ވިޔަފާރި / އިންޑިއާ

އެމެރިކާގެ އަދަބަށް ނުބަލައި އިންޑިއާ ނިންމީ ހިންދެމިލަން!

އިންޑިއާގެ ފްލިޕްކާޓު ކާރުހަނާއެއްގައި މުދާ ބަންދުކުރުމުގެ މަސައްކަތް ކުރަނީ. --ފޮޓޯ: އޭއެފްޕީ

28 އޯގަސްޓް 2025 - 09:00

24 comments

އެމެރިކާއަށް އިންޑިއާއިން އެކްސްޕޯޓުކުރާ މުދަލުން 50 ޕަސެންޓާ ހަމައަށް ޑިޔުޓީ ބޮޑުކުރުމުގެ ނިންމުމަށް އިއްޔެއިން ފެށިގެން އަމަލުކުރަން ފެށުމާ އެކު، ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރަށް ވަނީ އިގުތިސާދީ އާ މިސްރާބެއް ހިޔާރުކުރަން މަޖުބޫރުވެފަ އެވެ.

އިންޑޯ-ޕެސިފިކްގައި ސަރަހައްދީ ބާރު ދެމެހެއްޓުމަށް އެމެރިކާއަށް އިންޑިއާ ކިތަންމެ މުހިންމުވިޔަސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ މި ނިންމުން ގުޅިފައިވަނީ ރަޝިޔާއާ އެވެ.

އެމެރިކާއިން ބޭނުންވަނީ އިންޑިއާއިން ރަޝިޔާގެ ތެޔޮ ގަތުން ހުއްޓުވާށެވެ. އެހެންވެ، ރަޝިޔާއިން ތެޔޮ ގަންނާތީ އިތުރު 25 ޕަސެންޓުގެ "އަދަބެއް" އިންޑިއާގެ މުދަލުން ނަގާ 25 ޕަސެންޓުގެ ޓެރިފުގެ އިތުރުން ހިމެނީ އެވެ.

ނަމަވެސް، އެމެރިކާގެ މި "ބޭއިންސާފު" ފިޔަވަޅުތަކަށް ދޫދިނުމުގެ ވިސްނުމެއް އިންޑިއާގެ ނެތް ކަމަށް މޯދީ ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ. އިންޑިއާގެ 1.4 ބިލިއަން މީހުންގެ އާބާދީއަށް ބޭނުންވާ ތެޔޮ ހޯދާނީ އިންޑިއާއަށް އެންމެ ފައިދާ ބޮޑު ގޮތަކަށް ކަމަށް ވިދާޅުވަމުންނެވެ.

އިންޑިއާގައި ބޭރު ފައިސާ މާރުކުރާ ތަނެއްގައި މުވައްޒަފަކު ރުޕީސް އާއި އެމެރިކާ ޑޮލަރުތަކެއް ގެންގުޅެނީ. --ފޮޓޯ: އޭއެފްޕީ

އެ ފިޔަވަޅު މަތީގައި އިންޑިއާއިން ސާބިތުވެ އޮންނާނެކަމަށް ބުންޏަސް، އިންޑިއާގެ އިގުތިސާދީ ކުރިއެރުމަށް މިކަމުން ވަރުގަދަ ލޮޅުމެއް އަންނާނެކަމަށް އިގުތިސާދީ މާހިރުން ވަނީ ލަފާކޮށްފަ އެވެ.

ދުނިޔޭގެ ފަސް ވަނައަށް އެންމެ ބޮޑު އިގުތިސާދު، އިންޑިއާއިން އެންމެ ގިނަ އަދަދަކަށް މުދާ ބޭރުކުރަނީ އެމެރިކާ އަށެވެ. އެއީ ދެ ގައުމުގެ މެދުގައި އަހަރަކު ގާތްގަނޑަކަށް 212 ބިލިއަން ޑޮލަރުގެ ވިޔަފާރި އެވެ.

އިގުތިސާދީ މާހިރުން އަންދާޒާކުރާ ގޮތުގައި، ޑިޔުޓީ ބޮޑުކުރުމުގެ ސަބަބުން، އެމެރިކާއަށް މުދާ ބޭރުކޮށްގެން މި މި އަހަރު ލިބޭނެކަމަށް ބެލެވޭ 86.5 ބިލިއަން ޑޮލަރު، އަންނަ އަހަރު ގާތްގަނޑަކަށް 50 ބިލިއަން ޑޮލަރަށް ވެއްޓޭނެ އެވެ.

މިގޮތުން، ރަން ރިހީގެ ބާވަތްތަކާއި އަންނައުނު އަދި ކާޕެޓު ފަދަ ބާވަތްތަކުން އެމެރިކާއަށް ކުރާ އެކްސްޕޯޓު 70 ޕަސެންޓާ ހަމައަށް ވެއްޓި، އެތައް ހާސް ބައެއްގެ ވަޒީފާ ގެއްލުމުގެ ބިރު ބޮޑުކަމަށް ލަފާކޮށްފައި ވެ އެވެ.

ފުރަތަމަ އަމާޒު އެތެރޭގެ އިގުތިސާދަށް

"އަޅުގަނޑުމެންގެ އަމާޒަކަށް ވާންވީ އަމިއްލަ ފައިމައްޗަށް ތެދުވުން. މަޖުބޫރީ ހާލަތެއްގެ ބަދަލުގައި މިކަން ވާންވީ ގައުމީ ފަހުރަކަށް. އިގުތިސާދަށް ކުރިމަތިވެދާނެ ދަތިކަމަކާ މެދު ހިތާމަކުރަން ނުތިބެ، އަމިއްލައަށް އިސްވެ ހައްލުތަކެއް ހޯދަން ތެދުވަންޖެހޭ،" މި މަހު ފާހަގަކުރި އިންޑިއާގެ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ގައުމާ މުހާތަބު ކުރައްވައި މޯދީ ވިދާޅުވި އެވެ.

އިންޑިއާގައި ބޮޑުވަޒީރު ނަރެންދުރަ މޯދީ --ފޮޓޯ: އޭއެފްޕީ

އެ ހިތާބުގައި މޯދީ ވަނީ، އެމެރިކާގެ ފިޔަވަޅުތަކުން ކުރިމަތިވާނެ ލޮޅުންތަކަށް، އެތެރޭގެ އިގުތިސާދުން ފޫބައްދަން އަޅާ ފިޔަވަޅުތައް ވެސް އިއުލާނުކުރައްވައިފަ އެވެ.

މިކަން ކުރަން ނިންމާފައިވަނީ، އިންޑިއާގެ އެތެރޭގެ އިގުތިސާދަށް މަގުފަހިކުރުމުގެ ގޮތުން، މުދަލާއި ހިދުމަތުގެ އަގުން އާންމުންގެ އަތުން ނަގާ ޓެކްސް ރޭޓުތައް ކުޑަކޮށްގެންނެވެ.

މިގޮތުން، 12 ޕަސެންޓާއި 28 ޕަސެންޓުގެ ގިންތި އުވާލައި، ދެން ޖީއެސްޓީ ނަގާނީ ފަސް ޕަސެންޓާއި 18 ޕަސެންޓުގެ ރޭޓުގަ އެވެ. މައި ސަރުކާރުގެ ވިސްނުމަކީ 12 ޕަސެންޓުގެ ޓެކްސް ނަގަމުން އައި މުދަލާއި ހިދުމަތުގެ 99 ޕަސެންޓުގެ ޓެކްސް ފަސް ޕަސެންޓަށް ތިރިކުރުމެވެ.

މި ބަދަލުން، އާންމު ގޮތެއްގައި ބޭނުންކުރާ ގިނަ ބާވަތްތަކެއްގެ މުދަލުގެ އަގު ވަރަށް ބޮޑަށް ހެޔޮ ވާނެ ކަމަށް އިގުތިސާދީ މާހިރުން ވަނީ ލަފާކޮށްފަ އެވެ.

އިންޑިއާގެ ރޭލެއްގައި ކޮންޓެއިނަރުތަކެއް އުފުލަނީ. --ފޮޓޯ: އޭއެފްޕީ

އިންޑިއާގެ އުފެއްދުންތެރިކަމުގެ ނުވަތަ ޖީޑީޕީގެ 60 ޕަސެންޓު މިހާރު ވެސް ހިއްސާކުރަނީ އެތެރޭގެ އިގުތިސާދުންނެވެ.

މޯދީގެ ސަރުކާރުގެ އަމާޒަކީ، ޓެކްސް ރޭޓުތައް ކުޑަކުރުމުން، އާންމުން ކުރާ ހޭދަ މަތިކުރަން ބާރުއަޅައި އެތެރޭގެ އިގުތިސާދީ ދުވެލި ހަލުވި ކުރުމެވެ.

އެއާ އެކު ޓެކްސް އާމްދަނީ ގެއްލޭ ބައި، އެތައް ގުނައަކުން އެތެރޭގެ އިގުތިސާދީ ހަރަކާތްތައް ފުޅާކޮށްގެން މައި ސަރުކާރަށް އަނބުރާ ހޯދޭނެކަމަށް މާހިރުން އަންދާޒާކުރެ އެވެ.

އަދި ޓެކްސް ލުއިކުރުމުން، ބޭރުގެ އިންވެސްޓަރުންގެ ޝައުގުވެރިކަން ވެސް އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

24 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 29%
icon sad icon sad 0%
icon angry icon angry 7%
icon wow icon wow 0%
icon inlove icon inlove 64%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ާކަކުނިބޯ

28 August 2025

ޖީއެސްޓީ އާއިކުޅެގެން ގެއްލިދާންއޮތް ބޭރުފައިސާއެއްނުލިބޭނެ ސަބަބަކީ އެކްސްޕޯޓް އިން ޖީއެސްޓީ އުނިވާކަންމިހާރުވެސް އަދި ކުރިންވެސް

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

28 August 2025

ވޯލްޑް ބޭންކް ޤްރޫޕްގެ ޕްރެޒިޑެންޓް ކަމުގެ މަޤާމް ގައި އިންޑިޔާ އަށް ނިސްބަތްވާ ބޭފުޅަކު ހުންނެވި އިރު ގޫގަލް، Micro soft، އައިބީއެމް، You Tube، އެޑޯބް، Micron Technology، ފެޑެކްސް، Perplexity AI، ޗެނަލް، Ogilvy & Mather، ފްލެކްސް، PaloAlto Networks، ނެޓް އެޕް، Novartis، އަރިސްޓާ ނެޓްވޯކްސް، Cognizant، ހަނީ ވެލް، Vertex Pharmaceutical އަދި ހަނީ ވެލްގެ ސީއީއޯ އިންނަށްތިބީ އެޤައުމުގެ މީހުންނަކީ ކަޑަބައެއްކަމަށް އަހަރުމެން ބުނެއުޅޭ އިންޑިޔާ މީހުން.

The name is already taken The name is available. Register?

ބަލީފު

28 August 2025

1 ބިލިޔަން މީހުން ތެރެއިން 10 ވަރަކަށް މީހުން ހޮވާލެވުނީމަ ތީ ވަރަށް މޮޅު ކަމަކަށް ވީމަ ތި ކުރާ ކޮމެންޓްގެ ފެންވަރު އެނގޭ

The name is already taken The name is available. Register?

ރަދީފް އަލީ

29 August 2025

އިންޑިޔާ މީހުން މޮޅުވެގެން ވާ ކަމެއްނޫންއެއީ، ސުްޓެޓެޖިކް ސަބަބުތަކަށް އެމެރިކާއިން އެގޮތަށް މެޑޮލްކޮށްފަ އިންކަމެއް އެއީ، އިންޑިޔާ މީހުން އުފެއްދި ސުޓާޓަޕް ކުންފުންޏެއް ނެތް ތީގެތެރޭގަ. މުޅިންވެސް ތިހުރީ ދޮންނަސްލުގެ މީހުން އުފައްދާ ކޮޅަށްޖަހާފަ ހިންގަން އިންޑިޔާ މީހުންނާ ހަވާލުކޮށްފަހުރި ކުންފުނިތަށް

The name is already taken The name is available. Register?

އަޅޭެ

29 August 2025

އަގު ހެޔޮކޮށް ޓެކްނިކަލް މީހުން ހޯދަންށާ އިންޑިޔާގެ މާކެޓަށް ވަންނަން ވެގެން އިންޑިއާ މީހުން ލަނީ

The name is already taken The name is available. Register?

ބޭޗާރާ

30 August 2025

ބަލީފަށް ނޭގޫނު ކަމަކީ ބާކީ ދެންތިބި 5 ނުވަތަ 6 ބިލިޔަން މީހުންގެތެރެއިން އެކަކުވެސް މިމަގާމުތަކަށް ނުހޮވުނުކަން

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

28 August 2025

ޔުނިޓަރީ ރިޔާސީ ނިޒާމެއްގެ ނަމުގައި ރާއްޖޭގައި ވެރިކަން ހިންގަމުން މިގެންދާ "ޤަބީލާ ބާރުވެރިކަމެއްގެ މައްޗަށް ހިންގާ އެއްރަށް ދައުލަތް ވެރިކަމުގެ ނިޒާމާއި ޙިލާފަށް" އިންޑިޔާ އަކީ އެ ޤައުމުގެ މުއްސަނދި ކަމާއި ވަސީލަތް އިންޑިޔާގެ ހުރިހާ ސަރަޙައްދު ތަކަށް ޙިއްސާކުރެވޭ އަދި އަދުލުވެރިކަމާއި އެކު ދައުލަތުގެ މުއްސަނދި ކަމާއި ވަސީލަތް ބަހާލެވޭގިތަށް ހިންގާ Federal Parliamentary System އަށް ވެރިކަން ހިންގާ މަލްޓިޕާޓި ނިޒާމް އޮތް ޑިމޮކްރަޓިކް ދައުލަތެއް.

The name is already taken The name is available. Register?

ހޮނުރަބަލް

28 August 2025

ކެކެ. އެހެންވެ ބޮޑު ސަރަހައްދެއްގައި އަދިވެސް ފާހާނާ ކޮށްލެވެން ނެތީ

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

28 August 2025

ކުރީގެ ވެރިރަށް ބަދަލު ކުރުމަށްފަހު މިހާރު ވެރިކަންކުރާ ނިއުދިއްލީއަކަށް ނޫން މުޅި އިންޑިޔާގެ އިޤްތިސޯދާއި ވަސީލަތް ބަރޯސާ ކޮށްފައި ވަނީ. ނަތީޖާ އެއްގެ ގޮތުން ޑެއްލީގެ މައްޗަށް އިޤްތިސޯދީ ގޮތުން ބޮމްބޭ ގަދަވެގަނެ South Asia Financial and Entertainment Capital ގެ ގޮތުގައި ބޮންމޭ އޮތް އިރު Kolkata، ބެންގަލޯރ، Chennai. އަހްމަދު އާބާދު، Pune، ހައިދަތު އާބާދު، Visakhapatnam ޑެއްލީއާއި އެއްވަރެއްގައި ހިފަހައްޓާއިރު ލަކްނޯ އަދި ޖައިޕޫރު ވެސް ވާދަކުރޭ.

The name is already taken The name is available. Register?

ޕޮބްލ

29 August 2025

މޮޅު ވާހަކަ ދައްކަން އުޅެގެން ތި ގޮވެނީ ކޮސް

The name is already taken The name is available. Register?

އަލީމްގ

28 August 2025

އެމެރިކާގެ ޓެރިފްއާއި ގުޅޭގޮތުން މޯދީ އަދި އެއްވެސް ބަޔާނެއްވެސް އަދި ރައދެއްވެސް ނުދޭ، 5 ވަނަ ވިޔަފާރީގެ ބާރަކަށް ލިޔުމުން ވިޔަސް އިންޑިއާގެ ހުރިހާ މިސްރާބެއް ހުރީ ހިންދޫ މުސްލިމް ތަޅާފޮޅުމައް، އިންފްރާސްޓްރަކްޗަރ ހުރިހާކަމެއް ފެއިލްވެފަ، ކޮރަޕްޝަން އިންތިހާ

The name is already taken The name is available. Register?

އިންޑިޔާ ޒިންދާބާދު

28 August 2025

މި ފަހަރު ގޮވާނީ އިންޑިޔާ ޒިންދާބާދު. ބަރާބަރު ކަމެއް ތިކުރީ. ދެން ކުރަންވީ ޑޮލަރު އައުޓް.

The name is already taken The name is available. Register?

ސަނީސައިޑްބޮންޑް

28 August 2025

މޯދީ ސާރ ހާސްކަނޑާލާ، އެމެރިކާ ދޫކޮށްލާފަ ރަޝިޔާ-ޗައިނާ-އިންޑިއާ ޝާމިލްވާ އިޤްތިސާދީ ވަރުގަދަ ފައުންޑޭޝަނެއްހަދާލެވިއްޖެނަމަ އެމެރިކާޖެހޭނީ މަހަށްދާން. ދެރަކަމަކީ މުޅިދުނިޔެ އެމެރިކާގެ ގޮށްމުށުން ވަކިވިޔަސް ޢަރަބިން ތިބޭނީ އެމެރިކާބުނިގޮތެއްހަދާ ފަލަސްތީނު ސުންނާފަތިކުރާތަންބަލަން.

The name is already taken The name is available. Register?

ހާސަރު

28 August 2025

އެމެރިކާގެ އަޅުވެތިކަމުން ދުނިޔެ މިނިވަން ވުން ލަސްވަނީ ހަމަ މުސްލިމް އަރަބި ގައުމުތަކުގެ ސަބަބުން. އަރަބިން އެމެރިކާއަށް ނޫނެކޭ ބުނާދުވަހަކުން މިކަން ވާންއޮތީ. އެކަމަކު މާވަރުގަދަ ރަސްރަސްކަލުންގެ އަޅުވެތިކަމުގައި އަރަބިކަރައޮތީ!

The name is already taken The name is available. Register?

ފޫހި

28 August 2025

މޯދީ އެ ދެއްކީ ދިވެހިން ވެސް އިބްރަތް ހާސިލްކުރަންވީ ވާހަކަތަކެއް. މޯދީ ބުނުމުގެ ކުރިންވެސް އަހަރެމެންނަށް އެކަންއިނގޭ. މޯޑި އެމެރިކާއަށް ބަރޯސާވާވުން ކުޑަކުރަން ހިތްވަރުކުރާހެން ދިވެހިން އިންޑިޔާއަށް ބަރޯސާވާވުން ކުޑަކުރަން މަސައްކަތްކުރަންޖެހޭ. އިޤްތިޞޯދުއިތުރުކޮށް އުފެއްދުން ތެރިކަން ވަރުގަދަކޮށް ކުދި ވިޔަފާރިީގައި ބިދޭސީން ނޫޅެވޭނެހުރިހާކަމެއް ކޮށް ކުދިވިޔަފާރި ދިރުވަންޖެހޭ.

The name is already taken The name is available. Register?

ހެއްހޭ

28 August 2025

އިންޑިޔާ އަށް ބަރޯސާނުވެޔޭ! ވ.ފޫހި އަދި ރާއްޖެއަކަށް އެހިސާބަކަށް ނުދެވޭނެ،

The name is already taken The name is available. Register?

ނަމާސް

30 August 2025

ކުދިވިޔަފާރި މިހާރުވެސް ދިވެހިން ކުރެޔޭ. ޖެމްކިޔޫ އާއި އޮންލައިން ކެސިނޯގަ އަވަދިނެތި އުޅެނީ. ދެންތިބުނާ ޒާތުގެ ކުދިވިޔަފާރި ކުރަން ދިވެހިންނަކަށް ވަގުތެއްވެސް ނޯންނާނެ އަދި ހިތްވަރެއްވެސް ނޯންނާނެ

The name is already taken The name is available. Register?

ކޮއްކޮބެ

28 August 2025

އިންޑިޔާއައް ތޮޅެވޭނީ ރާއްޖެކަހަލަ ޖަޒީރާ ގައުމުމަކާ. އެމެރިކާ ކައިރީ އިންޑިޔާޖެހޭނީ ކުޑަކަކޫ ޖަހަން. މިއޮތްހާ ޒަމާނު އެމެރިކާއިން އިންޑިޔާއައް އެތެރެކުރިން މުދަލުން ނެގި ބޮޑު ޑިއުޓީ ކޮބާތޯ..... އެއްޗެއް ވިސްނޭތޯ ؟؟ މައި ފުރެންޑު ޑޮންލްޑް ޓުރަންޕަކީ މީހުން ސައިޒުކުރަން ދަންނަ ވެރިއެއް.

The name is already taken The name is available. Register?

ރަަދީފްއޮފިޝަލް /

28 August 2025

އަހަރެން މިއީ މޯދީއަށް އެއްވެސް ވަރަކަށް ސަޕޯޓްކުރާ މީހެއް ނޫން.ނަމަވެސް ޓެރިފް މައްސަލައިގަ މޯދީގެ ސްޓޭންޑް ވަރަށް ރަނގަޅު.މުޅި އިންޑިޔާ ކަނޑުގެ މަސްލަހަތު މިކަމުގައި މޯދީ އިސްކުރާތަން މިފެންްނަނީ.ޓްރަމްޕްގެ 4 ކޯލް މިސްކުރުން އެއީ ޓްރަމްޕް ސައިޒަށް ކަނޑަން މޯދީ ކުރިކަމެއްކަން ނޭނގުނު ދޯ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454