06 ނޮވެމްބަރ 2025 - 18:51
ރާއްޖޭގެ ކޮންމެ ދިމާއަކަށް ބަލައިލިޔަސް، ފެންނަން އޮތީ ޗައިނާ އިން ފޯރުކޮށްދީފައިވާ ދީލަތި އެހީ ކަމަށާއި އުމްރާނީ ތަރައްގީގެ އިތުރުން އެކި ދާއިރާތަކުން ދެ ގައުމު ގުޅިގެން ކުރާ މަސައްކަތްތައް އިތުރަށް ހަލުއިވެފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޗައިނާ ޒިންހުއާ ނޫހަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ، ރާއްޖެ އާއި ޗައިނާއާ ދެމެދު ޒަމާނުއްސުރެ އުފެދިފައި އޮތް ގުޅުމުގެ ތެރެއިން ދެ ގައުމަށް ވެސް ގިނަ ގުނަ ފައިދާތަކެއް ލިބިފައިވާ ކަމަށެވެ.
މިގޮތުން، ރާއްޖޭގެ އުމްރާނީ ތަރައްގީ އަށް ޗައިނާއިން ފޯރުކޮށްދީފައިވާ އެހީތަކުގެ ސަބަބުން، އިގުތިސާދީ ގޮތުން ރާއްޖެ އަށް ގިނަ ދޮރުތަކެއް ހުޅުވި، އެކަމުގެ މަންފާ ސިޔާސީ އަދި އިޖުތިމާއީ ގޮތުން ވެސް ކުރަމުން އަންނަ ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
ނަމަވެސް، ދެ ގައުމުގެ ގުޅުން މިހާރު އޮތީ، ކުރިން ނުދެކޭ ފަދަ އުސްމިނެއްގައި ކަން ފާހަގަކުރައްވަމުން، ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، އުމްރާނީ ތަރައްގީގެ އިތުރުން ވިޔަފާރި، ދަނޑުވެރިކަން، މަސްވެރިކަން، މުވާސަލާތު، ސިއްހަތު، ތައުލީމު އަދި ޑިޖިޓަލް އިގުތިސާދު ފަދަ ގިނަ ދާއިރާތަކުން ގުޅިގެން ކުރާ މަސައްކަތްތައް ވަނީ ހަލުވި ވެފަ އެވެ.
"އަދި މި އަހަރުގެ ކުރީކޮޅު ދެ ގައުމުގެ ދެމެދުގައި ގާއިމް ކޮށްފައިވާ ފްރީ ޓްރޭޑް އެގްރީމަންޓް (އެފްޓީއޭ) އަށް އަމަލުކުރަން ފެށުމާ އެކު ދެ ގައުމުގެ ވިޔަފާރީގެ ގުޅުން ވަނީ މުޅީން އާ ހަރުފަތަކަށް ގެންދެވިފައި. އަދި މުސްތަގުބަލުގައި އެ ގުޅުން އިތުރަށް ވަރުގަދަވެ، ފުޅާވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ގާތް ގުޅުމުގެ ބިންގަލަކީ ރަހުމަތްތެރިކަމާއި އިހުތިރާމާއި އެއްބާރުލުންދިނުމުގެ ރޫހެވެ.
އަދި ބޮޑު ގައުމަކުން ކުދި ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ޗައިނާއިން ނަމޫނާ ދައްކަމުން އަންނަ ކަމަށާއި އެކަމުގެ ސަބަބުން ރާއްޖެ ފަދަ ކުޑަ ގައުމަކަށް ހިތްވަރު ލިބޭކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރާއްޖޭން އަބަދުވެސް "ވަން ޗައިނާ" ސިޔާސަތަށް ތާއީދުކުރާނެ ކަމުގެ ޔަގީންކަން ދެއްވަމުން، ރައީސް ވަނީ ދެ ގައުމު ގުޅިގެން ކުރިމަތިވާ އެކި ގޮންޖެހުންތަކުން އަރައިގަތުމަށް މަސައްކަތް ކުރައްވަން ރާއްޖޭން ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކޮބާތޭ
07 November 2025
ޗައިން ޔުއާން ރާއްޖޭގައި ބޭނުންކުރެވޭނެ ގޮތް ހެދުމަށް ޓަކައި ދެ ގައުމުން ސޮއިކުރިތާ މިއަދަށް 3 މަސްވަނީއޭ އެކަން ކުރަން ޖެހޭނެ ގޮތެއް ސަރުކާރުން ވެސް އަދި ބީއެމްއެލް އިން ވެސް ބުނެނުދޭ އަދި ވެސް ޑޮލަރުގެ އަގު ދަނީ މައްޗަށޭ އަލްޓަރނޭޓިވް ކަރަންސީ ތައް ބޭނުންކޮށްގެން އެންމެ ކުޑަވެގެން ޗައިން އިން މުދާ ގަތުން އެކަން ފަށަން އެބަޖެހޭ އެކަން ކުރަން ޖެހޭނެ ގޮތެއް ވެސް ވިޔާފާރިވެރިންނަށް ބުނެނުދެވޭ ބީއެމްއެލް އިން މިކަން ބުނެނުދެނީ ކިއެއްވެތޭ
ޙައްގުބަސް.
07 November 2025
ޗައިނާ އަކީ އަބަދުވެސް ދިވެހި ރާއްޖެއައް އެހީ ވާގައުމެއް.
ވައޮލިންސް
06 November 2025
އޭއައި ބޮޑަށް އާންމުވުމުގެ ސިއްރަކީ ޑީޕްސީކް މިރާއްޖޭގެ މީހުންނަށް ފެންނަނީ ޑީޕްސީކް އެކަނި ކަމަށްވިނަމަ ވެސް ޗައިނާ އަށް ދިއުމުން އިނގޭނީ އެގައުމުގައި ބޭނުންކުރާ އޭއައި ޓޫލްސް ތައް ސަރުކާރާއި އަދި ބޮޑެތި ކުންފުނި ތަކުގައި އާއި ބޮޑެތި ހޮޓާ ތަކުގައި އަދި އޮޓޮނޯމެސް ކާރުތަކުގައި އެބޭނުންކުރަނީ މުޅިން ވެސް އޭއައި އަދި 6 ޖީ މިހާރު ޗައިނާ ގައި ދަނީ އާންމު ވަސީލަތަކަށް ބޭނުންކުރަމުންނޭ ހުވާއޭ ވައްޓާލަން އެމެރިކާ ކުރި ހުރިހާ މަސައްކަތް ދިޔާފެނަށް
ގަމީސް
07 November 2025
6ޖީ އަކީ ވުޖޫދުގައި ނެތް ޓެކްނޮލޮޖީއެއް.
އޮނަރަބްލް ދަރު އަދުރޭ
06 November 2025
ތިޔަ ކިޔާ އެފްޓީއޭ އެއް ހަދައިގެން ގައުމަށް ވާނެ އެއްވެސް ފައިދާއެއްނެތް .އެފްޓީއޭ ހަދައިގެން ކުރިން އާމްދަނީ ގޮތަުގައި ލިބެނު ޑިއުޓީކޮޅު ލިބުން ހުއްޓި ޗައިނާއިން އެތެރެކުރާ މުދަލަށް ކަޅުބާޒާރުގެ ރޭޓުން ކާޑުން ލާރިކޮޅު ކަނޑާ ރައްޔިތުންގެ ޖީބު ހުސްވުން ނޫންކަމެއް ނުވޭ .
ބިގަން
06 November 2025
ވިންޑޯސް އޮޕަރޭޓިންގް ސިސްޓަމް އަށް ގޮން ޖަހާލާނެ އޮޕަރޭޓިންގް ސިސްޓަމް ހާރމަނީ އޯއެސް އެވަނީ ހުވާއޭ އިން ބާޒާރަށް ނެރެ ދުނިޔޭގައި އޮތް އެންމެ ބޮޑު އާބާދީ ތެރެއަށް އެ އޯސް އެންގޭޖްކޮށް ހަދާ އޭގެ ޖާދޫގައި މުޅި ޗައިނާ ރައްޔިތުންނާއި އެމެންނާއި ގުޅިފައިވާ ގައުމު ތަކުގެ ރައްޔިތުން ޖައްސަމުންނޭ 2026 ވަނަ އަހަރު ނިމޭއިރު ހާރމަނީ އޯއެސް ދުނިޔެ އަށް ފެތުރިގަންނާނެއޭ ޗައިނާ ދުނިޔޭގެ އެއްވަނަ އިގްތިސާދަށް އަންނަ އަހަރު ނިމޭއިރު ވާނެއޭ އިޓްސް ބިގަން..
އަފްރާސިޔާބު
07 November 2025
އަހަރެމެންނަށް 2.0ގެ ހުވަފެން ބަލައި ނިމިގެން ޔޫރަޕުގެ ނިދިން ހޭލެވޭނީ.
ޔަގީނޭ
06 November 2025
ޗައިނާ އިން އެބަޖެހޭ 1000 ޓްރިލިއަން ޔުއާންގެ ލޯނެއް ނަގަން 1000 އަހަރުން ދައްކާ ހަމަކުރާ ގޮތަށް ލޯން ދައްކާނީ ދިވެހިރުފިިޔާ އިން 1 ރުފިޔާ އެއީ 1 ޔުއާން ކަމަށް އެކްސްޗޭންޖް ރޭޓް ފިކްސް ކުރާނީ ކުރިއަށް އޮތް 1000 އަހަރު ވަންދެން އެއިރުން ދެން ޔޫއެސްޑޮލަރ ޑިޕެންޑެންސީ ދުއްވާލެވޭނެއޭ އެބަޖެހޭ ޓްރޭޑް މީޑިއަމް އަށް އަލްޓަރނޭޓިވް ކަރަންސީ އެއް އެޕްލައިކޮށް އެބޭނުންކުރަން ފަށަން ބެލެންސްކުރަން އެއިރުން ތަކެތި އަގުހެޔޮ ވާން ފަށާނެ ކަން ޔަގީނޭ ޔަގީނޭ
ޑޯޗާ
06 November 2025
ޗައިނާ ޔުއާން ރާއްޖޭގައި ބޭނުންކުރެވޭ ގޮތް ޗައިނާ ސަރުކާރުން ހަދާދީފިއޭ އިކޮން މިނިސްޓްރީ ގައި ތިބި 286 ޕްރޮސެސްޑް ލީޑަރޝިޕް ގެ ސަބަބުން އެކަން ކުރިއަށް ނުކަނޑާ އަދި ޑޮލަރުގެ އަގު ދަށްނުވެގެން އުޅެނީ ސަރުކާރުގެ ވުޒާރާތަކުގެ މަސައްކަތް ވަރަށް ސްލޯވ ފިރިހެނަކު ފެންނަ އިރަށް އަންހެން ވެރިން ޔޭއް ޔޭއް ކިޔާ ބްރޯކެން އިންގްލިޝް އިން ވާހަކަ ދެއްކުން ނޫން ކަމެއް ނުކުރޭ މިކަން ކަން އެބަޖެހޭ މިސަރުކާރުގައި ރަނގަޅުވާން ހޭއް ހޭއް ޑޯޗާ އައި ލައިކް ޗައިނާ އޯއް
އަޖުމަލު
06 November 2025
ހަޤީޤގަތަކީ އަދު ޗައިނާއަކީ އިގުތިސާދީ ގޮތުން އެންމެ ވަރުގަދަ ދުނިޔޭގެ ބާރުކަން. ހުޅަކުން ކިތަންމެ ފިއްތިޔަސް ޗައިނާ އެދަނީ ޑިޖިޓަލް ވާފެއާރގަ ވެސް ކުރިއަށް، އަދި ހުޅަގުގެ އެތައް ޓެކުނޮލޮޖީއެއް ދޫކޮށްލާ އަމިއްލ ވަންތަކަން ދައްކަމުން. ޗައިނާއަކީ ތަރައްގީ ވަމުން އަންގަ ކުދި ގައުމުތަކަށް ވަރަށް މުހިންމު ބައިވެރިއެއް.