ެއެސްޓީއޯ: ކޯހާއި ބޮންޑުގެ މުއްދަތު ފުރިހަމަނުކޮށް އެސްޓީއޯގެ ވަޒީފާއިން ވަކިވުމުން 7 ލައްކަ ރުފިޔާ ދޭން ވަނީ ހުކުމް ކޮށްފައި
26 އޯގަސްޓް 2025 - 10:05
އެސްޓީއޯގެ ހަރަދުގައި ރާއްޖޭން ބޭރުން ކިޔެވުމުގެ ފުރުސަތު ދިން މުވައްޒަފަކު އެ ކޯސް ފުރިހަމަ ނުކޮށް، އަދި ބޮންޑުގެ މުއްދަތު ހަމަނުވަނީސް ވަޒީފާއިން ވަކިވެފައިވާތީ، ބަދަލުގެ ގޮތުގައި ހަތް ލައްކައެއްހާ ރުފިޔާ 14 ދުވަހުގެ ތެރޭގައި ދައްކަން ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
އެސްޓީއޯ އިން ސިވިލް ކޯޓުގައި ދައުވާކުރީ އެ ކުންފުނީގެ ސްޕޮންސަޝިޕްގައި 2010 ވަނަ އަހަރު ބެޗްލާސް އޮފް ސައިންސް އިން ފުޑް ސައިންސް އެންޑް ނިއުޓްރިޝަން ކޯހުގައި ބައިވެރިކުރި މުވައްޒަފަކު އެ ކޯސް ފުރިހަމަ ނުކޮށް، ބޮންޑުގެ މުއްދަތުގައި ވަޒީފާއިން ވަކިވެފައިވާތީ އެވެ.
އެ ކުންފުނިން ދައުވާގައި ބުނެފައިވާ ގޮތުގައި އެއީ އެ މުވައްޒަފާ އެކު ވެފައިވާ އެއްބަސްވުމާ ހިލާފު ކަމެކެވެ. އެހެންވެ، އެ ކޯހަށް އެސްޓީއޯއިން ކުރި ހަރަދު މުވައްޒަފުގެ އަތުން ނަގައިދިނުމަށް ދައުވާގައި އެދިފައިވެ އެވެ.
މި ދައުވާއަށް މުވައްޒަފުގެ ފަރާތުން ކޯޓަށް ޖަވާބުދާރީއެއް ނުވެ އެވެ. އެހެންވެ، ހުކުމް އިއްވާފައިވަނީ އޭނާގެ ޣައިރު ހާޒިރުގަ އެވެ.
ސިވިލް ކޯޓުގެ ހުކުމްގައި ބުނީ ކޯހަށް އެސްޓީއޯގެ ފަރާތުން ހަރަދުކުރި ފައިސާގެ ތެރެއިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ނުދައްކާ އޮތް 770،311ރ. އަކީ މުވައްޒަފުގެ ފަރާތުން އެސްޓީއޯއަށް ދައްކަން ޖެހޭނެ ފައިސާ ކަމަށެވެ.
އެ ފައިސާ 14 ދުވަސް ތެރޭ ދައްކައި ހަލާސްކުރަން މުވައްޒަފުގެ މައްޗަށް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ާއަހެ
26 August 2025
ދައުލަތުގެ ހަޒާނާއިން ވައްކަން ކުރާ މީހުން ފިނި ކޮޓަރީގައި
ޜަށުތެރެއިން
26 August 2025
ފިލާޥަޅެއް. ސަރުކާރު އަދި ކުންފުނި ޚަރަދުގައި ކިޔަވައިފައި ވަޒީފާއިން ވަކިވުމަކީ ދެރަކަމެއް
ޚާޓިބު
26 August 2025
ވަރަށް ރަނގަޅު ނިންމުމެއް. ކިތައް މީހުންތޯ ދައުލަތުގެ ލާރިން ކުންފުނި ތަކުން ނާޖާއިޒް ފައިދާ ނަގައިގެން ގައުމަށް ފައިދާ ނުވެ އަމިއްލަ ޖީބު ބޮޑު ކުރީ. އިބްރަތެއް ކަމުގައި މި ނިންމުން ރަނގަޅު.
ރަޒީން މާޡިން
26 August 2025
ސަރުކާރުން މިލިޔަން މިލިޔަނުން ހަރަދުކޮށްގެން ކިޔަވައިދިނީމާ ބޭރުގައުމުތަކުގަ ވަޒަންވެރިވެ ގައުމަށް ޙިދުމަތެއް ކޮށްނުދީ ނުވިތާކަށް އެޙަރަދޔވެސް ނުދޭ ޑަކުޓަރުންނާ އިންޖިނޭރުންތަށް ކޮބ؟؟
އަފްރާސިޔާބު
26 August 2025
އެއީ ޚާއްސަ ބައެއް. އިންސާނިއްޔަތަށް ޚިދުމަތްދޭން ތައްޔާރުވެ ތިބޭމީހުން ކަންކުރާނީ އެގޮތަށް.
ކޮފް ސިރަޕު2
26 August 2025
ކަލޯ އަވަހަށް އަތުގައި ހުރި ލާރި ކޮޅާއި ގޯތި ގެ ގެދޮރު 7 ދުވަހުގެ ތެރޭގައި ވިއްކާލައިފައި އެމީހުންގެ ލާރި ކޮޅު ދީ ޚަލާސް ކުރެވޭތޯ ބަލާބަލަ އިނގޭ!