އިސްލާމީ ވެރިންގެ ކުއްލި ސަމިޓަކަށް ރައީސް ގަތަރަށް ފުރާވަޑައިގަތުމަށް އެއާޕޯޓަށް ވަޑައިގެން، މަޖިލީހުގެ ރައީސް އަބްުދުއްރަހީމް އަބްދުﷲއާ ސަލާމް ކުރައްވަނީ.
14 ސެޕްޓެމްބަރ 2025 - 22:59
ގަތަރުގައި ބާއްވާ އިމަޖެންސީ އަރަބް-އިސްލާމިކް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ގަތަރަށް ފުރާވަޑައިގެންފި އެވެ.
މި މަހުގެ 9 ވަނަ ދުވަހު ދޯހާ އަށް އިޒްރޭލުން ދިން ހަމަލާއާ ގުޅިގެން ބާއްވާ މި ސަމިޓުގައި، ރައީސް ބަޔާނެއް އިއްވަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ އޮފީހުން ބުނީ، މާދަމާ ބާއްވާ އެ ސަމިޓުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންނެވުމަކީ ރާއްޖެ އާއި ގަތަރާ ދެމެދު އޮތް އެއްބައިވަންތަކަމާއި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމަށް ރާއްޖެއިން ކުރާ މަސައްކަތް ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.
އެ އޮފީހުން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް މިހާރުން މިހާރަށް ބައިނަލްއަގްވާމީ ފެންވަރުގައި ގުޅިގެން މަސައްކަތް ކުރުމަށް ރާއްޖެއިން އެދެމުންދާ އެދުމަށް ވެސް އެކަމުން ބާރު ލިބެ އެވެ.
ރައީސް އޮފީހުން ބުނީ އަރަބި އިސްލާމީ ގައުމުތަކުގެ ކުއްލި ސަމިޓެއް ބޭއްވުމަކީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ގައުމުތަކުގެ އިސްވެރިން އެއްތަންވުމަށް ލިބިގެންދާ މުހިންމު ފުރުސަތެއް ކަމަށާއި އޭގެ ސަބަބުން މުސްލިމް އުއްމަތުގެ އަޑު އެކަތިގަނޑެއްގެ ގޮތުގައި ގަދަކޮށް އިއްވައި، ލާއިންސާނީ އަމަލުތައް ހުއްޓުވައި ސަރަހައްދީ އަމަންއަމާންކަން ގާއިމުކުރުމަށް ބައިނަލްއަގްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް މަގުފަހިވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަޅެ
15 September 2025
އާފަލު ކޮޅެއް ގެނެސްދެއްޗޭ ރައީސް. އަހަރުން މޭވާކޮޅެއް ކައިލާން ނުލިބިފަ މިތިބީ.
ފައިފޯ
15 September 2025
ޑރ. މުއިޒް ފަދަ ދެތިން އިސްލާމީ ވެރިން ތިބި ނަމަ މިހާރު ފަލަސްތީނު އޮންނާނީ މިނިވަންވެފަ
އިމްދާދްް
15 September 2025
ރައީސް މުއިއްޒުއަށް މި ދަތުރުގައި ފުރިހަމަ ކާމިޔާބީ ދެއްވާށި.
ޔޫސުފް
15 September 2025
ހެޔޮނުވާނެ ރައީސް، ތިވަރަށް ދަތުރު ނުކުރައްވާ. އަޅުގަނޑުމެން ރައްޔިތުން މި އުޅެނީ އަދި އަނގަޔާ އަތާއި ދިމާނުވެގެން. އެހެންނޫނަސް އިޒްރާއީލް އިން ގަތަރަށް ދިން ހަމަލާ ކުއްވެރިކުރުން ނޫން ދެން ކޮންކަމެއްތޯ މި ދިވެހިރާއްޖެއަށް ކޮއްދެވޭނީ؟
ރާއްޖެ
15 September 2025
އެންމެން ވެގެން ކުއްވެރިކޮއްފަ އާދޭ.
ބުރަތޭރީ
15 September 2025
ރައީސް އިޒުރޭލްގެ ޢުދުވާން ކުއްވެރިކޮށް ފަލަސްތީނުގެ މަސްލަހަތަށް މަސައްކަތްކުރެއްވުމަށް ޤަތަރަށް ތިޔަވަޑައިގެންނެވީ، އިޒުރޭލުގެ ހުރިހާ ލާއިންސާނީ ޢަމަލްތަކުގެ އެންމެބޮޑު އެހީތެރިޔާ ، އެމެރިކާގެ ބޮޑު ކުންފުންޏަކުން ރާއްޖޭގެ ކޮންޓެންޓިވް ކޮރިއޭޓިވްލޯނުގެ މަސައްކަތް ފަރުމާކުރުމަށް ހަވާލުކޮށް އަދި ޓިކްޓޮކްގެ ބައިވެރިންނާ ބައްދަލްކޮށްފަ.އެމެރިކާގެ ކުންފުނިތަކަށް ތިޔަ ހޭދަކުރައްވާ ފައިސާއަކީ ހަމަ އިޒްރޭލަށް އެހީތެރިވުންކަމުގައި ބަލަންޖެހޭ.
ލަދުންބެ
15 September 2025
އަރަބި އިސްލާމީ ވެރިން އެއްވެ ރަނގަޅަށް ފަރިއްކުޅުވައި ޝޮޕިންކޮށްލަން ކުރާ ދަތުރުތަކެއް އާދައިގެ މަތިން ކުރިއްޔާ ކުރެވޭނެ ކަމަކީ އިޒްރޭލް ކުއްވެރިކޮށް ބަޔާނެއް ދިނުން. އެއްވެސް މާނައެއް ހުރިކަމެއް ނުކުރެވޭނެކަން ކަށަވަރު