ޝަމްއާން: ކުލި ނުދައްކައިގެން އޭނާގެ މައްޗަށް ކުރި ދައުވާއެއް އަނބުރާ ވަނީ ގެންގޮސްފައި
28 އޯގަސްޓް 2025 - 12:25
އެސްޓީއޯގެ ފުޑްކޯޓަށް ކުލި ނުދައްކާތީ އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ކުރި ދައުވާ އެ ކުންފުނިން އަނބުރާ ގެންގޮސްފި އެވެ.
މިދިޔަ މާޗް މަހު މަގާމުން ވަކިކޮށް އަދި ޝަރީއަތް ނިމެންދެން ބަންދު ކޮށްފައިވާ ޝަމްއާންއާ ދެކޮޅަށް އެސްޓީއޯ އިން ދައުވާކުރީ އޭނާ އަށް ކުއްޔަށް ދޫކޮށްފައިވާ ފުޑްކޯޓްގެ ކުއްޔަށް އަދި މެއިންޓެނެންސް ފީ އަށް ވާ ފައިސާ ދައްކާފައި ނުވާތީ، އެ ފައިސާ ހޯދުމަށެވެ.
އެސްޓީއޯއިން އެދިފައިވަނީ 97،399 ރުފިޔާ އެވެ.
ނަމަވެސް، ސިވިލް ކޯޓުން އިއްޔެ ވަނީ އެސްޓީއޯ އިން ދައުވާ އަނބުރާ ގެންދަން ހުށަހަޅާފައިވާތީ މައްސަލަ ބާތިލްކޮށްފަ އެވެ.
ދައުވާ އަނބުރާ ގެންދިޔައީ ފައިސާ ދައްކާނެ ގޮތާ މެދު މަޝްވަރާކޮށް، އެއްބަސްވުމަކަށް އާދެވިފައިވާތީ ކަމަށް އެސްޓީއޯއިން ވަނީ ބުނެފަ އެވެ.
ޝަރީއަތް ނިމެންދެން މާފުށީ ޖަލުގައި ބަންދުގައި ޝަމްއާން ހުރި އިރު، އޭނާގެ މައްޗަށް ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އަދި މަނީ ލޯންޑްރިންގެ ދައުވާ ވަނީ އުފުލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މިކަމެއްވެސް ނުނިމުނުދޯ
28 August 2025
މިކަހަލަ އެންމެންނަށް ފުޑް ކޯޓުން، ގަލޮޅު ދަނޑު ސިޑިބަރިދަށުން، ލޯކަލް މާރުކޭޓުން މި ހުރިހާތަނަކުން ތަންތަން ލިބިގެން ބޮޑު ކުލީގަ އެހެން މީހުނަނަށް ދީފަ . ހުރިހާ ގޮތަކުންވެސް އެއްބަޔަކަށް ހުރިހާ މޮޅެއް