ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ--
25 އޯގަސްޓް 2025 - 18:25
ހދ. ނޮޅިވަރަމްގައި 30 އެނދުގެ ހޮސްޕިޓަލެއް އަޅަން ނިންމައި، އެ މަސައްކަތް މި އަހަރު ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ހދ. އަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި މިއަދު އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ ސިއްހީ ދާއިރާގެ މަސައްކަތަކީ އެ ރަށުގައި ކޮންމެހެން ވެސް ކުރަން ޖެހިފައި އޮތް މަސައްކަތެއް ކަމަށެވެ.
އެގޮތުން، ދެހާސް މީހުން ދިރިއުޅޭ އެ ރަށުގައި އަޅަން ނިންމާފައި ވަނީ 30 އެނދުގެ ހޮސްޕިޓަލެއް ކަމަށް ރައީސް ވިދާޅުވި އެވެ.
އެ މަޝްރޫއު ނިންމުމާ ހަމައަށް މިހާރު ހުރި މަރުކަޒަށް ގެނެވެން ހުރި ބަދަލުތައް ގެނައުމަށް މަސައްކަތް ކުރައްވާނެކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ އެތެރެހަށީގެ ޑޮކްޓަރެއް ގެނެސް އަދި އެކްސްރޭ މެޝިނާއި ދަތުގެ ފަރުވާއަށް ބޭނުންވާ ކަންކަމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށެވެ.
ނޮޅިވަރަމްގައި ހޮސްޕިޓަލް އަޅަން ނިންމާފައި ވާއިރު ހދ. އަތޮޅުން ހަނިމާދު އާއި ށ. މިިލަންދޫ، ނ. ވެލިދޫ، ކ. ތުލުސްދޫ، އދ. މާމިގިލި، ވ. ފެލިދޫ އަދި ތ. ވިލުފުށީގައި ވެސް ހޮސްޕިޓަލް އަޅަން ނިންމައި، އެ މަސައްކަތް އެކި ކުންފުނިތަކާ މިހާރު ވަނީ ހަވާލުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޒަމީރާާ
26 August 2025
މި ރަށަށް އެންމެ ބޭނުންވާ ވަޒީފާގެ ފުރުސަތުތަށްވެސް މީގެ ސަބަބުން ތަނަވަސްވެގެންދާނެ.
މިގްދާދްް
26 August 2025
މިއީ ރައްޔިތުންގެ އިހްސާސްތަށް ދަންނަ ހެޔޮ ވެރިޔެއް. ޝުކުރިއްޔާ ރައީސް.
ގުރައިސާ
26 August 2025
ކުދި ކުދި ރަށްރަށުގެ މިފަދަ ބޭނުންތައް ފުއްދުމަށްޓަކައި ރައީސް ކުރައްވާ މަސައްކަތުން ހާމަވަނީ ރައީސް އަކީ ހުރިހާ ރައްޔިތުންގެ ރައީސެއްކަން
ތެފައާސާ.
26 August 2025
އަންނަނީ އަންނަނީ އެއްގައި 2 އަހަރު މިއޮއްގެން ދަނީއޭ!!!
އަތްބަޅޭ
26 August 2025
ކުޑަހުވަދޫ ހޮސްޕިޓަލުގެ އައު އިމާރާތް ހުޅުވަން ތައްޔާރު ވެއްޖެ.
ސަމޭދު
26 August 2025
ކޮބައިހޭ ހުޅުމީދޫ ޞިއްޙީމަރުކަޒު ހޮސްޕިޓަލަކަށް ބަދަލު ކުރުން. މިދިޔަ އަހަރު ޖުލައި މަހުގައި މަސައްކަތް ފެށޭނެޔޭ ރައީސް ވިދާޅުވި.
ގުއިއްޒު
25 August 2025
ގައުމަށް ހާދަ ފައިސާއެއް އބަލިބެޔޭ ދޯ. ދެރަކަމަކީ އެއްވެސް ކަމެއް ނުފެށޭތީ. ކޮންމެ ރަށަކަށްއަރާ ފަށަނީ ފަށަނީ ކިޔަކަސް އަދި ކަމަކު ނުދޭ ބޭޅާ.
ސަމޫހްް
26 August 2025
އަދި 3 އަހަރު އެބައިން. ކެތްކުރޭ. އިބޫ ހެދިހެން ވާނޭ ކިޔާފަ ނުބަޗާނެ.
ދ.ކުޑަހުވަދޫ
25 August 2025
ކޮބައި ކުޑަހުވަދޫގައި އަލަށް އަޅަން ސޮއިކުރި ހޮސްޕިޓަލްގެ މަސައްކަތް؟ ހަރާމް /// ކުރާ އެެއްވެސް މަސައްކަތެއް.
ތ.ދިޔަމިގިލި
26 August 2025
އަދި އިންތިޒާރުކޮށްލައްވާ، ހުރިހާތަނެއްގެ މަސައްކަތް އެއްކޮށް ފައްޓަންވެގެން އެ މަޑުކުރަނީ، ބަލްކުކޮށް އެއްޗެހި ގެނެސް އަގުހެޔޮ ކުރުވަންވެގެން، އަދި އެއުޅެނީ ހުރިހާ ތަނަކަށް ބޭނުންވާނެ ވެލި ސިމެންތި، ހިލަ އަދި ދަގަނޑުގެ އެސްޓިމޭޓް ހެދުމުގަ، ހުރިހާ އެއްޗެއް ފައިނަލްކޮށް ބޮޑު އެއް އޯޑަރު ޖަހާނީ، އޭރުން ރާއްޖޭގެ ހުރިހާ ރަށަކަށް ބޭނުންވާ ވަރަށް ތަކެތި އެއްފަހަރާ ގެނެވޭނެ، އަދި އެވެސް ގެންނާނީ ހީވާގޮތުން ޔޫރަޕުން،