ނަދާ ސެލޫން އިން ހިންގާ ކްލިނިކެއް: މުވައްޒަފަކަށް އެއްލައްކައަށް ވުރެ ބޮޑު ބަދަލެއް ދޭން ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އިން ވަނީ އަމުރުކޮށްފައި.
21 އޯގަސްޓް 2025 - 12:52
ވިހެއުމުގެ ޗުއްޓީގައި ހުރި މުވައްޒަފަކަށް މުސާރަ ނުދިނުމުން އެއްލައްކައަށް ވުރެ ގިނަ ރުފިޔާ ބަދަލުގެ ގޮތުގައި ދޭން ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އިން ނިންމި މައްސަލައެއް ނަދާ ސެލޫން އިން ހައި ކޯޓަށް ހުށަހަޅައިފި އެވެ.
ނަދާ ސެލޫން ހިންގާ ސެލޫން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެކޮޅަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް އެތަނުގައި މަސައްކަތްކުރި މުވައްޒަފަކު މައްސަލަ ހުށަހެޅީ އޭނާ ވިހެއުމުގެ ސަބަބުން ލިބުނު ޗުއްޓީގައި، މުސާރަ ދީފައިނުވާތީ އެވެ.
އޭނާ ވަނީ އަހަރީ ޗުއްޓީގައި ހުރުމަށް ފަހު، ވިހެއުމުގެ ޗުއްޓީގެ ގޮތުގައި ތިން މަހަށް ދޭން އެދިފަ އެެވެ. ނަމަވެސް، އެ ތިން މަހުގެ މުސާރަ އޭނާއަކަށް ނުދެ އެވެ. އެހެންވެ، އޭނާ އެ ވަޒީފާއިން އަމިއްލައަށް ވަކިވެ، ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅީ އެވެ.
ވިހެއުމާ ގުޅިގެން ތިން މަސް ދުވަހުގެ ޗުއްޓީ ކޮންމެ އަންހެން މުވައްޒަފަކަށް ވެސް ލިބެން ވާނެ ކަމަށް ވާޒީފާއާ ބެހޭ ގާނޫނުގައި އޮވެ އެވެ. ނަދާ ސެލޫންއާ ދެކޮޅަށް ޓްރައިބިއުނަލަށް މުވައްޒަފު ހުށަހެޅި މައްސަލައިގެ އަޑުއެހުންތަކަށް އެ ސެލޫންގެ ފަރާތުން ހާޒިރުވެ، ޖަވާބުދާރީއެއް ނުވެ އެވެ.
މި މައްސަލާގައި ޓްރައިބިއުނަލުން މި އަހަރުގެ މާޗް މަހު ނިންމާފައިވަނީ މުވައްޒަފު ވިހެއުމުގެ ޗުއްޓީގައި ހުރި މުއްދަތުގައި މުސާރަ ނުދޭން ސެލޫން އިން ނިންމާފައިވަނީ ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި އޭނާ ވަޒީފާއިން ވަކިވެފައިވަނީ މަގުބޫލެއް ސަބަބެއް ނެތި، އެ ވަޒީފާއިން ވަކިވާން އޭނާއަށް މަޖުބޫރުކޮށްގެން ކަމަށް ވެސް ވަނީ ކަނޑައަޅައިފަ އެވެ.
އަދި، އޭނާއަކީ ވަޒީފާއިން ވަކިވެފައިވާ މީހެއް ކަމަށް ނުބަލައި، އޭނާ އަދާކުރަމުންދިޔަ ވަޒީފާ އަނބުރާ ރުޖޫއަކުރަން ވެސް އަމުރުކޮށްފައިވެ އެވެ.
އެހެންވެ، ޗުއްޓީގެ ތިން މަހުގެ މުސާރަ ކަމަށްވާ 48،600 ރުފިޔާ މުވައްޒަފަށް ދިނުމަށާއި އެކަށީގެންވާ ސަބަބެއް ނެތި މުވައްޒަފު ވަޒީފާއިން ވަކިކޮށްފައިވާތީ ބަދަލުގެ ގޮތުގައި 97،200 ރުފިޔާ ދިނުމަށް ވަނީ އަމުރުކޮށްފަ އެވެ.
އޭގެއިތުރުން މައްސަލަ ހުށަހެޅުމަށް ގާނޫނީ ހިދުމަތް ހޯދުމަށް ހޭދަވި 35،000 ރުފިޔާ އާއި ރޯދަ މަހުގެ އެލެވެންސް ކަމަށްވާ 3،000 ރުފިޔާ އާއި ޕިއުނިޓިވް ޑެމޭޖަސްގެ ގޮތުގައި 3،000 ރުފިޔާ ދޭން ވެސް ސެލޫންގެ މައްޗަށް އަމުރުކޮށްފައިވެ އެވެ.
މި މައްސަލަ ސެލޫން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހައި ކޯޓުގައި މިދިޔަ ޖޫން މަހު ވަނީ އިސްތިއުނާފުކޮށްފަ އެވެ. ނަމަވެސް، މައްސަލަ ބަލައިގަތުމާ މެދު މިހާތަނަށް ގޮތެއް ނިންމާފައިވާ ކަން ވެބްސައިޓުން އެނގޭކަށް ނެތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
raajje
23 August 2025
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއެއްނޫން ތިތަނަކަށްކިޔަންވީ، ހޭބަލި ޓުރައިބިއުނަލް މާގުޅޭނެދޯ! ކޮންމެވެސް ގާތްމީހަކު ހުށަހެޅިމައްސަލައަކާ ހާދަވައްތަރޭ! ސަރުކާރުން އަހަރެމެންއަތުންނަގާ ޓެކުސްފައިސާއިން މީހުންގޭގަބައިތިއްބާފަ 3 މަހު މުސާރަ ދިނަކަސް ކުދި ބިޒުނަސްތަކުން ކިހިނެއްތިކަންކުރާނީ؟ ތިންމަސްދުވަހު ގޭގަބަހައްޓާފަ 48،600ރ ވެސްދޭންވީ؟ މިމައްސަލަ މިޔަށްވުރެން އިންސާފުން ދެފަރާތައްވެސް އިންސާފުލިބޭހެން ނިންމެންވާނެ
ޑރ ވާންޗޯ
22 August 2025
ތިކަހަލަ ދިގުމުއްދަތަކަށް ސަރވިސްނުލިބި މުސާރަދޭންޖެހޭނަމަ ކަނބަލުންނަށް ވަޒީފާދިނުމުގަ ޖެހިލުންވާ ވިޔަފާރިތައް ގިނަވެދާނެ.
އަލިފާންފޮށި
22 August 2025
މި ވިޔަފާރިވެރިޔާގެ ހިތުގައި ރަހުމެތް ނެތްތާގަ، ފާހަގަކުރެވެނީ ވަރަށް ފިނޑި މީހެއްގެ ގޮތުގަ. އެހެން ނޫނަސް ނަދާ އަކީ، އަމިއްލަ މީހާ ފެނި ބޮޑާ ވެފަ ވާ މީހެއް.
ހަސަންބޭ..
21 August 2025
އެންމެ ލޯ ލާރިއެއްވެސް ދޭންވާނީ މަސައްކަތްކުރާ ދުވަހަކަށް ގަޑިއިރަކަށް.. މަސައްކަތްނުކޮށް ހޯދާލާރި ހަލާލުވެސް ނުވާނެ.. ހަލާލުނުވާ ލާރިއެއް ދިނުމެއްވެސް ނޯންނާނެ..
އަލިފާންފޮށި
22 August 2025
އެހެން ވީމަ ހުކުރު ހޮނިހިރުގަވެސް މަސައްކަތްކުރަން ވާނެއްނު. ހާދަ ހީވޭ މީ ނަދާ ސެލޫންގައި މަސައްކަތްކުރާ ބެއެއް ހެން.
ދާލު
22 August 2025
ހަލާލް ނުވާނީ ކޮން ހަމަޔަކުން؟
ޒަރީރު
21 August 2025
ކުދި ވިޔަފާރިތަކުން ކިހިނެއް ވިހެއުމާ ގުޅިގެން ޗުއްޓީދީފަ އެދުވަސްތަކަށް މުސާރަ ދޭނީ. ބޮޑެތި ކުންފުނިތަކާ ސަރުކާރުން އެކަން ކުރިޔަސް ކަންމަތީ ފިހާރަތަކާ، ކުދި ވިޔަފާރިތަކުން ތިކަމެއް ނުވާނެ
ކުދިކުދި
21 August 2025
ކޮންގަތަކަށްތޯ ކުދި ވިޔަފާރިއަކަށްވީ ؟
އަލިފާންފޮށި
22 August 2025
ނަދާ ސެލޫން އަކީ ކުޑަ ވިޔަފާރި އެއް އަދި ކަންމަތީ ވިޔަފާރި ކުރާ ބައެއް ވެސް ނޫން. ފުޅާ ދާއިރާއެެއްގައި ވިޔަފާރި ކުރާ، އެހާމެ އަގު ބޮޑުކޮށް ހިދުމަތް ދޭ ތަނެއް. ތިހާ ބޮޑަށް އަދި ޑިފެންސަށް ކުޅޭކަށް ނުވޭ.
ފާފު
22 August 2025
ވަޒީފާޔާބެހޭ ގާނޫނުން އެކަން މަތިކުރޭ، އެ އެއްބަސްވުމާ އެއްގޮތަށް ޢަމަލްކުރަންޖެހޭނެ.
ބޯހަލާކު1
21 August 2025
ތި ގާނޫން އުވާލާ މުޅިގައުމު ހަލާކުވަނީ ތި ސިވިލް ސަރވަނޓޭ ކިޔައިގެން. މަސައްކަތްނުކޮށް ލާރރިހޯދުން!
ލާމަސީލު
21 August 2025
އަހަރަކު ދަރިއެއް ވިހާކުދިން 5 (60 މަސް) އަހަރުން 30 މަސް ޗުއްޓީއަށް ދޭންޖެހޭ. އަހަރީ ޗުއްޓީ (1މަސް) ސިކުލީވް އަހަރަކު 1މަސް (30 ދުވަސް) އެފްއާރުއެލް ކަނޑާލީމާ ކޮންމެ 5 އަހަރަކު (60މަސް) މަސައްކަތަށް ނިކުންނަން ޖެހޭނީ 19 މަސް ދުވަހު. އަދި ބަންދުވަސްތައް ކަނޑާލީމާ 15 މަސްދުވަހަށްވުރެ މަދުން ދޯ.
ދާލު
22 August 2025
މިހާރު ވެސް އާބާދީ އިތުރު ކުރާން ޖެހިފައި މިއޮތީ، އެހެންވީމާ ގައުމަށް ވެސް ފައިދާ.
މޮހޮނު ސރ
21 August 2025
ކޮން ޤާނޫނަކުންތޯ ވިހެއުމުގެ ޗުއްޓީގެ ގޮތުގައި 3 މަސް ދުވަސް ލިބެނީ! --------------------------- އަންހެން މުވައްޒަފަކު، ވިހާނެކަމަށް ލަފާކުރާ ދުވަސް ބަޔާންކޮށް، ރަޖިސްޓަރީ ކޮށްފައިވާ ޞިއްޙީ މަސައްކަތްތެރިޔަކު ދޫކުރާ މެޑިކަލް ސެޓުފިކެޓް ހުށަހެޅުމުން، އެ މުވައްޒަފަކަށް، ވިހެއުމާ ގުޅިގެންދޭ 60ދުވަހުގެ ޗުއްޓީ ދޭންވާނެއެވ.ެ
ކޮނެސެއި
21 August 2025
މީ މިމީހުންގެ ފެންވަރު. މުވައްޒަފުންނާ ދޭތެރޭ ކަންތައްކުރާގޮތް. މީގަވެސް ގޯސްވާނީ މުވައްޒަފު. ފެމިނިސްޓްން ތިބޭނެ ހަނު
ބިއްލޫރި ޓަނަލް
21 August 2025
ރަނގަޅު ނިންމުމެއް. ސިވިލް ސަރވިސް ބައެއް މުވައްޒަފުންގެ އަހަރީ ޗުއްޓީގައި އެޓެންޑެންސް އެލަވަންސް ނުދިނުން މީވެސް އިންސާފުން ބޭރުން ކުރާ ކަމެއް. ޗުއްޓީ އަކީ އެމީހާ ހާޒިރުނުވާ ދުވަހެއްގެ ގޮތުގައެއް ހެދުން އެއީ ސަރުކާރުން ކުރާ މުސާރައިން ވައްކަން ކުރުން.