މިފްކޯއިން ޏ. ފުވައްމުލަކު ބަނދަރުން މަސް ކިރަނީ.-- ފޮޓޯ: މިފްކޯ
31 އޯގަސްޓް 2025 - 12:36
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޓެޑް (މިފްކޯ) އިން ފުވައްމުލަކު ބަނދަރުން މަސްގަންނަން ފަށައިފި އެވެ.
ފުވައްމުލަކުން މިފްކޯއަށް މަސް ކިރަން ފެށީ އިއްޔެ ކަމަށް މިފްކޯ އިން ބުންޏެވެ.
ފުވައްމުލަކު ބަނދަރުގައި އޮތް 30 މެޓްރިކް ޓަނުގެ "ރަނދި 19" އަށް އިއްޔެ ހަ ޓަނުގެ މަސް ކިރުވާފައިވާ ކަމަށް މިފްކޯއިން ބުންޏެވެ.
އެ ކުންފުނިން ބުނީ 30 ޓަނު ހަމަވުމުން އައްޑޫގައި ހުންނަ ކޯލްޑް ސްޓޯރޭޖަށް މަސްތައް ގެންގޮސް އަނެއްކާ ވެސް މަސް ކިރުވުމަށް ފުވައްމުލަކު ބަނދަރަށް ދާނެ ކަމަށެވެ.
މިފްކޯއިން ވަނީ ފުވައްމުލަކުގެ އެއްގަމުގައި ހަދަން ފަށާފައިވާ މަސްޕްރޮސްސްކުރާ މަރުކަޒު މިއަހަރުގެ ތެރޭގައި އޮޕްރޭޝަނަލައިޒްކޮށް، ޕްރޮސެސް ކޮށްފައިހުރި މަސް އެތަނުން ގަންނަން ލިބޭނެ އިންތިޒާމް ހަމަޖައްސަން ވެސް ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަމާހް އަހްމަދު
01 September 2025
މީ އުފާވެރި ހަބަރެއް. ދެކޮނަކީ އެއްމެ މަސްވެރިކަން ރަނގަޅު ސަރަހައްދު. މީގެ ސަބަބުން މަސްކިރަން މަސްވެރިން ދާންޖެހޭ ދަތުރު ކުޑަވެ ހަރަދު ކުޑަވެގެން ދާނެ.
މުހައްމަދު ރަނީން
01 September 2025
މުއިއްޒް އަކީ މަސްވެރިންގެ ރައީސް. ސީދާ މަސްވެރިންނަށް ބޭނުންވާ ފައިސާ ބަރާބަރަށް ދެމުން ދަނީ. މަސްކިރޭ ގޮތް ހަދަމުން ދަނީ. އައިސް ލިބެމުން ދަނީ.
ނޫރާ މުހައްމަދު
01 September 2025
މަރުހަބާ މަސްވެރިން. މީ ސަރުކާރުން ދިން ބޮޑު ހަދިޔާއެއް.
މިސްޓަރ ވާން
01 September 2025
ތިތަނުން މަސްކިރަން ރާއްޖޭގެ އެހެން އަތޮޅު ތަކުން ދޭބާ؟؟؟؟
ޗިލްކޭ
31 August 2025
ޙަރަދު ކަނޑާފައި މިފްކޯއަށް ކިހާވަރެއް ލިބުނުތަ؟ މިފްކޯއަށްވީ ފައިދާތަ ނޫނީ ގެއްލުންތަ؟ ހަމަ އަހާލީ
ޢިހްސާސް
01 September 2025
ގެއްލުން
ކޮރޮކަލި
31 August 2025
ބްރޯ. ފުވައްމުލަކުން އަލަކަށް ނޫން މަސްކިރަން ފެށީ
އަގުހެޔޮކުރޭ
31 August 2025
މަސް ފެކްޓަރީ ހުންނަ ރަށްތަކުން މަސްދަޅު އަގުހެޔޮކޮށް ނުލިބެނީ ކީއްވެ ؟ ފިހާރައެއް ހުޅުވާ ރީޓެއިލްކޮށް ހެޔޮ އަގުގައި ވިއްކޭނެ.
ނުރައްކަލޭދޯ
31 August 2025
ތިޔާއީ ދެމެހެއްޓޭނެ ކަމެއް ނޫނޭ ތިޔާ ތަނަށް ކުރާ ޚަރަދު ވެސް ފޫނުބެދޭނެއޭ ތިޔާ ފެކްޓަރީ ގެނެސް ހުޅުމާލޭ ފަޅު ހިއްކާ އެތަނަށް ބަދަލުކުރާށޭ އެއިރުން ފައިދާ ގައި ތިޔާ ކަން ކުރެވޭނެއޭ ފުވައްމުލަކަކީ މީހުން ދިރިއުޅެން ހެޔޮވާވަރުގެ ރަށެއް ނޫން ކަން އެރަށުގައި ހިންގާފައިވާ މާރާމާރީގެ ރިކޯރޑް ތައް ބަލާލުމުން އިނގެއޭދޯ މީހުން މަރާފައި ވެސް އެބަހުއްޓޭދޯ ނުރައްކަލޭ ދޯ ނުރައްކަލޭ ނުރައްކަލޭ ނުރައްކަލޭ ނުރައްކަލޭ...
އަފުން
31 August 2025
ކަބާ ދެން ރަށެން މަހަކެޑެކިސް އަތްފޯރާފަށި ލިބެންނޭ
މީދޫ ޖަވާދު
31 August 2025
އައްޑޫ ގައި ހުރި މަސް ފެކްޓަރީ އިން މަސްދަޅު ބަންދު ކޮށް އައްޑޫ މަގުން ވަޔާ،ކަނޑު މަގު ބޭނުން ކޮށް މަސް ދަޅު ބޭރުގެ ބާޒާރަށް ނެރެން ޖެހޭ. "ޕެކްޑް އިން އަައްޑޫ".
ރަންނަ
31 August 2025
އޭތިކަހަލަ ވާހަކަނުދައްކާ. ބޭފުޅުންނަށް ނުވެސް ނިދޭނެ