ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ބިއުރޯ ޗީފް، ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ނިހާން ހުސައިންމަނިކު ނޮވެމްބަރު 26، 2018 ގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަނީ: އެސްޓީއޯއަށް މިލިއަނެއްހާ ރުފިޔާ ދައްކަން ކުރި ހުކުމުގައިވާ ފައިސާ މިހާރު ވަނީ ދައްކައި ނިންމާފައި. -- މިހާރު ފައިލް ފޮޓޯ
24 ޖުލައި 2025 - 11:26
ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ބިއުރޯ ޗީފް، ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ނިހާން ހުސައިންމަނިކު އެސްޓީއޯއަށް މިލިއަނެއްހާ ރުފިޔާ ދެއްކުމަށް ކޮށްފައިވާ ހުކުމުގައިވާ ފައިސާ ދައްކައި ނިންމައި އެ މައްސަލައިގެ އިސްތިއުނާފް ހައި ކޯޓުން ނަގައިފި އެވެ.
ނިހާން އެސްޓީއޯއަށް 959،362ރ. ދައްކަން ސިވިލް ކޯޓުން ޑިސެމްބަރު 2019 ގައި ހުކުމްކުރީ ހާބަރު ފުޑްކޯޓެއް ފަސް އަހަރަށް ކުއްޔަށް ނެގުމަށް ފަހު އެތަނަށް ކުލި ނުދެއްކި މައްސަލައިގަ އެވެ. ނިހާންގެ ޣައިރު ހާޒިރުގައި ކުރި ހުކުމުގައި ބުނެފައިވާ ގޮތުގައި އެއީ އެ މައްސަލަ ހުށަހެޅުމާ ހަމައަށް ނުދައްކާ ހުރި ކުއްޔާއި މެއިންޓެނަންސް ފީ އާއި އެ ފައިސާ ނުދެއްކުމުން އަރާފައިވާ ޖޫރިމަނާ އެވެ.
އެ ފައިސާ ހަ މަސް ދުވަސް ތެރޭ އެސްޓީއޯއަށް ދައްކަން ކުރި ހުކުމް ހައި ކޯޓުގައި ނިހާން އިސްތިއުނާފު ކުރެއްވީ ޣައިރު ހާޒިރުގައި ކުރި ހުކުމަކަށް ވުމުން، ނިހާންގެ ފަރާތުން ހުށަހަޅަން ބޭނުންވާ ބައެއް ކަންކަމަށް ހުކުމުގައި ރިއާޔަތްކޮށްފައި ނެތުން ފަދަ ބައެއް ކަންކަން ހުރުމުންނެވެ.
ނިހާން ހުށަހެޅުއްވި އިސްތިއުނާފުގެ މައްސަލަ ބާތިލްކޮށް ހައި ކޯޓުން މި މަހުގެ ނުވަ ވަނަ ދުވަހު ނެރުނު، ދައުވާ ބާތިލްކުރުމުގެ ފޯމުގައިވާ ގޮތުން މައްސަލަ އަނބުރާ ގެންދަން ނިހާން ވަނީ މި މަހުގެ ހަތް ވަނަ ދުވަހު ހައި ކޯޓަށް ސިޓީއެއް ފޮނުއްވައިފަ އެވެ. ސިވިލް ކޯޓުގެ ހުކުމުގައި ބުނާ ފައިސާ ދެއްކުމަށް އެސްޓީއޯއާ އެކު ސެޓުލްމަންޓް އެގްރީމެންޓެއް ހަދައި "އެ އެއްބަސްވުން އެގްޒެކިއުޓްކޮށް މިހާރު ނިމިފައިވާތީ" މައްސަލަ އަނބުރާ ގެންދަނީ ކަމަށް ނިހާންގެ ސިޓީއާ ހަވާލީ ހައި ކޯޓުގެ ފޯމުގައި ބުނެފައިވެ އެވެ.
ނިހާން "މިހާރު" އަށް ވިދާޅުވީ ފައިސާ ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފައި އޮތީ ސީދާ އެސްޓީއޯއަށް ކަމަށް ވާތީ އެ ކުންފުންޏާ އެކު ކޯޓުން ބޭރުގައި ވަކި އެއްބަސްވެއް ހަދައި އެ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކަމުން ގޮސް މިހާރު ހުރިހާ ފައިސާއެއް ދައްކާފައިވާ ކަމަށެވެ. އިސްތިއުނާފަށް ހުށަހެޅި މައްސަލަ އަނބުރާ ގެނައީ އެހެންވެ ކަމަށް ނިހާން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކާފޫޜު
25 July 2025
ދެން ދީ ކެމްޕޭނު މެނޭޖަރުކަން. ތިހިރީ ހުދުފޮތިކޮޅަކަށް ވެފަ މިހާރު
ކޮރަލް
24 July 2025
ބޮޑެތި އެހެން މައްސަލަ ތައް ކޮބާތޯ އެވެ..؟ އެމްއެމްޕީއާރު.....
އިރެއްގަމީވެސް ފަލާހެއް؟
24 July 2025
މީނަ ގަދަވެފަ ބުނާބަސްތަށް އަޑުނީވޭތީ މިހާރު ހާދަހިތަށް ފަސޭހައޭ؟
ކަނބިލި
24 July 2025
މި ސިޔާސީ ނިޒާމަކީ ކޮރަޕްޝަަށް މަގުފަހިވާ ގޮތަށް އޮތް ނިޒާމެއް.ވެރިކަމަށް ކޮންމެ ބަޔަކު އަޔަސް އެބަޔަކު ބޭނުންވާ މަގާމުތަކެއް އުފައްދާ ރައްޔިތުންގެ ޓެކްސް ފައިސާއިން ބިޔަ މުސާރަ ދޭންވީ. ނިހާނަކީ ސިޔާސީ ބޭނުމަކަށް ބޮޑު މަގާމެއް ދީފައި ހުރި. މާބޮޑު ކަމެއް ކުރާކަށް ނޯންނާނެ. ބާރުތަކުގެ ވެރިންނަށް ތިބޭ މީހުން ރައްޔިތުންގެ ޓެކްސް ފައިސާއިން ނުބައްދަލު ބޮޑެތި މުސާރައަށް ސިޔާސީ ފައިދާއަށް ވަޒީފާތަކަށް މީހުންލުން ރެގިއުލޭޓު ކުރަންޖެހޭ
އުދުހޭ
24 July 2025
ތިޔަ ފުޑްކޯޓް ނިހާނަށް ލިބުނީ ކިހިނެތް؟ އަހަރެންވެސް ބޭނުން އެތަކުން ތަނެއް ނަގާފަ ބޮޑު އަގުގަ ކުއްޔަށްދޭން
މަ ބުނީ
24 July 2025
މަ ބުނީ ޑޮލަރު މާރުކޮއްގެން ދަރަނިހަލާސްވީދޯ ކެމްޕެއިނަށް ހަރުގެ ޖަލްސާއަން ނުކުންނަށްވާނެ އިނގޭ
ބަޑިތަކުރު
24 July 2025
ދައުލަތުން ފުޑްކޯޓާއި ފްލެޓާ ދިނީމާ އެތަންތަން ކުއްޔަށްދީގެން ދައުލަތަށް ދައްކަންވާ ވަރަށްވުރެ މާބޮޑު އެއްޗެއް އާމްދަނީގެގޮތުގައި ހޯދަމުންދާއިރު ދައުލަތަށްދައްކަންވާ އެއްޗެއްވެސް މިތިބެނީ ނުދައްކައެވެ. އެންމެ ހައިރާންވާ ކަމަކީ އެގޮތަށް ފްލެޓްތައް ބޭނުންކުރާ މީހުންނާމެދުވެސް ފިޔަވަޅެއް ނޭޅޭތީއެވެ.
އައްބާސް ނާޞިރު
24 July 2025
ތިޔަފައިސާ އަކީ އަސްލުގައި ނިހާން ގެ މައްސަލައަކުން ދައްކަންޖެހޭ އެއްޗެއް ނޫންކަން މަށަށް އިނގޭ! ތިޔަ ތަން އޭނާ އަށް އެސްޓީއޯއިން ބިޑުކުރަން ޑޮކިއުމަންޓް ގެންދިޔައީ މަ، ޑޮކިއުމަންޓް ހުށަހެޅައިދިނީ މަ! 2 ތަނަށް ބިޑުކުރި، އެއީ އެކަން އޮންނަ ގޮތް ބަލަން ކުރިކަމެއް. ރެސްޓޯރަންޓް ހިންގަން ކުރި ކަމެއްނޫން! 2 ތަނުން އެއްތަން ލިބުނީ! ކެންސަލް ކުރަން 1 ހަފްތާތެރޭ ހުށަހަޅަން އުޅުމުން އޭރުގެ އެކުވެރިއަކު އާދޭސް ކުރުމުން އެމީހުންނަށް ދިނީ. އަސްލަކީ މީ
ފޮނިޓައްޕު ހަސަނު
24 July 2025
"ބިޑް ޑޮކިއުމެންޓް ނެގީ އެކަން އޮންނަ ގޮތް ބަލަންށޭ " ރީތިކޮށްލަން ތިދެއްކި ވާހަކައެއް ގަބޫލު ކުރާނެ މީހަކު މިރާއްޖެއަކު ނެތް. ނިހާން އެތަން ނެގީ ބޮޑުއަގުގައި އެހެން ފަރާތަކަށް އެތަން ކުއްޔަށް ދިނުމުގެ ވިސްނުމުގައި، ނޫނީ ބަޔަކާއި ޕާޓްނަރު ވެގެން ހިންގަން. އެންމެ ފަހުން އަތަށް ގޮވީ.
ބެރޭ
24 July 2025
އެހުރިހާ ކަމެއް ކުރިއިރު ނިހާނު ހުރީ މިސްކިތުގަ ދޯ!
ހަސަން މުނީރު
24 July 2025
ރަނގަޅު އެއްވެސް ދަރަންޏެއް ބާއްވައިގެން ނުވާނެ! ކޯޓުތަކުގެ ހުކުމް ތަކަށް ތަބަޢަ ވާން ވާނެ