ޚަބަރު / މެމްބަރު ގާސިމް އިބްރާހިމް (މާމިގިލި)

ގަދަބާރުން ޔާމީން ކާޑެއްދޫ އެއާޕޯޓް އަތުލައި ވެރިކަން ނިމެންދެން ވިލާ ކުންފުންޏަށް އަނިޔާވެރިވި: ގާސިމް

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ގާސިމް އިބްރާހިމް: ޔާމީންގެ ވެރިކަން ނިމެންދެން ގާނޫނީ އިމުން ބޭރުން އެކި އަނިޔާ ވިލާ ކުންފުންޏަށް ދީފައިވާ ކަމަށް ގާސިމް ވިދާޅުވި. -- ފޮޓޯ | މިހާރު

ވިޔަފާރިވެރިޔާ، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމްގެ ވިލާ ކުންފުންޏާ 50 އަހަރަށް ހަވާލުކޮށްފައި އޮތް ގދ. ކާޑެއްދޫ އެއާޕޯޓް ސަރުކާރަށް ދޫކޮށްލަން ނިންމުމާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަތަކަށް ގާސިމް ރައްދު ދެއްވައިފި އެވެ.

ޔާމީން ފާޑުވިދާޅުވީ، އިކޮނޮމިކް ކައުންސިލުގެ ހުށަހެޅުމަށް އެއްބަސްވެ، އެއާޕޯޓް އަނބުރާ މި ސަރުކާރާ ހަވާލުކުރަން ވިލާ ކުންފުނިން ނިންމުމާ ގުޅިގެންނެވެ. އެއާޕޯޓް އަނބުރާ ހަވާލުކުރަން ބަދަލުގެ ގޮތުގައި ސަރުކާރުން ހުށަހެޅީ 18 މިލިއަން ޑޮލަރު ނުވަތަ ޓެކްސް އިން ލުޔެކެވެ.

އެއާޕޯޓް ސަރުކާރާ ހަވާލުކުރަން ނިންމި ސަބަބު ތަފްސީލްކޮށްދެއްވައި ގާސިމް ނެރުއްވި ބަޔާނުގައި ވިދާޅުވީ މި ފަހުން ބޭއްވި ޖަލްސާގައި ކާޑެއްދޫ އެއާޕޯޓާ ގުޅުވައި ޔާމީން ވާހަކަ ދެއްކެވީ ކަމުގެ ހަގީގަތް އާންމުންނަށް އޮޅުވާލަން ކަމަށެވެ. ޔާމީންގެ ވެރިކަމުގައި ވިލާ ކުންފުންޏާއި ގާސިމަށް ވެސް އަނިޔާވެރިވެ، ގާނޫނީ އިމުން ބޭރުން މުދާ ފޭރިގަތް ކަމަށް ބަޔާނުގައިވެ އެވެ.

ގާސިމް ވިދާޅުވީ ކާޑެއްދޫ އެއާޕޯޓް ވިލާ ކުންފުނިން އަތުލުމުގައި ވެސް ގަދަބާރުން ޔާމީން އިހްތިޔާރުކުރީ އަނިޔާވެރިކަން ކަމަށެވެ.

އެއާޕޯޓް ސަރުކާރާ ހަވާލުކުރަން ނިންމި ނިންމުމާ ގުޅިގެން ގާސިމް ވިދާޅުވީ، 1993 ގެ ފަހުކޮޅު ހުޅުވި އެ އެއާޕޯޓު އޭރުގެ ސަރުކާރުން ހިންގަމުން ދިޔައީ ގެއްލުމުގައި ކަމަށެވެ. އެކަމަށް ހައްލު ހޯދަން 2013 ވަނަ އަހަރު، ރީޖަނަލް އެއާޕޯޓެއްގެ ގޮތުގައި 50 އަހަރަށް ހިންގުމަށް އާންމުކޮށް ހުޅުވާލި ފުރުސަތުގައި ޓެންޑާއެއްގައި ވިލާ އިން ބައިވެރިވެ، އެ ފުރުސަތު ކާމިޔާބުކުރީ ގާނޫނާ އެއްގޮތަށް ކަމަށެެވެ.

ގާސިމް ވިދާޅުވި ގޮތުގައި، ރާއްޖޭގެ ސިވިލް އޭވިއޭޝަން މިންގަނޑުގައި އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް އެއާޕޯޓަށް އަލަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ރަށުގެ ކަރަންޓު ޖަނަރޭޓަރާއި އެއާފީލްޑް އާއި އާންމު އޭރިއާ ވަކިކުރާ ފެންސާއި އެއާޕޯޓުގެ އިދާރީ ހިންގުމުގެ ސާމާނާއި ފަޔާ ޓެންޑާ އާއި އެމްބިއުލާންސް ފަދަ އެތައް ހިދުމަތެއް އެތަނުގައި ވަނީ ގާއިމުކޮށްފަ އެވެ.

ބަޔާނުގައި ގާސިމް ވިދާޅުވީ ޔާމީންގެ ވެރިކަމުގައި، ރާއްޖެއިން ބޭރުގެ ޕާޓްނަރަކާ އެކު ކާޑެއްދޫ އެއާޕޯޓް ބައިނަލްއަގްވާމީ އެއާޕޯޓަކަށް ބަދަލުކުރަން 150 މިލިއަން ޑޮލަރުގެ ޕްލޭނެއްކޮށް، ސަރުކާރާ އެކު އެއާޕޯޓް ކުއްޔަށް ދޭ މުއްދަތު 99 އަހަރަށް ބަދަލުކުރަން ހުށަހެޅި ކަމަށެވެ. އެކަމަކު އެތަން ސިވިލް އޭވިއޭޝަނުގެ މިންގަނޑަށް ނުފެތޭ ކަމަށް ވިދާޅުވެ ޔާމީން އެކި ބަހަނާތައް ދެއްކެވުމަށް ފަހު، އަދުލުވެރި ބަދަލެއް ނެތި، 2017 ވަނަ އަހަރު ފުލުހުން މެދުވެރިކޮށް އެތަން ސަރުކާރަށް ނަގާފައި ކަމަށް ގާސިމް ވިދާޅުވި އެވެ.

ޔާމީންގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުމަކަށްފަހު ގާސިމް ވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އެ މައްސަލަ ވިލާ އިން 2018 ގައި ސިވިލް ކޯޓަށް ހުށަހެޅުމުން ނިމުނީ އެ ކުންފުންޏާ އެއްކޮޅަށެވެ. އަދުލުވެރި ބަދަލެއް ނެތި ވިލާއާ އެކު އެއްބަސްވުން އުވާލައި ގަދަބާރުން އެ ކޮންޓްރެކްޓް ހުއްޓުވި ކަަމަށް ހުކުމުން އެނގެން އޮތް ކަމަށް ގާސިމް ވިދާޅުވި އެވެ.

އެ ހުކުމަށް ހައި ކޯޓާއި ސްޕްރީމްކޯޓުން ވެސް 2022 ގައި ތާއީދުކުރުމުން އެއާޕޯޓް ހިންގުން އަލުން ވިލާ ކުންފުންޏާ ވަނީ ހަވާލުކޮށްފަ އެވެ.

އެކަމަކު އެ ފަހަރު ހެދި އެއްބަސްވުމުގައި ވަނީ ވިލާ އިން އެތަން އިންޓަނޭޝަނަލް އެއާޕޯޓަކަށް ހަތް އަހަރުގެ ތެރޭގައި ބަދަލުކޮށްފި ނަމަ، އެއްބަސްވުމުގެ މުއްދަތު 50 އަހަރުން 99 އަށް ބަދަލުކުރާނެ ކަމަށެވެ. އަދި 2030 ގެ ނިޔަލަށް އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުނުކުރެވިއްޖެ ނަމަ، ކުރިއެކޭ އެއްގޮތަށް 50 އަހަރަށް ޑޮމެސްޓިސް އެއާޕޯޓެއްގެ ގޮތުގައި ހިންގުމަށެވެ.

ގާސިމް ވިދާޅުވި ގޮތުގައި އެތަން ވިލާއަށް ހަވާލުކުރިއިރު ވެސް ސަރުކާރުން ހިންގީ ގެއްލުމުގަ އެވެ. އެހެންވެ، ސަރުކާރުން ދޭ ސަބްޑިޑައިޒްއެއް ގޮތުގައި ރިސޯޓެއް ހަދަން ފަޅު ރަށެއް ދޭ ގޮތަށް އެގްރީމަންޓުގައި އޮތެވެ. އެކަމަކު 2017 ގައި އެތަން ސަރުކާރަށް ނެގިއިރު އެ ރަށް ހަވާލުނުކުރާ ކަމަށް ބަޔާނުގައިވެ އެވެ.

އެއާޕޯޓުގެ މައްސަލަ ވިލާ ކުންފުންޏާ އެއްކޮޅަށް ކޯޓުތަކުން ނިންމުމުން، 2022 ގައި އެއާޕޯޓް އަލުން ހަވާލުކުރިއިރު، އދ. އަތޮޅުން ކުޑަ ދެ ފަޅު ދޭން އެއްބަސްވި ކަމަށް ގާސިމް ވިދާޅުވި އެވެ.

ބަޔާނުގައި ފާހަގަކުރި އިތުރު ކަންކަން:

- އެއާޕޯޓު ސަރުކާރަށް ނެގުމުގެ އިތުރުން މީރާއަށް ވިލާ އިން ދައްކަންޖެހޭ 199 މިލިއަން ޑޮލަރުގެ ޓެކްސް ހުރި ކަމަށް ޔާމީންގެ އޯޑަރަކަށް ނިންމި ކަމަށް ގާސިމް ވަނީ ތުހުމަތު ކުރައްވާފައި.

- ޔާމީން އެއާޕޯޓް އަތުލައި ދައުވާ އުފުލުމުން، ޕާމިޓްތައް ކެންސަލްކޮށް، އިންޕޯޓް ލައިސަންސް ބާތިލުކޮށް ވިލާގެ އެކައުންޓްތައް ފްރީޒްކޮށް، އެތަކެއް ހާސް މުވައްޒަފުންނަށް މަހު މުސާރަ ނުދެވި، ފަތުރުވެރިންނަށް ހިދުމަތް ނުދެވުނު.

- 2018 ގެ ރިޔާސީ އިންތިހާބު ނިމެންދެން ޔާމީންގެ އަނިޔާވެރިކަމުގެ ހިތްދަތިވޭން ވިލާ ކުންފުނި ތަހައްމަލުކުރަން ޖެހުނު.

- ވިލާ އާއި ގާސިމްއާ މެދު ޔާމީންގެ ހިތުގައި އޮންނަ ގިލަންވެރި އަދި ހަސަދަވެރިކަމަށް ލުއި ކަމެއް ހޯދަން ރައްޔިތުންގެ ކުރިމަތީގައި އަގު ވައްޓާލަން އެތައް ފަހަރަކު މަސައްކަތްކުރި.

- ރޭގަނޑެއްގައި ކްރިމިނަލް ކޯޓު ހުޅުވައި، ގާސިމް އައިސީޔޫގައި އެނދުމަތިކޮށްފައިވަނިކޮށް އޭނާއަށް ގާނޫނުއަސާސީއާ ހިލާފު ހުކުމެއް ކުރުމަކީ ކޮންމެ ކަމެއްވެސް ކޮށްފާނެކަން އެނގޭ ކަމެއް ކަމަށް ވިދާޅުވި.

- ގާސިމްގެ ދަރިފުޅު، ސިޔާދު ގާސިމް، އެއްވެސް ހެއްކެއް ނެތި ފަސް މަސް ދުވަހު ޖަލުގައި ބާއްވާ ޝަރީއަތް ހިންގުވި.

- ރައީސް މައުމޫނާއި ދަނބި ދަރިފުޅު މުހައްމަދު ނަދީމު، 9 މަހަށް ވުރެ ގިނަ ދުވަހު ޖަލަށް ލި.

ގާސިމް ވިދާޅުވީ 2022 ގައި ވިލާއަށް ކާޑެއްދޫ އެއާޕޯޓު ހަވާލުކުރި ނަމަވެސް ކޮވިޑުގެ ސަބަބުން ދިމާވި ފައިސާގެ ދަތިކަމާ ހުރެ އިންޓަނޭޝަނަލް އެއާޕޯޓަކަށް ހެދުމުގެ މަސައްކަތް ލަސްވި ކަމަށާއި އެކަމަކު މާމިގިލީ އެއާޕޯޓުގައި ކުރަމުން އައި މަސައްކަތް ނިމުމާ އެކު ކާޑެއްދޫ އެއާޕޯޓަށް ސާމާނުތައް ގެންދިއުމަށް އޮތީ ޕްލޭންކޮށްފައި ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި 2023 ގެ ރިޔާސީ އިންތިހާބުގެ ކެމްޕޭން ދުވަސްވަރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތިނަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ކާޑެއްދޫގެ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ބައްދަލުކުރައްވާނެ ކަމުގެ ވައުދުވެވަޑައިގެންފަ އެވެ.

ގާސިމް ވިދާޅުވީ ވިލާ ކުންފުނިން އެތަން އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރަން ފައިސާ ހޯދުމުގެ އެންމެ ފަހު މަރުހަލާގައި ވަނިކޮށް 2024 ގެ ފަހުކޮޅު، ޓްރާންސްޕޯޓް މިނިސްޓަރާއި އިތުރު މިނިސްޓަރަކާ ބައްދަލުވި ކަމަށާއި އެ ބޭފުޅުންގެ ފަރާތުން އެނގިގެން ދިޔައީ ކާޑެއްދޫ އެއާޕޯޓު އިންޓަނޭޝަނަލް ކުރަން ރައީސް ބޭނުންފުޅުވާ ކަން ކަމަށާއި ސަރުކާރަށް ކާޑެއްދޫ ދޫކޮށްލުމަށް ވިލާއަށް އޮތް މަގަކީ ކޮބައިތޯ ސުވާލުކުރެއްވި ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ޖަލްސާއެއްގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވާހަކަ ދައްކަވަނީ. -- ފޮޓޯ: މިހާރު

އޭނާ ވިދާޅުވީ ރައީސްގެ ވިސްނުންފުޅުގެ ދަށުން ޒަމާނީ ފެންވަރަށް ތަރައްގީކޮށް އެކަށޭނެ ފައިދާއެއް ނެރެވޭނެ ކަމަށް ގަބޫލުކުރެވުނު ނަމަވެސް މިހާރު އެތަނަށް ކޮށްފައިވާ އިންވެސްޓްމަންޓާއި އެއާޕޯޓު ހިންގުމުގައި ވިލާ އިން ކޮށްފައިވާ މަސައްކަތާއި ތަރައްގީކުރުމަށް އެކަށައަޅާފައިވާ ޕްލޭންތަކާއި ހަދާފައިވާ ސާވޭތަކާއި ފައިސާ ހޯދުމަށް ކުރެވިފައިވާ ހަރަދާއި އޮޕަޗުނިޓީ ކޮސްޓް ފަދަ އެތައްކަމަކަށް ރިއާޔަތްކޮށް އެ ޕްރޮޖެކްޓްގެ ވެލިޔުއޭޝަން ހެދުމަށް ފަހު، އެއާޕޯޓު އަނބުރާ ސަރުކާރާ ހަވާލުކުރުމަށް އޮތް މަގު ހުށަހަޅާފައިވާ ކަމަށެވެ.

"ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ރައީސް ޔާމީން ކަހަލަ ގާނޫނީ އިމުން ބޭރުން މީހުންގެ މުދާ ހިފާ އަނިޔާދޭ ޒާތުގެ ބޭފުޅަކަށް ނުވާތީ އެމަނިކުފާނުގެ ސަރުކާރުން އިސްކަންދެއްވީ ގާނޫނީ އިމުގެ ތެރެއިން އެއްބަސްވެވޭ ބަދަލެއް ދިނުމަށް ފަހު ވިލާ އެއާގެ އަތުން ކާޑެއްދޫ ސަރުކާރަށް ލިބޭ ގޮތަށް އަމަލުކުރާށެެވެ،" ބަޔާނުގައިވެ އެވެ.

ގާސިމް ވިދާޅުވި ގޮތުގައި، ޔާމީނަކީ ޒާތީ ހަސަދަވެރިއެއްކަން ވެސް އެނގި ހުރެ، 2013 ގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ތައީދުކުރެއްވީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އަދިވެސް އިތުރު ބޭފުޅުންގެ އެދިވަޑައިގަތުމަށެވެ.

43 ކޮމެންޓް, 31 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 3%
icon angry icon angry 52%
icon wow icon wow 0%
icon inlove icon inlove 45%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޗަކް މެލޭ

25 August 2025

ދައުލަތް ލޫޓުވުމަށް ހުރަސް އެޅުމަކީ ވިލާއަށް އަނިޔާވެރިވުމެއް ނޫން. ޔާމީނު މަސައްކަތްކުރީ ދައުލަތުގެ ރައުސުލްމާލު ހިމާޔަތްކުރަން.

The name is already taken The name is available. Register?

ސާބަހޭ ތަރައްގީގެ ބާނީ

25 August 2025

ރައީސް ޔާމީނަކީ ވަތަނީ ލީޑަރެއް. ރުހުމަށް ބެލުމެއްނެތި ޑިޒިޝަންތަށް ނަގަންކެރޭނީ ލީޑަރުންނަށް. ވިޔަފާރިވެރިންގެ އުނގުތެރެޔަށް ވެއްޓޭކަށް ނުޖެހޭ.

The name is already taken The name is available. Register?

ރިފާއު އައްބާސް

25 August 2025

އަސްލުވެސް. ހަމަ ހަގީގަތުގައިވެސް ހުސް އަނިޔާ ދިނީ.

The name is already taken The name is available. Register?

އަހަންމާ.

25 August 2025

ޔާމީންގެ އަނިޔާ ވެރިވާހަކަ ޤާސިމަށް ވަކި ދެއްކޭކަށް ނެތެވެ. އަމިއްލަ މަންފާ ތަކެއް ހޯދުމުގެ މަޤުސަދުގައި އިސްލާހު ކުރުމޭ، މައުމޫނު ޚުދުމުޚުތާރޭ ކިޔާ، މުޅި ގައުމުގެ އިޖުތިމާޢީ ފޭރާން ވީދާލާ، އޭގެ ނަތީޖާއެއްގެ ގޮތުން މީހުން ދީނާއި،ޤާނޫނުތަކަށް ބޯނުލަބާ އުޅުމުގެ އާދަ އަށަގެންނެވުމާއި، ޑިމޮގްރަަސީގެ ނަމުގައި ޤާނޫނުތަށް ޕެރަލައިޒްކޮށްލާ،ކިރިޔާ ވެސް ރައްޔިތަކަށް ފައިދާވާނެ ކަންކަމަށް ހުރަސް އަޅާކަން ހިތާމަޔާއި އެކު ފާހަގަކޮށްލަން.

The name is already taken The name is available. Register?

ކަތްދައްތަ

25 August 2025

އޭގެ ބަދަލުވެސް ދައިތަމެން ދީފާނަށް. 199 މިލިޔަން ޑޮލަރު މީރާއަށް ދައްކަން އޮތްކަމަށް ނިންމި ކޮމިޝަނަށާއި އޭނާގެ އެސިސްޓެންޓާ ދެމީހުން ޔާމީނުގެ ވެރިކަން ވެއްޓުމާއެކު ވަދެ ތިބީ ވިލާ ކުންފުނީގަ. ބޮޑު މިސާރަ. އޭގެ ބަދަލުވެސް ދީދާނަން. އެވަރުންވެސް ތިއެއް ނުފުރޭނެ. ދައިތަމެން މިތިބީ ހަމަ އިހު ތިބި ގޮތަށް. ދެއްވި އެއްޗަކުން ފަރުޖެއްސޭ.

The name is already taken The name is available. Register?

އަސަފރަފަ

24 August 2025

ޔާމިނު ނޫނިއްޔާ ނެތް މީނަ ބުނިހާ ގޮތެއް ނުހަދާ މީހެއް. އެހެންވީމަ ޔާމިން ގޯސްވީ

The name is already taken The name is available. Register?

ކަކިނި

24 August 2025

ގާސިމް ކޮއްކޯ ޔާމީންވަރުގެ ވެރިޔަކު އަދި ނާދޭވެރިންކުރަން ރަގަޅު

The name is already taken The name is available. Register?

ލަސްވެޖަސް

25 August 2025

ހޫނ އެވަރުގެ ކަޑަ މީހެއް މިރާއްޖެ ވެރިކަން ނުކުރޭ ދެން ހަޖަމުކޮއްލާ

The name is already taken The name is available. Register?

ކަކުނިބޯ

24 August 2025

ކަންމަތީ ފިހާރަތަށް ޓެކުހުގެ މައްސަލާގައި ބަގުރުޓް އެކަމު މި މަހުޖަނުންނަށް މާފު މީ ހަމަ އަންދާޤާނޫނު ހިންގާބައެއް ކޮބާތޯ މިސަރުކާރުން މާފުކޮށްދިންވަރުވެސް ތިއަގައިން ކިޔާލަބަލަ ހުސް އަނިޔާގެވާހަކަނުދައްކާ

The name is already taken The name is available. Register?

ޒާތީމީހާ

24 August 2025

ކިތައްމެ ވަރަކަށް ގާސިމަށް ބެވިޔަސް އަނިޔާވެރިވިޔަސް ހަސަދަ ވެރިވިޔަސް ޔާމީނަށް ވެރިކަމަށް އާދެވުނީ ގާސިމުގެ އެހީ އާއި މަދަދުން ދެން ވެރިކަމެއް ނުލިބޭނެ، ތިބާލަނީ އެހަސަދަ، ރައްޔިތުން ބޭނުންވީމާ، އޭކިޔާފަ ސަރުކާރުން މީހުންގެ މުދަލާއި ވިޔަފާރި ފޭރެން ވީތަ ؟

The name is already taken The name is available. Register?

ސުވައިދީބުކަލޭގެ

24 August 2025

ޔާމީނަށް ތާޢީދު ކުރަނީކީ އެއްނޫން، އެހެންނަމަވެސް ޤާސިމުގެ ވާހަކަ ޤަބޫލު ކުރެވޭކަށް ނެތް. އެއަރޕޯޓުގައި ނެތް އެއްވެސް ތަނެއްގައި ކުލަ ކޮޅެއްވެސް ހާކާފައި. އެއްވެސް ތަރައްޤީއެއް ނެތް ގެނެސްފައި.

The name is already taken The name is available. Register?

ރާއްޖެ

24 August 2025

މައުމޫނު ވެސް ޖަލުގަ ބޭއްވީ. އޭނާ ދެން އަނިޔާ ނުދޭނީ ކާކަށް؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454