25 އޯގަސްޓް 2025 - 18:15
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބިންތަކެއް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ދޫކުރި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ އިސް މުވައްޒަފަކު މިއަދު ސަސްޕެންޑުކޮށްފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ އަންހެން މުވައްޒަފު ސަސްޕެންޑުކުރީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ހުޅުމާލެ އަދި ތިލަފުށިން ބިންތަކެއް ދޫކުރި މައްސަލައެއްގަ އެވެ.
އޭނާއާ ގުޅޭ މައްސަލަތަކެއް އޭސީސީން ވެސް ބަލަމުން އަންނަ ކަމަށް މައުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވި އެވެ.
ނަމަވެސް އެ މުވައްޒަފު ސަސްޕެންޑު ކުރަންޖެހުނު މައްސަލައިގެ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.
މިހާރު ގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު މަގާމާ ހަވާލުވެވަޑައިގެންނެވިތާ ކުރީކޮޅު އެޗްޑީސީގެ ބައެއް ޑިޕާޓްމަންޓުތަކުގެ ވެރިން އެ މީހުންގެ މަގާމުގެ ޒިންމާތަކުން އެކަހެރި ކުރި އެވެ. އަދި މިހާރު ވަނީ އެ ފަސް ވެރިން އެހެން ޑިޕާޓުމަންޓުތަކަށް ބަދަލުކޮށްފަ އެވެ.
ގެދޮރުވެރިޔާ/ބިންވެރިޔާ ސްކީމާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވުމާ އެކު، އެޗްޑީސީގެ މުވައްޒަފުންތަކެއް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވެސް ސަސްޕެންޑުކުރި އެވެ.
އެ މައްސަލައާ ގުޅިގެން 17 މީހަކު ސަސްޕެންޑުކޮށް، އޭގެ ތެރެއިން ތިން މީހަކު ވަޒީފާއިން ވަކިކޮށްފައިވާއިރު އެކަކު އަމިއްލައަށް ވަކިވެފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.
ބާކީ 13 މީހުންގެ ސަސްޕެންޝަން އުވާލުމުން މިހާރު އަނބުރާ މަސައްކަތަށް ނުކުންނަން ފަށާފައިވަނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގަ އެވެ. އަދި ބައެއް މީހުން މަގާމުން ވަކިކުރުމުގެ ލޭބަ ޓްރައިބިއުނަލަށް ގޮސް މައްސަލަ ވަނީ ކާމިޔާބު ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަނީނާ
26 August 2025
މާ ކުރިން އުވާލަން ވެފަ އޮތް ތަނެއް. އަބަދުވެސް ތިކަމެއް ތިތާގަ ހިނގާ. ރައީސް އިބޫ ސޯލިހް އިރުވެސް ވަރަށް ކަންތައް ހިންގި ތަނެއް. މިހާރުވެސް. ކުރީގެ މައްސަލަ ތަކާ މިހާރު މައްސަލަތަށް ބަލާ. މިކަން ހައްލުކުރަން ވެއްޖެ. ނާޖާއިޒް ފައިދާ ހޯދި މީހުން ޖަލަށް ލާ މި ކަންތައް ހުއްޓުވަން ވެއްޖެ.
ސަރު
26 August 2025
މިސަރުކާރުގައި ކިތަންމެ ނުލަފާކަމެއްކުރިއަސް ކުރާނީ ސަސްޕެންޑް، މުސާރަވެސް ހިގާނެ، ހުކުމެއް ކުރެވޭވަރަށްވުރެ ބޮޑެތި ނުފޫޒު ފޯރުވޭ ބޭފުޅުންހެން ހީވަނީ،
އެހެންތަ
26 August 2025
ކޮން މިސަރުކާރެއް އެސަރުކާރެއް ކިޔާކަށް ކޮންމެސަރުކާރެ އޮތަހަމަ ވަނީއެއްކަމެއް މަތީމަގާމުތަކުގަ ތިބޭމީހުން ބޭނުން ހުރިހާގޮތެއްވާނެ ނިކަމެތިން އިތުރަށް ނިކަމެތިވާނެ.....
ވެލިފުއް
26 August 2025
ތި ހުޅުމާލޭގެ ވެލިފުކެއްވެސް ކޮރަޕްޝަނާ ނުލައި ނޯންނާނެ. ތިތަން ހިއްކީ ބޯހިޔާވަހިކަން ނުލިބި ތިބި ބަޔަކަށް ބޯހިޔާވަހިކަން ހޯދައިދޭން. 70 އަހަރުވީ މައްސަލައަކަށް ހައްލު ހޯދަން. އެކަމަކު ތި ރަށުގެ ބިމުގެ އޮޑިޓެއް ހަދައިފިއްޔާ ފެންނާން އޮންނާނީ ބޯހިޔާވަހިކަމަށް ދިން ބިންތަކުގެ ދެގުނަ މުއްސަނދިން އިތުރަށް މުއްސަނދިވުމަށް ދީފައި އޮންނަ ކަމަށް.
ބޯޓުދެލި
25 August 2025
ތިރަށްވެސް އެޓޯލްސް މިނިސްޓްރީގެދަށުން ކަތީބަކު ލައިގެން ކަންކަން ބަލަހައްޓަންޖެހޭގޮތަށް ބަދަލުކުރަންޖެހޭ. މިސާލަކަށް ހ.ދ މާމިގިލު ކައުންސިލް އުވާފަ އެރަށަކީ އެކްސް.ވައި.ޒެޑް ކުންފުންޏޭ ކިޔައިގެން ހިންގުން އެއީ ހަމަޖެހޭ ކަމެއްނޫން.
ދަގަތްފާނު
25 August 2025
ތިޔަ ކ.މާލޭ ހިސާބުގަނޑުގަ ތިކަހަލަ ސަކަރާތެއް ނުޖަހާ ދުވަހެއް އެބަދޭތަ، އެކަމަކު ރަށްރަށު ކައުންސިލްތައް ފަހަތުން ނުނެއްޓިގެން އުޅެނީ.
ބެއްޔާބެރު
26 August 2025
ތި ރައްރަށުގެ ކައުންސިލްގަތިބީ ހުސް ހުދުފޮތިތަ އަޅެފަހެ؟
ފެންނަގޮތް
25 August 2025
އެއް ބަޔަކީ ކުރިން ކައިގެން ބަނޑު ފުރައިގެން ތިބި މީހުންނެވެ، އަނެއް ބަޔަކީ މިހާރު ކަމުން ބަނޑު ފުރާ މީހުންނެވެ، ދެން އަންނާނެ ބަޔަކީ ކައިގެން ބަނޑު ފުރާނެ މީހުންނެވެ، ކުރިން އައި މިހާއަށް ވެސް، މިހާރު ހުރި މީހާ އަށް ވެސް، ދެން އަންނާނެ މީހާވެސް، އައިސް ދާނެއެވެ، މިކަމަކަށް ބަދަލެއް އަންނާނެ ހެނެއް ހިޔެއް ނުވެއެވެ. އެހެންތާ ވަނީވެސް އެހެނީ، ކޭމީހާ ކެއީ، ކާމީހާ ކަނީ، ކާނެ މީހާ ކާނީ، އޭނާ ސަލާމަތް ވާނެވަރަށް ދީގެންނެވެ،ދިނީމަ ނުކާ މީހަކު ނުހުރެއެވެ
ފުރިހަމަވުން
25 August 2025
ހުސް ފަޒުލު ތިޔަ އުޅެނީ ތިޔަ ތާނގަ ދެއްތޯ؟ މަތިން ތިރިޔަށް ފަޒުލު. ކުދި ސޯބުތައް އެނބުރޭނި ބޮޑެތި ސޯބު އެނބުރޭ ގޮތަށޭ ބުނަނީ މިހެންވެ.. ދެން އަވަހަށް ފުލް މުސާރަދީފަ ގޭގަ އަރާމު ކުރަން ބަހައްޓާފަ ހައެއްކަ މަސްފަހުން ތިޔަށްވުރެއް ބޮޑު މުސާރަލިބޭ ވަޒީފާއަކަށް ނެރުނީމަ ހުރިހާކަމެއް ފުރިހަމަވީ..
ޖާހުންވައްކަން
25 August 2025
ސެންޓްރަލް ޕާކް ކާރިހަދަމުންދާ ޖާހްގެ ދަގާޑަންސް ގެ ކޮރަޕްޝަން ބަލައި އެޗްޑީސީން ފިޔަވަޅުއަޅަނީ ކޮން އިރަކުންތޯ؟ ކޮބާތޯ ޖާހް އަށް ބިންދީގެން 6 އަހަރުވަންދެން ޖާހް އަށް ނާޖާއިޒް ފައިދާ ނަގާދިން މުވައްޒަފުންނަކީ؟
ހުޅުމާލެއިން
25 August 2025
ހުޅުމާލެއަކީ އެ ތަނުގެ ކޮންމެ ކަމެއް ކޮރަޕްޝަނާއި ފަސާދައާ ގުޅިފައި އޮތް ރަށެއް. އެ ނޫން ގޮތަކަށް އެއްވެސް ކަމެއް އެ ރަށުގައި ނެތޭ ބުނެވޭ ވަރަށް ކަންކަން އެކި ދުވަސްވަރު ތިބި އެކި މީހުން ވަނީ ކޮށްފައި.
އިސްޕޭން.
25 August 2025
ދެވަނަ ސަދޫމް އޭ ތޯ ތިޔަ ވިދާޅުވަނީ ؟
އަލީބެ
25 August 2025
ވަގުންގެ ލޮބުވެތި ގައުމު. ގައުމީ ސަލާމް ކީމަ ނިމުނީ.