ޑްރެޖާ ރޫޓް.
27 އޯގަސްޓް 2025 - 18:17
ރަސްމާލޭ ހިއްކުމުގެ މަސައްކަތް ކުރަމުންދާތީ އެ ސަރަހައްދުގައި ޑައިވް ނުކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު އެދިއްޖެ އެވެ.
އެ ކުންފުނިން ކުރި އިއުލާނެއްގައި ބުނީ ރަސްމާލޭ ބިން ހިއްކުމުގެ މަޝްރޫއުގެ ސައިޓް ސީ އާއި އީ އިން ވެލި ނަގަން ހަމަޖެހިފައިވާ ބޮރޯ އޭރިއާތަކާއި ބޮރޯ އޭރިއާ އާއި ބިން ހިއްކާ ސައިޓާ ދޭތެރޭ ކޮންޓްރަކްޓަރެއްގެ ޑްރެޖަރު 24 ގަޑިއިރު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އެޗްޑީސީން ވަނީ ބިން ހިއްކުމަށް ވެލި ނަގަން ހަމަޖެހިފައިވާ ބޮރޯ އޭރިއާގައި ޑްރެޖަރު ހަރަކާތްތެރިވާނެ ސަރަހައްދާއި އެ ތަނުގައި ޑްރެޖާ ދަތުރުކުރާނެ ރޫޓުގެ ޗާޓެއް ވެސް އާންމުކޮށްފަ އެވެ.
އެ ކުންފުނިން ބުނީ އެ ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދުތަކުގައި އުޅަނދު ފަހަރު އަޅައިގެން ތިބުމާއި ޑައިވްކުރުން ފަދަ ކަންކަން ކުރުމަކީ ރައްކާތެރިިކަމެއް ނޫން ކަމަށެވެ. އަދި އެ ސަރަަހައްދުން ކަނޑު ދަތުރުކުރާ ފަރާތްތަކުން ރައްކާތެރިކަމަށް ސަމާލުކަން ދިނުމަށް ވެސް އިލްތިމާސްކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މުޑަހަންޖާ
27 August 2025
ކ.ދ ރަސްމާލޭ ހިއްކާއިރު ޑިޒައިން ބަދަލުކޮށް ރަށުގެ އެއްކޮޅުގައި ފަރުބަދަތަކެއް ހެދުން މުހިންމު. މީގެސަބަބުން ފަރުބަދަމަތީގެ ދިރިއުޅުން އެހިސާބު ރައްޔިތުންނަށްލިބި، ސައިފަތް ހައްދައިގެން އާމްދަނީ ހޯދޭނެ. އެއާއިއެކު ރާއްޖެއަށް ސައިފަތް އެތެރެކުރުން މަނާކޮށް، ހަރުކަށި އަދަބުތަކާއެކު ގާނޫނުހަދަންޖެހޭ.
ތަލަބޯ
27 August 2025
އެތެރެވަރިން ވެލިނަގާ އިކޯސިސްޓަމް ފޫވައްޓާ ތިލަނީ. އެތެރެވަރީގަ ވެލިއަރާ ތަނެއް އޮތީވިއްޔާ އެއްކޮށް ކަހާ ތިލަނީ
މަސަސދަ
27 August 2025
އިކޯ ސިސްޓަމެއް ބޭނުމެއް ނޫން، ބޭނުމީ ގޯތި އިނގިއްޖެ ބޯލްޑީ