ކޮލަމްބޯގެ ރޭސްކޯސް ސްޓޭޑިއަމްގައިި އިއްޔެ ރާއްޖޭން ލަންކާއާ ދެކޮޅަށް ކުޅުނު މެޗުގައި ދިވެހި ސަޕޯޓަރުން ތަރުހީބު ދެނީ --- ފޮޓޯ އަހްމަދު އަންވަރު (ސިމް) \ އެކްސް
07 ސެޕްޓެމްބަރ 2025 - 11:38
ލަންކާއާ ދެކޮޅަށް އެ ގައުމުގައި ރާއްޖޭން އިއްޔެ ކުޅުނު މެޗުގައި ދިވެހި ސަޕޯޓަރުން ގައުމީ ޓީމަށް ދިން ތަރުހީބާއި ފޯރި އަށް ލަންކާގެ ކޯޗު އަބްދުﷲ އަލް މުތައިރީ ތައުރީފު ބަންޑުންކޮށްލައިފި އެވެ.
ސައުތު އޭޝިއަން ސުޕަ ކަޕްގެ ނަމުގައި ރާއްޖެއާ ދެކޮޅަށް ކުޅޭ ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗަށް، ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން ހާޒިރުވި އެވެ.
ލަންކާގެ އަމިއްލަ ދަނޑުގައި ރާއްޖެއާ ދެކޮޅަށް ކުޅުނު ނަމަވެސް، މުތައިރީ ބުނި ގޮތުގައި ދިވެހި ސަޕޯޓަރުންގެ އަދަދު ވެސް އަދި ނެގި ފޯރި އާއި ދިން ތަރުހީބު ވެސް މާ ބޮޑު ކަމަށެވެ.
Maldives - 3 🇲🇻
— Sim (@Simwarr) September 6, 2025
Lanka - 0 🇱🇰
🇲🇻👏🇲🇻👏🇲🇻👏🇲🇻👏 pic.twitter.com/I2jXzDZelT
"އަހަރެމެންގެ އަމިއްލަ ދަނޑުގައި ރާއްޖޭގެ ސަޕޯޓަރުން އަހަރެމެންގެ ސަޕޯޓަރުންނަށް ވުރެ ގިނަ،" މެޗުން ފާހަގަ ކުރެވުނު ނެގެޓިވް ކަމަކީ ކޮބައިތޯ ސުވާލު ކުރުމުން މުތައިރީ ބުންޏެވެ.
"އަހަރެމެންގެ އަމިއްލަ ދަނޑުގައި ކޫޅޭ އިރު ޖެހޭނެ އަހަރެމެންގެ އަމިއްލަ ދަނޑުކަން އިހްސާސް ކުރެވެން."
އެކަމަކު އަމިއްލަ ދަނޑުގައި އެ އިހްސާސެއް އޭނާ އާއި ލަންކާގެ ކުޅުންތެރިންނަށް ނުކުރެވުނު ކަމަށް މީގެ ކުރިން ނޭޕާލް ގޮވައިގެން ވެސް ރާއްޖެއާ ދެކޮޅަށް ނުކުތް ކޯޗު ބުންޏެވެ. އޭނާ ބުނީ މުޅި ދަނޑުގައި ގުގުމާލީ ދިވެހި ސަޕޯޓަރުންގެ އަޑު ކަމަށެވެ.
"އަބަދުހެން އަހަރެންނަށް އަޑު އިވެނީ ރާއްޖޭގެ ސަޕޯޓަރުން ފޯރި ނަގައި ތަރުހީބު ދޭ އަޑު. އަހަރެމެން [ލަންކާ] ގެ ސަޕޯޓަރުން ހަމަ މިތަނަށް އައިސް ބަލަހައްޓައިގެން ތިބެނީ."
Maldives - 3 🇲🇻
— Sim (@Simwarr) September 6, 2025
Lanka - 0 🇱🇰
🇲🇻👏🇲🇻👏🇲🇻👏🇲🇻👏 pic.twitter.com/I2jXzDZelT
ކުވައިތަށް ނިސްބަތްވާ މުތައިރީ ބުނީ ރާއްޖެއާ ދެކޮޅަށް ކުޅޭ ދެވަނަ މެޗުގައި އެކަން ބަދަލު ކުރަން ޖެހޭ ކަމަށެވެ.
ސައުތު އޭޝިއަން ސުޕަ ކަޕްގެ ނަމުގައި ކުޅޭ ދެ މެޗުގެ ތެރެއިން ދެވަނަ މެޗު އޮންނާނީ އަންގާރަ ދުވަހު އެވެ. އެ މެޗު ވެސް ކުޅޭނީ ރޭސްަކޯސް ސްޓޭޑިއަމްގަ އެވެ.
މުތައިރީ ބުނީ ލަންކާއިން މަސައްކަތް ކޮށްފިނަމަ ތިން ލަނޑުގެ ނަތީޖާ ވެސް ދެވަނަ މެޗުގައި އަނބުރާލެވޭނެ ކަމަށް އޭނާ ގަބޫލު ކުރާ ކަމަށެވެ. އިއްޔެގެ މެޗު ރާއްޖޭން ކާމިޔާބު ކުރީ 3-0 ންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކޯޗް ޕެރޭރާ
07 September 2025
ލަންކާ އަކީ ރާއްޖެއަށް ފުޓުބޯޅަ ތައާރަފް ކޮއްދިން މީހުން.
ދޮގޭ
07 September 2025
ލަންކާ ސަޕޯޓަރުން ނެތީމަ އެކަމާ ހިތްހަމަ ނުޖެހުން ފާޅުކުރީ. އެއީ ދިވެހި ސަޕޯޓަރުންނަށް ތައރީފު ކުރީއޭ ބުނުމަކީ ލިޔުންތެރިޔާ ދޮގު ހެދުން ނޫން ކޯޗެއް؟
ކޮރަލް
07 September 2025
މޯލްޑިވިއަން އިން އަގު ހެޔޮކޮށް ޓިކެޓް ވިއްކާ ގިނަ ދިވެހީންނަށް ދެވޭނެ ގޮތް ހަދަން ވީ އެވެ. ދެދުވަހެއް ގެ ހުރުމާ އި އެކު ޓިކެޓް ލިބޭ ނަމަ ގިނަ ބަޔަކު ދާނެ އެވެ. ގައުމީ ޓީމް އަށް ގައުމީ އެއަރލައިން އިން ވެސް ސަޕޯޓް ކުރަން ވީ އެވެ.
ޗަކް
07 September 2025
މައުމޫނު ދުވަސްވަރު ސާފްޗެމްޕިޔަން ފައިނަލް ލަންކާގައި އޮތްއިރު އޭރު ގަލޮޅު ދަނޑަށްގޮސްތިބެ ފޯރިނަގާ ގްރޫޕަށް ސަމަރޭ ޓިކެޓް ދީގެން ލަންކާއަށް ގެންދިޔަ. އޭގެ އިތުރުންވެސް ހަޅޭއްލަވައި ފޯރިނަގާ ވައްތަރު މީހުންނަށް ޓިކެޓު ބަހައިވެސް ހެދި.