ފޭސްބުކާ ދެކޮޅަށް ދައުވާކުރި ވަކީލް މާކް އެސް ޒަކަބާގް
06 ސެޕްޓެމްބަރ 2025 - 10:52
ފޭސްބުކް ޕްރޮފައިލް ހަދާ ކޮންމެ ފަހަރަކު އެކައުންޓް ސަސްޕެންޑްކުރާތީ، އެމެރިކާގެ ގާނޫނީ ވަކީލެއް ކަމަށްވާ މާކް ޒަކަބާގް ފޭސްބުކް ގޮވައިގެން ކޯޓަށް ހިނގައްޖެ އެވެ.
ފޭސްބުކްގެ ވެރިޔާ މާކް ޒަކަބާގާ ނަން އެއްގޮތް، މާކް އެސް ޒަކަބާގް ބުނީ އޭނާގެ އެކައުންޓް އަށް އަހަރު ތެރޭ ފަސް ފަހަރަށް ސަސްޕެންޑްކޮށްފި ކަމަށާއި ކޮންމެ ފަހަރަކު އެ ފިޔަވަޅު އަޅަނީ "ސެލެބްރިޓީއެއްގެ ނަމުގައި އެކައުންޓް ހަދާތީ" ކަމަށް ބުނެފައި ކަމަށެވެ.
އިންޑިއާނާގެ ބޭންކްރަޕްސީ އެޓާނީއެއް ކަމަށްވާ ޒަކަބާގްގެ ދައުވާގައި ބުނެފައިވަނީ އޭނާ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރާތާ 38 އަހަރު ވެއްޖެ ކަމަށާއި އޭނާ މަސައްކަތް ފެށި އިރު، މިހާރު ދުނިޔޭގެ އެންމެ މުއްސަނދި އެކަކު ކަމަށްވާ ފޭސްބުކްގެ ވެރިޔާ ޒަކަބާގަކީ ފިރުކިފައި އުޅޭ ވަރުގެ ތުއްތު ކުއްޖެއް ކަމަށެވެ.
ފޭސްބުކް ހިންގާ މެޓަ ކުންފުނިން ބުނީ ވަކީލް ޒަކަބާގްގެ އެކައުންޓުގެ ސަސްޕެންޝަން މިހާރު އުވާލާފައިވާ ކަމަށާއި އެކައުންޓް ސަސްޕެންޑްކުރެވޭ "ގޯސް" އަލުން ތަކުރާރު ނުވާނެ ގޮތް ހެދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
"މިއީ މަޖާ ކަމެއް ނޫން،" އިންޑިއާނާގެ ޓީވީ ޗެނަލަކަށް ދިން އިންޓަވިއުއެއްގައި ވަކީލް ވިދާޅުވި އެވެ. "އެ މީހުން އަހަރެންގެ ފައިސާ ވެސް ނަގާއިރު."
މެރިސަން ސުޕީރިއާ ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައިވަނީ ވަކީލް ޒަކަބާގް އޭނާގެ މަސައްކަތް ފޭސްބުކްގައި ޕްރޮމޯޓްކުރުމަށް 11،000 ޑޮލަރު ވެސް ހޭދަކޮށްފައި ވަނިކޮށް އެކައުންޓް ސަސެޕެންޑްކުރީ މެޓަ ކުންފުނިން އެއްބަސްވުމާ ހިލާފަށް ކަމަށެވެ.
"މިއީ ހައިވޭއެއްގެ އެއްފަރާތުގައި ޖަހާފައި ހުންނަ ބިލްބޯޑަކުން އިޝްތިހާރު ވިއްކުމަށް ފަހު އެ ނިވާވާ ގޮތަށް ފޮތިގަނޑެއް ދަމައި، ފައިސާ ދެއްކި ބޭނުން ނުފުދޭ ގޮތް ހެދުން ކަހަލަ ކަމެއް،" ވަކީލް ވިދާޅުވި އެވެ.
ވަކީލް މި މައްސަލަ ހައްލުކުރުމަށް ފޭސްބުކަށް ކޮށްފައިވާ މެއިލްތަކުގައި މެޓަ ކުންފުނިން ބުނެފައިވަނީ މައްސަލައަކީ "އަސްލު ނަން ބޭނުން ނުކުރުން" ކަމަށެވެ. އޭނާ ބުނެފައިވަނީ ކާކުކަމާއި ނަން ކަށަވަރުކޮށްދިނުމަށް ފޮޓޯ އައިޑީ އާއި ކްރެޑިޓް ކާޑާއި މޫނުގެ އެތައް ފޮޓޯއެއް ވެސް ހުށަހަޅާފައިވާނެ ކަމަށެވެ.
"އަހަންނަކީ މާކް ސްޓީވެން، އޭނާ އަކީ މާކް އެލިއޮޓް،" އިންޓަވިއުގައި ޒަކަބާގް ވިދާޅުވި އެވެ.
އޭނާގެ އެކައުންޓް އެންމެ ފަހުން ސަސްޕެންޑްކުރީ މެއި މަހު އެވެ. އެއާ އެކު ދައުވާކުރުމުން މިހާރު ވަނީ ސަސްޕެންޝަން އުވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަހަންމާކަލޯ
06 September 2025
ސޯސަލް މީޑިއާތަކުގެ ތެރެއިން މަ އެންމެ ފޫހިވަނީ ފޭސްބުކް ދެކެ މާދެން ބޮޑާވެގެންއުޅޭ މީހެއް މި ޒުކަބަރގް އަކީ ހަމަ އިރުއިރުކޮޅާ އެބަ ކޮންމެވެސް އެއްޗެކޭ ކިޔާފަ އިންޓަރގްރާމް ސަސްޕެންޑް ކުރާނެ އުވާލާނެ ފޭސްބުކް ސަސްޕެންޑް ވާނެ އަރި އަރިއަށް އިރުއިރު ކޮޅާ ފޮޓޯ ފޮނުވަން އަންގާނެ މަމީ ދުވަހަކުވެސް އިންޓަރގްރާމް އަށް އެވެސް އެޗެއްލީ މީހެއްވެސް ނޫން ހަމަ އެކަނި ލައިކު ކުރަނީ ކަމުދާ އެއްޗެއް ފެނިއްޖެޔާ އެކަމަކު އެއްކޮށް އުވާލައިފަ މިހާރުވެސް އަޖައިބެއްނު
އަދުރޭ މީ
07 September 2025
ކޮން އެއްޗަކަށް ލައިކް ތި ޖަހަނީ؟ ރީތި ކުދިންގެ ފޮޓޯ އަށް؟
ލައިކްމީ
07 September 2025
ކޮއްކޮއަށް ނުބައި އެއްޗިއްސަށް މާގިނައިން ލައިކް ދެވެނީ ކަމަށް ވާނީ!
ބޮޑުއުދަގުލެއް
06 September 2025
ފޭސްބުކްގަ ޕްރޮފައިލްއެއް ހަދައި އެ ކުރިއައް ގެންދިއުމަކީ ބައެއްފަހަރު ބޮޑު އަދަގުލެއް. ވިޔަފާރިއެއްގެ ޕްރޮފައިލް ހަދައި ޕްރޮމޯޓްކޮއް ވަކި ހިސާބަކައްދާތަނާ ކޮންމެވެސް ސަބަބެއް ދައްކާ ބްލޮކްކޮއްލަފާނެ އިސްތިހާރެއް ޖަހަންޏާ އެއިސްތިހާރަކައް ބަރާބަރައް ފައިސާވެސްނަގާ އެކަމަކު ބްލޮކް ކޮއްފައިންނާތީ އިސްތިހާރު ކެންސަލެއްވެސް އެޑިޓެއްވެސް ނުކުރެވޭ. އެތަކެއް މަސައްކަތާ ވަގުތު ހޭދަކޮއްގެންވެސް ބްލޮކުން ސަލާމަތްވުންއޮންނަނީނުވެފަ.
ދޮންދީދީ
06 September 2025
ހުތުރު އެއްޗެހި ލާތީ ބްލޮކް ކުރާނީ އެންމެ އަވަހަށް. އިސްތިހާރު ނަމުގައި ތި ގަންނަ ހުތުރު ކުޅިވަރު ހުއްޓާލާ
ގަންނަގަނޑު
07 September 2025
ކޮންޓެންޓުގެ މައްސަލައެއް ޖައްސާފައެއްނޫން ބްލޮކްކޮއްލަނީ. ބްލޮކްކޮއްލަނީ ވެރިފަރާތް ޔަގީންކޮއްދޭށޭކިޔާފަ ދެން މިމީހުންނައް ފޮނުވަންޖެހޭ ހުރިއްޔާ ހުރި އައިޑީއަކާ ޕާސްޕޯޓާ ދެންވެސް އެހެން ޕްރައިވެސީޑީޓެއިލްތައް އެވަރުން ގަބޫލުނުކޮއް ފޮޓޯއާ އެހެންއިތުރު މައުލޫމާތު ފޮނުވަން އެބަޖެހޭ. މަށައް ހީވަނީ މިގަންނަގަނޑަކީ ދުނިޔޭގެ އެކިކަންކޮޅުތަކުގަ ތިބި ވީހާގިނަ ބައެއްގެ ޒާތީ މައުލޫމާތުއެއްކުރުންހެން ދެން މިމީހުންގެ އިސްތިހާރުކުރުން އިތުރައް ޓާގެޓްކުރުން