މިދިޔަ ހުކުރު ދުވަހު ލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރެމަސިންހަ ހައްޔަރުކޮށްގެން ގެންދަނީ. -- ފޮޓޯ: އޭއެފްޕީ
26 އޯގަސްޓް 2025 - 20:53
ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރި ކަމުގެ ތުހުމަތުގައި މިދިޔަ ހަފްތާގައި ހައްޔަރުކުރި، ސްރީ ލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރެމަސިންހަ މިއަދު ކަފާލާތުގެ ދަށުން މިނިވަންކޮށްފި އެވެ.
އުމުރުން 76 އަހަރުގެ ރަނިލްގެ ބަންދާ މެދު ގޮތެއް ނިންމަން ބޭއްވި އަޑުއެހުމުގައި ބައިވެރިވެ ވަޑައިގަތީ ހޮސްޕިޓަލުގައި އޮންނަވައިގެން ޒޫމް މެދުވެރިކޮށް ކަމަށް ރަނިލްގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) އިން ބުންޏެވެ.
ރަނިލް ހައްޔަރުކޮށް ޖަލުގައި ބަންދުކޮށްފައި ހުއްޓާ އޭނާގެ ހާލު ބޮޑުވެ އައިސީޔޫގައި ވަނީ ފަރުވާ ދީފަ އެވެ. ހިތުގެ ބައްޔާއި ހަކުރު ބަލި ވެސް ހުންނަ ރަނިލްއަށް އަދިވެސް ފަރުވާ ދެމުން ގެންދާ ކަމަށް އޭނާގެ ޕާޓީން ބުންޏެވެ.
ރަނިލް ދޫކޮށްލަން ކޮލަމްބޯ ފޯޓްގެ މެޖިސްޓްރޭޓް ނިލުޕުލީ ލަންކަޕޫރާ ނިންމެވީ ސަލާމަތީ ގޮތުން ވަރުގަދަ ފިޔަވަޅުތަކާ އެކު ކުރިއަށް ގެންދިޔަ ދިގު އަޑުއެހުމަކަށް ފަހު ފަސް މިލިއަން ރުޕީސް (16،600 ޑޮލަރު) ގެ ބޮންޑެއްގެ ދަށުންނެވެ.
ކޯޓު އަޑުއެހުމުގެ ކުރިން އިދިކޮޅު ސިޔާސީ ފަރާތްތައް ހިމެނޭ ގޮތަށް އެތައް ސަތޭކަ ސަޕޯޓަރުންނެއް ވަނީ ކޮލަމްބޯގެ މެދުތެރޭގައި ހުންނަ ކޯޓު ކައިރިއަށް އެއްވެފަ އެވެ. އެއްވުން ކޮންޓްރޯލް ކުރުމަށް ފުލުހުން ވަނީ އެ ސަރަހައްދުގެ ވަށައިގެން ބެރިކޭޑް ވެސް ޖަހައިފަ އެވެ.
ރަނިލްގެ މައްޗަށް އުފުލާފައިވަނީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ހަވާނާގައި ބޭއްވި ޖީ77 ސަމިޓާއި ނިއު ޔޯކްގައި ބޭއްވި އދ.ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ފަހު އެނބުރި ގައުމަށް ވަޑައިގަތް މަގުމަތީ އިނގިރޭސިވިލާތުގައި މަޑުކުރައްވައި އަނބިކަނބަލުންގެ ގްރެޖުއޭޝަން ހަފްލާގައި ބައިވެރިވެ ވަޑައިގަތުމުގެ ތުހުމަތެވެ. މި ދަތުރަށް ދައުލަތުން 55،000 ޑޮލަރު ހޭދަކޮށްފައި ވާއިރު އަމިއްލަ ބޭނުމެއްގައި އިނގިރޭސި ވިލާތަށް ވަޑައިގަތުމަކީ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުން ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.
ރަނިލް ހައްޔަރުކުރީ ވަރަށް އާދައިގެ ތާކުންތާކު ނުޖެހޭ މައްސަލައެއްގައި ކަމަށް ބުނެ ކުރީގެ ރައީސުން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ. އަދި މިއީ ރަނިލް އެނބުރި ވެރިކަމަށް ވަޑައިގެންފާނެތީ، ޑިމޮކްރަސީ މަރާލުމަށް ހިންގި ނޭއްގާނީ އަމަލެއްގެ ގޮތުގައި ވަނީ ސިފަކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަބުނީ
27 August 2025
ޓަސް އެރަނގަޅުވީ ހުރިހާބަލިތަކުން.. ސިޔާސީ ކުއްވެރިންނާއި، ނުހައްގުން މުއްސަނދިވާ މީހުން އާއްމުކޮށް ބަންދުކުކުރާއިރަށް، ކޯޓަށް ކިޔާލާއިރަށް ވ ހާލުދެރަވާނެ.. ލޮލް.
ދަމަނީ ދަމަނީ
27 August 2025
ތިޔަ ތަނުގަ ހިންގާ ޑިމޮކްރަސީގެ އަގު ނަގަނީ މިކޮޅުން. ޅަންކާ3 ބޭންކް ތެރެއިން އެމީހުން ބޭރުގައާއި ލަންކާގަ ހުރި އެކައުންޓް ތަކަށްޑޮލަރާ ޔޫރޯ ބޭރު ކުރާ ވަރެއްވެސް ނޭނގޭ..ދުނިޔޭގެ ބޯޓު ދުއްވާ ބޮޑެތި ކުންފުނި ތަކުން ރާއްޖެ އަށް އަގުހެޔޮކޮށް ލިބެން ހުރި ސްލޮޓްތައް ނަގައިގެން ތިބެ ކޮންޓޭނަރު ތައް ލަންކާ އަށް ބާލަން މަޖުބޫރު ވަނީ ކީއްވެ؟ މިރާއްޖޭގެ ޓުވަރިޒަމްގެ %25 އެއޮތީ އަތްދަށުގަ.. ދަރީންނޭ ހޭލާ ..ލަންކާ އައުޓް ވާންޖެހޭ...