ޚަބަރު / ސްވައިން ފްލޫ

ރޯގާގެ ތަފާސްހިސާބުން ފެންނަ އަސްލު މަންޒަރު

އެޗް1އެން1 އާއި ރޯގާގެ ތަފާސް ހިސާބު

ހުމާއި އަރިދަފުސް ރޯގާއާ އެކު ރާއްޖޭގެ އެކި ހިސާބުތަކުގައި އެޗް1އެން1 ފެތުރެމުންދާކަން މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން އާންމުންނަށް އެނގުމާ އެކު ކަންބޮޑުވުން އިންތިހާއާއަށް ދިޔަ އެވެ. މި ހާސްކަން އޮތް މިންވަރު އެންމެ ބޮޑަށް ހާމަވީ މިއަދު އެވެ. ސްކޫލް ބަންދަށް ފަހު އަލުން ހުޅުވަން ނިންމިޔަސް ދަރިން ސްކޫލަށް ފޮނުވީ މަދު ބައެކެވެ. މިއީ ރޯގާގެ ހާލަތަށް ވުރެ އާންމުން ގެންފައިވާ ބިރު ބޮޑުވުމުގެ ނަތީޖާހެއްޔެވެ؟

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ) އިން މި މަހުގެ 14 އިން ފެށިގެން އާންމުކުރަމުން އަންނަ ރޯގާއާ ބެހޭ ތަފާސްހިސާބުން މުޅި ރާއްޖޭގެ ހާލަތު ވަޒަންކޮށްލެވެ އެވެ. ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދަށް އަންނަމުން ދިޔަ ބަދަލާއި އެޗް1އެން1 އަށް ޓެސްޓްކޮށް ޕޮޒިޓިވްވި މީހުންގެ އަދަދު އަދި އެ ބަލީގައި މަރުވި މީހުންގެ އަދަދު އެނގެ އެވެ.

އެޗްޕީއޭ އިން ހިސާބުތައް ހާމަކުރަން ފެށިއިރު މާލެ ފިޔަވައި ރާއްޖޭގެ އެހެން ހުރިހާ ރަށަކުން ކޮންމެ ދުވަހަކު ހާހަކަށް ވުރެ ގިނަ މީހުން ރޯގާ ޖެހިގެން ރިޕޯޓްކޮށްފައިވެ އެވެ. އެކަމަކު އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު މި އަދަދު މިހާރު ވަނީ 300 އާ ހަމަޔަށް ދަށްވެފަ އެވެ. މާލެއިން ދުވާލަކު ހާހެއްހާ މީހުން ރިޕޯޓްކުރި އިރު މިހާރު އެ އަދަދު ވަނީ 250 އާ ހަމަޔަށް ދަށްވެފަ އެވެ. އެންމެ ފުރަތަމަ މުޅި ރާއްޖެއިން ދުވާލަކު ދެ ހާހަށް ވުރެ ގިނަ މީހުން ރިޕޯޓްކުރި ކަމުގައި ވިޔަސް މިހާރު ވަނީ އެ އަދަދު ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަށް ދަށްވެފަ އެވެ.

އާންމު ރޯގާއަށް ވުރެ ކަންބޮޑުވުން އޮތީ އެޗް1އެން1 ފެތުރޭތީ އެވެ. މިދިޔަ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް 501 މީހަކު އެޗް1އެން1 އަށް ޝައްކުވެ ޓެސްޓްކުރި އިރު އޭގެ ތެރެއިން 185 މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. ފަސް މީހަކު އޭގެ ތެރެއިން މަރުވެއްޖެ އެވެ.

އެޗްޕީއޭ އިން ނެރުނު އެންމެ ފަހުގެ ނުވަ ރިޕޯޓަށް ބަލާއިރު އެވްރެޖްކޮށް ދުވާލަކު 24 މީހަކު އެޗް1އެން1 އަށް ޓެސްޓްކުރި އެވެ. އޭގެ ތެރެއިން ޕޮޒިޓިވްވި އެވްރެޖަކީ 11 އެވެ. އެޗް1އެން1 އަށް ޕޮޒިޓިވްވި އަދަދު އެއް ދުވަހެއްގެ މައްޗަށް އެންމެ ގިނައިން އޮތީ 24 އެވެ. އެންމެ ފަހުގެ ރިޕޯޓްގައި 9 އެވެ.

ރޯގާ ޖެހިގެން ރިޕޯޓްކުރާ އަދަދު ވަރަށް ބޮޑަށް މަދުވެ އެކަމަކު އެޗް1އެން1 އަށް ޓެސްޓްކުރާ އަދަދު ދާދި އެއްވަރެއްގައި މިހާރު ހުރީ ހިފެހެއްޓިފަ އެވެ. އާދައިގެ ރޯގާއަކާ އެޗް1އެން1 އާ ހުރި ތަފާތު ދެނެގަތުމުގައި ކުރިއަށްވުރެ ހޭލުންތެރިވެފައިވާ ކަމަށް މި ތަފާސް ހިސާބުން ބެލެވެ އެވެ.

13 ކޮމެންޓް, 84 ރިއެކްޝަންސް

icon happy icon happy 18%
icon sad icon sad 48%
icon angry icon angry 35%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

-500

13 June 2018

މުޅި ރާއްޖޭގަ ތިޔާ އެއްޗެއް ފެތުރުނު، ދެންބަލާ ތިޔަށް ޓެސްޓް ހެދެނީ ކިތައް ހޮސްޕިޓަލުންތީ

The name is already taken The name is available. Register?

ހަމީދު

27 March 2017

ތަފާސް ހިސާބުން ރަގަޅަށް ހިސާބުޖަހައިގެން ބަލައިފިނަމަ ފެންނަނީ ރާއްޖޭގެ އާބާދީގެ %37 އަށް އެހް.ވަން.އެން.ވަން ޖެހިފައިވާކަން. އަދި އެހް.ވަން.އެން.ވަން ޖެހިގެން %3 މީހުން މަރުވެފައިވާކަން. މީ ސީރިއަސް ބޮޑެތި އަދަދުތަކެއް .. ވިސްނާ ފިކުރު ހިންގާ މީހަކަށް ހުރި އިބުރަތެއް ..

The name is already taken The name is available. Register?

އާމިރު އަހްމަދު

27 March 2017

މިރިފޯޓް ތަށް އިގިރޭސީ ބަހުން މިނެރެނީ ދިވެހި ވަންތަކަން ވަރުގަދަ ކުރަން ދޮއްތޮ!!! ސާބަހޭ ކަލޭމެނަށް!!!

The name is already taken The name is available. Register?

ބޭބެ

26 March 2017

މިއީ ހަމައެކަނި ޑޮކްޓަރަށް ދައްކާ މީހުން. އަހަރެންގެ އާއިލާ ގެ އަނބިމީހާ އާއި 3 ކުދިން ބަލިވި. ހާލުބޮޑުވެގެން ޑޮކްޓަރަށް ދެއްކީ ހަމަ އެކަނި އަނބިމީހާ. އަނބި ގޮއްޔެ އެޗް1އެން1 އަށް ޕޮޒިޓިވްވި .. އޭގެ މާނައަކީ ކުދިން ކޮޅައްވެސް އެޖެހުނީ އެޗް1އެން1 ކަމަށް ޤަބޫލު ކުރެވޭ. ތިގެންގުޅޭ ތަފާސް ހިސާބުތައް އެހެންވީމާ ގޯސްވާނެ. ޔާމީނުގެ ސަރުކާރަކަށް އަހަރެން އިތުބާރެއް ނުކުރަން. ޖެނުއަރީގައި އެޗް1އެން1 އުޅޭކަން ޕްބްލިކަށް ހާމަ ކުރިނަމަ މިހެނެއް ނުވީސް.

The name is already taken The name is available. Register?

ފޭކު

26 March 2017

ޓެސްޓް ކުރަން ޖެހޭ އެންމެން ޓެސްޓް ކުރާނަމަ ތިޔަށް ވުރެ ޕޮޒިޓިވް ނަމްބަރ މަތިވާނެ.

The name is already taken The name is available. Register?

ޑޮކް

26 March 2017

1918 ގައި ދުނިޔޭގައި ހިނގި ސްވައިން ފްލޫ ޕެންޑަމިކްގައި ގައިގަނޑަކަށް 20 މިލިއަން މީހުން މަރުވެގްނ ދިއަ. ޖެހުން މީހުންގެ ތެރެއިން 3-2 % މީހުން މަރުވެިކަމަށް ބެލެވޭ މޯޓަލިޓީ ރޭޓުން......ރާއްޖޭގަ ޕޮޒިޓިވްވި މީހުންގެ އަދަދާ މަރުވި މީހުންގެ އަދަދާ ބެލުމުންވެސް އުޅެނީ 3-2 % ގެ މޯޓަލިޓީ ރޭޓެއް. ރާއްޖޭގެ އާބާދީއަށް ބަލާނަމަ މީ ބިރުވެރިކަމެއް...މިހާރު ރާއްޖޭގަ ވާނީ މިކަން ޕެންޑަމިކްއަކަށް....ކުޑަ ކަމެއް ނޫން...މި ބަލި ބިރުވެރި ވަނީ ފެތުރޭލެއް އަވަސް ވެފަ ޖެހޭލެއް ފަސޭހަކަމުން....ހަށިގަނޑުން ރެސްޕޮންޑް ކުރަންވާއަިރަށް ހަށިގަނޑުތެރެއަށް ފެތުރިފަ ހުންނަނީ...އެހެންވެސް ގިނަ ދުވަސް ވަނީ ރަނގަޅުވާން...

The name is already taken The name is available. Register?

އަޒުމް

26 March 2017

ޕެންޑެމިކްގެ މާނައަކީ ކޮބައިތޯ

The name is already taken The name is available. Register?

ޕެންޑެމިކް

27 March 2017

@އަޒުމް. ޕެންޑެމިކަކީ ގައިންގަޔަށްއަރާ ޒާތު ބަލިތައް (ކޮންޓްރޮލް) ނުކުރެވި އާބާދީގެ ބޮޑުބަޔަކަށް، ބައެއްފަހަރު ކައިރި ގައުމުތައް ހިމެނޭހެން، ފެތުރުން ނުވަތަ ފެތުރުމުން ބޭނުންކުރާ ލަފްޒެއް.

The name is already taken The name is available. Register?

އޭން

26 March 2017

ރާއްޖޭ އެންމެން ޑޮކްޓަރަށް ދައްކާ ނިމުނީމަ ދެން އަންނާނީ މަދުވަމުންނޭ. އެކަމަކު އޭގެ މާނައަކީ ބަލިމީހުން މަދީއެއް ނޫން. ނުފެތުރެނީކީ އެއް ނޫން. ތި ސަރުކާރުން ދައްކާ ވާހަކަ ގަބޫލްކުރާ އެކަކުވެސް ނެތް މިހާރު.

The name is already taken The name is available. Register?

މިތުރާ

26 March 2017

ފުރިހަމަ މައުލޫމާތު ނުދޭ ސަރުކާރަކަށް ރައްޔަތުން ބޯނުލަބާނެކަން މައިންބަފައިން ސާބިތު ކޮއްދިފި. ރައްކާވެ ތިބިއްޔާ ދަތުރޭކޭ ކާބަފައިންބުނީ މަޖަލަކަށް ނޫން އެބަޔަކަށް އެގޭނަމަ ހެދުނު ގޯސްތަ އަވަހަށް ރަގަޅު ކުރަންވީ. ވަގުތު ފާއިތު ނުވަނީސް.

The name is already taken The name is available. Register?

ބެލެނިވެރިޔާ

26 March 2017

ތި ތަފާސް ހިސާބުގަ ނޫސްވެރިޔާ ބުނެ ނުދީ އޮތްވާހަކަ އެއްވެސް އެބަ އޮތް . ހުން އައިސްގެން ޑޮކްޓަރަށް ދެއްކީ ކިތައް މީހުން ތޯ؟ އެތަނުން ޓެސްޓް ކުރީ ކިތައް މީހުން ތޯ؟ ހަތަރު ލައްކަ ހަމަނުވާ އާބާދީގެ ކިތައް މީހުން ބަލިވި ތޯ؟ އަތޮޅުތަކުގެ ނިސްބަތުން ރޯގާ އެންމެ ނުރައްކާވީ ކޮން އަތޮޅެއްގަ ތޯ؟

The name is already taken The name is available. Register?

އިބްރާހިމް ސަޢީދު

26 March 2017

މިފަދަ ތޮއްޖެހިފައިވާ ރަށެއްގައި ބަލި ފެތުރޭ މިންވަރާއި، ބަލި ހުރިވަރު، ޑޮކްޓަރަށް ދައްކާ މިންވަރުން ބެލުމަކީ ބުއްދިވެރިކަމެއް ނޫން. ސްކޫލް ޔުނިވާސިޓީ ކޮލްޖްތައް ބަންދުކުރޭ!

The name is already taken The name is available. Register?

ކުޑޭ

26 March 2017

ތި ކޮން ރަަށެއްތަ. ވޭމަންޑޫތަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454