ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމުގެ ހެޑް ކޯޗު ސޮބާހު މުހައްމަދު އިބްރާހިމް ލަންކާގައި ބާއްވާ ސާފް ޗެމްޕިއަންޝޮޕްގެ ޕްރީ ޓޯނަމެންޓް ޕްރެސް ކޮންފަރެންސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މީޑިއާއާ މުހާތަބު ކުރައްވަނީ. (ފޮޓޯ: ސާފް)
14 ސެޕްޓެމްބަރ 2025 - 12:30
މިދިޔަ ހަފުތާގައި ޝްރީ ލަންކާއާ ދެކޮޅަށް ކުރި ހޯދައި ސައުތު އޭޝިއަން ސުޕަ ކަޕް ރާއްޖޭން ކާމިޔާބު ކުރުމަކީ ޒުވާން ޓީމުތަކަށް ލިބޭނެ ހިތްވަރެއް ކަމަށް 17 އަހަރުންދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ސޮބާހް މުހައްމަދު އިބްރާހިމް (ސޮބާ) ބުނެފި އެވެ.
ލަންކާގައި ފަށާ 17 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ކުރިން ބޭއްވި ޕްރީ ޓޯނަމެންޓް ޕްރެސްގައި ވާހަކަ ދައްކަމުން ސޮބާ ބުނީ ސީނިއާ ޓީމުގެ އެ ކާމިޔާބަކީ ޒުވާން ގައުމީ ޓީމުތަކަށާއި ސަޕޯޓަރުންނަށް ލިބޭނެ މޯޓީވޭޝަނެއް ކަމަށެވެ.
"ސީނިއާ ޓީމުން ރަނގުޅު މަސައްކަތްތަކެއް ކުރާތަން ފެންނަންޏާ އެއީ ޒުވާން ޓީމުތަކަށާއި އަރައަމުން އަންނަ ޒުވާން ކުޅުންތެރިންނަށް ލިބޭނެ މޯޓިވޭޝަނެއް. އަދި ސަޕޯޓަރުންނަށް ވެސް،" ލަންކާއާ ދެކޮޅަށް ރާއްޖޭގެ ސީނިއާ ޓީމުން ހޯދި ކާމިޔާބަކީ 17 އަހަރުންދަށުގެ ޓީމަށް ލިބުނު ކިހާވަރެއްގެ އުއްމީދެއްތޯ ލަންކާގެ ނޫސްވެރިޔަކު ސުވާލުކުރުމުން ސޮބާ ބުންޏެވެ.
"(އެފްއޭއެމް) ގެ އާ ރައީސާ އެކު މަސައްކަތް ފަށައި އެ ލިބުނު ކާމިޔާބަކީ ރާއްޖޭގެ ފުޓްބޯޅަ އަށް ލިބުނު އުއްމީދެއް."
ސޮބާ ބުނީ ރާއްޖޭގެ އުމުރުފުރާތަކުގެ މަރުހަލާގައި ހުނަރުވެރި ކުޅުންތެރިންތަކެއް އެބަތިބި ކަމަށެވެ. ނަމަވެސް މައްސަލައަކީ އެ ކުޅުންތެރިންނަށް އިންޓަނޭޝަނަލް މެޗުތައް ކުޅެން ލިބޭ ފުރުސަތު މަދުވުން ކަމަށެވެ.
ސަތާރަ އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭން ފުރަތަމަ މެޗުގައި ނުކުންނާނީ އިންޑިއާއާ ދެކޮޅަށެވެ. އެ މެޗު ކުޅޭނީ އަންގާރަ ދުވަހު އެވެ. ދެން އެ ގުރޫޕްގައި ހިމެނެނީ ޕާކިސްތާނާއި ބޫޓާނެވެ.
ސޮބާ ބުނީ މި ވަގުތު ހުރިހާ ސަމާލުކަމެއް ހުރީ އިންޑިއާއާ ދެކޮޅަށް ކުޅޭ މެޗަށް އެކަނި ކަމަށެވެ. އެހެން މެޗަކާ މެދު ވިސްނާނީ އެ މެޗަށް ފަހު ކަމަށް އޭނާ ބުންޏެވެ.
ކުރިން 23 އަހަރުންދަށުގެ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަން ވެސް ކުރި ސޮބާ ބުނީ އިންޑިއާ ދެކޮޅަށް ކުޅޭ މެޗަށް ގެންގުޅޭ ވިސްނުން އެހެން މެޗުތަކަށް ގެންގުޅޭ ވިސްނުމާ ތަފާތު ވާނެ ކަމަށެވެ.
"އިންޑިއާ ދެކޮޅަށް ކުޅޭ ގޮތަކަށް ނޫން ޕާކިސްތާނާ ދެކޮޅަށް އަދި ބޫޓާނާ ދެކޮޅަށް ކުޅޭނީކީ،" އޭނާ ބުންޏެވެ.
މިދިޔަ މަހު ޒުވާން ޓީމާ ހަވާލުވި ސޮބާ ބުނީ ތައްޔާރުވާން ލިބުނު 18 ދުވަސްތެރޭގައި ޓެކްނިކަލް ރަނގަޅު މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ.
"އެކަމަކު ޓެކްޓިކަލީ ތައްޔާރުވުމުގައި އެކަށީގެންވާވަރުގެ އިންޓަނޭޝަނަލް ފުރުސަތެއް އަދި މި ޓީމަކަށް ނުލިބޭ،" ސޮބާ ބުންޏެވެ.
ދެކުނު އޭޝިއާގެ ސުޕަ ކަޕްގައި ލަންކާއާ ދެކޮޅަށް ސީނިއާ ޓީމުގައި ވިދާލި އުމުރުން 16 އަހަރުގެ މުހައްމަދު އިލާން އިމްރާން ވެސް 17 އަހަރުންދަށުގެ ސްކޮޑްގައި ވަނީ ހިމަނާފަ އެވެ.
ސޮބާ ބުނީ މާޒިޔާގެ ފޯވާޑް އިލާން، 17 އަހަރުންދަށުގެ ޓީމާ ގުޅޭނީ ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ޗެރިޓީ ޝީލްޑް މެޗަށް ފަހު އަންގާރަ ދުވަހު ކަމަށެވެ. ޗެރިޓީޝީލްޑް މެޗުގައި މާދަމާ މާޒިޔާއިން ނުކުންނާނީ އީގަލްސްއާ ދެކޮޅަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވާނެ ސޮބާއަކީ ތަފާތު ކޯޗެއް. އުއްމީދު ކުރަން.
15 September 2025
އަބަދުވެސް ފަށަނީ އެމީހުން ބޮޑު އެމީހުން މޮޅު އެމީހުން މާގިނަ، ގަބޫލްކޮށް ޔަގީންވެސްކުރަން އެޓީމްތަށް ބަލިކުރެވޭނެ ފެންވަރު ރާއްޖޭގެ ކުޅުންތެރިންގެ ހުންނާނެ. މިސަރަހައްދު ޓީމްތަށް.
މިއައު
14 September 2025
އީދު ތެރޭ ކުޅޭނެ ކަންމަތި ތަކުންވެސް ކަޕު. އޭގެ ބައިވެރިވެގެން ތަށި ހޯދައިން ހިއްވަރު ހޯދާ ދެން
ދުރުމި
14 September 2025
ބަލި ވީމަ ދައްކާނެ ބަހަނާ މިއޮތީ މިހާރު ދައްކާފަ. ދިވެހިން އުންމީދެއް ނުކުރޭ ޓީމު އެއްވެސް މެޗަކުން މޮޅުވާނެ ކަމަށް . މޮޅު ނުވިޔަސް ބައި ކޮޅަށް ވަންނަ ގޯލު މަދު ކުަރަން އޭރިޔާ ކުރިމަތީގައި ބަސް ޕާކު ނުކޮށް ޕާސް ޖަހައިގެން ކުޅެން ދަސްކޮށްފަ އަޔަސް ކޮންވެސް އެއްޗެއް އެޗީވު ވާނެ
ަސެެރެއް
14 September 2025
ޒުވާން ޤައުމީ ޓީމަށް ވެސް ފުރުސަތު އެބޮތް ރަޙްމަތްތެރިކަމުގެ 2 މެޗް ކުޅެގެން ތަށި ހޯދުމުގެ.. ޗުއްޓީ ހާދާފައި އަންނަން އުޅޭ ދެން!