ގާސިމް މިއަދު "މިހާރު" އަށް އިންޓަވިއު ދެއްވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
23 މާޗް 2017 - 16:26
"އެކޮޅުކޮޅުން އެލުވާފައި ކާޅަށް ކޮށައި ކާންދިނަސް" ރައީސް އަބްދުﷲ ޔާމީނަށް ދުވަހަކު ވެސް ދެން ތާއީދު ނުކުރައްވާނެ ކަމަށާއި ދެއްވާފައިވާ ތާއީދު ވެސް އަނބުރާ ގެންނަވައިފި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
"އަޅުގަނޑު ކުރި އާދޭހަށް ޔާމީނަށް ވޯޓު ދެއްވި ހުރިހާ ބޭފުޅުންގެ ކިބައިން އަޅުގަނޑު މި އެދެނީ އެ ތާއީދު އަނބުރާ ގެންނަން،" 'މިހާރު' އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ވިޔަފާރިވެރިޔާ ވިދާޅުވި އެވެ.
"އަޅުގަނޑު ހިއެއް ނުކުރަން މިއީ މިހާވަރުގެ މީހެއް ކަމަކަށް. އޭނާ އަށް ތާއީދު ކުރުމަށް އެދެވުނީތީ ވެސް ވަރަށް ބޮޑަށް މާފަށް އެދެން."
ވިލާ ޝިޕިން އެންޑް ޓްރޭޑިންގެ އެކައުންޓްތައް މީރާ އިން އިއްޔެ ފްރީޒް ކުރި މައްސަލައާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، "ނިއުމަތަށް ޝުކުރު ނުކުރާ މީހަކަށް ތާއީދުކުރުމުގެ ބޭނުމެއް ނެތް" ކަމަށާއި "މިއީ ހެޔޮ ނިޔަތެއްގައި ހިންގާ" ސަރުކާރެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ، މި ސަރުކާރަށް ތާއީދު ކުރުމުން ލިބުނީ "ހުސް ލަނޑު، ހުސް ލަނޑު، ހުސް ލަނޑު" ކަމަށެވެ.
"އޭނާގެ [ރައީސް ޔާމީންގެ] ބޭބެ އާއި ކޮއްކޮމެންނާއި މައުމޫންގެ ދަރިންނަށް ދާންދެން އެ ތިބީ ސައިޒް ކޮށްލާފައި. ދެން އަޅުގަނޑަށް ވާނީ ކިހިނެއްތޯ؟" ގާސިމް ވިދާޅުވި އެވެ.
"ވަރަށް ސާފުކޮށް މި ދަންނަވަނީ އެކޮޅުކޮޅުން އެލުވާފައި ކާޅަށް ކޮށައި ކާން ދިނަސް ދެން ޔާމީނާ އެއްކޮޅަކަށް ނާރާނަން."
ގާސިމް ވިދާޅުވީ ވެރިކަމަށް ޔާމީން ގެންނަން އަމިއްލަ ގޮތުން ވަރަށް ބޮޑު މަސައްކަތްތަކެއް ކުރެއްވި ކަމަށާއި އެކަމަށް ދެ ތިން ދުވަހުގެ ތެރޭގައި އެތައް މިލިއަން ރުފިޔާއެއް އޮއްސާލެއްވި ކަމަށެވެ.
ގާސިމް މިއަދު އިންޓަވިއު ދެއްވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
"އަޅުގަނޑު ޔާމީނަށް ތާއީދުކުރީ ކޮންމެހެން ޔާމީނަށް ތާއީދުކުރާކަށް ނޫން. ޔާމީނަށް ތާއީދުކުރަން އެދެވުނީ ޖުޑިޝަރީގެ ބޭފުޅުންގެ ތެރެއިން ވަރަށް ގިނަ ބޭފުޅުން ކުރެއްވި އާދޭހަށް. ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒްގެ އެދިވަޑައިގަތުމަށް،" ވިޔަފާރިވެރިޔާ ވިދާޅުވި އެވެ.
"ސިފައިންނާއި ފުލުހުންގެ ހައްގުގައި އަޅުގަނޑު ނުކުތީ. ނުލާހިކު އިޚުލާސްތެރިކޮށް އަޅުގަނޑު ބުނީ ޕިޔޯނެއްގެ ވަޒީފާ ވެސް އަދާކުރަން ތައްޔާރޭ. އެކަމަކު އަޅުގަނޑަށް ނުދިނޭ ރައްޔިތުންގެ މަޖިލިހުގެ ކޮމެޓީއެއްގެ މުގައްރިރު ކަން ވެސް، ނައިބު މުގައްރިރުކަން ހާ ހިސާބު ވެސް. ރައީސް ނަޝީދުގެ ވެރިކަމުގައި ފެށުނީއްސުރެ އިގުތިސޯދީ ކޮމެޓީގެ މުގައްރިރަކީ އަޅުގަނޑު. ކޮންމެ އަހަރަކު ބަޖެޓް ދިރާސާކުރާ ކޮމެޓީގެ މުގައްރިރަކީ އަޅުގަނޑޭ."
އޭނާ ވިދާޅުވީ ރައީސް ޔާމީނަށް ތާއީދު ކުރައްވަން ނިންމެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެގެން ވެސް ނޫން ކަމަށެވެ.
"ޔާމީނަށް ތާއީދުކުރަން ރައީސް މައުމޫން އަޅުގަނޑުގެ ކައިރިއަށް ވަޑައިގަތުމުން އަޅުގަނޑު ދެންނެވިން އޭރު ވެސް މަނިކުފާނަށް އަޅުގަނޑު ވަރަށް އިހުތިރާމު ކުރަމޭ. އެކަމަކު ޔާމީން މަނިކުފާނާ ދޭތެރޭ ވެސް އަދި އަޅުގަނޑާ ދޭތެރޭ ވެސް ކަންތައްތައް ކުރައްވާނީ މިހެންނޭ. ދެ ގައިޑިއިރު ވަންދެން، އަލިފުން ޔާ އަށް ހުރިހާ އެއްޗެއް ކިޔައިދިނިން. [ރައީސް ޔާމީނަށް ވެރިކަން ލިބިއްޖެ ނަމަ] އަޅުގަނޑަށް ހަދާނީ މިހެންނޭ. ހުވާ ކަށަވަރޭ މިހެން ހަދާނެއޭ."
"ކަންތައްތައް ވީ ކިހިނެއްތޯ، އެހެން ނޫން ތޯ ވީ؟" ވިލާ ޝިޕިންގެ އޮފީހުގައި އިންނަވައި ވިދާޅުވި އެވެ.
"ސިފައިންނާއި ފުލުހުންގެ ހައްގުގައި އަޅުގަނޑު ނުކުތީ. ނުލާހިކު އިޚުލާސްތެރިކޮށް އަޅުގަނޑު ބުނީ ޕިޔޯނެއްގެ ވަޒީފާ ވެސް އަދާކުރަން ތައްޔާރޭ. އެކަމަކު އަޅުގަނޑަށް ނުދިނޭ ރައްޔިތުންގެ މަޖިލިހުގެ ކޮމެޓީއެއްގެ މުގައްރިރު ކަން ވެސް، ނައިބު މުގައްރިރުކަން ހާ ހިސާބު ވެސް. ރައީސް ނަޝީދުގެ ވެރިކަމުގައި ފެށުނީއްސުރެ އިގުތިސޯދީ ކޮމެޓީގެ މުގައްރިރަކީ އަޅުގަނޑު. ކޮންމެ އަހަރަކު ބަޖެޓް ދިރާސާކުރާ ކޮމެޓީގެ މުގައްރިރަކީ އަޅުގަނޑޭ،" ގާސިމް
ގާސިމް ވިދާޅުވީ ވެރިކަމަށް ވަޑައިގަތުމަށް ފަހު ޔާމީނާ ގުޅިގެން މަސައްކަތް ކުރެވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ކަމަށެވެ. އެކަމަކު އެ އިޚުލާސްތެރިކަން ރައީސް ޔާމީންގެ ފަރާތްޕުޅުން ފެނިވަޑައިނުގަތް ކަމަށް ވިދާޅުވި އެވެ. ސަރުކާރުގެ އެންމެ ބޮޑު އެއް މައްސަލައަކަށް ވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އޭނާ ވާދަކުރައްވަން ނިންމެވުމެވެ.
"އަޅުގަނޑު ދެންނެވިން އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ވެރިކަމަށް ކުރިމަތި ނުލެވޭ ގޮތަށް ވެސް އަޅުގަނޑު ވޯޓު ދިނީމެއް ނޫންތޯއޭ. މުހިންމު މައްސަލައަކަށް ވެއްޖިއްޔާ މަނިކުފާނާ އެއްކޮޅަށް ވޯޓު ދެމުން ނޫންތޯއޭ އައީ. ތިހެން ނުހައްދަވާށޭ. ދެން މި ވިދާޅުވަނީ ލޯޔަލްޓީ ދައްކާށޭ. ލޯޔަލްޓީ ދައްކަން ކިހިނެއްތޯ ހަދަންވީ؟،" ގާސިލް ސުވާލުކުރެއްވި އެވެ.
"ވީޓީވީއަކުން ދުވަހަކު ވެސް ރައީސް ޔާމީނާ ގުޅޭ ގޮތުން، ސަރުކާރާ ގުޅޭ ގޮތުން ގޯސް ރިޕޯޓެއް އައިތޯ؟ އެ ހުރިހާ ކަމަކުން އެއް ފަރާތް ވެގެން، ބުނިހާ ގޮތަކަށް ކަން ކޮށްގެން ތިބީ. "އަޅުގަނޑު [ރައީސް ޔާމީނަށް] ނުކުރާ އާދޭހެއް، ނުޖަހާ ސަލާމެއް ނޯންނާނެ. އޭނާ ހިތްހެޔޮވާނެ ގޮތެއް ނޯންނާނެ."
ވިލާ ޝިޕިންގެ އެކައުންޓްތައް ފްރީޒްކޮށްގެން އުޅޭ މައިގަނޑު ސަބަބަކީ ވެސް، ގާސިމް ވިދާޅުވި ގޮތުގައި، ސިޔާސީ ކަމެކެވެ. އެއީ މަޖިލީހުގެ ރައީސް ކަމުން މަސީހު ވަކިކުރަން ގާސިމް ހަރަދުކުރައްވާ ކަމުގެ ތުހުމަތުތަކެއް ސަރުކާރުން ކުރާތީތޯ ދެންނެވުމުން ގާސިމް އެކަން ދޮގުކުރެއްވި އެވެ.
"އަޅުގަނޑުގެ އަތުގައި ހަރަދުކުރާނެ އެއްޗެއް ހުރެގެން ނޫންތޯ އަޅުގަނޑު ހަރަދުކުރާނީ؟" ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ "ލުނބޮއެއްގެ ހުތް ފެލައިލާހެން" ފެލައިލާނެ ކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ.
"މި ސަރުކާރުން ބޭނުންވަނީ އަޅުގަނޑު ހަމަ މުޅިން ފުނޑާލައި ދުވަސް ދުއްވާލަން،" ގާސިމް ވިދާޅުވި އެވެ.
އެކަމަކު ކޮންމެ ގޮތެއް ހެދިޔަސް، އަދި ކޮންމެ ބިރެއް ދެއްކިޔަސް، މި ފަހަރު ނުސިހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ މަސީހުގެ ވޯޓުގެ ކަންކަމުގައި "އެވަރަކުން އޭނާއެއް" ނޫޅެ އެވެ. އެކަމަކު އެކަން ކުރިއަށް ގެންދާ މީހުން އެކަން ގެންދާނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު އަބަދުވެސް ވަކާލާތު ކުރަނީ ރައްޔިތުންގެ ހައްގުގައި. އަޅުގަނޑު އެ ވަގުތަކު އަޅާ ފިޔަވަޅެއް މި އަޅަނީ ރައްޔިތުންގެ ހައްގުގައި. ޔާމީންގެ ކޮޅަށް އެރޭނެ ހަމަ އެއްވެސް ގޮތެއް މިހާރަކު ނެތް. އެހާ އަނިޔާވެރި ވެރިއެއްގެ ފަހަތަށް އަޅުގަނޑު ކިހިނެއްތޯ އަރާނީ؟" ގާސިމް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިޒާރުުބެ
23 June 2018
މަނިކުފާނު ވިދާޅު ވީމެއްނޫންތޯ ކެރަފާ އައްނި ފަހަތަކަށް ދުވަކުވެސް ނާރާނެ ކަމަށް. ކިހިނެއްތޯވީ.! މުއުމިނެއްގެ ގައިގަ އެއް ހަރަކުން ދެ ފަހަރު ކައްޓެއް ނުޖެހޭނެ ކަމަށް. ނުޖަހާތޯ ދެ ފަހަރު ކައްޓެއް. ތިޔަ ކަހަލަ ދެ އުޅި އެއްނުވާ މީހަކު ވެރިކަމށް ކިހިނެއްތޯ ގެންނާނީ.! އައްނިއަށް ވުރެވެސް ފެންވަރު ދައް. ބަހާ ޢަމަލު އެއްގޮތަކަށްވެސް ދިމައެއް ނުވޭ ދެއްތޯ.
އިބްބޭ
25 March 2017
ސޭޓް ބުނީމެއްނުން، ޔާމީން ފާހާނާ ސާފު ކުރަން ބެހެއްޓިޔަސް ހުންނާނަމޭ، ދެން ހުރޭ ފާހާނާ ސާފުކުރަން
ސަމުސާ
24 March 2017
މޮވު
ހިޔާލު
24 March 2017
ގާސިމް ދެން އަތަފަނި ބޯއި
ސަމުސާ
24 March 2017
ހުސް! ފޮނި
މާލިމީ
23 March 2017
ރައީސްކަން ކުރައްވާ ކޮންމެ ބޭފުޅަކާދޭތެރޭ ވެސް ގާސިމްގެ ކިޔާލު ހުންނަގޮތް. ރައީސްކަން ނުލިބިގެން ތެޅިފޮޅެނީ.
ރަށުއަހަންމަދު
23 March 2017
ސަރުކާރަށް ދައްކަންޖެހޭ ފައިސާއަކީ ރައްޔިތުންގެ ފައިސާ. ރައްޔިތުންގެ ހައްގުގައިދޯ ފައިސާ ނުދައްކާ ނުދެނެހުރިކަމަށް ހަދާގެން ތިހުރީ. ލަދުމަދުކަމުން ރައްޔިތުންގެ ހައްގޭ ކިޔާފާ އޮޅުވާލަން އުޅޭނޭ ކަމެއްނެތް. ރައްޔިތުންގެ ފައިސާ މިހާރުން މިހާރަށް ދައްކަންވީ. އެއީ ޔާމީނުގެ ފައިސާއެއްނޫން.
އޭ އަހަންމަދާ
25 March 2017
މީރާ އަށްލިބޭ ލާރި އަކީ ރައްޔިތުންގެ ފައިސާކަމެއް ނުދެނަހުރިން
ސަންޕަ
23 March 2017
އަޅެ އަޖާއިބެކޭ! ކުރިން ބުނީ ރައީސް ނަޝީދަށް ވޯޓު ދޭށޭ! ދެން ބުނީ އެހެން ބުނެވުނީތީ މާފުކުރާށޭ! އިހައްދުވަހު ބުނީ ޔާމީނަށް ވޯޓު ދޭށޭ މިއަދު ތި ބުނަނީ އެހެން ބުނީތީ މާފްކުރާށޭ! ދެން އަޅުގަނޑަށް ގާސިމް މާފްކުރައްވާ ގާސިމް ބުނާހާ މީހަކަށް ނޫނިއްޔާ ގާސިމަށްވެސް ދެން ވޯޓެއް ދެވެން ނެތް. އަބަދު މަނިކުފާނުގެ ޗޮއިސް މި އޮންނަނީ ތިން އަހަރުބައިވާއިރު ފޭލިވެފައި މަނިކުފާނުގެ ކައިރީ
ޢަބްދުﷲނާފިޒު
24 March 2017
ގާސިމް ބުންޏަސް ނުބުންޏަސް މިގޭން ޔާމީނަށް ދޭނެ ވޯޓެއް ނެތް، ވެރީ ސޮރީ.
ޒުބައިރު
23 March 2017
"ސިފައިންނާއި ފުލުހުންގެ ހައްގުގައި އަޅުގަނޑު ނުކުތީ. ނުލާހިކު އިޚުލާސްތެރިކޮށް އަޅުގަނޑު ބުނީ ޕިޔޯނެއްގެ ވަޒީފާ ވެސް އަދާކުރަން ތައްޔާރޭ. އެކަމަކު އަޅުގަނޑަށް ނުދިނޭ ރައްޔިތުންގެ މަޖިލިހުގެ ކޮމެޓީއެއްގެ މުގައްރިރު ކަން ވެސް، ނައިބު މުގައްރިރުކަން ހާ ހިސާބު ވެސް. ރައީސް ނަޝީދުގެ ވެރިކަމުގައި ފެށުނީއްސުރެ އިގުތިސޯދީ ކޮމެޓީގެ މުގައްރިރަކީ އަޅުގަނޑު. ކޮންމެ އަހަރަކު ބަޖެޓް ދިރާސާކުރާ ކޮމެޓީގެ މުގައްރިރަކީ އަޅުގަނޑޭ،" ގާސިމް މިވަރުވީމަ އެބަ އެނގޭ ދޯ ކިހިނެއް ވެގެން ކަން މި އުޅެނީ!! ހަމަ މަގާމާ ބާރު ނުލިބިގެން
އަފިހުން ގޮއްޔެ
24 March 2017
ޒުބައިރު ތިބުނީ ވަރަށް ރަނގަޅު ވާހަކައެއް، ޔާމީނެކޭ ގާސިމެކޭ، މިކަމުގަ ހަމަ އެއްވެސް ތަފާތެއް ނެތް.
އަލިފުޅު
23 March 2017
އެކޮޅުކޮޅުން އެލުވާކަށް ނުޖެހޭނެ މީހަކު ބިމުގައި ފައިޖަހާލާއިރަށް ބިރުން ހީސްލެޗޭމީހެއް ތިހެންބުނީމައި އަންނަނީ ހިނި
ސަމްސު
24 March 2017
މުޅި މިކޮމެންޓު ތްރެޑުގާހުރި އެންމެ މަޖާކޮމެންޓު.
ޢަބްދުﷲނާފިޒު
24 March 2017
އަލިފުޅާ، މިހާރު ގާސިމްބެ ބިރު ފަހަނައަޅާ ހިގަންޖެޔޯލަ، ހީހީހީ
މުހަންމަދު
23 March 2017
ދެއިރު ދެދަޅަޔަށް ދެގޮތަށްވާހަކަދައްކާ، އެއްވެސް ލަދެއްނެތްމީހެއްގެ ވާހަކަ ޤަބޫލުކުރެވޭނެގޮތެއް ނުވިސްނޭ!