03 ސެޕްޓެމްބަރ 2025 - 09:58
މި އަހަރުގެ ދައުލަތުގެ ބަޖެޓުން މިދިޔަ ބުރާސްފަތި ދުވަހުގެ ގެ ނިޔަލަށް ކޮށްފައިވާ ހަރަދުތައް، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 15.6 ޕަސެންޓު ކުޑަވެފައިވާ ކަމަށް މާލީ ހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު އާންމުކުރާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާ ގޮތުން، މިދިޔަ ހަފްތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 24.8 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ހަރަދާ އަޅައިބަލާއިރު 15.6 ޕަސެންޓު ދަށް އަދަދެކެވެ.
އެގޮތުން، ދައުލަތުގެ ރިކަރަންޓް ހަރަދު 1.7 ޕަސެންޓު ކުޑަކޮށްފައިވާއިރު، ކެޕިޓަލް ހަރަދު ވަނީ 57.4 ޕަސެންޓުން ދަށްވެފަ އެވެ.
ރިކަރަންޓް ހަރަދުގެ 56 ޕަސެންޓު ދައުލަތުގެ އޮފީސްތަކުގެ އިދާރީ ހިންގުމާ ގުޅޭ ކަންކަމަށް ހޭދަކޮށްފައިވާއިރު، މިއީ 2024 ވަނަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 5.5 ޕަސެންޓު ދަށް އަދަދެކެވެ. އެގޮތުން އޮފީސް ހިންގުމުގެ ބޭނުމަށް ހޯދާ ތަކެތީގެ ޚަރަދު 14.1 ޕަސެންޓުން ދަށްވެފައިވާއިރު، މަރާމާތުކުރުމާއި މެއިންޓެނަންސްގެ ހަރަދު ވަނީ 16.6 ޕަސެންޓުން ދަށްވެފަ އެވެ.
މީގެއިތުރުން، ދައުލަތުގެ ބަޖެޓުން ދަތުރުފަތުރުކުރުމަށް ކުރާ ހޭދަ ވެސް ވަނީ، މިދިޔަ އަހަރާ އަޅާބަލާއިރު ހަ ޕަސެންޓު ދަށްވެފަ އެވެ. މިއާ އެކު، ދައުލަތުން އެހީ އަދި ސަބްސިޑީތައް ފޯރުކޮށްދިނުމަށް ކުރެވުނު ހޭދަ ނިމުނު އަހަރާ އަޅާބަލާއިރު 7.5 ޕަސެންޓުން ދަށަށް ގޮސްފަ އެވެ.
މާލީ ހިސާބުތައް ދައްކާ ގޮތުގައި، ނިމުނު ހަފްތާގެ ނިޔަލަށް ކެޕިޓަލް ހަރަދުގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވަނީ 3.1 ބިލިއަން ރުފިޔާ އެވެ. އެގޮތުން، މަގުހެދުމާއި ބްރިޖް އަދި އެއާޕޯޓް ތަރައްގީކުރުމަށް ހިނގާފައިވާ ހަރަދު ހިމަނައިގެން، އުމްރާނީ ތަރައްގީއަށް 2.7 ބިލިއަން ރުފިޔާ މި އަހަރުގެ ތެރޭގައި ވަނީ ހޭދަކޮށްފަ އެވެ.
މި އަހަރުގެ ދައުލަތުގެ ބަޖެޓުގައި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް 12.4 ބިލިއަން ރުފިޔާ ހިނގާނެކަމަށް ލަފާކޮށްފައިވާއިރު، މި އަހަރުގެ މިހާތަނަށް މިފަދަ ޕްރޮގްރާމްތަކަށް ހޭދަކޮށްފައިވަނީ ހަތަރު ބިލިއަން ރުފިޔާ އެވެ.
އަދި މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ހިނގާފައިވާ ޕީއެސްއައިޕީ ހަރަދުގެ ބޮޑު ޕަސެންޓެއް، ބިން ހިއްކުމާއި މަގު ހެދުމުގައި މަޝްރޫއުތަކަށް ހޭދަކޮށްފައިވިޔަސް، މި އަހަރުގެ ތެރޭގައި ހިނގާފައިވާ ޕީއެސްއައިޕީގެ ބޮޑު ޕަސެންޓެއް ހިއްސާކުރަނީ ލަފާފުރުމުގެ ދަތިކަން ހައްލުކުރުމާ ގުޅޭ ތަފާތު އެކި މަޝްރޫއުތަކަށް ކޮށްފައިވާ ހަރަދެވެ.
އެގޮތުން މިފަދަ މަޝްރޫއުތަކަށް ޖުމުލަ 2.5 ބިލިއަން ރުފިޔާ މި އަހަރުގެ ތެރޭގައި ވަނީ ހަރަދުކޮށްފަ އެވެ. މީގެ އިތުރުން ބޯހިޔާވަހިކަމުގެ އެކިއެކި މަޝްރޫއުތަކަށް 124.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ވެސް ހިސާބުތަކުން ދައްކަ އެވެ.
ދައުލަތުގެ ހަރަދުތައް ކުޑަކުރުމާ އެކު، އާމްދަނީ އިތުރުވުމުގެ ސިލްސިލާ މިދިޔަ ހަފްތާއާ ހަމައަށް ވަނީ ދަމަހައްޓައިފަ އެވެ. މިގޮތުން ދައުލަތުގެ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި މިދިޔަ ހަފްތާގެ ނިޔަލަށް ލިބިފައިވަނީ 25.3 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނީ 24.1 ބިލިއަން ރުފިޔާ އެވެ.
ދައުލަތުގެ އާމްދަނީގެ މައިގަނޑު ހިއްސާ ލިބިފައިވަނީ ޓެކްސް އާމްދަނީންނެވެ. މިދިޔަ ހަފްތާގެ ނިޔަލަށް ޓެކްސް އާމްދަނީގެ ގޮތުގައި 19.7 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ގާތްގަނޑަކަށް 700 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
ޓެކްސް އާމްދަނީގެ އިތުރުން، ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބުނު އަދަދު ވެސް މިދިޔަ އަހަރަށް ވުރެ އިތުރެވެ. މިގޮތުން، މިދިޔަ އަހަރުގެ މި މުއްދަތުގައި 4.7 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ ހަފްތާގެ ނިޔަލަށް ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ދައުލަތަށް 5.4 ބިލިއަން ރުފިޔާ ލިބިފައި ވެ އެވެ.
ހަރަދަށް ވުރެ އާމްދަނީ އިތުރުކޮށްގެން، ދައުލަތުގެ ބަޖެޓުގެ އޯވައޯލް ބެލެންސް ވަނީ މިދިޔަ ހަފްތާގެ ނިޔަލަށް 534.6 މިލިއަން ރުފިޔާގެ ސާޕްލަސެއްގައި ދެމެހެއްޓިފަ އެވެ.
.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އައިމިނާ
05 September 2025
ޑަބަލްޕީޗް ގެރިކިރު ދަޅެއް 24 ރުފިޔާކާއްޓެއް 15 ރުފިޔާ.އާދައިގެ ނިއުޓްރޯ ބިސްކޯދު4 ބިސްކޯދުގެ ޕެކެޓެއް 3 ރުފިޔަ. ކޮއެފުޅުމެންނޭ އަގުތައް ބަލާލަދީ މި އީ މާމަގެ އައިނުއެޅީމަ ފެންނަވަރު.
ދެކޮޅުނުޖެހޭ އިގްތިސޯދު
03 September 2025
އޯކޭ ރައްޔިތުންގެ ޖީބުން ސަރުކާރަށް ދޭން މަޖުބޫރު ކުރާ އަދަދު ބުރަކި ނަރު ކެނޑި %400 މަތި ވެއްޖެ. ކަރަންޓު ބިލުތައް ބޮޑުކުރުމަށް މީޓަރުތަކަށް އަސްލު ދޭންވާ ވަރަށް ވުރެ މަތިން ލޯޑު ދިނުމުން އިންޖީނުތައް އޯވާރ ހީޓްވެ ނިވުމަކީ އާންމު ކަމަކަށް ވެއްޖެ.
އެޗް އެމް
03 September 2025
ސިޔާސީ ވައރަސް ވަދެފަ އޮތް އަދަދަކާ ބޮޑަށް ވައްތަރީ. ދެންފަހަރަކުން 11.54 ނޫނީ 13.28 ފަދަ އަދަދެއް ޖަހާ.
ބިއްލޫރިޓަނަލް އިންޖިނޭރު
03 September 2025
ވަރަށް މޮޅު ކަމެއް ތިކުރެވުނީ. ދެން ޑްރޯން ޝޯ ބާއްވާ 30 މިލިއަން ޚަރަދު ކޮށްގެން.
މިންއޮފް
03 September 2025
ޚަރަދު ކުޑަކުރިގޮތް ސަރުކާރު އޮފީސްތަކުގެ އެންމެނަށް އެނގޭނެ. ބަޖެޓް ސާރިކިއުލާރ ނެރެ ހުރިހާ ޚަރަދެއް ކުރުން ހުއްޓުވާލީ. ސަލާމަތްކުރި ފައިސާ ވަންނާނީ ކޮންތާކަށްބާ.
ދިއްދާ
03 September 2025
ދެން އޮތް ޖޯކު ކިޔާބަލަ!
މުރާސިލް
03 September 2025
ކުޑަކުރަންވީ ކެޕިޓަލް ޚަރަދެއް ނޫނެވެ. ކުޑަކުރަންވީ ރިކަރަންޓް ޚަރަދެވެ. ކެޕިޓަލް ޚަރަދު ކުޑަކުރިވަރަކަަށް ޤައުމުގެ ތަރައްޤީގެ ދުވެލިމަޑުވެ ރައްޔިތުންގެ ދިރިއުޅުން ފަސޭހަ ވުމުގެ ބަދަލުގައި ދާނީ އުނދަގޫވަމުންނެވެ. އޭގެ ބަދަލުގައި ދައުލަތުން ދުވަހުން ދުވަހަށް ކުރާ ޚަރަދުތަކާއި ބޭކާރު މަޤާމުތައް ހަދާ މުސާރަ ދޭން ކުރާ ހޭދަތަކާއި ބޭކަރު ކުރެވޭ ފައިސާ މަދުކޮށް ކަރަޕްޝަންދަށް ކުރެވުނީމާއި ރައްޔިތުންނާއި ޤައުމަށް ހެޔޮ މަންފާ ކުރާތަން ފެންނާނެއެވެ.
ފެކްޓްް
03 September 2025
ހަމަ އޮޅުވާލުން.... އަހަރެންވެސް މަހުން މަހަށް ގަންނަންޖެހޭ ސެންޓުފުޅިއާއި ރީތިވާ ސާމާނާ ލާނެ ހެދުމާ އާއިލާއާއެއްކޮށް ކާން ދިއުމާ މިކަހަލަ ކަންކަން ނުކޮށް ހުރީމާ، ޖެހިގެން އަންނަ މަހަށް ރުފިޔާ ސަލާމަތްވެ ޚަރަދު ހަމަ ތިބުނާހެން 15% ކީއްކުރަން 50% ސަލާމަތް ކުރެވޭނެ. އޭގެ މާނައަކީ ކުރަން ޖެހޭ ކަންކަން ޤުރުބާން ކުރަނީ މިކަހަލަ ތާކުންތާކު ނުޖެހޭ ފޭކް ރިޕޯޓުހަދާ އާންމު ރައްޔިތުންނަށް އޮޅުވާލަން. ހުރިހާ އަމިއްލަ ވިޔަފާރިތަށް ފުނޑިއްޖެ. ވެދުން
ވާ ނު ވާ
03 September 2025
އެންމެ 15 ޕަސެންޓްތަކުޑަވީ ހައިރާންވެއަންތަރީސްވާވަރުގެ ޕަސެންޓެއްތީ އުންމީދުކޮށްގެން ހުރީ 80 ވަރަކައް ޕަސެންޓްކުޑަވާނެކަމައް ސަބަބަކީޕްރައިވެޓް ކުންފުންޏަކައް ސަރުކާރުގެއެއްވެސް ޕްރޮޖެކްޓެއްނުދޭ ހުރިހާ ޕްރޮޖެކްޓެއް ހިންގަނީ ސަރުކާރު ކުންފުނިތަކުން ސަރުކާރު ކުންފުނިތައްވީ އެތަންތަނައް ފިސާ ނުދެއްކިޔަސް ޝަކުވާކުރާނެބަޔަކު ނުތިބޭނެ. އެހެންވީމަ ސިޔާސީވެރިންނައް މުސާރަދީފަ އިތުރުކަމެއް ސަރުކާރުން ކުރާތަނެއްނުފެނެ 2ރުފިޔާޔައް ލިބުނުއޮރެންޖު ހުރީ 15ރ
އެނދިމަރިޔަނބު
03 September 2025
ތަފާސް ހިސާބު އޮޅުވާލަން. ބިލްތައް ނުދައްކާ، ކުންފުނި ތަކަށް ފައިސާނުދީ ޚަރަދު ޚުޑަކޮއްފަ