މަސްވެރިކަން ޕްރޮމޯޓުކުރާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަންކުރެއްވި ޑރ. މުހައްމަދު އިބްރާހިމް.
14 ސެޕްޓެމްބަރ 2025 - 14:04
މަސްވެރިކަން ޕްރޮމޯޓުކުރުމަށް އުފައްދާފައިވާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަހުމަދު ޒަރީރު އިސްތިއުފާ ދެއްވުމުން، އެ މަގާމަށް އާ ބޭފުޅަކު މިއަދު އައްޔަންކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން ބޯޑުން އެކްސްގައި ކުރި ޕޯސްޓުގައި ބުނީ މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިކް އެންޑް ފްރޮމޯޝަން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމާއި ބޯޑު މެމްބަރު ކަމަށް އދ. މާމިގިލީ ޖަވާހިރުވާދީ، ޑރ. މުހައްމަދު އިބްރާހިމް އައްޔަން ކޮށްފައިވާ ކަމަށެވެ.
އޭނާ ކުރިން ވަނީ ބްރޯޑްކާސްޓިން ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ކަމާއި ޑްރަގް ކޯޓުގެ އިސް މަގާމެއް ވެސް އަދާ ކުރައްވައިފަ އެވެ.
މަސްވެރިކަމުގެ ޕްރޮމޯޝަނަށް އާ ކުންފުންޏެއް އުފެއްދީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ. އެއަށްފަހު، އެ މަގާމަށް ޒަރީރު އައްޔަން ކުރެއްވީ މިދިޔަ މެއި މަހުގެ ތެރޭގަ އެވެ.
ދޮޅު އަހަރަށް ފަހު އެ ކުންފުނިން ޒަރީރު އިސްތިއުފާ ދެއްވީ ފުޓްބޯޅަ އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މިދިޔަ މަހު އައްޔަން ކުރުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފިރާޝް ޖައުފަރު
15 September 2025
ފުރިހަމަ ނިންމުމެއް ހަގީގަތުގަވެސް
ކުންފުނިތަށް ބަލަހައްޓާ ކުންފުނި
14 September 2025
ދޮޅު އަހަރަށްވުރެ ގިނަ ދުވަސްވީއިރު ތިޔަ ކުންފުނިން ކުރީ ކޮންކަމެއްބާ. ބަޔަކަށް ވަޒީފާދޭން ހަދާ ކަރުދާސް ކުންފުނި ހައްތަހާވެސް. ކިހިނެއް ވިސްނާ ސަރުކާރެއްތަ މީ
ކޮރަލް
14 September 2025
މަސްވެރީންނާ ދަނޑޫވެރީންނަށް ރާއްޖޭގެ ރަށްރަށުގަ ހިންގާ ކޯސް ތަކެއް ނެތެވެ. މަސްވެރީންނާ ދަނޑުވެރީން މަޖްލީހަށް ކުރިމަތި ލާން ވީ އެވެ. ހޮވޭނެ އެވެ. ދެން ސަރުކާރުން އެމީހުން ބުނާ ގޮތް ވެސް ހަދަން ޖެހޭނެ އެވެ.
ސަަާޑު
14 September 2025
ތީ އެއްވެސް އެއްޗެއް އެގޭ މީހެއް ނޫން، ހަމަ ،،
ގޮނުއަނގަ
14 September 2025
ތިޔަ ކުންފުނިން ކުރާނެ މަސްކަތެއް ނެތީމާ އުސްތިއުފާ ދެއްވީކަމަށް ފެންނަނީ. ކުންފުނި އުފެއްދި ޚަބަރުނޫން އެހެން އަޑެއް މިވީ މުއްދަތުގައި އިވިފައިނެތް. ހިތަށް އަރަނީ ކޮންކަހަލަ ޕްރޮމޯޓެއްބާއޭ ކުރާނީ.
ރޯނު
14 September 2025
ޑރ އެއްވިޔަސް މިދާއިރާގެ އެއްވެސް ތަޖުރިބާ އެއްއެބަހުރިބާ ކިޔަވައިގެން ތިބައްސް ދާއިރާއާ ގުޅުން ނެތް މީހަކަށްވުރެ މާރަނގަޅުވާނެ ބާޒާރުމަތީ ދަމާ ކަޑަން އުޅޭ މީހެއްވިޔަސް
އުދުހޭ
14 September 2025
ދެން މިކުންފުނީގެ އެޗްއާރު ބަލަހައްޓަން އިތުރު ކުންފުންޏެއް ހަދަންވީނުން؟
ތަމްހީދު ގާސިމް
14 September 2025
މަސްވެރިކަމުގެ މަންފާ ފަތުރުވެރިކަމާ އެއްލެވަލް އަކަށް ޖެއްސޭނެ. މި ކުންފުނި ހިންގަން ޖެހޭ.
ޚާސްޓް
14 September 2025
މިކުންފުނި ޕްރޮމޯޓްކުރަން ކުންފުންނެއް ހަދަންވީނު.
ރާވެރިބެ
14 September 2025
މަސްވެރިކަން ޕްރޮމޯޓް ކުރަން އުފެއްދި ކުންފުނިން މިއަދާހަމަޔަށް ހޯދި ކާމިޔާބީތަކަކީ ކޮބައިތޯ؟ އަދި ތިކުންފުނީގެ މަސައްކަތުން ދިވެހި މަހަށް ހޯދި އާ މާރކެޓްތަކަކީ ކޮބައިތޯ؟ ސަރުކާރުން މިހާ މުހިންމު ކަމަކަށް ކުންފުންޏެއް ހަދާފަ އޮތްއިރު މުސާރަތަކަކާ ޙަރަދު ތަކެއް ހިގާނެ. ވީއިރު ރައްޔިތުންނަށް ނަތީޖާ ދައްކަން ޖެހޭނެ.