އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު "މިހާރު"އަށް އިންޓަވިއުއެއް ދެއްވަނީ. -- ފައިލް ފޮޓޯ/މިހާރު
16 ސެޕްޓެމްބަރ 2025 - 15:19
ދިވެހިންނަށް "އަލީބާބާ ޑޮޓް ކޮމް"ގައި މުދާ ވިއްކޭ ގޮތް ވުމާ އެކު، ރަށްފުށު އުފެއްދުންތައް ބައިނަލް އަގުވާމީ ބާޒާރަށް ވިއްކުމުގެ ހުވަފެން މިހާރު ހަގީގަތަކަށް ވެއްޖެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަަދު ސަައީދު މިއަދު ވިދާޅުވެއްޖެ އެވެ.
އޮންލައިން ވިޔަފާރިއަށް ޝައުގުވެރިވާ މީހުންނަށް އެކަމުގެ ފަންނީ މައުލޫމާތުދޭން އަލީބާބާއާ ގުޅިގެން ފެށި ވެބިނާރުގައި މިނިސްޓަރު ވިދާޅުވީ މިއަދު ފެށި މަަސައްކަތަކީ ރާއްޖެއަށް ތާރީހީ މަސަައްކަތެއް ކަމަށާއި މިއީ ބައިނަލް އަގުވާމީ ބާޒާރުތަކާ ރާއްޖެއާ ދެމެދު އަޅާ "ޑިޖިޓަލް ބްރިޖެއް" ކަމަށެވެ. އެ މަސައްކަތުގެ ސަބަބުން ރާއްޖޭގެ އުފެއްދުންތެރިންނަށް އޮތް ފުރުސަތު އެންމެ ބޮޑަށް ހުޅުވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހިޔާލަށް ގެންނަވާ އައްޑޫގައި ހުރި ދިވެހި އުފެއްދުންތެރިއަކު އަތުން ވިޔެފައި އުފައްދަނީ، ޝަންހާއީގައި ހުރި ގަންނަ މީހަކާ ހަަމައަށް މަދު ދުވަސްކޮޅެއްގައި ގެންދެވޭ އުފެއްދުމެއް ކަމަށް. ތަސައްވުރުކޮށްލައްވާ ރާއްޖޭގައި ކާބޯތަކެތީގެ ވިޔަފާރި ކުރާ މީހަކު ލަންޑަނުގައި ހުރި ރެސްޓޯރެންޓް ތަަކަށް ރާއްޖޭގެ ހަވާދު ފޮނުވަނީ ކަމަށް، މިއީ [މިހާރު] ހުވަފެނެއް ނޫން. މިއީ އަޅުގަނޑުމެން ގުޅިގެން މިއަދު މިއުފައްދާ ހަގީގަތަކީ،" ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އަލީބާބާ ޑޮޓްކޮމްއާ އެކު ރާއްޖޭގެ އޮންލައިން ވިޔަފާރިވެރިން މަސައްކަތްކުރަން ފެށުމުން ޗައިނާ-މޯލްޑިވްސް ފްރީ ޓްރޭޑް އެއްބަސްވުމުގެ ފައިދާ ވެސް ދިވެހިންނަށް ހޯދޭނެ އެވެ. އެ މަސައްކަތްކުރާނީ އިކޮނޮމިކް މިނިސްޓްރީން އިސްނަގައިގެން، ޗައިނާ ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާ އެކުގައި ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި އުފައްދަނީ ފުރިހަމަ އީކޯސިސްޓަމެއް. މިއީ އަޅުގަނޑުމެންގެ ކްރިއޭޓިވް އިންޑަސްޓްރީ ސީދާ ފޮތެއްގައި އިންޓަނޭޝަނަލް ބަޔާސް އާ ގުޅުވައިލަދޭނެ އީކޯ ސިސްޓަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.
އެ ނިޒާމުގައި މުދާ އެއްތަނުން އަނެއް ތަނަށް ފޮނުވުމުގެ މަސައްކަތް ހިނގާނީ އެއްވެސް ބުރުލެއް އެރުމެއް ނެތި ކަމަށާއި އެ ވިޔަފާރިން ލިބޭ ފައިސާ އެއްވެސް ލަސްވުމެއް ނެތި ރާއްޖެއަށް ގެނެވެމުންދާނެ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
މިއަދު ފެށި ވެބިނާ އަކީ ޗައިނާގެ އަލީބާބާ ގްރޫޕުން ހިންގާ މަޝްހޫރު އޮންލައިން ވިޔަފާރި ޕްލެޓްފޯމް ކަމަށްވާ "އަލީބާބާ ޑޮޓް ކޮމް" ގައި ދިވެހިންނަށް ސެލާ އެކައުންޓް ހުޅުވޭނެ ގޮތް ހަމަޖެހިފައިވާތީ އެކަމާ ގުޅިގެން ބާއްވާ ހާއްސަ ވެބިނާ އެކެވެ. އިކޮނޮމިކް މިނިސްޓްރީއިން އަލިބާބާ އާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަނާއި ގުޅިގެން ބާއްވާ އެއް ދުވަހުގެ މި ވެބިނާ އަކީ އޯޕަން ސެލާ އެކައުންޓާއި ގުޅޭ ގޮތުން މައުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން ބާއްވާ ފޯރަމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހީހީ ސުލީހް
17 September 2025
ތިޔަ އިކޯސިސްޓަމް ވަރަށް ސާފުކޮން ރަތްޔިތުނަށް ފެނޭބެ. ވިޔަފާރިތަކުތެރެޔަށް ސަރުކާރުވަނެ ކުރަމުން އައި ވިޔަފާރިތައް ބަނގުރޫޓްވަނީ
ފަސްއެނބުރި
17 September 2025
ސައީދޫ. މަނިކުފާނަށް ލިބޭނެ ހުސްއަނގަ ތެޅުމުން އެއްވަނަ. ރަނގަޅެއްނު ދޯ. މިސަރުކާރުދެކެ ރައްޔިތުން ފޫހިވާ އެންމެ ބޮޑު ސަބަބަކީ ތިޒާތުގެ ބޭޭކާރު އަނގަތަޅާ ކަމެއް ނުކުރެވޭ ނަތީޖާއެއް ނެރެ ނުދެވޭ ވަޒީރުން ތިބުން. އިސްތިއުފާ ދެއްވާށެކޭ އަޅުގަނޑު ނުދަންނަވާނަން. އެކަމަކު އަރާމުކޮށްލައްވައި ފޮތްތައް ދިރާސާކޮށްލެއްވުމަށް ގޭގަ މަޑުކޮށްލައްވަން ވީހެން ހީވަނީ.
މާނައަކީ
17 September 2025
އިކޯސިސްޓަމުގެ މާނާގައި އޮތީ ދިރޭތަކެތީގެ (ޖަނަވާރާއި ގަސްގަހާގެއްސާއި ފަނިފަހުސާތައް) ގުދުރަތީ ނިޒާމުތަކޭ
ޖި7ކނިޮލކޮ
17 September 2025
ޖެހިގެން ހުންނަ ގޭ މީހާ ވަދުކެނޑިފަ އޮތް ފައިވާނަކަށް އެރިޔަސް ހަޖަމު ނުވާ .. މިގައުމުގާ އުޅޭ، އެކަހަލަ ... ކިބައިން ގައުމު ސަލާމަތްކޮށްގެން ނޫނީ ނެތް ކަމެއް ވާކަށް. މިބުނީ ބޫގަލޭމެންގެ ވާހަކަ
ދޮންބޭބް
16 September 2025
އަބަދުވެސް އެންމެ ހޮޅި ދެކޮޅުނުޖެހޭ ކަންކަން ކުރާ މިނިސްޓަރު
ސޯލިހު
16 September 2025
ދިވެހިން ބައިނަލްއަގުވާމީ ވިޔަފާރީގެ މާހައުލަށް އަހުލުވެރިވެ، މިފަދަ ޕްލެޓްފޯމް ތަކުގައި ރަނގަޅު ޕްރޮޑަކްޓްތައް ލިސްޓްކޮށް، ކުޑަ ހިތްވަރަކާއި މުރާލިކަމަކައިގެން މިކަމާ އުޅެފިނަމަ ވަރަށް ރަނގަޅު އާމްދަނީއެއް ލިބޭނެކަން ޔަގީން
ސަހަރޯއި
16 September 2025
ސަޅި އިނގޭ.... ލަންޑަނަށް ހަވާދުވިއްކާށާ ޗައިނާއަށް ތެލުލިބަނބުކެޔޮވިއްކަން އުނދުންރޯކުރަނީމި......އަދިމަޑުކުރޭ ޖަޕާނަށް ކަނަމަދުވެސް ރެޑީ.....
ކޮމޮޑަސް
16 September 2025
އިއްޒަތްތެރި ވަޒީރު ބޭކާރު ވާހަކަ ނުދައްކަވާ. ޑިވެލޮޕްމަންޓް ބޭންކަށް އޮތީ ވިޔަފާރީގެ ހަރަކާތްތައް ފަށަން ބާކީ އެންމެ މަހެއް. ނުފަށައިފިނަމަ ލައިސެންސްވާނީ ބާތިލު. އެކަންވެސް އަދި ތިކަންވެސް ދާނީ ބަންކަރިންގ ދިޔަ މަގުންކަން ޔަގީން.
ވަކަމުހައްމަދު
16 September 2025
އަސްލު ރާއްޖެއަށް ފޮރިން އާމްދަނީ ލިބޭ ކޮންމެ ކަމެއްވެސް މިހާރު ވަރަށް މުހިއްމު. އަދި ދިވެހި ކުދިންނަށް ބާރު ދުނިޔެއިން ވަޒީފާގެ ފުރުސަތު ހޯދުމާމެދުވެސް މިނިސްޓަރ ސައީދުމެންފަދަ ބޭފުޅުން ވިސްނަންވެއްޖެ. ޑރ މުއިއްޒުގެ ކެބިނެޓުގައި އެންމެ ފާހަގަކޮށްލެވެނީ މިނިސްޓަރ ސައީދު.
ވަކައިއްސެ
16 September 2025
ތިވަރައް މަލާމާތްކުރަންވާނެ.؟
ޢަލީ ކުރުސީ
16 September 2025
ބަންކަރިން ޚިދުމަތް ފަށަމުންވެސް ވިދާޅުވީ ތިޔަހެން، ވީކަމެއް ޙަރާމް! ޑިވެލޮޕްމެންޓް ބޭންކް އުފައްދަމުންވެސް މޮޅުވާހަކަ ދެއްކި، އެތަން ހުންނަނީ ބަންދުކޮށްފައި. ޕޭޕާލް ވެސް ދިޔައީ ޗޮކުން! ދެން މިއައީ ޢަލީ ބާބާ، ފުރަތަމަ ބަލަންވީ ކަމާއި ބެހޭ ބަޔަކުތޯ ގެނެސްފައި ތިބީ. އަރަބި ޕްރިންސުން ނޭ ކިޔާފަވެސް ބަޔަކު ގެނެސްފައި ފަހުން ބެލިއިރު ފޭކު ބަޔަކަށް ވީ!