އަދީބުގެ އެމްޓީޑީ އުވާލަން އިލެކްޝަން ކޮމިޝަނުން މިއަދު ވަނީ ނިންމާފައި --
26 އޯގަސްޓް 2025 - 19:43
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިސްވެ 2018 ގައި އުފެއްދި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކްސް (އެމްޓީޑީ) އުވާލަން އިލެކްޝަން ކޮމިޝަނުން ނިންމައިފި އެވެ.
އިލެކްޝަން ކޮމިޝަނުން އެމްޓީޑީ އުވާލަން ނިންމީ ގާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަނުކުރެވުމުގެ ސަބަބުންނެވެ. ގާނޫނު ބުނާ ގޮތުން ސިޔާސީ ޕާޓީއެއްގައި އެންމެ މަދުވެގެން 3،000 މެންބަރުން ތިބެން ޖެހޭނެ އެވެ.
މީގެކުރިން ވެސް 3،000 މެންބަރުން ހަމަނުވާތީ، އެ ޕާޓީއަށް ފުރުސަތު ދިނެވެ. އެ ފުރުސަތުގައި އެ ޕާޜީން އެ އަދަދަށް މެންބަރުން ހަމަ ވެސް ކުރި އެވެ.
ނަމަވެސް، ކޮމިޝަނުން މިއަދު ވަނީ އެމްޓީޑީ އުވާލަން ނިންމައި، އެކަން ގެޒެޓްކޮށްފަ އެވެ. އަދި އެ ޕާޓީން އަދާކުރަންޖެހޭ ދަރަންޏެއްވާ ނަމަ، މި މަހުގެ ނިޔަލަށް، އެކަން އެ ޕާޓީއަށް ހުށަހަޅައި، ނިންމަން ވަނީ އަންގައިފަ އެވެ.
އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ބޮޑު ތުހުމަތެއް އޮތް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިސްކޮށް ހުރެ އުފެއްދި އެމްޓީޑީ މީގެކުރިން ބައެއް ސިޔާސީ ހަރަކާތްތައް ހިންގި ނަމަވެސް، މި ފަހުން އެ ޕާޓީގެ އެއްވެސް ހަރަކާތެއް ނެތެވެ.
ކުރީގެ ސަރުކާރުން އަދީބު ޖަލުން މިނިވަންކުރުމުން، މިހާރު ދިރިއުޅެނީ ރާއްޖޭން ބޭރުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފަން އާއިލާ
27 August 2025
ސުންޕާ ނަމަކީޔޭ ދޯ ޑެމޮން ކުރަފި އަކީ. އެ ނަން ކިޔައިގެން ހަމަ ހިނގާ ގޮތެއް ނުވެޔޭ ދޯ ރާއްޖެޔަކު
ވާންޗޯ
27 August 2025
ގޯރުނުދޯރު މީ މަޖާ ނަމަ އިނގޭ
ވާންޗޯ
27 August 2025
އަދީބު ބަލި ތައް؟ ކިހިނެތްވެފަ އެއްހުރީ؟
ޥަގުތުން
27 August 2025
ނޫސްވެރީންވެސް، އަދީބުހުރިތަނެއް ހޯދަންޖެހެއެވެ. ފާރަވެރިވާންޖެހޭ...
އުވާލާށޭ
26 August 2025
އުވާލާ އުވާލާ. ތިޕާޓީތަކާ ހުރެ ހަމަޖެހިގެން ދިރިއުޅެވޭކަށް ނެތް. ކޮންމެ ދެމީހަކު ޕާޓީ ހަދައިގެން މިގައުމު ފަސާދަކޮށް ނިމިއްޖެ..
ހޯޅް
26 August 2025
ހުރިހާ ޕާޓީތައް އުވާލާ. ކީއްކުރާ ބައެއް.
ވާންޗޯ
27 August 2025
ލޮލް، އާރ
ގޯރުނުދޯރު
26 August 2025
ދިވެހި ތާރީޚުގައި 9 ވަނަ ހަސަން ރަސްގެފާނުވެސް ރާއްޖެއިން ބޭރަށް ގޮސް ކައިގެން ގައިގަ ވަރުޖައްސައިގެން ރާއްޖޭގެ ވެރިކަން ބޭނުންވެގެން ރާއްޖެއާ ތޮޅެން ގުރާބުތަކާ ނައުފަހަރު ފޮނުވި. އެކަމަކު އޭރުވެސް އެކަން ނުވިފަދައިން އަދަކުވެސް އެކަމެއް ވާކަށް ނެތް..