އެމެރިކާގެ އުފެއްދުމެއް ކަމަށްވާ "ޑރ ޕެޕާ": މި އުފެއްދުން ރާއްޖޭގައި ވިއްކުން ވަނީ މަނާކޮށްފައި.
26 އޯގަސްޓް 2025 - 16:57
ނުރައްކާތެރި މިންވަރަކަށް މާއްދާއެއް އެކުލެވޭ އެމެރިކާގެ އުފެއްދުމެއް ރާއްޖޭގައި ވިއްކުން މިއަދު މަނާކޮށްފި އެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނެރުނު ބަޔާނެއްގައި ބުނީ އެމެރިކާގައި އުފައްދާފައިވާ ބުއިމެއް ކަމަށްވާ "ޑރ ޕެޕާ"ގައި ބެންޒޮއިކް އެސިޑް ކިޔާ މާއްދާއެއް ހުންނަން ޖެހޭ މިންވަރަށް ވުރެ އިތުރަށް ހުރުމުގެ ސަބަބުން އެ އުފެއްދުން ބާޒާރުން ނެގުމަށާއި ނުވިއްކަން އަދި ނައްތާލުމަށް އަންގާފައިވާ ކަމަށެވެ.
އެ އުފެއްދުން ރާއްޖެއަށް އެތެރެކޮށްފައިވާ ކަމުގެ މައުލޫމާތު ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް (އާރުއޭއެސްއެފްއެފް) މެދުވެރިކޮށް އެ އޮތޯރިޓީއަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އެމްއެފްޑީއޭ އިން ބުންޏެވެ.
"ވީމާ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މި އުފެއްދުން ދިވެހިރާއްޖެއަށް އެތެރެ ނުކުރުމަށާއި ނުވިއްކުމަށް އަދި ބޭނުން ނުކުރުމަށް އަންގަމެވެ،" އެ ބަޔާނުގައި ބުންޏެވެ.
އިތުރު މައުލޫމާތު ހޯދުމަށް އެމްއެފްޑީއޭއަށް ގުޅުމަށް އެ ބަޔާނުގައި ވަނީ އިރުޝާދު ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މުޙައްމަދު123
26 August 2025
ސިނގިރޭޓުގައި ނިކޮޓިން ހުންނަންޖެހޭ މިންވަރަށް ހުންނާތީ އެތެރެކޮށް ވިޔަފާރިކުރަނީ
ޚކެނީފައި
26 August 2025
ޢެއްޗެއް އެތެރެ ކުރިކަން މި އެނގެނީވެސް ފަރަންޖީން ބުނީމަ. ޢެހެންނޫން ނަމަ އަހަރަމެން ތިބޭނީ ތި ބޮއެގެން ގަހުގައި
ތަކަނޭ އޭ
26 August 2025
ތިޔަބޭފުޅުން ހުއްދަ ދީގެން އެތެރެ ކުރިއިރު، އެތެރެ ކޮށްފައު ހުރީ ކޮންބައެއްކަން އެގެންވާނެތާ
އަންތަރީސް.
26 August 2025
މިގައުުގައި ގަދަކަމުން ދޮންކެޔޮ ދޮންކުރަން ޖަހާކެމިކަލޯ، އެކަން ނުބަލަނީ ކީއްވެތޯ، ކޮބަ އިންސާފު. ޑރ ޕެޕާ ނުބޮއި ދޮންކެޔޮކައިގެން ކެންސަރު ޖެހުނަސް އޯކޭދޯ