ރައީސް ޑރ މުއިއްޒު އާއި ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން): ރައީސް ވަނީ ޓީމަށް ގުޅުއްވައި ހިތްވަރު ދެއްވާފަ
07 ސެޕްޓެމްބަރ 2025 - 17:14
ސްރީ ލަންކާއާ ދެކޮޅަށް އިއްޔެ ރާއްޖޭން ކުޅުނު މެޗުގައި ދިވެހި ގައުމީ ފުޓްބޯޅަ ޓީމު ހޯދި ކާމިޔާބީއާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެ ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) އަށް ގުޅުއްވައި ހިތްވަރު ދެއްވައިފި އެވެ.
ރައީސް އޮފީހުން ބުނީ، ކުރިއަށް އޮތް މެޗުތަކުގައި ވެސް ކާމިޔާބީ ހޯދުމަށް ހިތްވަރާ އެކު މަސައްކަތް ކޮށްދިނުމަށް ކޯޗު މޯހަން އާއި ކުޅުންތެރިންގެ ކިބައިން ރައީސް އެދިވަޑައިގެންނެވި ކަމަށެވެ.
"މީގެ އިތުރުން ފުޓްބޯޅައިގައި ދިވެހި ގައުމަށް ރަންވަނަތަކެއް ހޯދައިދިނުމަށް ގައުމީ ޖޯޝާ އެކު މަސައްކަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވި އެވެ،" ރައީސް އޮފީހުގެ ވެބްސައިޓުގައި ވެ އެވެ.
މި ފޯނު ކޯލްގައި މޯހަން ބުނީ، ރައީސް މުއިއްޒު ދިވެހި ގައުމީ ފުޓުބޯޅަ ޓީމަށް ގުޅުއްވައި މަރުހަބާ ވިދާޅުވުމަކީ ޓީމަށް ލިބުނު އިތުރު އުފަލަކާއި ހިތްވަރެއް ކަމަށެވެ. އަދި ރައީސް އެދިވަޑައިގެންނެވިގޮތަށް ދިވެހި ފުޓްބޯޅަ އަށާއި ރައްޔިތުންނަށްޓަކައި ފުޓްބޯޅަ އަށް ރީތިނަން ހޯދައިދިނުމަށް ކުރިއަށް އޮތް މެޗުގައި އިތުރަށް ހިތްވަރުކޮށް، ޓީމުގެ އުއްމީދަކީ ތަށި ކާމިޔާބުކުރުން ކަމަށް ވެސް މޯހަން، ރައީސް މުއިއްޒަށް ދެންނެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ސައުތު އޭޝިއަން ސުޕަ ކަޕްގައި ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަނުން އިންތިޒާމު ކުރި ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި އިއްޔެ ރާއްޖޭން ލަންކާގެ މައްޗަށް ކާމިޔާބު ހޯދީ 3-0 އިންނެވެ. ދިވެހި ޓީމުގެ ލަނޑުތައް ޖެހީ ނާއިޒު ހަސަން (ދާދު) އާއި އިބްރާހިމް މަހްދީ ހުސައިން (ފޭދޫ އިއްބެ) އަދި އަލީ ފާސިރު (ސެންޓޭ) އެވެ.
ލަންކާއާ ދެކޮޅަށް ރާއްޖޭން ކުޅޭ ދެވަނަ މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހު އެވެ. އެ މެޗު ވެސް އޮންނާނީ ކޮލަމްބޯގެ ރޭސްކޯސް ސްޓޭޑިއަމްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފާނަކޮށި
08 September 2025
ބައްސާމް ބޭރުކޮށްލީމާ ރާއްޖޭގެ ފުޓްބޯޅަ ރަނގަޅުވަނީ.....
ަހައްގު
07 September 2025
މިގައުމުގަ މިނޫން ކުޅިވަރެއް ނުކުޅެނީތައް އޯޕަން ބަޖެޓަކުން ޚަރަދު ކުރަނީ ، 65 އަހަރު ވެއްޖެ އެތަކެއް ޚަރަދު ކުރާތާ ، އަދި ލިބުނީ މިސަރަހައްދުން އެއްމެ ތަށްޓެއް ، އެހެން ކުޅިވަރު ތަކުން އެތަކެއް މެޑަލް ހޯދައިފި ، އެތްލެޓިކްސް ، ޓީޓީ ، ބެޑްމިންޓަނުން ވަނީ އެތަކެއް މެޑަލް ހޯދާފައި ؟
ސާބަސް ޓީމު
07 September 2025
ޝަުކުރިއްޔާ ދިވެހި ޤައުމީޓީމު