ލެޓްސް ޑޫ އިޓް މޯލްޑިވްސް އިން 2021 ވަނަ އަހަރު ބޭއްވި ދުނިޔެ ސާފުކުރުމުގެ ދުވަހުގެ ހަރަކާތުގެ ބައިވެރިން.-- ފޮޓޯ: ލެޓްސް ޑޫ އިޓް މޯލްޑިވްސް
06 ސެޕްޓެމްބަރ 2025 - 18:17
ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު ފާހަގަކުރާ ދުނިޔެ ސާފުކުރުމުގެ ދުވަހުގެ ބޮޑު ހަރަކާތް މިފަހަރު ބ. ކަމަދޫގައި ބާއްވަން ތައްޔާރުވާން ފަށައިފި އެވެ.
މި ހަރަކާތް އިންތިޒާމުކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ ލެޓްސް ޑޫ އިޓްގެ ރާއްޖޭގެ ގޮފިން ބުނީ "ވޯލްޑް ކްލީން-އަޕް ޑޭ 2025" ނުވަތަ "ދުނިޔެ ސާފުކުރުމުގެ ދުވަހު"ގެ ރަސްމީ ހަރަކާތް ރާއްޖޭގައި މިފަހަރު ބާއްވަން ނިންމާފައި ވަނީ ކަމަދޫގައި ކަމަށެވެ. ނަމަވެސް، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ސާފުކުރުމުގެ ހަރަކާތް ކުރިއަށް ގެންދާނެ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
ދުނިޔެއަށް ކުރިމަތިވެފައިވާ ކުނީގެ މައްސަލައަށް ހޭލުންތެރިކޮށް، ތިމާވެށި ސާފުކޮށް ބެލެހެއްޓުމަށް އަހުލުވެރި ކުރުވުމަށް ކުރިއަށް ގެންދާ އެ ހަރަކާތް ދުނިޔޭގެ އެކި ގައުމުތަކުގައި އެ ދުވަހު ކުރިއަށް ގެންދާނެ އެވެ.
މިދިޔަ އަހަރުތަކުގައި ރާއްޖޭގައި ވެސް މި ހަރަކާތް ބާއްވާފައިވާއިރު، ކޮންމެ އަހަރަކު ވެސް އެތައް ހާސް ބަޔަކު ވަނީ ބައިވެރިވެފަ އެވެ. މިދިޔަ އަހަރު މި ހަރަކާތް ރަސްމީކޮށް ބޭއްވީ ކ. ދިއްފުށީގަ އެވެ.
ލެޓްސް ޑޫ އިޓް މޯލްޑިވްސް އިން ބުނީ އެ ހަރަކާތުގައި މި ފަހަރު ވެސް މޫދާއި ގޮނޑުދޮށްތަކާއި ރަށުތެރެ ސާފުކުރަން ހަމަޖެހިފައިވާ ކަމަށާއި މިއީ މުޅި ދުނިޔޭގައި ހިންގާ މިފަދަ އެންމެ ބޮޑު ހަރަކާތް ކަމަށެވެ. މިއީ މުޅި ދުނިޔޭގައި އެއް ދުވަހެއްގައި ގިނަ ގައުމުތަކެއްގައި، ގިނަ ބަޔަކު އެއްފަހަރާ ނުކުމެ ތިމާވެށި ސާފު ކުރާ ހަރަކާތް ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރާވެރިބެ
07 September 2025
އެންމެންވެސް ހަމަ ކަމަދޫ އަށްދާ ހިތްވަނީ އުތަ؟
އަސަރު68
07 September 2025
މިއަހަރުގެ ތިޔަދުވަސް ގައްޒާގާ ފާހަގަކުރަންފެނޭ. ހަމަ ޔަގީނުންވެސް ސާފުކުރަންވެފާހުރިއެއްޗެތި އެއްވުރެ ގިނަ ގައުމެއް މިހާރަކު ނޯންނާނެ. އެހީތެރިކަމާ އަޅާލުން އިންތިހާއަށް އެމީހުނަށް ބޭނުންވޭ. އެކަމަކު މަމެންމިތިބީ އެހުރިހާ ކަމަކަށް ނުކުޅެދިފާ.