ހުކުރު ދުވަހު ހަވީރު ނިއުއިން ނުކުންނާނީ ޓީސީއާ ދެކޮޅަށް. އެ ރޭ ވިކްޓަރީން ކުޅޭނީ ބުރު ސްޕޯޓްސްއާ ދެކޮޅަށް
މިދިޔަ އަހަރު ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ވިކްޓަރީން ކުޅުނު މެޗެއްގެ ތެރެއިން އެ ޓީމުގެ ކެޕްޓަން އަކުރަމް: ދިވެހި ލީގަށް އެނބުރި އައި ވިކްޓަރީ ނިއު ކުޅޭ ފުރަތަމަ މެޗުތައް އޮންނާނީ ހުކުރު ދުވަހު --- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު
13 ސެޕްޓެމްބަރ 2025 - 18:03
ގާތްގަނޑަކަށް ދޮޅު އަހަރަށް ފަހު ފަށް ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގެ މެޗު ޝެޑިއުލް އެފްއޭމުން އާންމުކޮށްފި އެވެ.
ލިގު ފަށާނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭގަ އެވެ. އެ ރޭގެ މެޗުގައި ވާދަކުރާނީ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ އާއި ރަނަރަފް އީގަލްސް އެވެ.
އަންނަ ހުކުރު ދުވަހު ކުޅޭ ދެ މެޗުގައި، ހަ އަ ހަރުގެ މެދުކެނޑުމަކަށް ފަހު ދިވެހި ލީގަށް އެނބުރި އަންނަ ވިކްޓަރީ އާއި ނިއު ރޭޑިއަންޓްގެ ފުރަތަމަ މެޗުތައް އޮންނާނެ އެވެ.
ހުކުރު ދުވަހު ހަވީރު ކުޅޭ މެޗުގައި، ނިއު ނުކުންނާނީ ޓީސީ ސްޕޯޓްސްއާ ދެކޮޅަށެވެ. އެ ރޭ ކުޅޭ މެޗުގައި ވިކްޓަރީ ނުކުންނާނީ ބުރު ސްޕޯޓްސްއާ ދެކޮޅަށެވެ.
ވިކްޓަރީ ދިވެހި ލީގަށް ޕްރޮމޯޓް ވީ، އެންމެ ފަހުން ބޭއްވި ދެވަނަ ޑިވިޝަނުގެ ފައިނަލުން ޖާގަ ހޯދައިގެންނެވެ. ފައިނަލަށް ދަތުރު ކުރި ދެ ޓީމު ޕްރޯމޯޓްކުރަން އެފްއޭއެމުން ނިންމީ، އޭރު އެއްވަނަ ޑިވިޝަނުގައި އޮތް އެއްވެސް ޓީމެއް ރެލިގޭޓްނުވާ ގޮތަށެވެ. އެކަމަކު މިދިޔަ މަހު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ވަނީ ލީގުން ވަކިވެފަ އެވެ.
ސަސްއިން ދޫކޮށްލި ޖާގަ އަށް އެފްއޭއެމްގެ އެކްސްކޯއިން ޕްރޮމޯޓް ކުރީ ނިއު ރޭޑިއަންޓެވެ. އެއީ ދެވަނަ ޑިވިޝަނުގެ ސެމީ ފައިނަލުން ބަލިވި ދެ ޓީމުގެ ތެރެއިން ނަތީޖާ އެންމެ ރަނގަޅު ޓީމަށް އެ ޓީމު ވުމުންނެވެ. ސެމީ ފައިނަލުން ދެން ބަލިވީ ޓެންޓެވެ.
ދެވަނަ ޑިވިޝަނުގެ ފައިނަލަށް ދަތުރުކޮށް އެއްވަނ ޑިވިޝަނުން މުޅިން އަލަށް ޖާގަ ހޯދި އޮޑި ސްޕޯޓްސްއިން ލީގުގައި ކުޅޭ ފުރަތަމަ މެޗު ކުޅޭނީ ހޮނިހިރު ދުވަހު ހަވީރު އެވެ. އެ މެޗުގައި އެ ޓީމާ ދެކޮޅަށް ނުކުންނާނީ ޔުނައިޓެޑް ވިކްޓަރީ އެވެ. ލީގުގެ ތާރީހުގައި އެންމެ ކާމިޔާބު އެއް ޓީމު ވެލެންސިއާއިން ލީގުގައި ކުޅޭ ފުރަތަމަ މެޗުގައި އަންނަ ހޮނިހިރު ދުވަހުގެ ރޭ ނުކުންނާނީ ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ.
އޮކްޓޯބަރު އަދި ނޮވެމްބަރުގައި ގައުމީ ޓީމު ކުޅޭ ދެ މެޗަށް، އެ ދެ މަހު ލީގުގެ ކުޅުން ގާތްގަނޑަކަށް ދެ ހަފުތާ އަށް މެދުކަނޑާލަން ވަނީ ހަމަޖެހިފަ އެވެ. ލީގުގެ ފުރަތަމަ ބުރު ނިމޭނީ ނޮވެމްބަރު 30 ގަ އެވެ.
ދިހަ ޓީމު ވާދަކުރާ ލީގުގެ ފުލަށް ދާ ދެ ޓީމު ސީދާ ރެލިގޭޓް ވާނީ ދެވަނަ ޑިވިޝަނަށެވެ. ލީގުގެ ހަތް ވަނަ އާއި އަށް ވަނަ ޓީމަށް ޖެހޭނީ، ރާއްޖޭގެ ހަތަރަު ސަރަހައްދުގައި ކުޅޭ ސަރަހައްދީ ލީގުގެ ޗެމްޕިއަން ޓީމުތަކާ އެކު ރެލިގޭޝަން ޕްލޭއޮފް ކުޅޭށެވެ. އެ މަރުހަލާގައި ކުޅޭ ހަ ޓީމުގެ ތެރެއިން އެންމެ ގަދަ ހަތަރު ޓީމު ދެން އަންނަ ސީޒަނުގެ ދިވެހި ލީގު ކުޅޭނެ އެވެ. އެ ސީޒަނުން ފެށިގެން ލީގު ކުޅޭނީ ހޯމް އެންޑް އަވޭ އުސޫލުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކެސްބައިވާރޭފެން
14 September 2025
މިހާ ދުވަސްވީމަ އަހަރުމެން ތިކަމެއް ހަނދާނެތްވެސްނެތް. ކުރީނަމަ އަހަރެން މީ ރެގިއުލާކަސްޓަމާއެއް. ނުލާހިކު މަޖާ. ރައްޓެހިންދާނެ. ފުރަތަމަ ހާފު ނިމުނީމަ އެންމެން ބޭރަށް ނިކުމެ ބައެމީހުން ފެގެއް ނުބޯލާ ދޫކޮށެއްނުލާނެ. މެޗްގެ ފުރަތަމާ ހާފައިބެހޭގޮތުން ޑިސްކަސް ކުރާނެ، މެޗް އެނެލައިޒުކުރަމުންގެސް ފޯރިގާ ބައެއްމީހުން ޒުވާބު ކުރާ ހިސާބަށްވެސްދާނެ. ކުޅުންތެރިންނެކޭ އެއްވަރަށް ރެފުރީންވެސް މަޝްހޫރުވާނެ، މިސާލަކަށް އަލަޑައިޔާ، ޓޯއްފި،..، އުއްމީދު، އަމީޒު
ނަގިއްޔާ
14 September 2025
ބުނަން ވާހަކައެއް. މިހާރު ނިއުރޭޑިއަންޓް ގަލޮޅުދަނޑުގައި ކުރުދަނޑިން މަސްބޭނިޔަސް ތިދަނޑަށް ވަންނާނެ ބަަޔަކު ނުވާނެ. އެމީހުންގެ ކެރެލާ ސިޑިބަރިވެސް އޮންނާނީ ފަޅަށް. ގިނަކުޅުންތެރިން އެތިބީ ބުރެކިނަރު ކެނޑޭ އުމުރުގައި. ދުއްވައި ގަތީމާ ހުޅުހުޅުން ޓާޓާކިޔަން ފަށާނީ އިސާހިތަކު ބުރެކިނަރުކެނޑި އަށިގަޑަށް ލައިގެން ނެރެންޖެހޭނީ!
ލެއްގިކޮމިޝަނަރ
14 September 2025
ތިނިއުރޭޑިއަންޓަކީ ވަލުދޮރޯށިން އެތެރެވެގެންއުޅޭ ކުލަބެއް. ސައްޕެއްޖަހާ އިހުއޮތް ޑިވިސަނަށް އެކުލަބު ފޮނުވާލަންޖެހޭ
ކަޅޭ
14 September 2025
ހުސެން ހަބީބު ރަނގަޅަށް މަޢުލޫމާތު ހޯދައިގެން ހަބަރު ލިޔޭ. ލީގުގެ ތާރީހުގައި އެންމެ ކާމިޔާބު ޓީމަކީ ނިއުރޭޑިއަންޓް.
ތުޅާދޫވަގު
14 September 2025
ބ.އަތޮޅުގައި އޭދަފުށި ނޫންތަނެއްގައި ފޫޓްބޯޅަ މުބާރާތް ބާއްވަން ޖެހޭ. އަބަދު އެރަށަށް ހުރިހާ ވިޔަފާރިތަކެއް ވާހެން ކަންކަން ކުރާކަށް ނުޖެހޭ. އަދި ޚާއްސަކޮށް ކިހާދޫ މީހުން މިކަމަށް ސަމާލުވާންޖެހޭ. އޭދަފުއްޓަށް ދުވަހަކުވެސް އަތޮޅުގެ އެހެންރަށެއްގެ ކުދިން ގެންދޭތަ؟ ދެން ކީއްކުރަން އަހަރުމެން ރަށްރަށުގަ އޮންނަ ކަޕަށް އޭދަފުށި މީހުން ގެންނަންވީކީ. ބ. އަތޮޅުކުދިން ވަރަށް ވިސްނަންވެއްޖެ.
އައްމަޓަ
14 September 2025
"ސަސްއިން ދޫކޮށްލި ޖާގަ އަށް އެފްއޭއެމްގެ އެކްސްކޯއިން ޕްރޮމޯޓް ކުރީ ނިއު ރޭޑިއަންޓެވެ" ސަސްއިން ވިއްކާލި ޖާގަ އެއީރަންގަޅު ގޮތަކީ. އެހެން ނޫނީ ނިއު ރޭޑިއަންޓުން ގަތް ޖާގަ.
އޮނަރަބްލް އަފީފު ދީދީ
14 September 2025
ނިއުރޭޑިއަންޓާއި ވިކްޓަރީއަކީވެސް ޤަވާއިދުގެ ތެރެއިން އަންނަން އޮތް އުސޫލުން ދިވެހި ލީޤަށް ކޮލިފައިވި ޓީމް ތަކެއްނޫން. ކ.މާލޭގެ ދެ ޓީމް ކަމަށްވާތީ ނިއު އަދި ވިކްޓަރީ އަށް ވެސް ފުރުސަތު ދީފައިވަނީ ޤަބީލާ އުސޫލުން ޤަވާއިދާއި ޙިލާފަށް. ކ.މާލެ ނޫން އެހެން އެއްވެސް ރަށެއްގެ ރައްޔިތުން މާލޭ މީހުން އެންޓަރޓައިން ކުރަން ތިޔަ މެޗްތައް ބަލަން ގަލޮޅު ދަނޑަށް ވަންނާނެ ކަމެއްނެތް. ތިއީ ދިވެހި ލީޤުގެ ނަމުގައި ކުޅޭ މާލޭ ލީގެއް ކަން ނޭގޭ ދިވެއްސަކު ނުހުންނާނެ.
ލެއްގިކޮމިޝަނަރ އޮފިޝަލް
14 September 2025
އޮނަރަބަލް ކުރިޔަށްލައިގެން އައްޑޫމީހުން އުޅެނީ ގޭންގުހަދާފަ މާރާމާރީ ހިންގުމާ ޑުރަގް ޑީލުކުރުމާ އެތަކެތި ބޮއެގެން އަމަލުވެފަ. ދެންކޮންކުޅިވަރެއް އައްޑޫ މީހުނަށް ކުޅެވޭނީ. ކ.މާލޭ މީހުނަކާ ނުކުޅެވޭނެ
ރަދީފްއޮފިޝަލް / އާސެނަލް ފޯ ލައިފް
13 September 2025
ތިޔާ ފުލް ޝެޑިއުލް ފެންނާނީ ކޮންތަނަކުން؟؟
ޖަމީލުބެ
13 September 2025
ދެ ލޮލުން