އުމުރުން 15 އަހަރުގެ އޯވެން ކޫޕާ، އޭނާ ކާމިޔާބުކުރި އެމީ އެވޯޑްގެ ޓްރޮފީ ހިފަހައްޓާލައިގެން.-- ފޮޓޯ: އޭއެފްޕީ
16 ސެޕްޓެމްބަރ 2025 - 06:37
މި އަހަރުގެ އެމީ އެވޯޑްސްގައި އެޕަލް ޓީވީ ޕްލަސްގެ "ދަ ސްޓޫޑިއޯ" އިން 13 އެވޯޑް ކާމިޔާބުކޮށް ރެކޯޑެއް ހަދައިފި އެވެ.
އިއްޔެ ބޭއްވި އެމީ އެވޯޑްސްގައި "ދަ ސްޓޫޑިއޯ" އަށް 13 އެވޯޑް ލިބުނުއިރު، ކޮމެޑީ ސީރީޒްގެ ކެޓަގަރީން އެ އެވޯޑުގައި މީގެ ކުރީ އަހަރުތަކުގައި ވާދަކުރި އެއްވެސް ސީރީޒަކަށް އެއް ފަހަރާ އެ އަދަދަށް އެވޯޑް ލިބިފައި ނުވެ އެވެ.
Congratulations to The Studio team on their #Emmy win. pic.twitter.com/0yPwTMlxIQ
— Apple TV (@AppleTV) September 15, 2025
ފިލްމު އުފެއްދުމުގެ މަސައްކަތްކުރާ ސްޓޫޑިއޯއަކަށް ދިމާވާ ތަފާތު ކަންތައްތަކެއް ދައްކާ "ދަ ސްޓޫޑިއޯ"އަށް ވަނީ ކޮމެޑީ ސީރީޒްގެ ކެޓަގަރީން އެންމެ މޮޅު ސީރީޒްގެ އެވޯޑު ވެސް ލިބިފަ އެވެ. އެއީ މި އަހަރުގެ އެމީގައި ތިންވަނައަށް އެންމެ ގިނަ ނޮމިނޭޝަންތައް ވެސް ލިބުނު ސީރީޒެވެ. އެ ސީރީޒަށް 23 ނޮމިނޭޝަނެއް ލިބިފައިވެ އެވެ.
މި އަހަރުގެ އެމީގައި އެންމެ ގިނަ ނޮމިނޭޝަންތައް ލިބުނު އެޕަލް ޓީވީ ޕްލަސްގެ ސައިކޮލޮޖިކަލް ޑްރާމާ "ސިވިއަރެންސް"އަށް ކާމިޔާބުކުރެވުނީ 8 އެވޯޑެކެވެ. އޮފީހެއްގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް އެމީހުންގެ މަސައްކަތުގެ ދިރިއުޅުމާއި އަމިއްލަ ދިރިއުޅުމުގެ ހަނދާންތައް ވަކިކުރުމަށް ކުރާ އާދަޔާ ހިލާފު ކަންތައްތަކެއް ދައްކާ އެ ސީރީޒަށް 27 ނޮމިނޭޝަނެއް ލިބުނެވެ.
And the Emmy goes to... 💫 #Emmys Full list: https://t.co/SNl1caAtAb pic.twitter.com/99Va6CumAD
— E! News (@enews) September 15, 2025
އެމެރިކާގެ ލޮސް އެންޖެލިސްގެ ޕީކޮކް ތިއޭޓަރުގައި އިއްޔެ ބޭއްވި 77 ވަނަ އެމީ އެވޯޑުގައި އެންމެ ފާހަގަކޮށްލެވޭ އެވޯޑަކަށް ވީ ލިމިޑެޓް ސީރީޒްގެ ކެޓަގަރީން އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ އެވޯޑް ކާމިޔާބުކުރި އެކްޓަރެވެ. އެ އެވޯޑް ކާމިޔާބުކުރީ އުމުރުން 15 އަހަރުގެ އޯވެން ކޫޕާ އެވެ. އެއީ، ނެޓްފްލިކްސްގެ ސައިކޮލޮޖިކަލް ކްރައިމް ޑްރާމާ "އެޑޮލެސެންސް"ގައި އޭނާ ކުޅުނު ރޯލުންނެވެ.
That's our boy 🥹
— IMDb (@IMDb) September 15, 2025
Owen Cooper wins the #Emmy for Best Supporting Actor in a Limited or Anthology Series for #Adolescence. pic.twitter.com/JaLHtY9tg7
އެމީގެ އެވޯޑެއް ކާމިޔާބުކުރި އެންމެ ހަގު އެކްޓަރުގެ ލަގަބު ހޯދައި، އޯވެން ކޫޕާ ވަނީ ތާރީހުގެ ތެރެއަށް ގޮސްފަ އެވެ.
"އެޑޮލެސެންސް"އަށް ވަނީ އެންމެ މޮޅު ލިމިޑެޓް ސީރީޒްގެ އެވޯޑް ވެސް ލިބިފަ އެވެ.
މި އަހަރުގެ އެމީގައި އެންމެ ގިނަ އެވޯޑުތައް ކާމިޔާބުކުރި ސްޓޫޑިއޯތަކަކީ އެންމެ ގިނަ ނޮމިނޭޝަންތައް ވެސް ހޯދި އެޗްބީއޯ އާއި ނެޓްފްލިކްސްގެ ސީރީޒްތަކެވެ. އެ ދެ ސްޓޫޑިއޯ އިން ވެސް ވަނީ 30 އެވޯޑެއް ކާމިޔާބުކޮށްފަ އެވެ. އަދި ވާދަވެރި އެޕަލް ޓީވީ ޕްލަސް އަށް 21 އެވޯޑެއް ލިބުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy