ހާފިޒުން ދަސްވެނިވުމަށް ހާއްސަކޮށް ރާއްޖޭގައި މިދިޔަ އަހަރު ބޭއްވި ފުރަތަމަ ހަފުލާގައި ދަސްވެނިވި ދަރިވަރުން.--- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
15 ސެޕްޓެމްބަރ 2025 - 11:58
ގުރްއާން ހިތުދަސްކުރާ ހާފިޒުންނަށް ދެއްވާ އިނާމާއި މެޑަލް މީގެ ފަހުން ދެއްވާނީ ރޯދަ މަހުގެ 27 ވިލޭރޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހަމަޖައްސަވައިފި އެވެ.
ހާފިޒުންނަށް އިނާމު ދިނުމަށް މިދިޔަ އަހަރު ބޭއްވި ޖަލްސާގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ހާފިޒުންގެ ދަސްވެނިވުމުގެ ޖަލްސާ ކޮންމެ ރޯދަ މަހެއްގެ 27 ވިލޭރޭ ބާއްވަން ނިންމައިފައިވާކަން އިއުލާން ކުރައްވައިފަ އެވެ.
ރައީސް އޮފީހުން މިއަދު ބުނީ ހާފިޒުންނަށް އިނާމާއި މެޑަލް ދިނުމުގެ ހަފުލާ ރޯދަމަހު 27 ވިލޭރޭ ބާއްވާ ގޮތަށް ރައީސް މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.
އެގޮތަށް ރައީސް ނިންމެވީ އެއީ ހާފިޒުންނަށް ހާއްސަ ކުރަން އެންމެ ރަނގަޅު ރޭ ކަމަށް ވާތީ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
މިދިޔަ އަހަރު ބޭއްވީ ރާއްޖޭގައި ހާފިޒުންނަށް ހާއްސަކޮށް ބޭއްވި ފުރަތަމަ ޖަލްސާ އެވެ.
ގުރުއާނާ ބެހޭ މަރުކަޒުން މިދިޔަ އޭޕްރީލް މަހު "މިހާރު" އާ ހިއްސާކުރި މައުލޫމާތުތައް ދައްކާގޮތުން ރާއްޖޭގައި މި ވަގުތު 266 ހާފިޒުން އެބަތިއްބެވެ. އެއީ 126 އަންހެނުންނާއި 140 ފިރިހެނުންނެވެ.
ސަރުކާރުން މިދިޔަ މަހު ވަނީ މީގެ ކުރިން ހާފިޒުންނަށް ދެމުން އައި 2،000ރ. ގެ އެލަވަންސް 4،000ރ. އަށް ބޮޑުކޮށް އެ ފައިސާ ޖަމާކުރަން ވެސް ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަމައްޔާތް
15 September 2025
ތީ ރަނގަޅު ނިންމުމެއް ނޫން. އެރޭ ހޭދަ ކުރަންޖެހޭނީ އަޅުކަމުގައި. ތިކަމުގެ ސަބަބުން އަޅުކަމަށް އެޅޭނީ ހުރަސް. ދީނަށް ވުރެ މީހުންނަށް އިސްވާނީ ދުނިޔެ. ތި ބަދަލުކުރޭ
ގެއްލުން
15 September 2025
ތިދުވަސް ބަދަލު ކުރަން ޖެހޭ
ާަްްައަހްމަދު
15 September 2025
އަޅުކަމުގެ ރެއެއްގައި ޖަލްސާބާއްވަނީ ޖަލްސާގެ ސަވާބު ގިނައީތަ ރޭއަޅުކަމަށް ވުރެ؟
ސާލިމު
15 September 2025
ތިޔަ ނިންމުން ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އަލުން ބަދަލުކުރާނެ. ވިސްނުމެއްނެތި އަވަސްއަރުވާލާފަ ނެގި ޑިސިޝަންއެއް ކަމަށް ބެލެވެނީ
ޗާންސް
15 September 2025
އުމުރުން 60 އަހަރުވެފައި ތިބި މީހުން 65 އަހަރު ފުރެންވާއިރަށް ކުރަންވީ ކަމަކީ މިއީ. އޭރުން ކީރިތި ޤުރްއާން ހިތުދަސްކުރުމުން ލިބޭ 4 ހާސްރުފިޔާ އާއި 65 އަހަރު ވުމުން ލިބޭ 5 ހާސް ރުފިޔާ ލިބޭނެ. މުޅި ޖުމުލަ 9 ހާސް ރުފިޔާ ލިބޭނެ. ދަތިކަމެއް ނެތި އުޅެލެވޭވަރުވާނެ.
ހާސްކަނޑާލާ
15 September 2025
ދެމަފިރިން 65 ވާއިރަށް ކީރިތި ޤުރްއާން ހިތުދަސްކޮށްލާނީ. އޭރުން މަހަކަށް 18 ހާސް ރުފިޔާ ލިބޭނެ. ސަޅިއެއްނު.
ބުނާނަމަ
15 September 2025
މުސްކުޅި އުމުރަށްވުރެ ޅައުމުރުގަ ދަސްކުރަން ފަސޭހަވާނީ..އަދި ހަނދާންވެސް ގަދަވާނެ. ރުފިޔާކޮޅެއްގެ ބޭނުމުގަ ތިޔަދެނީ މުޅިން ހީލަތްތެރި ނުބައި ނަސޭހަތެއް. އާޚިރަތުގަ ލިބޭނެ އަދަދު ނުކުރެވޭހާ ސަވާބު..މުސްކުޅި އުމުރަށްވުރެ ޒުވާން އުމުރުގަ ހުރެ ކުރާ ހެޔޮއަމަލުތަކަށް ޑަބަލްކޮށް ސަވާބު ލިބޭނެ. މިވަރު މަދުތަ؟
ނަމެއް
15 September 2025
ހަތާވީސް ވިލޭރޭ އަޅުކަން ކުރަން ތިބުމުގެ ބަދަލުގަ ޖަލްސާ؟
ރާވެރިބެ
15 September 2025
ރޯދަމަހުގެ 27 ވިލޭރެއަކީ އެންމެން އަޅުކަމުގަ އުޅޭނެ ރެއެއް. ކޮންމެހެން އިނާމުދޭ ޖަލްސާ ބާއްވަންވީ ރެއެއް ނޫން. އިނާމާ މެޑަލް ދެވިދާނެ ރޯދަމަހުގެ ފަހު ދިހައިގެ ރެއެއް ނޫން އެހެން ރެއަކު.ޗއަދި ތިގޮތަށް ހަދައިގެން ސިޔާސީ ގޮތުންވާނެ ފައިދާ އަށްވުރެ ބޮޑަށް މީހުން އަަންނާނީ ރުޅި.
ދަސްވެނި
15 September 2025
ސައިންޓިސްޓަކު ހުރިއްޔާ މިގޮތަށް މަހުން މަހަށް ފައިސާގެ އިނާޔަތް ދެވޭނެ ބާވައެވެ. ރާއްޖެއަށް މުހިންމު ކޮންމެ ދާއިރާއަކުން، ކޮންމެ ރޮނގަކުން ތަޢުލީމު ހާސިލުކުރިޔަސް އިނާޔަތް ދޭންވާނެއެވެ.
ބުނާނަމަ
15 September 2025
ރަސޫލާގެ ޒަމާނުއްސުރެފެށިގެން މީހުން ކީރިތި ޤުރްއާން ހިތުދަސްކުރަނީ މިދުނިޔެއިން ލިބޭ ކުޑަ ކުޑަ ފައިސާކޮޅެއްގެ ބޭނުމުގައެއް ނޫން.. އާޚިރަތުގަ ލިބޭ ސަވާބާއި މަތިވެރި މަޤާމާއި ޝަރަފަށްޓަކާ..މިހާރު ތިގޮތަށް ފައިސާ ދޭތީ ދަސްކުރަން ބަޔަކު އުޅެފާނެކަމީ ނުވާނެ ކަމެއް ނޫން..
ނޫނޭ ވާ
15 September 2025
ބަލަ ބަލަ ކަލޭމެން އެނޫން ރެޔެއް މިކަން ކުރަން ހަމަ ނުފެނުނީ؟ ރޭ އޅުކަމުގަ އެންމެ ބިޒީވާ ރޭ މީހުން. ސާބަސް ސާބަސް!