ބޮލީވުޑްގެ އެކްޓަރު ރިތިކް ރޯޝަން އާއި އޭނާގެ ލޯބިވެރިޔާ ސަބާ އާޒާދު.
27 އޯގަސްޓް 2025 - 12:23
ބޮލީވުޑްގެ އެކްޓަރު ރިތިކް ރޯޝަންގެ އެޕާޓްމަންޓެއް 13،000ރ. ގެ ކުއްޔަކަށް އޭނާގެ ލޯބިވެރިޔާއަށް ދީފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އިންޑިއާގެ މުމްބާއީގައި ޖޫހޫ ސަރަހައްދުގައި ހުންނަ ރިތިކް ބީޗް ފްރޮންޓް ލަގްޒަރީ އެޕާޓްމަންޓެއް އޭނާގެ ލޯބިވެރިޔާ އަދި ލަވަކިޔުންތެރިޔާ/އެކްޓްރެސް ސަބާ އާޒާދަށް ވަނީ ކުއްޔަށް ދީފަ އެވެ. ސަބާއަށް އެ އެޕާޓްމަންޓް ކުއްޔަށް ދިނީ މަހަކު 75،000 ރުޕީސް (13،178ރ.) އަށް ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.
އެތަން ކުއްޔަށް ދިނުމަށް ރިތިކް ސަބާއާ އެކު އެއްބަސްވުމުގައި ސޮއިކުރީ މި މަހުގެ ހަތަރު ވަނަ ދުވަހު ކަމަށާއި ޑިޕޮސިޓުގެ ގޮތުގައި ސަބާ 1.25 ލައްކަ ރުޕީސް (21،963 ރުފިޔާ) ދައްކާފައިވާ ކަމަށް ވެސް ނޫސްތަކުގައި ބުނެފައިވެ އެވެ.
އެ އެޕާޓްމަންޓަކީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ރިތިކް ގަތް އެއް އިމާރާތެއްގައި ހުރި ތިން އެޕާޓްމަންޓުގެ ތެރެއިން އެއް ތަނެވެ. އެ އިމާރާތުގެ 18، 19 އަދި 20 ވަނަ ފުލޯ އޭނާ ގަތީ 97.5 ކްރޯޑް ރުޕީސް (17.1 މިލިއަން ރުފިޔާ) އަށެވެ.
ރިތިކް އާއި ސަބާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ރަސްމީކޮށް ހާމަކުރީ ބޮލީވުޑްގެ ޑައިރެކްޓަރު ކަރަން ޖޯހަރުގެ 50 ވަނަ އުފަންދުވަސް ފާހަގަކުރުމަށް 2022 ވަނަ އަހަރު ބޭއްވި ޕާޓީގަ އެވެ. އޭގެ ފަހުން ދެ މީހުން އެކުގައި ވަގުތު ހޭދަކޮށް، ސޯޝަލް މީޑިއާގައި ޕޯސްޓުތައް ވެސް ކުރެ އެވެ.
ރިތިކް ކުރިން ކައިވެނިކޮށްގެން އުޅުނީ ސުސޭން ޚާންއާ އެވެ. އެކުގައި 14 އަހަރު އުޅުމަށް ފަހު އެމީހުން ވަކިވީ 2014 ވަނަ އަހަރު އެވެ. އެ ކައިވެންޏަށް ދެ ކުދިން ތިބެ އެވެ.
ރިތިކްއަކީ ބޮލީވުޑްގެ އެންމެ މުއްސަނދި އެކްޓަރުންގެ ތެރެއިން އެކަކެވެ. އޭނާގެ މިލްކިއްޔާތު 3،100 ކްރޯޑް ރުޕީސް (5.4 ބިލިއަން ރުފިޔާ) އަށް އަރަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޏަސއ
30 August 2025
ދެން ކަލޭންނަށް ކޮންކަމެއް. ކަލޭން ވެސް ތަންތަން ކުއްޔަށް ދެނީ ހަމަ.
ބައޔެއް
31 August 2025
އެއް ކޮޓަރީގެ ގުދަނެއްވެސް 13000 އަށް މި މީހުން ދެނީ، ރިތިކް ވަރެއް ނެތް
2025
29 August 2025
ކަލޯ އެންމެ 13 ހާސް.....ބޮއިހަލަކި
މަަހާ
27 August 2025
ރިތިކްގެ ލަގްޒަރީ ބީޗް އެޕާރޓްމަންޓުވެސް މާލޭގެ ކުޑަ އެއް ރޫމް އެޕާރޓްމަންޓަށް ވުރެ އަގުހެޔޮތާ ދޯ.
ސޮލޮމަން
28 August 2025
ތެދެއް ތި ބުނީ! އެ އެޕާރޓްމެންޓް ޔޫ ޓިއުބުން ދުށިން! ވ ސަޅި ޓޮޕް ލަގްޒޫރިޔަސް ތަނެއް އެޭ ! މިހާރަކަށް އައިސް ފިލްމުސްޓަރުންގެ އެޕާރޓްމެންޓް ތަކަށް ޓީވީ ހޯސްޓެއް ވަދެ ޓުއާ ދައްކާ އެގޮތުން ފެނުނީ! އެކަމކު އެހާ ސަޅި ފުރިހަމަ ތަނެއް އެއްމެ 13000ރ! ވެދާނެ ސަބާ އަށް ަގުހެޔޮކޮށް ދިނީ ކަމަށް
ގުޑީ
27 August 2025
ރިތިކްއަށް ވިސްނޭ. ލޯބިވެރިޔަކަސް މުދާ ބެހުމަކީ ރަނގަޅު ގޮތެއްނޫން.