14 ސެޕްޓެމްބަރ 2025 - 15:12
ބެންކް އޮފް މޯލްޑިވްސްއިން ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ތައުލީމީ މަރުކަޒާއި ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ އަންހެން ދަރިވަރުންނަށް ހާއްސަކޮށްގެން ހިންގި އިންފޮމޭޝަން، ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ (އައިސީޓީ) ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.
ބީއެމްއެލްގެ ޓެކްނޮލޮޖީ ޑިވިޝަންގެ އަންހެން މުވައްޒަފުންގެ ޓީމަކުން ހިންގި އެ ޕްރޮގްރާމްގައި އައިސީޓީ ދާއިރާގެ މައުލޫމާތާއި އެ ދާއިރާގައި އަދާކުރެވޭ ވަޒީފާތަކާ ބެހޭގޮތުން މައުލޫމާތު ވަނީ ދީފަ އެވެ. ގްރޭޑް 6 އަދި 7 ގެ އަންހެން ދަރިވަރުންނަށް ހިންގި އެ ޕްރޮގްރާމްގައި އެ ދާއިރާއިން ކެރިއާއެއް ބިނާ ކުރާނެ ގޮތުގެ ސެޝަނަކާއި މެންޓާޝިޕް ސެޝަނެއް ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
އެ ޕްރޮގްރާމްގެ ދަށުން ބީއެމްއެލްއިން ވަނީ ކޮންމެ ސްކޫލަކަށް ކޮމްޕިއުޓާ ސިސްޓަމެއް ވެސް ހަދިޔާކޮށްފަ އެވެ. އެ ޕްރޮގުރާމަކީ "އިންޓަނޭޝަނަލް ގާލްސް އިން އައިސީޓީ ޑޭ" ފާހަގަ ކުރުމަށް ހިންގި ޕްރޮގްރާމެކެވެ. މިއީ އެ ޕްރޮގްރާމްގެ ވިދިވިދިގެން ހިންގި ތިން ވަނަ އަހަރެވެ.
ބީއެމްއެލްއިން އެ ޕްރޮގްރާމް މީގެ ކުރިން ހިންގާފައިވަނީ އއ. މަހިބަދޫ އާއި ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފަގީރުން
14 September 2025
ބިއެމްއެލްއިން މައުލޫމާތު ދީބަލަ ފަގީރުންނަގާ ލޯނުތަކަށް ކޮންމެދުވަހަކު އިންޓަރެސްޓް އަރާގޮތާއި ބެހޭގޮތުން، އަދި ވިޔަފާރިވެރިންނަށްދޭ ލޯނުތައް ކުޑަ އިންޓްރެސްޓް އެއްދއޭގޮތާއި ބެހޭގޮތުން މާތާހިރުވާނެ