ފަހުމީ: އޭނާ ވަނީ ސްޓެލްކޯ ލީޑް ކުރަން ދެއްވި ފުރުސަތަށް ޓަކައި ރައީސަށް ޝުކުރު އަދާކުރައްވާފައި - ފޮޓޯ: މިހާރު
07 ސެޕްޓެމްބަރ 2025 - 20:54
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި އެ ކުންފުނި ހިންގުމުގެ ފުރުސަތު ދެއްވި ކަމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު އަދާކުރައްވަމުން ހުސައިން ފަހުމީ 27 އަހަރަށް ފަހު ސްޓެލްކޯއާ ވަކިވެއްޖެ އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު ބުނީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ފަހުމީ ވަކިކޮށް، އެ މަގާމަށް މިފްކޯގެ ކުރީގެ ސީއީއޯ އަހުމަދު ޝަމާހް ރަޝީދު އައްޔަންކޮށްފައިވާ ކަމަށެވެ.
މި ކުއްލި ނިންމުމާ އެކު ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 27 އަހަރު މަސައްކަތްކުރި ސްޓެލްކޯ ލީޑް ކުރަން ރައީސް ދެއްވި ފުރުސަތަށް ޝުކުރުވެރިވާ ކަމަށެވެ. އޭނާ ވަނީ އެ ކުންފުނީގެ އިސްވެރިންނަށާއި މުވައްޒަފުންނަށް ވެސް ޝުކުރު އަދާކުރައްވައިފަ އެވެ.
އަބަދުވެސް އެދެނީ ސްޓެލްކޯ އިތުރަށް ކުރިއަރައި، ގިނަ ކާމިޔާބީތައް ހާސިލް ކުރަން ކަމަށް ވެސް ފަހުމީ ވިދާޅުވި އެވެ.
ސްޓެލްކޯގައި 25 އަހަރު ހިދުމަތް ކުރެއްވިފަހުން ފަހުމީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރެއްވީ މި ސަރުކާރު ވެރިކަމާ ހަވާލުވެ، ނޮވެމްބަރު 2023 ގަ އެވެ.
ފަހުމީ ސްޓެލްކޯގެ އެމްޑީ ކަމުން ވަކިކޮށް އެހެން މަގާމަށް އައްޔަން ކުރާ ކަމެއް އަދި އެނގިފައެއް ނެތެވެ. ނަމަވެސް، އޭނާ އެ މަގާމުން ވަކިކުރަން އުޅޭ ކަމުގެ އަޑުތައް އަރާފައިވާތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޓްވިސްޓް
08 September 2025
ފަހުމީ ތިހާވަރަށް ޝުކުރު ތި ދަންނަވަނީ ދެއްވަން ހަމަޖެހިފައި އޮތް މަގާމު ވަރަށް ސާފުކޮށް އެގޭތީވެ.. މީ ލައްކަ ވާހަކަ
ގުދުގުދާބެއްޔާ
08 September 2025
ފަހުމީ ދެން ކަރަންޓްގެ އަގުހެޔޮވާނެތޯ؟
ފަހުމީ.
08 September 2025
އަޅުގަނޑު ވަޒީފާ އިން ވަކިކޮށް ތަނުން ބޭރުކޮށް އެއްލާލި ކަމަށްޓަކައި އިއްޒަތްތެރި ރައީސު ދެކެ ވަރަށް ހިތްހަމަ ނުޖެހިފައި މިހުރީ.
އެޑްމުންޑޯ
08 September 2025
27 އަހަރުވަންދެން ތިޔަކުރެއްވީ ކުޑަ ޚިދްމަތެއްނޫން ، ގައުމާއި ރައްތިތުންނަށް ތިޔަ ކޮށްދެއްވި ޚިދްމަތަށް ޝުކުރު ދަންނަވަން ، އެދެނީ ފަހިމާދަމާ އަކަށް ، އެކަމަކުވެސް ހައިރާންވޭ ، 27 އަހަރުގެ ޚިދްމަތް ބަލާނުގަނެ މަގާމުން ބޭރުކޮއްލީމާވެސް ރައީސަށް ޝުކުރު ، މިއީ ކޮންގޮތަކުން ހައްގުވާ ޝުކުރެއް ؟؟؟
އަހުމަދު ފާރ
08 September 2025
ފަހުމީއަކީ ވަރަށް ރަގަޅު ބޭފުޅެއް ޚާއްސަކޮއް ޓްވީޓް ކުރަން. ލަފާފުޅާ އިރުޝާދުގެ ދަށުން.
ގެނަރަލިސިމޯ
08 September 2025
ޓެލެކޮމް މޮނޮޕޮލީ ދުއްވާލީމަ ރައްޔިތުންނަށްވީ ފައިދާ އިނގޭނެ އެ މޮނޮޕޮލީ އޮތްއިރު ހިދުމަތް ބޭނުންކުރި އެންމެންނަށް. ހަމައެގޮތަށް އެބަޖެހޭ އެނާޖީ ސެކްޓާއިންވެސް މޮނޮޕޮލީ ދުއްވާލާފަ ކޮމްޕެޓިށަން އަށް ފުރުސަތުދޭން.
ޑެބީ
08 September 2025
ހަމަ ހެވެނީ. ދުވާލަކު އެއްފަހަރު ނޫސްތަކަށް އަރާފަ، ރައީސްއަށް ދުވާލު ދެދަޅައަށް ސަނާކިޔާފަ، ހަފްތާއަކު އެއްފަހަރު މޮޅު ސެރަމަނީއެއް ބާއްވާފަ އުޅުނު ފަހުމީއަށް ވީގޮތުން. އެމްޕީއެލް ވަޖީހުއަށްވެސްވީ ހަމަމިވަރު.
ނާބަ
08 September 2025
ތިމާޔާ ނުބައްދަލ މަގާމް އެއްލިބުނީމަ އުޅޭފާޑައް އުޅެގަތީ މާބޮދައް ބޮޑާވެ ފޮނި ބޮޑުވީ މާލަސްވެއްޖެ ސުކުރު ރައީސް އަށް
ޕަޕެޓްޒް
08 September 2025
ގަންބާލާފަ ނަގާ އެއްލާލިއަސް ފަހުމީމެން ތިބޭނީ ސަނާ ކިޔާލަ ކިޔާލާ. ކިޔެވި އެއްޗެއްގެ އަގެއް ނެތް ތިމާ އަމިއްލަ ނަފުސަށް ވެސް އިހުތިރާމެއް ނެތް ފަދަ.
އަނީމް
07 September 2025
މަގާމު ލިބުނީމަ ފަހުމީ އުޅެން ފެށިގޮތުން މީ ރައީސުލްޖުމްހޫރިއްޔާއޭވެސް ބައެއްފަހަރު ހީވޭ...