މީޑީއާ ކޮންޓްރޯލްކުރާ ބިލް"އާ ގުޅިގެން ނޫސްވެރިންގެ ހުރި ކަންބޮޑުވުންތައް ހައްލު ކުރުމަށް ރައީސް އޮފީހުން ޞާއްވާ ނޫސްވެރިންގެ ބައްދަލުވުން
28 އޯގަސްޓް 2025 - 18:59
މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލްހަންނާނު މަޖިލީހަށް ހުށަހެޅި "މިޑީއާ ކޮންޓްރޯލް ބިލު" އަނބުރާ ގެންދަން ލަފާ ނުދެއްވާނެ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ބޭއްވި ޕްރެސް ކޮންފަރެންސްގައި ވިދާޅުވުމުން ނޫސްވެރިންތަކެއް އެ ޕްރެސް ބޮއިކޮށްފި އެވެ.
ނޫސްވެރިންގެ ގިނަ ކަންބޮޑުވުންތަކެއް އޮތް ބިލު އަނބުރާ ގެންދަން ގިނަ އަދަދެއްގެ ނޫސްވެރިންނާއި މޯލްޑިވްސް މީޑިއާ ކައުންސިލް އަދި މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަނުން ވެސް ގޮވާލާފައިވާއިރު، ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އެ ބިލު އަނބުރާ ނުގެނެސް އިސްލާހު ކުރެވޭނެ ކަމަށެވެ.
އުޝާމް ވަނީ ބިލު އަނބުރާ ގެންދިއުމަށް ނަގަން ނުޖެހޭ ކަމަށް ގަބޫލުކުރައްވަނީ އޮގަސްޓް 2022 ގައި މީޑިއާ ކައުންސިލުން ފޮނުވާފައިވާ ބިލެއްގެ ޑްރާފްޓަކާއި މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި މާބޮޑު ތަފާތެއް އޮތް ކަމަށް ފެނިވަޑައިނުގަންނަވާތީ ކަމަށެވެ.
ބިލުގެ ކަންބޮޑުވުންތަކާ ގުޅިގެން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރަމުންދިޔަ ސުވާލުތަކަށް ބަންޑާރަ ނައިބު ޖަވާބު ދެއްވަމުން ގެންދެވީ 2022 ގަައި އެމްއެމްސީން ފޮނުވި ޑްރާފްޓާ ހަވާލާދީ އެވެ. އެކަމާ ގުޅިގެން ނޫސްވެރިން ވަނީ ޕްރެސް ކޮންފަރެންސް އޮތް ތަން ދޫކޮށް ނުކުމެފަ އެވެ.
ނޫސްވެރިން އެތަނުން ނިކުތުމުން ބަންޑާރަ ނައިބު ވަނީ ނޫސްވެރިންގެ ބައްދަލުވުން ނިންމާލައްވައިފަ އެވެ.
ބިލާ ދެކޮޅަށް ނޫސްވެރިން ރައީސް އޮފީސް ކުރިމަތީގައި އިހުތިޖާޖު ކުރަމުންދާއިރު، ބިލު އަނބުރާ ގެންދިއުމަށް މެންބަރުންނަށް ދެންނެވުމުގެ ވިސްނުން ނެތް ކަން އުޝާމް މިއަދު ހާމަކުރުމުން އެ އިޖުތިޖާޖު ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމަށް އެކަމުގައި އިސްކޮށް އުޅޭ ނޫސްވެރިން މިއަދު ހަވީރު ވަނީ ބުނެފަ އެވެ.
މި އަހަރުގެ ދެވަނަ ދައުރު ނިންމައި، މަޖިލިސް ޗުއްޓީގައި އޮއްވާ ދައުރުން ބޭރުން އިއްޔެ ބޭއްވި ޖަލްސާގައި އެ ބިލު ބަލައިގަނެ، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިހާރު ގެންދަނީ ބިލު ދިރާސާ ކުރަމުންނެވެ. އަދި އެ ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް ވެސް މަޖިލީހުގެ އިދާރާ އިން މިއަދު މެންދުރުފަހު އިއުލާންކުރި އެވެ.
އެ ބިލާ ގުޅިގެން ހުރި ކަންބޮޑުވުންތަކާ ގުޅިގެން އިއްޔެ ރައީސް އޮފީހާއި މުލިއާގޭ ދޮށުގައި ނޫސްވެރިން ވަނީ އިހުތިޖާޖުކޮށްފަ އެވެ. އަދި މިއަދު ހެނދުނު ފެށިގެން، ރައީސް އޮފީސް ކުރިމަތީގައި ހުންނަ "މީޑިއާ ފެންޑާ" ދޮށުގައި ނޫސްވެރިން ދަނީ އިހުތިޖާޖް ކުރަމުންނެވެ.
އެ އިހުތިޖާޖުތަކާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަނާއި ބައެއް ނޫސްވެރިންނާ މިއަދު ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި ރައީސް ވަނީ ބިލު އިސްލާހު ކުރައްވާނެ ކަމަށާއި މި ސަރުކާރަކީ 100 ޕަސެންޓް ޕްރޯ މީޑިއާ ސަރުކާރެއް ކަމަށް ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަޖައިބު އަންތަރީސް
29 August 2025
އަޖައިބު އަންތަރީސް ހީވޭ ތިޔަ ނޫސްވެެރިންގެ ވިސްނުން ހުންނަ ގޮތުން. ނޫސްވެރިކަން ނޫން ހުރިހާ ކަމެއް މޮނިޓަރކޮށް ރެގިއުލޭޓް ކުރެވެންޖެހޭނޭ ބުނާ ކަހަލަ. މި މީހުންމީ ކަންކަން ނުބެލެހެއްޓޭތީ އެންމެ ގިނައިން އެކަމަށް ފާޑުކިޔާ މީހުން. އެކަމަކު ނޫސްވެެރިކަމާ ޖެހުނީމާ ކަމަކުނުދޭ. ބައްލަވާ! ދޮގުހެދުމާ، މީހުންގެ އަބުރު ކަތިލުން މީ ބޮޑެތި ހަރާމް ކަންކަން. މިކަންކަމަށް ހުއްދައެެއް ނުދެވޭނެ އެއްވެސް އިންސާނަކަށް. ނޫސްވެރިން ކަނޑަައެޅިގެން ދޮގު ފަތުރާ!
އޮނަރަބްލް އަފީފު ދީދީ
28 August 2025
ރަނގަޅުނިޔަތަކާއި އުއްމީދެއްގައި Multi Party Democratic System ހޯދިކަމަށް ވިޔަސް ވޭތުވެދިޔަ 60 އަހަރު ދައުލަތުގެ މުއްސަނދިކަމާއި، ވަސީލަތްތަކުގެމައްޗަށް ނުޙައްޤުބާރުވެރިކަން ފޯރުވައިގެންތިބި ކ.މާލޭގެ ބޮޑުންނާއި، ރައްޔިތުންގެ އިލާހީ އެއްމެދުމުދާ އާދެ ފަޅުރަށްތަކުގެ މައްޗަށް ވެރިވެގަނެ، ކަނަމަދެއްވަރު ފައިސާކޮޅެއްދީފައި ކުރިއަށްއޮތް 4 ޖީލު ނެތިގެންދާއިރުވެސް އެމީހުންގެ މިލްކަކަށް ރަށްތައް ހަދައިގެންތިބި ސައުދާޤަރުން ތިބީ މިދެންނެވި ނިޒާމް ފުޑާލަން.
ޢަޙަން
30 August 2025
ކަލޭގެ ޙިޔާލެއް ބޭނުމެއް ނޫން.
އަހުމަދު މުހައްމަދު އަލީ
28 August 2025
އެމީހުން ދިޔަސް އޯކޭ. ލޭ މައްޗައް ދަންޏާ އެންމެ ރަނގަޅު ގޮތް އެއީ . ނޫސް ވެރިންނޭ ބުނީނަ ލަދުވެސް ގަތް. ދިވެހިން ރަނގަޅަށް ވާހަކަ ދައްކަން ވެސް ނޭނގޭ ބޭފުޅެއް ދުށިން. އަޅުގަނޑު ވިދާޅު ނުވަމެ ބުނެ. އަމިއްލައަކަށް ނުބުނާނެ ތިމަންނަ ވިދާޅު ނުވަމެކޭ .
ޕީއެންސީ ބޮޓެކޭ
28 August 2025
ރަނގަޅަށް ތި ހެދީ. ދުލާއި ގަލަމުގައި ތަޅު އަޅުވާ މީހުންގެ ވާހަކަތައް ގެނެސްދޭނެކަމެއް ނެތް!
އެހެން މީހަކު އުޅެފާނެތީތަ؟
30 August 2025
އަޒާން އެދުވަހު އުޅުނު ގޮތް ހަދާންކޮށްލާ.
އަޑަފި
28 August 2025
މާބޮލަށްފަސޭހަގޮތެއްތިވީ.