ގދ. ތިނަދޫގައި އަޅާފައި ހުރި ރޯހައުސްތަކެއް.--
04 ސެޕްޓެމްބަރ 2025 - 11:21
ގދ. ތިނަދޫގައި އަޅާފައިވާ 200 ރޯހައުސް ބޭނުންވާ މީހުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހު ހުޅުވާލާނެ ކަމަށް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނެފި އެވެ.
ތިނަދޫގައި ފްލެޓަކަށް 1.2 މިލިއަން ރުފިޔާގެ މަގުން 200 ފްލެޓް އެޅީ ސްރީ ލަންކާގެ ސިއެރާ ކޮންސްޓްރަކްޝަނާއި ސްޓާ ކޮންސްޓްރަކްޝަން އެންޑް އިންޖިނިއާސްގެ ޖޮއިންޓް ވެންޗާއަކާ ހަވާލުކޮށްގެންނެވެ. އެ މަސައްކަތް ފެށީ 2022 ވަނަ އަހަރު އެވެ.
މިއީ ތިން ކޮޓަރީގެ، 700 އަކަފޫޓުގެ ޖާގައިގެ ދެ ފަންގިފިލާގެ އިމާރާތްތަކެކެވެ.
އެ ގެތަކަށް އެދުމުގެ ފުރުސަތު މި އަހަރު ފެބްރުއަރީ މަހު އެ ރަށު ކައުންސިލުން ވެސް ހުޅުވާލި އެވެ. ނަމަވެސް ފަހުން ހައުސިން މިނިސްޓްރީން ވަނީ އެ އިއުލާން ބާތިލް ކޮށްފަ އެވެ.
މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އާދިއްތަ ދުވަހު ހެނދުނު 9:00 އިން ފެށިގެން ނޮވެމްބަރު މަހުގެ ހަތްވަނަ ވަނަ ދުވަހާ ހަމައަށް، ރޯހައުސްއަށް އެދި ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ.
ރޯހައުސްއަށް އެދި ހުށަހަޅަން ޖެހޭނީ މިނިސްޓްރީގެ ހިޔާވެހި ޕޯޓަލް މެދުވެރިކޮށެވެ.
މިނިސްޓްރީން އިއްޔެ ވަނީ ތިނަދޫ ރޯހައުސްތައް ދޫކުރުމުގައި އަމަލުކުރާނެ އުސޫލު ވެސް އާންމުކޮށްފަ އެވެ. އޭގައިވާ ގޮތުން މި ރޯހައުސްތަކަށް ކުރިމަތިލެވޭނީ، އުމުރުން 18 އަހަރުވެފައިވާ، ގދ. ތިނަދޫ މީހުންނަށެވެ. އަދި ތިނަދުއަށް ހިޖުރަކޮށް އެ ރަށުގައި މެދުނުކެނޑި 10 އަހަރު އުޅެފައިވާ މީހުންނަށް ވެސް ކުރިމަތިލެވޭނެ އެވެ.
އެހެން ޝަރުތުތަކުގެ ތެރޭގައި؛
- އެއްމެދު އިމާރާތަކުން 600 އަކަފޫޓް ނުވަތަ އެއަށްވުރެ ބޮޑު ތަނެއް ގަނެފައިވާ ނުވުން ނުވަތަ އެފަދަ ތަނެއް ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައި ނެތުން،
- ރާއްޖޭގެ އެއްވެސް ރަށަކުން 600 އަކަފޫޓަށްވުރެ ބޮޑު ބަންޑާރަ ގޯއްޗެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް/ޔުނިޓެއް ނުވަތަ ރޯހައުސްއެއް ލިބިފައި ނެތުން،
- އެއްވެސް ރަށަކުން ލިބިފައިވާ ބަންޑާރަ ބިމަކީ ނުވަތަ އަމިއްލަ ބިމަކީ އެކަކަށްވުރެ ގިނަ މީހުންގެ ނަމުގައިވާ ތަނެއް ނަމަ އެ ބިމެއް ބަހައިގެން 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ލިބެން ނެތުން އަދި މިވަރުގެ ބިމެއް ލިބޭ ގޮތަށް އޮތް ނަމަ އެ ތަނެއް ދޫކޮށްލަން އެއްބަސްވުން،
- ރާއްޖޭގެ އެއްވެސް ރަށަކުން 600 އަކަފޫޓަށްވުރެ ކުޑަ ބަންޑާރަ ގޯއްޗެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް/ޔުނިޓެއް ނުވަތަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ދަށުން ހަދާފައިވާ އިމާރާތެއްގެ ފްލެޓެއް/ޔުނިޓެއް ނުވަތަ ގެއެއް ލިބިފައިވާ ނަމަ އެތަނެއް ދޫކޮށްލަން އެއްބަސްވުން،
މި ކަންކަމުގެ އިތުރުން އަމިއްލަ ގޯއްޗެއް ތަރިކައިގެ އުސޫލުން ބަހައިގެން ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދާ ތަރިކައިގެ އުސޫލުން ބަހައިގެން އެ ގޯއްޗެއްގެ ބިމުން ލިބިފައިވާ ނުވަތަ ލިބެން އޮންނަ ބައި ދޫކޮށްލަން އެއްބަސްވުމާއި ރޯހައުސް އަށް އެދި ހުށަހަޅަންޖެހޭ މުއްދަތު ހަމަވާ ތާރީހާ ހަމައަށް ތިން އަހަރު ތެރޭ 600 އަކަފޫޓު ނުވަތަ އެއަށްވުރެ ބޮޑު ބޯހިޔާވަހިކަމެއް މީހަކަށް ދީ ނުވަތަ ވިއްކާފައި ނުވުމަކީ ވެސް ޝަރުތެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މިނިސްޓަރޯނީ
04 September 2025
މާލޭ ފްލެޓަށް ކުރިމަތިލައި އަދި ފްލެޓް ލިބުމުގައި އެހެން ރަށަކުން ލިބިފައިވާ ނުވަތަ ލިބޭނެ ބިންކޮޅު ދޫކޮށްލަން ނުޖެހި ގދ ތިނަދޫން ރޯހައުސްއަށް އެދޭ މީހާ އެމީހާއަށް ލިބިފައިވާ ނުވަތަ ލިބެން އޮންނަ ބިން ދޫކޮށްލާ ގޮތަށް އޮތުމަކީ އިންސާފެއްކަމުގައި ނުފެނޭ،
ހމމމމ
04 September 2025
ތިނަދޫ ވީމަ 10 އަހަރު މާލެވީމަ 15. މިއީ ކޮން ޑަބަލް ސްޓޭންޑަޑް އެއް؟
ތެފައާސާ.
04 September 2025
ރޯ ހައުސްއަކަށް ނުކެރޭނެ ކުރިމަތިލާކަށް. ރުއިން ހުއްޓާލީމާ ކުރިމަތިލާނީ!!
އޮނަރަބްލް އަފީފު ދީދީ
04 September 2025
ތިނަދޫގެ ހަހާސް އަކަފޫޓް ބިމެއްގެ އަގަކީ ދޮޅުލައްކަ ރުފިޔާ ކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ބަލާއިރު ކ.މާލޭގެ 300 އަކަފޫޓް ބިން ކޮޅެއްގެ އަގު އެތައް މިލިޔަން ކަމަށް ބޭންކުން ޤަބޫލު ކުރޭ. އެކަމަކު އަގުގެ ފަރަގު މިހާބޮޑު ދެރަށުގައި ފުލެޓް އަޅާފައި ކ.މާލޭ މީހާއަށް "ރަނުގެ އަގުހުރި ބިމުން" ފުލެޓް ދޭ އަގާއި އެއްވަރު އަގަކަށް (ނިސްބަތުން) އެހެން ރަށްރަށުގެ ރައްޔިތުނަށް ފުލެޓް ދިނުމަކީ ވަރަށް ބޮޑު ބޭއިންސާފެއް. މިފަދަ ކަންކަން ހުއްޓުވަން ޖެހޭ.
އަޒުކީ
04 September 2025
މި ރޯ ހައުސްތަކަށް ކުރިމަތިލެވެނީ ހަމައެކަނި ގާފުދާލު މީހުންނަށް އެކަނި ވީއްޔާ ދިވެހި ރައްޔިތަކަށް ވީތީ ލިބެންޖެހޭ ގާނޫނުގައި އެބުނާ ހަމަހަމަކަން ކޮބާ؟ މީ ހަމަ ކަކުމަގައިވަނީނަމަ ގާފުދާލު މީހުންނަށް މާލެ ސަރަަހައްދުގެ ފްލެތްތަކަށްވެސް ކުރިމަތި ލެވިގެން ނުވާނެ. މީ ހާދަހާވާ ތަފާތު ގެންގުޅޭ ބައެކޭ. މިހާރު އެބަ އެގޭނުން ނާސިރު ކަންކުރީ ހަމަ ކަން ކުރަން ޖެހޭ ގޮތަށްކަން...