11 ސެޕްޓެމްބަރ 2025 - 13:22
އާއްމު އިޖުތިމާއީ ހިދުމަތްތެރިއެއްގެ ގޮތުގައި މަޝްހޫރުވި އަހުމަދު ހިޝާން، ކުޑަކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރި މައްސަލައިގައި ދައުވާ ނުކުރީ ހެކި ނެތިގެން ނޫން ކަމަށާއި ދައުވާ ކުރުމުގެ މުއްދަތު ފަހަނައަޅައި ދިއުމުން ކަމަށް ޕީޖީ އޮފީހުން މިއަދު ބުނެފި އެވެ.
އެ އޮފީހުގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ހިޝާންގެ މައްސަލަ ތަހުގީގުކުރުމަށް ފަހު، ދައުވާ ކޮށްދޭން އެދި 2020 ވަނަ އަހަރު ފުލުހުން އެ މައްސަލަ ފޮނުވި ކަމަށެވެ. އަދި އޭރު ލިބިފައި ހުރި ހެކިތަކަށް ބަލާއިރު ވެސް ދައުވާ ކުރެވޭ ވަރަށް ބައެއް ކުދިންނާ ގުޅޭ ގޮތުން ހެކި ހުރި ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު، ހެކި ހުރި މައްސަލަތަކުގައި ދައުވާ ކުރުމުގެ މުއްދަތު ފަހަނައަޅައި ގޮސްފައިވާތީ ދައުވާ ނުކުރެވުނީ ކަމަށް ޕީޖީ އޮފީހުގެ އޮފިޝަލް ވިދާޅުވި އެވެ.
ޖިންސީ ގޯނާގެ ތުހުމަތުގެ އެ މައްސަލަ ކުރިއަށް ނުގެންދެވުނީ، އޮފިޝަލް ވިދާޅުވި ގޮތުގައި އެކަންކަން ހިނގިތާ އަށް އަހަރަކަށް ވުރެ ގިނަ ދުވަސްވުމުންނެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ ގޮތުން، މައްސަލައެއްގައި ދައުވާ ކުރެވޭނީ އެކަމެއް ހިނގިތާ 8 އަހަރުގެ ތެރޭގަ އެވެ. މި މައްސަލަ ފެންމަތިވިއިރު، ހިޝާންގެ ފަރާތުން އަނިޔާ ލިބުނު ކަމަށް ތުހުމަތުކުރާ ކުދިންގެ އުމުރުން 18 އަހަރު ވެއްޖެ އެވެ.
"ދައުވާ ނުކުރެވުނީ މުއްދަތު ފަހަނައަޅާ ދިޔައީމާ. [ދައުވާ ކުރެވޭ ވަރަށް] ހެކި ހުރި،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހިޝާންގެ މައްޗަށް ދައުވާ ނުކުރެވުމުން، އޭނާގެ ފަރާތުން އަނިޔާ ލިބުނު މީހުން އެކަން ހުށަހެޅުމަށް އެ އަހަރު ހުޅުވާލި ކަމަށެވެ. ނަމަވެސް، އެ މުއްދަތުގެ ތެރޭގައި އެފަދަ އެއްވެސް ރިޕޯޓެއް ނުލިބޭ ކަން ޕީޖީ އޮފީހުގެ އޮފިޝަލް ފާހަގަކުރެއްވި އެވެ.
ނަމަވެސް، އެ ތުހުމަތުތައް ދޮގުކޮށް ހިޝާން ބުނީ ޖިންސީ ގޯނާގެ ތުހުމަތަށް މިހާތަނަށް ކުރީ އެންމެ ދެ ސުވާލު ކަމަށެވެ. އެއީ ސޯޝަލް މީޑިއާގައި އޭރު ދެއްކި ވާހަކަތަކާއި އެއްވެސް އިރެއްގައި ކުއްޖަކަށް ޖިންސީ ގޯނާކޮށްފައިވޭތޯ އެވެ.
އިތުރަށް ސުވާލެއް ނުކުރާ ކަމަށް އޭނާ ބުންޏެވެ.
"ތަހުގީގު ނިމުނީ. ރައްދުވާ މީހާއަށް އެނގެން ޖެހޭނެތާ އޭނާ ޖިންސީ ގޯނާކުރީ ކާކަށް ކަން. އަނެއްކާ އެޗްއާރުސީއެމުން އެބައޮތް ބޮޑު ރިޕޯޓެއް ނެރެފައި ވިކްޓިމް އަކީ ކާކުކަން ސާފުނުވާ ކަމަށް،" ހިޝާން ބުންޏެވެ.
އޭނާ ބުނިގޮތުގައި ކުޑަކުއްޖަަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނެ, 20 އަހަރު ފަހުން އެއްވެސް މީހަކު ނުނިކުންނާނެ ކަމަށެވެ. އަދި ފުލުހުން ދިން ލިޔުމުގައި ވެސް، ދައުވާ ކުރަންޖެހޭ މުއްދަތުގައި އެފަދަ ކަމެއް ހިނގިކަމުގެ ރިޕޯޓެއް ނެތް ކަމަށް ބުނެފައިވާކަން ފާހަގަކުރި އެވެ.
އިޖުތިމާއީ ދާއިރާއިން ގައުމީ އިނާމު ވެސް ހާސިލް ކޮށްފައިވާ ހިޝާނަށް، ކުޑަކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޖިންސީ ގޯނާކުރާ ކަމުގެ ތުހުމަތު ފުރަތަމަ ކުރީ 2020 ވަނަ އަހަރު އެވެ. ބައެއް މީހުންނަށް ދިމާވި ކަންކަން ވެސް ސޯޝަލް މީޑިއާގައި އޭރު ހިއްސާކޮށް، އޭނާއާ ދެކޮޅަށް ބައެއް މީހުން ބަޔާން ވެސް ދިނެވެ.
އެ މައްސަލަ ފެންމަތިވުމާ އެކު، އެޗްއާރުސީއެމްގެ ޑިސެބިލިޓީ އެމްބެސެޑަރުކަމުން ހިޝާން ވަކިކޮށް، ޕާސްޕޯޓު ވެސް ހިފެހެއްޓި އެވެ. އޭގެ ފަހުން، ޕާސްޕޯޓު ދޫކޮށްލުމުން އޭނާ ވަނީ ރާއްޖެ ދޫކޮށް ތުރުކީ އަށް ދިރިއުޅުން ބަދަލުކޮށްފަ އެވެ. އޭގެ ފަސް އަހަރު ފަހުން، މިދިޔަ މަހުގެ ފަހުކޮޅު ހިޝާން ވަނީ ރާއްޖެއަށް އައިސްފަ އެވެ. އަދި އޭނާގެ މައްޗަށް ތުހުމަތުކޮށް، މައްސަލަ ތަހުގީގު ކުރީ ނުހައްގުން ކަމަށް ބުނެ ބައެއް މީހުންނާ ބެހޭ ގޮތުން ބޮޑެތި ތުހުމަތުތައް ކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މިސްޓަރ ވާން
13 September 2025
ކުޑަކުދިންނާއި ބެހޭ އެހެންމީހުން ދައުވާކުރާ މުއްދަތުގައި ދައުވާ ކޮށް ޖަލައްލާ. މި ހިސާނަށް ދައުވާ ނުކޮށް ބޭއްވުމުގެ މާނައަކީ ރާވައިގެން އެނާ ދޫކޮށްލުން. ޒިންމާ ނަގަންޖެހޭ މިހުން ކޮބާ!!!
ޞިމާނ
13 September 2025
އޭނާ ބުނިގޮތުގައި ކުޑަކުއްޖަަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނެ, 20 އަހަރު ފަހުން އެއްވެސް މީހަކު ނުނިކުންނާނެ ކަމަށެވެ. މީ މިކަހަލަ މީހުންގެ ބަސްމަގު. ޢަނިޔާ ލިބޭ ފަރާތަށް އެ ހިތްވަރު ލިބިގެން 30 އަހަރު ފަހުން ރިޕޯޓު ކުރިޔަސް ހަމަ ތި ހިސާން އެކަން ނުކުރާ ކަމަށް ވާނެތަ؟ ޢޭނަގެ ހައްގު އާހިރަތް ދުވަހުން އިންޝާﷲ ލިބޭނެ.
ހަލީމްބާއި
12 September 2025
މި ރާއްޖޭގައި ކުށްވެރިއަކު ކުށްވެރިވާނެ އެއްގޮތެއްވެސް ނޯންނާނެ. ރިހާކުރު ފުޅިއެއް ވަގަށް ނެގުން ނުވަތަ ޖުވެނައިލް ކޯޓު ގޯތިތެރޭ އަނބުގަހުން އަނބެއް ބިނުންފަދަ ބޮޑު ޖިނާޢީ ކުށެއް ކުރާ މީހަކަށް އެކަނި ހުކުމް އަންނާނީ
ކޮރަލް
11 September 2025
ޑަކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރި އެވެ. ހެކި ހުއްޓެވެ. ދައުވާ ނުކުރީ އެވެ. މިއީ ފޮރުވައިގެން ގެއްލު ވާލި މައްސަލަ އަކަށް ވެދާނެ އެވެ. މީނަ ރާއްޖެއިން ބޭރަށް ފޮނުވާލީ އެވެ. ދެން ސަލާމަތް ވާނެ ކަން ޔަގީން ވީމަ މާލެ އައީ އެވެ. މީހުން ހަނދާން ނެތޭހާ ދުވަސް ކޮށްފަ އައީ އެވެ.
ދޮހޮއްތު
11 September 2025
މީހެއްގެ އަބުރުގެއްލޭ އެއްވެސް ބަޔާނެއް ދައުލަތުން ތިލަކުރެވިގެން ނުވާނެ ފިޔަވަޅެއް އެޅޭނެ ގޮތެއް ނެތީސް. އެއީ އިންސާނަކައް ދެވޭނެ އެންމެ ބޮޑު ގެއްލުން.
ސލނ ގނއގ
11 September 2025
ވެދުން ސަލާމައްފަހު ހެކި ހުރެގެން ދައުވާނުކުރީ މީނަގެ ބޭނުން ފަހުން ނަހަމަ ގޮތުގަ ހިފޭހާ ވަރުގަދަ ސަޙްސިއްޔަކީތޯ، ނުވަތަ އަސްލު ހެކި ނެތީތޯ، ނުވަތަ އޭނަ އަތުގަ ދައުވާކުރަން ތިބި ބޭފުޅުން ގެ މަންޒަރު ތަކަކާއި ބާރެއް ނުވަތަ ފަހުން ބޭނުންކުރެވޭ ޒާތުގެ ދެކޮޅު ހަތިޔާރީ ހެކިތަކެއް ހުރުމުން ހައްޕު ކިޔީތޯ¿
އަދާލަތު
11 September 2025
ދޫކޮށްލަންބޭނުންވާމީހަކުގެމައްސަލަ 10 އަހަރުވަންދެންވެސް ޝަރީޢަތަށްނުފޮނުވައި ބާއްވަފާނެކަމުގެހެކި އަމިއްލައިޢުތިރާފުން ތިއޮތީސާބިތުވެފައި. ތަޙުޤީޤީ މަރުޙަލާތަކާއި، ޤާނޫނުތަންފީޛުކުރާ އިދާރާތަކުގެ އިސްބައެއްމީހުންނަކީ، ވިކޭބައެއްނޫންބާވައޭހިތަށްއަރާ.
ރާއްޖެ
11 September 2025
ޝަރީއަތެއް ނުކޮށް ކުށެއް ސާބިތު ނުވާ މީހަކު ކުއްވެރިއެއް ކަމަށް ދޭހަވާ ގޮަތަށް ޕީޖީއަށް ބަޔާން ނެރެވިގެން ނުވާނެ.
އަނިޔާލިބުނު މީހެއްނެތިއްޔާ ތީ ފްރޭމްކުރުން
11 September 2025
ނިކަން ވިސްނާލަބަލަ. ސޯޝަލް މީޑިއާގަ މީހަކު ކޮށްލާ ތުހުމަތަކަށް މީހަކާމެދު ތިގޮތަށް ޢަމަކު ކުރަންވެއްޖެއްޔާ ކޮބާ ސަލާމަތެއް. ސޯޝަލް މީޑިއާގަ ލިޔެފާނެ ކޮންމެ އެއްޗެކޭވެސް. އަނިޔާލިބުނު މީހުން ރިޕޯރޓް ކުރަން ބުނުމުން އެކަކުވެސް ރިޕޯރޓް ނުކުރޭ. ފުލުހުންގެ ރިޕޯރޓުގަ ބުނަނީ އެއްވެސް މައްސަލައެއް ހުށަހަޅާފަނެތޭ. ޕީ.ޖީ އިން ތިބުނާ ހެއްކަކީ ސޯޝަލް މީޑިއާގަ ކޮށްފަހުރި ތުހުމަތުތޯ؟ އަނިޔާ ލިބިނު މީހެއް ނޭނގޭއިރު ކީއްވެ ފިޔަވަޅުއެޅީ. މީހެއްގެ އަބުރުކަތިލީ!
އަވައްޓެރި ސީދިބޭގެ ކުރުސީ
11 September 2025
ހިޝާނަކީ ވަރަށް ކުރީސުރެ ވަރަށް ގާތުން ދަންނަ މީހެއް އިންސާނިއްޔަތަށް ލޯބިކުރާ ހިދުމަތްތެރިއެއް އެފަދަ ކަމެއް ނުކުރާނެ ކަމަށް ގަބޫލެއް ނުކުރެވޭ. ތީ ސިޔާސީ ސަކަރާތެއް ކަމަށް ބެލެވޭ
ވާނުވާ.
11 September 2025
ޢެހެން ވީމަ ތިބުނީ ކުރާނެޔޭ އެއްނު! ބޭފުޅާ އަށް ކިޔޭ ނުކިޔޭ އެއްޗެއް އެބަ އިނގޭ ބާ؟
މަރީނާނ
13 September 2025
ކިތަށްމެ ގާތް ރައްޓެއްސަކަށްވިޔަސް ތިމާއަށް ނޭނގޭ ކަންކަން ހުންނާނެ. ޢަދި ހާއްސަކޮށް އެކަހަލަ މީހުން ވަރަށް މޮޅުވާނެ ހައިޑުކުރަން. ޢެކި މާސްކް އަޅައިގެން އެކި މީހުން ކައިރީ އުޅޭނީ. ޢަޅެ އަނިޔާ ލިބުނު ކުއްޖެއްގެ ބެލެނިވެރިއެއް ކައިޜީ އަހާބަލަ. ޢަދި މިނޫނަސް ދުވަހެއް އެބައޮތް. ޢެދުވަހުން ފިލޭނެބާ. މީސްތަކުންގެ ހައްގަގީ އެމީހަކު ތިމާއަށް މާފުކުރީމަ ލިބޭނެ އެއްޗެއް.
ވޯލް
11 September 2025
ހެއްކި ހުރެ ދައުވާ ނުކުރުމާއި ނުކުރެވުމާ ވަރަށް ތަފާތު. ޖިނާއީ ދައުވާ އަކީ ޕީޖީއަށް ފެނިއްޖެޔާ ކުރާ ކަމެއް. ހެކި ހުރެ މުއައްސަސާގެ އިއުމާލުން ދައުވާ ނުކުރެވި ދިޔަ ކަމުގައިވާ ނަމަ، އެއީ އޭގައި ކޮންމެވެސ އިންސާނެއްގެ އިއުމާލުއޮތް ކަމެއް. ކޮބަތޯ އަނިޔާ ލިބުނު މީހާގެ ހައްޤު ކޮބަތީ ކާކުތޯ އޭނަގެ ހައްގު ގެއްލުނު ސަބަބަު ބަލާނީ؟؟؟؟؟؟