ޗައިނާގެ އަހަރީ ދުވަހުގެ ޖަލްސާއެއްގައި ރައީސް މުއިއްޒު ވާހަކަ ދައްކަވަނީ: ޗައިނާއިން ރާއްޖޭގައި ހިންގި އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއަކީ ބްރިޖް. -- ފޮޓޯ: މިހާރު
30 އޯގަސްޓް 2025 - 10:46
ރާއްޖޭގެ އުމްރާނީ ތަރައްގީގެ އެންމެ ވަރުގަދަ ބިނާ ކަމަށްވާ ސިނަމާލެ ބްރިޖު ހުޅުވިތާ މިއަދަށް ހަތް އަހަރު ފުރޭއިރު، އެ ބިނާ އިން ރަމްޒުކޮށްދެނީ ރާއްޖެ އާއި ޗައިނާގެ ގުޅުމާއި އިތުބާރު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އޮގަސްޓް 30، 2018 ގައި ބޭނުންކުރަން ފެށި މި ބްރިޖަކީ މާލެ ސަރަހައްދުގައި އުޅޭ މީހުންގެ ދިރިއުޅުން ބަދަލުކޮށްލައި، ދަތުރުފަތުރަށް ވަރަށް ބޮޑު ލުޔެއް ގެނެސްދިން ބިނާއެކެވެ. މިހާރު ކޮންމެ ދުވަހަކު އެތައް ސަތޭކަ ބަޔަކު، 1.4 ކިލޯމީޓަރުގެ މި ބްރިޖު ހުރަސްކޮށް، މާލެ އާއި ހުޅުލެ އަދި ހުޅުމާލެއާ ދެމެދުގައި ދަތުރު ކުރެ އެވެ.
ބްރިޖަށް ހަތް އަހަރު ފުރުމުގެ މުނާސަބަތުގައި އެކްސްގައި ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ބްރިޖާ އެކު ގައުމަށް އާ މަގުތަކެއް ހުޅުވިގެންދިޔަ ކަމަށެވެ. އެއީ ޕާޓްނާޝިޕަކުން ހާސިލުކުރެވޭނެ ކަންކަމާއި ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް އެއްބައިވަންތަކަމާއި އިތުބާރާއި ފަހި ފުރުސަތުތައް ދެމިގެންދާ ގުޅުންތަކުގެ ހެއްކެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރާއްޖެ އާއި ޗައިނާގެ ގުޅުން ރަމްޒުކޮށްދޭ އެންމެ ބޮޑު ބިނާއަށް ހަތް އަހަރުވެފައިވާއިރު ރައީސް މުއިއްޒު މިވަގުތު ހުންނެވީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތެއްގައި އެ ގައުމުގަ އެވެ.
Seven years ago today, the China-Maldives Friendship Bridge opened new pathways for our nation. It remains a proud testament to what true partnership can achieve and to the enduring bonds of unity, trust, and prosperity shared between Maldives and China. pic.twitter.com/2OlT1qk2MQ
— Dr Mohamed Muizzu (@MMuizzu) August 30, 2025
އެ ބްރިޖަކީ ޗައިނާ ސަރުކާރުގެ ބޮޑު އެހީއެއް ލިބިގެން ރާއްޖޭގައި ހިންގި އެ ފެންވަރުގެ އެންމެ ބިޔަ މަޝްރޫއު އެވެ. ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު އެ ބްރިޖަށް ހަރަދުވި އެވެ. އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާގެ ހިލޭ އެހީ އެވެ. ލޯނެއްގެ ގޮތުގައި 72 މިލިއަން ޑޮލަރު ދިން އިރު، ދިވެހި ސަރުކާރުން އެ މަޝްރޫއަށް 12 މިލިއަން ޑޮލަރު ހަރަދުކޮށްފައިވެ އެވެ.
އެ ބްރިޖު ބޭނުންކުރަން ފެށީއްސުރެ މިއަދާ ހަމައަށް ވެސް އެތަނުގެ މެއިންޓެނަންސްގެ ކަންކަން ބަލަހައްޓަނީ ބްރިޖުގެ މަސައްކަތްކުރި ޗައިނާގެ ސީސީސީސީ ކުންފުނިންނެވެ. އެ ކުންފުނިން އެ މަސައްކަތް ކޮށްދެނީ ހިލެ އެވެ.
ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހު، މިދިޔަ މެއި މަހުގެ ތެރޭގައި ވިދާޅުވި ގޮތުގައި ބްރިޖުގެ ހާލަތު އަދިވެސް ވަރަށް ރަނގަޅެވެ. ބްރިޖާ ގުޅިގެން ހެދި އިންސްޕެކްޝަނަށް ފަހު އޭނާ ވިދާޅުވެފައި ވަނީ ސިނަމާލެ ބްރިޖުގެ ހާލަތު އަދިވެސް ރަނގަޅީ އެތަން އިންސްޕެކްޓުކޮށް، ބެލެހެއްޓުމުގައި ޗައިނާގެ ޕްރޮފެޝަނަލް ޓީމެއް މަސައްކަތްކުރާތީ ކަމަށެވެ.
އެ ޓީމުގައި ޗައިނާގެ ޒުވާން އިންޖީނިއަރުންގެ އިތުރުން ބައެއް ދިވެހި ޒުވާނުން ވެސް މަސައްކަތްކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އައުސަމް މުހައްމަދު
31 August 2025
މިކަހަކަ މެގަ ޕްރޮޖެކްޓް ޔާމީން ދައުރުގައި ކުރިޔަށް ގެންދެވުނީ ސީދާ މުއިއްޒް ކަހަލަ ކައްޕިއެއް އޭރު ހުރީމަ.
އާނިމް މުހައްމަދު
31 August 2025
ސިނަމާލެ ބްރިޖް ހަގީގަތަކަށް ހެދުމަށް މަނިކުފާނު ކުރެއްވި މަސައްކަތަށް ފަށްފަށުން ޝުކުރިއްޔާ.
ވިސާނާ ސަޢީދު
31 August 2025
ބަޔަކަށް ގަބޫލު ކުރަން ދަތިވިޔަސް ބުރިޖުގެ އަސްލު މޭސްތިރި އަކީ އޭރުގެ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު އަދި އަދުގެ ޒައީމް ރައީސް މުއިއްޒު
ހި ތާ މަ
30 August 2025
ތި ދަތުރު ނިމުމުގެ ކުރިން ރާގު ބަދަލްވުމުގެ ފުރުސަތު އެބައޮތް ދެއްތޮ؟
އަސްލު ގަޓްރައީސް
30 August 2025
ތިވާހަކަ ދައްކަން އެންމެ ރަނގަޅުވާނީ ރައީސް ޔާމީން.
އޮނަރަބްލް އަފީފު ދީދީ
30 August 2025
އެންމެފަހުން ވެރިކަންކުރެއްވި ރައީސުންގެ ތެރެއިން ޔާމީން ވަނީ ވޯޓްހޯދުމަށް ވަޢުދުވި ބުރިޖް ދައުރު ނިމުމުގެ ކުރިން އަޅާ ބުރިޖް ހުޅުވާފައި. ރައީސް ސޯލިޙްގެ ވެރިކަމުގައި އަޅާން ފެއްޓެވި ބުރިޖް މަސައްކަތް ވެރިކަމުގެ ދައުރުގައި ނުނިމުނު ކަމަށްވިޔަސް ބާރަށް މަސައްކަތް ކުރިއަށް އެބަދޭ. މަނިކުފާނުގެ ކެމްޕޭނު ވައުދު ތަކުގެ ތެރެއިން އެންމެ ބޮޑު އެއް ވައުދަކީ އައްޑޫ ހުޅުމީދޫ ހިތަދޫ ގުޅާލާ ކޯއްޓޭ ބުރިޖް. ކޮން ދުވަހަކުންތޯ އައްޑޫ ބުރިޖް މަސައްކަތް ފައްޓަވަނީ؟
އޮނަރަބްލް އަފީފު ދީދީ
30 August 2025
މަނިކުފާނުގެ ދައުރުގައި އައްޑޫ ބުރިޖް މަސައްކަތް ފައްޓަވާ ދައުރުގެ ތެރޭގައި ނިންމައިފި ނަމަ، އެންމެ ފަހުގެ 3 ރަޢީސުންނަކީ ރާއްޖޭގައި އުމްރާނީ ތަރައްޤީއަށްޓަކާ މުހިންމު 3 ބުރިޖް އެޅުއްވި 3 ރައީސުން ކަމުގައި ތާރީޙްގައި ލިޔެވިގެން ދާނެ. އަދި ރައީސް ވައުދުވި އައްޑޫ ބުރިޖް ދައުރުގެތެރޭގައި ނިންމައިފިނަމަ، ވެރިކަމުގެ ދައުރުގައި ބުރިޖް އަޅާ ނިންމުމުގެ ރިކޯޑް ޕީޕީއެމް ނުވަތަ ޕީއެންސީގެ ސަރުކާރުތަކަށް ނުވަތަ ޕާޓީއަށް ލިބި ޕާޓީގެ ބަރުދަން ބޮޑުވެގެންދާނެ.
އޮނަރަބްލް އަފީފު ދީދީ
30 August 2025
އެހެންކަމުން އަހަރުމެން އައްޑޫމީހުންގެ އުއްމީދަކީ ހުއްޓި ކުރިއަށްނުގޮސް "ވާނުވާގައިއޮތް އައްޑޫ ބުރިޖްގެ މަސައްކަތަށް" ރައީސްގެ ޗައިނާ ދަތުރުފުޅުން ހައްލެއްލިބި ރާއްޖޭގެ މީހުންދިރިއުޅޭ ރަށްރަށަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އައްޑޫއަށް ވަޑައިގަންނަވާ ދަތުރުގައި ބުރިޖްގެ އަމަލީމަސައްކަތް ފައްޓަވާދެއްވާގޮތަށް ޗައިނާ ދަތުރުފުޅުގައި ބުތިޖްގެ ލޯނު ހަމަޖެހި ކޮންޓެރެކްޓަރެއް ހޯދަން އިއުލާން ކުރެވޭވަރަށް މަސައްކަތް ކުރައްވާނެ ކަމަށް.
އޮނަރަބްލް އަފީފު ދީދީ
30 August 2025
އައްޑޫ ބުރިޖް މަސައްކަތާއި ދެކޮޅުބަޔަކު "އައްޑޫ ބުރިޖަކީ ބޭކާރު ޙަރަދެއްކަމަށް، އަޑުފެތުރި ކަމަށްވިޔަސް" އައްޑޫސިޓީގެ ވަކިންއޮތް ހުޅުމީދޫ އަވަށް އެހެން އަވަށްތަކާއި އެއްގަމު މަގުން ދަތުރުކުރެވޭގޮތަށް ގުޅުވައިގެންނޫނީ ޙަޤީގީ ސިޓީއެއްގެ ގޮތަށް އައްޑޫ ތަރައްޤީ ނުކުރެވޭނެ. އަދި މި ބުރިޖްގެ ސަބަބުން ރައްޔިތުމީހާއަށް ވަރަށްގިނަ ލުއިފަސޭހަތައް ލިބިގެން ދިއުމުގެއިތުރުން، މިއީ ދައުލަތުން މިހާރުވެސް ކުރަމުންދާ ޙަރަދު އެތައްތަނަކުން ކުޑަ ކުރެވޭނެ ކަމެއް.
އޮނަރަބްލް އަފީފު ދީދީ
30 August 2025
އައްޑޫ ހުޅުމީދޫ ހިތަދޫ ގުޅާލާ ކޯއްޓޭ ބުރިޖް އެޅުމުން އައްޑޫގެ މަސްވެރިންނަށާއި، ކަނޑު ދަތުރުކުރާ ފަރާތްތަކަށް (ކާގޯ އުފުލާ އުޅަނދު ފިޔަވާ) އޮންނާނީ ހަމައެކަނި ހުޅުމީދޫ ބަނދަރު. ނަތީޖާއެއްގެ ގޮތުން މިހާރު ހުޅުމީދޫ އިން ފޭދޫއަށް އޮންނަ ފެރީ ނިޒާމް ބޭނުމެއްނުވާނެ. އަދި އަވަށްޓެރި އަތޮޅުތަކުން ކަނޑުމަގުން އަންނަމީހާ، ހުޅުމީދޫ ބަނދަރަށް އައުމުން މުޅި އައްޑުއަށް އެއްގަމު މަގުން ޕަބްލިކް ޓްރާންސްޕޯޓްގައި ދަތުރުކުރެވޭނެ ފަސޭހަ އިންތިޒާމް އޭރުން ހުންނާނެ.