ޗައިނާއިން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒަށް އަރުވަނީ --- ފޮޓޯ/ރައީސް އޮފީސް
05 މެއި 2025 - 14:09
ޗައިނާއިން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު އޭނާގެ މަގާމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒަށް މިއަދު އަރުވައިފި އެވެ.
ޗައިނާއިން ރާއްޖެއަށް އަލަށް ކަނޑައެޅި ސަފީރު ކޮންގް ޝިއަންހުއާ މިއަދު ވަނީ އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް މުއިއްޒަށް އެރުވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އޭނާ އެ މަގާމަށް އައްޔަންކުރީ ކުރިން ހުންނެވި ސަފީރު ވަން ލިޒިންގެ ދައުރު ހަމަވުމުންނެވެ.
ސަފީރުގެ ފަތްކޮޅު ރައީސަށް އެރުވުމަށްފަހު ދެ ބޭފުޅުން ވަނީ މަޝްވަރާތަކެއް ކުރައްވައިފަ އެވެ.
ރާއްޖެ އަށް ޗައިނާ އިން ކަނޑައެޅުއްވި ކޮންގް ޝިއަންހުއާ، ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
ރައީސް އޮފީހުން ބުނީ އެ މަޝްވަރާތަކުގައި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށާއި ރާއްޖޭގެ ބޭނުންތަކަށް ޗައިނާއިން އެހީތެރިކަން ދިނުމާ ގުޅޭގޮތުން ރައީސާއި ސަފީރު ވާހަކަ ދެއްކެވި ކަމަށެވެ.
އެންމެފަހުން ހުންނެވި ސަފީރު ވަން ލިޒިންގެ މަގާމުގެ ދައުރު ހަމަވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ.
ޗައިނާއިން އަލަށް ކަނޑައެޅި ސަފީރު ކުރިން ހުންނެވީ އިންޑިއާގެ މުމްބާއީގައި ހުންނަވާ ޗައިނާގެ ކައުންސެލާ ޖެނެރަލްގެ މަގާމުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަފްރާސިޔާބު
05 May 2025
ޗައިނާއާ ވީހާވެސް ބޮޑަކަށް ގުޅުން ބާއްވަންޖެހޭ. އެކަމަކު އެ އަންނަ މީހުންނަށް ރިޝްވަތު ދީގެންނޫން ގުޅުން ބޮޑުކުރަންވީކީ. ޗައިނާއާ ނުލާ ދުނިޔެއަށް ކުރިއެރުމެއް ނުލިބޭނެ. ދަރަންޏޭ ފަޅޮލޭ ގޮވާ މީހަކު ގޮވިޔަސް.