކުރިއަށް ގެންދާނީ ހޮސްޕިޓަލެއް އެޅުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.
"ހޮސްޕިޓަލެއް އެޅުމަށް ބޭނުންވާ އޮޕަރޭޝަން ތިއޭޓަރާއި އައިސީޔޫ ވެސް ހިމެނުމުގެ ފުރުސަތު އޮތްކަން ހެލްތު މިނިސްޓްރީގެ އެކްސްޕާޓުން އަޅުގަނޑަށް ޔަގީންކަން ދެއްވާފައިވާތީ މި މަޝްރޫއު އަޅުގަނޑުމެން ކުރިއަށް ގެންދާނީ 30 އެނދުގެ ހޮސްޕިޓަލެއްގެ ގޮތުގައި ކަމުގެ ޔަގީންކަން އަޅުގަނޑުދެން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
އޭގެ އިތުރުން ރައީސް ވިދާޅުވީ ރާއްޖޭގެ ރަށްތަކުގެ ތެރެއިން ދަނޑުވެރިކަން އެންމެ ބޮޑަށް ކުރިއަރާފައިވާ އެއް ރަށަކީ ތޮއްޑު އަށް ވުމުން ދަނޑުވެރިކަމުގެ ހާއްސަ ފެކަލްޓީއެއް އެ ރަށުގައި ގާއިމު ކުރުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށެވެ.
އެމްއެންޔޫ އިން އަޅާ އެ ފެކަލްޓީގެ ސަބަބުން ދަނޑުވެރިކަނަށް ޝައުގުވެރިކަން ހުންނަ ޒުވާން ކުދިންނަށް ވަރަށް ގިނަ ފުުރުސަތުތައް ފަހިވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޒަންޖަބީލު
21 August 2025
ކޮބާތޯ މީގެ މުރާދަކީ؟ ހަމައެކަނި ބޯޑު ބަދަލުކުރުންތޯ؟
އެންޖިނިއަރު
20 August 2025
މީ އާދައިގެ އެންޖިނިއަރެއް ނޫން.
އޮނަރަބްލް އަފީފު ދީދީ
20 August 2025
ބިން ހިއްކުމާއި އިމާރާތްކުރުމަކީ ވެރިކަމުގައި މިފަދަ ޕްރޮޖެކްޓް ހިންގުމާއި ޙަވާލުވެތިބޭ ފަރާތްތަކުގެ ޖީބުފުރާލަން ލިބޭ ރަނގަޅު ފުރުސަތެއް ކަމަށްވާތީ، ތިޔަ އިމާރާތް ހަދާފައި ތިތަނަށް އެނދު ވެސް ވައްދާ މާސިންގާ ނަންބޯޑެއް ހަރުކޮށް ލައްކައިން ޙަރަދު ކޮށްފައި ކ.މާލެއިން މީހުން ގޮސްގެން ރިބަން ވެސް ކަޑާނެ. އެހެން ނަމަވެސް ތިތަނުގައި ބްލަޑް ޓެސްޓެއް ސްކޭނެއް ވަރުވެސް ހަދާލެވެން ނެތިގެން އަދި ޑޮކްޓަރަކު ނުހުންނާނީ މާލެ ދިއުން ނޫން ގޮތެއް ނޯންނާނެ.
އޮނަރަބްލް އަފީފު ދީދީ
20 August 2025
އައްޑޫސިޓީގައި މުޅިން އާ ހޮސްޕިޓަލެއް އިމާރާތް ކުރަން އޭޑީބީ އާއި ކުވެއިތް ފަންޑުން ދިން 28 މިލިޔަން ޑޮލަރަށް މާލޭސަރުކާރު ހިންގާން ތިބިމީހުން ހެދިއެއްޗެއް ހަދާފައި އައްޑޫ އިކްއިޓޯރިއަލް ކޮންވެންޝަން ސެންޓަރަށް އެނދު ތަކެއް ވައްދާފައި ޓާޝަރީ ހޮސްޕިޓަލެކޭ ކިޔާފައި 200 ފޫޓްގެ ދިގު ނަންބޯޑެއް އެތަނުގައިވެސް މާލޭސަރުކާރުން ހަރުކުރި. އެކަމަކު ހޮސްޕިޓަލް ހިންގުމަށް ކުރާ ޙަރަދަށްވުރެން ބޮޑު އެއްޗެއް ހޭދަވަނީ ބަލިމީހުން މާލެއަށް އުފުލަން Maldivian އަށް.
ސުލްތާން
20 August 2025
ކީއްވެޔޯ ކެލާ ހޮސްޕިޓަލް މިސަރުކާރުން އައިސް ހުއްޓުވާލި. ހަލާކުހުރި. ކޮންމެ ސަރުކާރަކުން ކުރިޔަސް ރަގަޅު ކަމެއް ދަމަހައްޓަންޖެހޭނެ އޭރުން ތިމާއަށްވެސް ހެޔޮ ބަހެއްވެސް ލިބޭނީ..
ހުސެންދީ ، ލ/މާވަށް
20 August 2025
ނޭޅޭޏޭ ، އަޅެ މިއުޅެނީ އަނގައާއި އަތާއި ދިމާ ނުވެގެން އުޅޭއިރު ދައްކާ ކޮސް ވާހަކަ ، ޑޮަލަރުވެސް ނުދާނެ މައްޗަކަށް ދެން ..ވޯޓް ލީމީހެއްގެ ހައިސިއްޔަތުން ދެރަވެ ލަދުގަނޭ
ދިއްދޫމީހާ
20 August 2025
އެހެންވީމާ ތިޔަ ހޮސްޕިޓަލްގެ މައްސަކަތް ހަވާލްކުރާނީ އިންވެސްމެންޓް ބޭންކްއާ ދެއްތޯ؟
ބެއްޔަހުއްތު
20 August 2025
އުނހު! އެތަން ހިންގަން އެނގޭނީ އެމްޕީއެލްއަށް.